ކިމް ކާޑިޝަން އަދި ކެންޔޭ ވެސްޓް އަށް ހަތަރު ވަނަ ދަރިއަކު ލިބިއްޖެ އެވެ. ކިމް ވަނީ މިހަބަރު އޭނާގެ ޓުވީޓަކުން ހިއްސާކޮށްފައެވެ.
ކިމް އަދި ކެންޔޭއަށް މީގެ ކުރިން ތިން ކުދިން ލިބިފައިވެއެވެ. ކިމްގެ ހަތަރުވަނަ ދަރިފުޅު ވެސް ހޯދާފައި މި ވަނީ ސަރޮގެސީ މެދުވެރިކޮށެވެ.
ހަތަރުވަނަ ދަރީގެ ނަން އަދި ހާމަކޮށްފައި ނުވާއިރު ކިމްގެ ޕޯސްޓުގައި ބުނެފައިވާގޮތުގައި އެކުއްޖާ ވައްތަރީ އެމީހުންގެ ތިންވަނަ ދަރި ޗިކާގޯއާއެވެ.
ނޯތް، ސެއިންޓް އަދި ޗިކާގޯ އާއެކު ހަތަރު ވަނަ ދަރިއަށް ކިމް އަދި ކެންޔޭ އަށް ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.