ސިންގަޕޫރުގައި އިންސާނުންނަށް ކެއުމަށް 16 ބާވަތެއްގެ ޖަނަވާރު ހުއްދަކޮށްފިއެވެ.
ސިންގަޕޫރުގެ ފުޑް އެޖެންސީ (އެސްއެފްއޭ) އިން ހޯމަ ދުވަހު ވަނީ އެ ގައުމުގައި ކެއުމަށް ހުއްދަ ދީފައިވާ ޖަނަވާރުތަކުގެ ލިސްޓަށް އިތުރު 16 ބާވަތެއް ރަސްމީކޮށް ހިމަނައިފައެވެ. ކެއުމަށް ހުއްދަ ދިން ޖަނަވާރުންގެ ތެރޭގައި ފަންޏާއި މަސްކާށި ދޫނީގެ އިތުރުން އެހެނިހެން ޖަނަވާރުތައް ހިމެނެއެވެ.
އެސްއެފްއޭ އިން ވަނީ އިންސާނުން ކެއުމަށް ހުއްދަ ދިން 16 ބާވަތުގެ ޖަނަވާރު ބޭނުންކޮށްގެން ކާތަކެތި އުފެއްދުމަށްވެސް ހުއްދަ ދީފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އެސްއެފްއޭގެ އެ ނިންމުމާއެކު އެ ގައުމުގެ ކާބޯތަކެތި އުފައްދާ ކުންފުނިތަކުން ޗައިނާއާއި ތައިލެންޑް އަދި ވިއެޓްނާމް ފަދަ ގައުމުތަކުން ވަނީ ހުއްދަ ދިން ޖަނަވާރު އެތެރެކުރުމުގެ މަސައްކަތް ފަށައިފައެވެ.