މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޓުވިޓާ އެކައުންޓް ވެރިފައިކޮށްފި އެވެ.
އެމްއެންޑީއެފްގެ ޓުވިޓާ އެކައުންޓް ވެރިފައި ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޓުވިޓާ ވެރިފިކޭޝަނަކީ ޓުވިޓާ އެކައުންޓަކީ ސައްހަ، އެމީހަކަށް ނުވަތަ އެ ތަނެއްގެ ކޮންޓްރޯލް ލިބިގެންވާ އެކައުންޓެއްކަން އަންގައިދޭ އައިކަންއެކެވެ.
މިއަދު އެމްއެންޑީއެފްގެ ޓުވިޓާ އެކައުންޓު ވެރިފައި ކޮށްފައިވާ އިރު، މިދިޔަ މަހު ރައީސް ސޯލިހުގެ ފޭސްބުކް އެކައުންޓުވެސް ވަނީ ވެރިފައި ކޮށްފައެވެ.