ދުނިޔެ

ޓައިޓޭނިކް ފިލްމުގެ ޕްރޮޑިއުސަރު މަރުވެއްޖެ

މުހައްމަދު އައުޒަމް

ޓައިޓޭނިކް ފިލްމުގެ ޕްރޮޑިއުސަރު މަރުވެއްޖެއެވެ.

ޓައިޓޭނިކްގެ ޕްރޮޑިއުސަރު، އުމުރުން 63 އަހަރުގެ ޖޮން ލެންޑައޫ މަރުވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ.

ޖޮންގެ ދައްތަ ޓީނާ ވަނީ ޖޮން މަރުވެފައިވާކަން އާންމުކޮށް ފޭސްބުކްގައި އެކަން އިއުލާން ކޮށްފައެވެ.

1997 ވަނަ އަހަރު އުފެއްދި އަދި މިހާރުވެސް މަގުބޫލު ފިލްމް ޓައިޓޭނިކްގެ އިތުރުން ޖޮން ޕްރޮޑިއުސް ކޮށްފައިވާ އެންމެ މަޝްހޫރު އަނެއް ފިލްމަކީ އެވަޓާ އެވެ.

ޖޮން ވަނީ ކޯ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަޝްހޫރު ފިލްމުތަކެއް އުފައްދާފައެވެ. އެގޮތުން 2003 ވަނަ އަހަރުގެ ފިލްމު ހަނީ އަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ.