މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން، ނެދަލެންޑްސް ސެމީއަށް.
90+5 - ތުރުކީގެ ބެންޗުގައި އިން ބޭޓުގް ޔިލްޑިރިމްއަށް ރަތް ކާޑެއް.
'90+3 - ނެދަލެންޑްސް ކީޕަރު ވާބްރުގެންގެ މުހިންމު ސޭވްއެއް. ފެރްދީ ކަޑިއޯލޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ސެމީހް ކިލިޗްސޯއީ ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު ވާބްރުގެން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'90 - ނެދަލެންޑްސްއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ގަކްޕޯ ފޮނުވާލި ހަމަލާ، ތުރުކީ ކީޕަރު ގުނޮކް ވަނީ މަތަކޮށްފައި.
'89 - ތުރުކީއަށް އިތުރު ފުރުސަތެއް. ގުލާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޗެންކް ޓޮސުން ބޮލުން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'87 - ނެދަލެންޑްސް އިން ދެ ބަދަލެއް. ޑިޕާއީ އާއި ސިމޮންސްގެ ބަދަލުގައި ކުޅެން ނުކުތީ ޖެރެމީ ފްރިމްޕޮންގް އަދި ޖޯޝުއާ ޒާކްޒީ.
'85 - ތުރުކީއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން މެހްމެތު ޒެކީ ޗެލިކް ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ނެދަލެންޑްސްގެ މިކީ ވެން ޑެ ވެން ވަނީ ބްލޮކްކޮށްފައި.
'82 - ތުރުކީން އިތުރު ދެ ބަދަލެއް. މާޓް މުލްދޫރް އާއި ސެމެޓް އަކައިޑިންގެ ބަދަލުގައި ކުޅެން ނުކުތީ މެހްމެތު ޒެކީ ޗެލިކް އަދި ޗެންކް ޓޮސުން.
'78 - ތުރުކީން ދެ ބަދަލެއް. ސާލިހް އޮޒްޗާން އާއި ކެނާން ޔިލްދީޒްގެ ބަދަލުގައި ކުޅެން ނުކުތީ އޮކޭ ޔޮކުސްލޫ އަދި ކެރެމް އަކްޓޫރްކޯލޫ.
'76 - ނެދަލެންޑްސް އިން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. އެ ގޯލަކީ ތުރުކީގެ މާޓް މުލްދޫރް އަތުން ބައިކޮޅަށް ވަން ގޯލެއް. އޭނާ އަތުން އެ ބޯޅަ ބައިކޮޅަށް ވަދެފައިވަނީ ޑެންޒެލް ޑަމްފްރީސް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި.
'71 - ނެދަލެންޑްސް އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. މެމްފިސް ޑިޕާއީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސްޓެފަން ޑި ވްރައި.
'70 - ނެދަލެންޑްސްގެ ނުރައްކަލެއް. މެމްފިސް ޑިޕާއީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވޫޓް ވެގްހޯސްޓް ފޮނުވާލި ހަމަލާ، ތުރުކީ ކީޕަރު މާޓް ގުނޮކް ވަނީ މަތަކޮށްފައި.
'65 - ތުރުކީގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެނާން ޔިލްދީޒް ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސް ކީޕަރު ބާޓް ވާބްރުގެން ވަނީ މަތަކޮށްފައި.
'64 - ބަރިސް އަލްޕާ ޔިލްމާޒްއަށް ކުރި ފައުލަކާ ގުޅިގެން ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކްއަށް ރީނދޫ ކާޑެއް.
'63 - ނެދަލެންޑްސްގެ ހަމަލާއެއް. ޒަވީ ސިމޮންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ، ތުރުކީގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.
'57 - ނެދަލޭންޑްސްގެ ހަމަލާއެއް. މެދުތެރެއިން ބޯޅައާއެކު ކުރިއަށް ޖެހި ޑިޕާއީ ދުރުން ފޮނުވާލި ހަމަލާ ތިރިތިރިން އަމާޒުވީ ގުނޯކް އަތަށް.
'56 - ތުރުކީގެ ނުރައްކާތެރި ހަމަލާއެއް. އަކޭ ކުރި ފައުލަށް ދިން ހިލޭ ޖެހުން އާދާ ގުލާ ފޮނުވާލީ ހިތްގައިމުކޮށް. އޭނާ ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ އަރިމަތީ ދަނޑީފައި ޖެހިފައި.
'55 - ނެދަލޭންޑްސްގެ އަކޭއަށް ރީނދޫ ކާޑު ދައްކައިފި. އޭނާއަށް ކާޑު ދެއްކީ އާދާ ގޫލާއަށް ކުރި ފައުލަކަށް.
'54 - ނެދަލޭންޑްސްގެ އިތުރު ނުރައްކަލެއް. ކޯޑީ ގަކްޕޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ވެގޯސްޓަށް ލިބުމުގެ ކުރިން ބޮލުން ޖައްސާ ބޭރުކޮށްލީ އަކޭޑިން.
'51 - ނެދަލޭންޑްސްއަށް ހުސް ފުރުސަތެއް. ޒަވީ ސިމޮންސް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ވެގޯސްޓް ބޮލުން ޖައްސާލުމުން ހުރަސް ވެގެންދިޔައީ ދިޔައީ ގޯލު ކުރިމަތިން. މުޅިން ހުސްކޮށް ބޯޅައަށް އެރި ޑިޕާއީގެ ފައިގައި ލައްވައެއް ނުލި.
ދެވަނަ ހާފުގެ ކުޅުން ފެށީ ތުރުކީން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ތުރުކީ ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'42 - ނެދަލެންޑްސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސްޓީވަން ބާގްވައިން ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'35 - ތުރުކީން ގޯލެއް ޖަހައި ލީޑު ހޯދައިފި. އަރްދާ ގުލާ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ތުރުކީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސެމެޓް އަކައިޑިން.
'34 - ޕެނަލްޓީ އޭރިއާ ތެރެއިން ކެނާން ޔިލްދީޒް ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒެއް ނުވި.
'30 - މާޓް މުލްދޫރްއަށް ކުރި ފައުލަކާ ގުޅިގެން ނެދަލެންޑްސްގެ ޒަވީ ސިމޮންސްއަށް ރީނދޫ ކާޑެއް.
'21 - ތުރުކީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ހަކާން ޗަލަނޯލޫ ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'11 - ތުރުކީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސާލިހް އޮޒްޗާން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ކާޑު ހަމަވުމާ ގުޅިގެން އޮސްޓްރިއާ މެޗަށް ސަސްޕެންޝަނުގައި ހުރި ތުރުކީ ކެޕްޓަން ހަކާން ޗަލަނޯލޫ މި މެޗުގެ ފުރަތަމަ 11 ގައި ވަނީ ހިމަނާފައި. ނެދަލެންޑްސްގެ ފުރަތަމަ 11 އިން ބަދަލެއް ނުފެނޭ.
ގަދަ 16 ގައި އޮސްޓްރިއާ ކޮޅަށް ދެ ގޯލު ޖެހި މެރިހް ޑެމިރަލް ހުރީ ސަސްޕެންޝަނުގައި. ޑެމިރަލް ސަސްޕެންޑުކުރަން ޔޫއެފާ އިން ނިންމީ އޮސްޓްރިއާ މެޗުގައި ގޯލު ޖެހުމަށްފަހު، އަތުގެ އިޝާރާތުން "ވުލްފް ސެލިއުޓް" ގެ ނަމުން މަޝްހޫރުވެފައިވާ އިޝާރާތެއް ދެއްކުމުން. އެއީ ތުރުކީގެ ފާ-ރައިޓް ނޭޝަނަލް މޫމަންޓް ޕާޓީއާ ގުޅުންހުރި ހާއްސަ އިޝާރާތެއް. އެ މައްސަލައިގައި ޔޫއެފާ އިން އޭނާ ސަސްޕެންޑުކުރީ ދެ މެޗަށް.
'2 - ނެދަލެންޑްސްގެ ހަމަލާއެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނެދަލެންޑްސް އިން.
ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި މިރޭ ނެދަލޭންޑްސްއާއި ތުރުކީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ތުރުކީއަށް މިއީ 2008 ވަނަ އަހަރަށްފަހު ކުޅޭ ފުރަތަމަ ޔޫރޯ ކުއާޓާ ފައިނަލް. މީގެ ކުރިން އެޓީމުން ޔޫރޯގެ ކުއާޓާ ކުޅެފައިވަނީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގައި. އޭގެ ތެރެއިން 2008 ވަނަ އަހަރު އެޓީމުން ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައި. އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސްއިން މިފަހަރުގެ ކުއާޓާ ފައިނަލް ޔަގީން 16 އަހަރުގެ އިންތިޒާރަކަށްފަހު. 2008 ވަނަ އަހަރުގެ ޔޫރޯއަށްފަހު މިއީ ނެދަލޭންޑްސް މުބަރާތުގެ ކުއާޓާއަށް ގޮސްފައި ފުރަތަމަ ފަހަރު. އެޓީމުން މިފަހަރުގެ ކުއާޓާ ޔަގީންކުރީ ގަދަ 16 ގެ މެޗުގައި ރުމޭނިއާ 3-0 އިން ބަލިކޮށްގެން.