ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ޕޯޗުގަލް 3-5 ފްރާންސް

06 Jul 02:56

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕޯޗުގަލުން
  • ނަމަވެސް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ ފްރާންސްގެ ހެނާންޑޭޒްގެ ހަމަލާއެއް ފާހަގަކޮށްލެވުނު، އޭނާގެ ހަަމަލާ ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި
  • ޕޯޗުގަލުން ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ގޯލާ އަމާޒުކޮށްލެވިފައެއް ނުވޭ
  • ދެވަނަ ހާފުގައި ފުރަތަމަ ފުރުސަތު ލިބުނީ ޕޯޗުގަލަށް، ކައިރިކައިރީގައި ފުރުސަތުތަކެއް ލިބުނު
  • ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއެއް ފްރާންސް ކީޕަރު މައިގްނަން މަތަކުރި އިރު، ކަންސެލޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • ވިޓީނިއާ އަދި ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ވެސް ފްރާންސް ކީޕަރު މައިގްނަން މަތަކުރި
  • އޭގެ މާގިނައިރުތަކެއް ނުވެ ފްރާންސަށް ކައިރިކައިރީގައި ހުސް ދެ ފުރުސަތެއް ލިބުނު
  • ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒް ބްލޮކްކުރި އިރު، ކަމަވިންގާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް
  • ފުރިހަމަ ވަގުތު ހަމަވަނިކޮށް ދެ ޓީމަށް ވެސް ފުރުސަތެއް ލިބުނު
  • ޕޯޗުގަލްގެ ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ ބްލޮކްވި އިރު، ފްރާންސްގެ އެމްބާޕޭގެ ހަމަލާގެ ހުރަހަކަށްވީ ކީޕަރު ޑިއޯގޯ ކޮސްޓާ
  • އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ތެރޭ ޕޯޗުގަލަށް ހުސް ދެ ފުރުސަތެއް ލިބުނު
  • ރޮނާލްޑޮ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، ލެއާއޯގެ ހަމަލާ ފްރާންސް ޑިފެންޑަރު އުޕަމެކާނޯ ވަނީ ބްލޮކްކޮށްފައި
  • އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ތެރޭ ވެސް ޕޯޗުގަލަށް ދެ ފުރުސަތެއް ލިބުނު
  • ޖައޯ ފެލިކްސް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، ނޫނޯ މެންޑޭޒްގެ ހަމަލާ އަމާޒުވީ ފްރާންސް ކީޕަރު މައިގްނަންއާ ދިމާއަށް
  • ޕެނަލްޓީ ޝޫޓްއައުޓްގައި ޕޯޗުގަލްގެ މައްޗަށް ފްރާންސުން ކުރި ހޯދީ 3-5 ގެ ނަތީޖާއަކުން
06 Jul 02:43

ޕޯޗުގަލް ކަޓުވާލައި، ފްރާންސް ސެމީއަށް.

06 Jul 02:42

ފްރާންސްގެ ތެއޯ ހެނާންޑޭޒްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Jul 02:41

ޕޯޗުގަލްގެ ނޫނޯ މެންޑޭޒްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Jul 02:40

ފްރާންސްގެ ބްރެޑްލީ ބާކޯލާގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Jul 02:39

ޕޯޗުގަލްގެ ފެލިކްސްގެ ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް، ޕެނަލްޓީ ނާކާމިޔާބު.

06 Jul 02:38

ފްރާންސްގެ ޖޫލްސް ކޫންޑޭގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Jul 02:38

ޕޯޗުގަލްގެ ބެނާޑޯ ސިލްވާގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Jul 02:37

ފްރާންސްގެ ޔޫސުފް ފޮފާނާގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Jul 02:36

ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Jul 02:35

ފްރާންސްގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލަނީ އޮސްމާން ޑެމްބެލޭ. އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Jul 02:31

އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިންމާލައިފި. 0-0 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ނެރުމަށް ދާން ޖެހޭނީ ޕެނަލްޓީ ޝޫޓްއައުޓަށް.

06 Jul 02:30

'120 - ޕޯޗުގަލަށް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނޫނޯ މެންޑޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ފްރާންސް ކީޕަރު މައިގްނަންއާ ދިމާއަށް.

06 Jul 02:27

'118 - ޕޯޗުގަލުން ބަދަލެއް. ވިޓީނިއާގެ ބަދަލުގައި ކުޅެން ނުކުތީ މަތެއުސް ނުނޭސް.

06 Jul 02:17

'108 - ޕޯޗުގަލަށް ފުރުސަތެއް. ޗިކޯ ކޮންސޭސާއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖައޯ ފެލިކްސް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ފްރާންސް ގޯލުގެ އަރިމަތީ ދާގަނޑަށް.

06 Jul 02:14

އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ފަށައިފި.

06 Jul 02:13

ޕޯޗުގަލުން ވެސް ނުކުންނަނީ ބަދަލަކާއެކު. ރަފައެލް ލެއާއޯގެ ބަދަލުގައި ކުޅެން ނުކުންނަނީ ޖައޯ ފެލިކްސް.

06 Jul 02:12

އިތުރު ވަގުތުގެ ފަހު 15 މިނެޓަށް ފްރާންސުން ނުކުންނަނީ ބަދަލަކާއެކު. ކެޕްޓަން އެމްބާޕޭގެ ބަދަލުގައި ކުޅެން ނުކުންނަނީ ބްރެޑްލީ ބާކޯލާ.

06 Jul 02:09

އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިންމާލައިފި.

06 Jul 02:07

'102 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ރަފައެލް ލެއާއޯ ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ޑަޔޯ އުޕަމެކާނޯ ވަނީ ބްލޮކްކޮށްފައި.

06 Jul 02:00

06 Jul 01:58

'93 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ޗިކޯ ކޮންސޭސާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

06 Jul 01:55

ފްރާންސުން ނުކުތީ ބަދަލަކާއެކު. ކަމަވިންގާގެ ބަދަލުގައި ކުޅެން ނުކުތީ ޔޫސުފް ފޮފާނާ.

06 Jul 01:54

އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ފަށައިފި.

06 Jul 01:50

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން ދެން ކުޅެން ޖެހޭނީ އިތުރު ވަގުތުގެ ދެ ހާފު.

06 Jul 01:49

'90+3 - ފްރާންސްގެ ނުރައްކަލެއް. އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި.

06 Jul 01:48

'90+2 - ޕޯޗުގަލުން ބަދަލެއް. ޕަލީނިއާގެ ބަދަލުގައި ކުޅެން ނުކުތީ ރުބެން ނެވޭސް.

06 Jul 01:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

06 Jul 01:47

'90 - ޕޯޗުގަލްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާ ވަނީ ބޮލްކްކޮށްފައި.

06 Jul 01:44

'88 - ފްރާންސްގެ ހަމަލާއެއް. އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެންގޯލޯ ކަންޓޭ ފޮނުވާލި ހަމަލާ އަމާޒުވީ ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާއާ ދިމާއަށް.

06 Jul 01:42

'86 - ފްރާންސުން ބަދަލެއް. ކޯލޯ މުއާނީގެ ބަދަލުގައި ކުޅެން ނުކުތީ މާކަސް ތުރާމް.

06 Jul 01:40

'84 - ޗިކޯ ކޮންސޭސާއޯއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާއަށް ރީނދޫ ކާޑެއް.

06 Jul 01:37

'79 - އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލްގެ ޖައޯ ޕަލީނިއާއަށް ރީނދޫ ކާޑެއް. ޕޯޗުގަލަށް ސެމީގެ ޖާގައެއް ލިބިއްޖެ ނަމަ، އެ މެޗުގައި އޭނާއަށް ނުކުޅެވޭނެ.

06 Jul 01:31

'74 - ޕޯޗުގަލުން ދެ ބަދަލެއް. ކަންސެލޯ އާއި ބްރޫނޯ ފެނާންޑޭޒްގެ ބަދަލުގައި ކުޅެން ނުކުތީ ނެލްސަން ސެމޭޑޯ އާއި ޗިކޯ ކޮންސޭސާއޯ.

06 Jul 01:27

06 Jul 01:27

'70 - ފްރާންސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން އެޑުއާޑޯ ކަމަވިންގާ ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

06 Jul 01:25

'67 - ފްރާންސުން ބަދަލެއް. އެންޓޮއިން ގްރީޒްމަންގެ ބަދަލުގައި ކުޅެން ނުކުތީ އޮސްމާން ޑެމްބެލޭ.

06 Jul 01:23

'66 - ފްރާންސަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒް ވަނީ ބްލޮކްކޮށްފައި.

06 Jul 01:21

'63 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ރަފައެލް ލެއާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވިޓީނިއާ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިކް މައިގްނަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި. ރީބައުންސް ބޯޅައިން ބެކްހީލުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ ވެސް ކީޕަރު މައިގްނަން ވަނީ މަތަކޮށްފައި.

06 Jul 01:18

'62 - ޕޯޗުގަލްގެ އިތުރު ނުރައްކަލެއް. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮއާ ކަންސެލޯ ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

06 Jul 01:18

'61 - ޕޯޗުގަލްގެ ނުރައްކަލެއް. ޖޮއާ ކަންސެލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިކް މައިގްނަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

06 Jul 01:16

'60 - ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޕޯޗުގަލް ފޯވަޑް ރަފައެލް ލެއާއޯ ނުރައްކާކުރުމުގެ ކުރިން ފްރާންސް މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ވަނީ ދިފާއުކޮށްފައި.

06 Jul 01:07

'50 - ފްރާންސްގެ ހަމަލާއެއް. ތެއޯ ހެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާއާ ދިމާއަށް.

06 Jul 01:06

06 Jul 01:01

ދެވަނަ ހާފުގެ ކުޅުން ފެށީ ޕޯޗުގަލުން.

06 Jul 00:51

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕޯޗުގަލުން
  • ނަމަވެސް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ ފްރާންސްގެ ހެނާންޑޭޒްގެ ހަމަލާއެއް ފާހަގަކޮށްލެވުނު، އޭނާގެ ހަަމަލާ ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި
  • ޕޯޗުގަލުން ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ގޯލާ އަމާޒުކޮށްލެވިފައެއް ނުވޭ
06 Jul 00:46

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

06 Jul 00:43

'42 - ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހިލޭ ޖެހުން، ފްރާންސްގެ ގޯލާ އަމާޒެއް ނުވި.

06 Jul 00:38

'38 - ކަންސެލޯގެ ނުރައްކާތެރި ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ޕޯޗުގަލްގެ ރަފައެލް ލެއާއޯއަށް ލިބޭ ގޮތެއް ނުވި، އޭނާ ހުރީ ރަނގަޅަށް އެ ބޯޅައަށް ނުވިސްނައި.

06 Jul 00:22

'22 - ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ހުރަސްކޮށްލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ދިފާއުކޮށްފި.

06 Jul 00:20

'20 - ފްރާންސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ތެއޯ ހެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި.

06 Jul 00:17

'17 - ޕޯޗުގަލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

06 Jul 00:12

'12 - ޕޯޗުގަލުގެ ހަމަލާއެއް. ރަފައެލް ލެއާއޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރު އަރިމަތިން ނޫނޯ މެންޑޭޒް ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

06 Jul 00:11

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ދެ ޓީމުން ވެސް ކުޅެމުންދަނީ ޑިފެންސަށް ވަރަށް ބޮޑަށް ވިސްނައިގެން. ޕޯޗުގަލުން ބޮޑަށް މަސައްކަތްކުރަނީ ބޯޅަ ހިފަހައްޓައިގެން ކުޅެ، ނުރައްކާކުރުމަށް.

06 Jul 00:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ފްރާންސުން.

06 Jul 00:00

ޕޯޗުގަލުން މި މެޗަށް ބަދަލެއް ނުގެނޭ. ނަމަވެސް ފްރާންސުން ވަނީ ބަދަލުތަކެއް ގެނެސްފައި. ސަސްޕެންޝަނާ ގުޅިގެން އެޑްރިއެން ރަބިއޯގެ ބަދަލުގައި ފްރާންސްގެ ފުރަތަމަ 11 އިން އެޑުއާޑޯ ކަމަވިންގާއަށް ވަނީ ފުރުސަތު ދީފައި. އަދި މާކަސް ތުރާމްގެ ބަދަލުގައި ފޯވަޑްލައިނުން ރަންޑަލް ކޯލޯ މުއާނީއަށް ވަނީ ފުރުސަތު ދީފައި. މި މެޗުގެ ފުރަތަމަ 11 އިން ވެސް އޮސްމާން ޑެމްބެލޭއަށް ފުރުސަތު ދީފައެއް ނުވޭ.

05 Jul 23:55

ފްރާންސްގެ ފުރަތަމަ 11:

  • މައިކް މައިގްނަން - ގޯލްކީޕަރު
  • ޖޫލްސް ކޫންޑޭ
  • ތެެއޯ ހެނާންޑޭޒް
  • ޑަޔޯ އުޕަމެކާނޯ
  • ވިލިއަމް ސަލީބާ
  • އެޑުއާޑޯ ކަމަވިންގާ
  • އޯރެލިއެން ޗުއަމެނީ
  • އެންގޯލޯ ކަންޓޭ
  • އެންޓޮއިން ގްރީޒްމަން
  • ކިލިއަން އެމްބާޕޭ - ކެޕްޓަން
  • ރަންޑަލް ކޯލޯ މުއާނީ
05 Jul 23:55

ޕޯޗުގަލްގެ ފުރަތަމަ 11:

  • ޑިއޯގޯ ކޮސްޓާ - ގޯލްކީޕަރު
  • ރުބެން ޑިއާޒް
  • ޕެޕޭ
  • ޖައޯ ކަންސެލޯ
  • ނޫނޯ މެންޑޭޒް
  • ޖައޯ ޕަލީނިއާ
  • ވިޓީނިއާ
  • ބްރޫނޯ ފެނާންޑޭޒް
  • ރަފައެލް ލެއާއޯ
  • ބެނާޑޯ ސިލްވާ
  • ކްރިސްޓިއާނޯ ރޮނާލްޑޯ - ކެޕްޓަން

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްއާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަކީ ޔޫރަޕްގެ ވަރުގަދަ ދެބާރުގެ ކުރިމަތިލުމެއް. ޕޯޗުގަލްއިން ކުއާޓާއަށް ނުކުންނަނީ ގަދަ 16 ގައި ސްލޮވީނިއާ ކައިރިން ޕެނަލްޓީ ޖަހައިގެން މޮޅުވެގެން. އަނެއްކޮޅުން ފްރާންސުން ވަނީ ގަދަ 16 ގައި ބެލްޖިއަމް 1-0 ބަލިކޮށްފައި.

ދެ ޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ޕޯޗުގަލްއާއި ފްރާންސްގެ ކުރިމަތިލުންތަކުން ކުރި ލިބެނީ ފްރާންސަށް
  • އެޓީމުން ވަނީ ޕޯޗުގަލް ކައިރިން 19 މޮޅެއް ހޯދާފައި
  • ޕޯޗުގަލްއަށް ފްރާންސް ބަލިކުރެވިފައި އޮތީ ހަ ފަހަރަކު
  • އެންމެފަހުން 2021 ވަނަ އަހަރު ޔޫރޯ ކޮލިފައިގައި ދެޓީމުން ކުޅުނު މެޗު 2-2 އިން ވީ އެއްވަރު
  • މި ދެޓީމުން މި ފަހަކަށް އައިސް ކުޅުނު އެންމެ ފާހަގަކޮށްލެވޭ މެޗަކީ 2016 ވަނަ އަހަރު ޔޫރޯ ފައިނަލް
  • އެ މެޗުން މޮޅުވެ ޕޯޗުގަލް ތަށި ނެގި