އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ނިންމާލައިފި. ޖަރުމަން 2-1 ގެ ނަތީޖާއަކުން ބަލިކޮށް، ސެމީގެ ފުރަތަމަ ޖާގަ ސްޕެއިނަށް.
'120+5 - ޖަމާލް މުސިއާލާއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު ކާވަހާލްއަށް ރަތް ކާޑެއް.
'120+3 - ޖަރުމަންގެ ނުރައްކަލެއް. މުލާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ފުލްކްރުގް ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ސްޕެއިންގެ ބެންޗުގައި ތިބި މޮރާޓާ އާއި ފަބިއަން ރުއިޒްއަށް ރީނދޫ ކާޑެއް.
'120 - ސްޕެއިނުން ގޯލު ޖަހައި އަލުން ލީޑު ހޯދައިފި. ޑެނީ އޮލްމޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިކެލް މެރީނޯ.
'117 - ޖަރުމަންގެ ނުރައްކަލެއް. ކިމިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނިކްލަސް ފުލްކްރުގް ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު ސިމޮން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'112 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މިކެލް އޮޔާޒަބަލް ފޮނުވާލި ހަމަލާ، ޖަރުމަންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'110 - ތޯމަސް މުލާއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިން މިޑްފީލްޑަރު ރޮޑްރީއަށް ރީނދޫ ކާޑެއް.
'109 - ޖަރުމަންގެ ހަމަލާއެއް. ކައުންޓާ އެޓޭކެއްގައި ވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނިކްލަސް ފުލްކްރުގް ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ފަށައިފި.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިންމާލައިފި.
'105 - ޖަރުމަންގެ ނުރައްކަލެއް. ތޯމަސް މުލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވާޓްޒް ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'103 - ސްޕެއިންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން މިކެލް އޮޔާޒަބަލް ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'102 - ސްޕެއިންގެ ބަދަލެއް. އަނިޔާއަކާ ގުޅިގެން ފަބިއަން ރުއިޒްގެ ބަދަލުގައި ކުޅެން ނުކުތީ ހޮސެލޫ.
'100 - ބޯޅައިގައި އަތްލުމުން ސްޕެއިން ޑިފެންޑަރު ޑެނިއެލް ކާވަހާލްއަށް ރީނދޫ ކާޑެއް. ސްޕެއިނަށް ސެމީގެ ޖާގައެއް ލިބިއްޖެ ނަމަ، އެ މެޗުގައި އޭނާއަށް ނުކުޅެވޭނެ.
'94 - މާކް ކުކުރެއާއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަންގެ ވާޓްޒްއަށް ރީނދޫ ކާޑެއް.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ފަށައިފި.
ޖަރުމަނުން އިތުރު ވަގުތުގެ ފުރަތަމަ ހާފަށް ނުކުންނަނީ ބަދަލަކާއެކު. ހަވާޓްޒްގެ ބަދަލުގައި ވަލްޑެމާ އެންޓޮން.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ދެން ކުޅެން ޖެހޭނީ އިތުރު ވަގުތުގެ ދެ ހާފު.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'89 - ޖަރުމަނުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފްލޯރިއަން ވާޓްޒް. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.
'83 - ޖަރުމަނަށް ހުސް ފުރުސަތެއް. ކީޕަރު އުނައި ސިމޮންއަށް ހެދުނު ގޯހެއް ފައިދާ ނަގައި، އޭނާގެ ބޯމަތިން ފޮނުވާލުމަށް ކައި ހަވާޓްޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'82 - ވަގުތު ބޭކާރުކުރަން މަސައްކަތްކުރަން އުޅުމުން، ސްޕެއިން ކީޕަރު ސިމޮންއަށް ރީނދޫ ކާޑެއް.
'81 - ޖަރުމަނުން ބަދަލެއް. ޖޮނަތަން ޓާގެ ބަދަލުގައި ކުޅެން ނުކުތީ ތޯމަސް މުލާ.
'80 - ސްޕެއިނުން ދެ ބަދަލެއް. ކެޕްޓަން އަލްވާރޯ މޮރާޓާ އާއި ނިކޯ ވިލިއަމްސްގެ ބަދަލުގައި ކުޅެން ނުކުތީ މިކެލް މެރީނޯ އާއި މިކެލް އޮޔާޒަބަލް.
'77 - ޖަރުމަންގެ ނުރައްކަލެއް. ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނިކްލަސް ފުލްކްރުގް ފޮނުވާލި ހަމަލާ އަމާޒުވީ ސްޕެއިންގެ ގޯލުގެ އަރިމަތީ ދަނޑިއަށް.
'74 - ޖަމާލް މުސިއާލާއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިންގެ ފެރާން ޓޮރޭސްއަށް ރީނދޫ ކާޑެއް.
'73 - ފެރާން ޓޮރޭސްއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަން ޑިފެންޑަރު މެކްސިމިލިއަން މިޓެލްސްޓާޑްއަށް ރީނދޫ ކާޑެއް. ޖަރުމަނަށް ސެމީގެ ފުރުސަތެއް ލިބިއްޖެ ނަމަ، އޭނާއަށް ވެސް އެ މެޗު ގެއްލޭނެ.
'71 - ޖަރުމަނަށް އިތުރު ފުރުސަތެއް. ނިކްލަސް ފުލްކްރުގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކައި ހަވާޓްޒް ފޮނުވާލި ހަމަލާ، ސްޕެއިން ޑިފެންޑަރު ޑެނިއެލް ކާވަހާލް ވަނީ ހުޝިޔާރުކަމާއެކު ބްލޮކްކޮށްފައި.
'69 - ޖަރުމަންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ރޮބާޓް އެންޑްރިޗް ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'67 - ޑެނީ އޮލްމޯއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސްއަށް ރީނދޫ ކާޑެއް.
'63 - ސްޕެއިނުން ބަދަލެއް. ޔަމާލްގެ ބަދަލުގައި ކުޅެން ނުކުތީ ފެރާން ޓޮރޭސް.
'60 - ޖަރުމަންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ފްލޯރިއަން ވާޓްޒް ފޮނުވާލި ހަމަލާ، ސްޕެއިން ޑިފެންޑަރު މާކް ކުކުރެއާ ވަނީ ބްލޮކްކޮށްފައި.
'57 - ޖަރުމަނުން ދެ ބަދަލެއް. ކެޕްޓަން އިލްކާއީ ގުންޑޮގަން އާއި ޑޭވިޑް ރާމްގެ ބަދަލުގައި ކުޅެން ނުކުތީ ނިކްލަސް ފުލްކްރުގް އާއި މެކްސިމިލިއަން މިޓެލްސްޓާޑް.
'56 - ނިކޯ ވިލިއަމްސްއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަންގެ ރޮބާޓް އެންޑްރިޗްއަށް ރީނދޫ ކާޑެއް. ޖަރުމަނަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިއްޖެ ނަމަ، އޭނާއަށް އެ މެޗުގައި ނުކުޅެވޭނެ.
'51 - ސްޕެއިނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ލަމީން ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ އޮލްމޯ. އޭނާ އެ ބޯޅަ އަމާޒުކޮށްލީ ޖަރުމަން ގޯލުގެ ތިރީ ކަނަކަށް. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލު.
'48 - ޖަރުމަންގެ ހަމަލާއެއް. ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ރޮބާޓް އެންޑްރިޗް ފޮނުވާލި ހަމަލާ ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'47 - ސްޕެއިންގެ ނުރައްކަލެއް. ލަމީން ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
ދެވަނަ ހާފަށް ސްޕެއިނުން ބަދަލެއް އަދި ޖަރުމަން ނުކުތީ ދެ ބަދަލަކާއެކު. ސްޕެއިނުން ރޮބިން ލެ ނޯމަންޑްގެ ބަދަލުގައި ކުޅެން ނާޗޯ ފެނާންޑޭޒް. އަދި ޖަރުމަނުން ލެރޯއީ ސާނޭ އާއި އެމްރީ ޗާންގެ ބަދަލުގައި ނުކުތީ ރޮބާޓް އެންޑްރިޗް އާއި ފްލޯރިއަން ވާޓްޒް.
ދެވަނަ ހާފު ފެށީ ސްޕެއިނުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'39 - ސްޕެއިންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާ، ޖަރުމަން ކީޕަރު މެނުއެލް ނޯޔާ ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އަލްވާރޯ މޮރާޓާއަށް ނުރައްކާކުރެވިފައެއް ނުވޭ.
'35 - ޖަރުމަނަށް ރަނގަޅު ފުރުސަތެއް. އެންޓޯނިއޯ ރުޑިގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކައި ހަވާޓްޒް ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައި.
'29 - އިލްކާއީ ގުންޑޮގަންއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިން ޑިފެންޑަރު ރޮބިން ލެ ނޯމަންޑްއަށް ރީނދޫ ކާޑެއް. ސްޕެއިނަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިއްޖެ ނަމަ، އެ މެޗުގައި އޭނާއަށް ނުކުޅެވޭނެ.
'28 - ޑެނިއެލް ކާވަހާލްއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަން ޑިފެންޑަރު ޑޭވިޑް ރާމްއަށް ރީނދޫ ކާޑެއް.
'23 - ޕޯޗުގަލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އައިމެރިކް ލަޕޯޓް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޖަރުމަން ކީޕަރު މެނުއެލް ނޯޔާއާ ދިމާއަށް.
'21 - ޖަރުމަންގެ ނުރައްކަލެއް. ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކައި ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައި.
'17 - ސްޕެއިންގެ ހަމަލާއެއް. ލަމީން ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'14 - ސްޕެއިންގެ ހިލޭ ޖެހުން ނުރައްކާ. ލަމީން ޔަމާލް ފޮނުވާލި ހިލޭ ޖެހުން ދިޔައީ ޖަރުމަން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'13 - ޑެނީ އޮލްމޯއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއަށް ރީނދޫ ކާޑެއް، ނުރައްކާ ހިސާބަކުން ސްޕެއިނަށް ހިލޭ ޖެހުމެއް. ޖަރުމަނަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިއްޖެ ނަމަ، އެ މެޗުގައި ރުޑިގާއަށް ނުކުޅެވޭނެ.
'12 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ، ޖަރުމަންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'8 - ސްޕެއިނުން ބަދަލެއް. އަނިޔާއަކާ ގުޅިގެން ޕެޑްރީގެ ބަދަލުގައި ކުޅެން ނުކުތީ ޑެނީ އޮލްމޯ.
'1 - ފުރަތަމަ ހަމަލާ ސްޕެއިންގެ ފަރާތުން. ޕެޑްރީ ޖާގަ ހޯދާފައި ފޮނުވާލި ހަމަލާ މަތަކުރީ ނޯޔާ.
ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.
ޔޫރޯ 2024 ގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ސްޕެއިނާއި ޖަރުމަނު ވާދަކުރާ ވާދަވެރި މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ މިފަހަރުގެ ޔޫރޯގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މެޗު. ސްޕެއީނާއި ޖަރުމަނަކީވެސް ޔޫރޯގެ ގަދަ ދެ ބާރު. މިހާތަނަށް ޔޫރޯ އެންމެ ގިނައިން ހޯދުމުގެ ރެކޯޑު އޮތް ދެ ގައުމަކީވެސް އެއީ. ޖަރުމަނާއި ސްޕެއިނުން ވަނީ މިހާތަނަށް ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައި.