ފަލަސްތީނުގެ ގާޒާގެ ސްކޫލަކަށް ހަމަލާދީ 15 މީހުން ޝަހީދުކޮށްލަައިފިއެވެ.
އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ހޮނިހިރު ދުވަހު ވައިގެ މަގުން ހަމަލާދީފައިވަނީ މެދުތެރޭ ގާޒާގެ ނުސްރަތު ރެފިއުޖީ ކޭމްޕުގައި ހުންނަ ސްކޫލަކަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ގެދޮރު ދޫކޮށް ރެފިއުޖީ ކޭމްޕުތަކުގައި ހިޔާވައިކަން ހޯދާ މީހުން ތިބޭ އެސްކޫލަށް ދިން ހަމަލާގައި 15 މީހުން މަރުވެފައިވާ އިރު ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ވަނީ އަންހެނުންނާއި ކުޑަކުދިން ގިނަ އަދަދަކަށް ތިބި އެއިމާރާތް ދުމުން ފުރި މީހުންގެ ކެކުޅުމާއި ރުއިމުގެ އަޑުން ގުގުމާލާފައެވެ. އަދި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުންވެސް އަނިޔާވީ މީހުން އަތްދަނޑިމަތީގައި އުފުލާ މަންޒަރު ވަނީ ފެނިފައެވެ.
ބީބީސީއާ ހަވާލާދީ އިޒްރޭލުން ވަނީ އެހަމަލާ ދީފައިވާ ގޮތް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.