މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން. ނެދަލެންޑްސް ކުއާޓާއަށް.
'90+3 - ނެދަލެންޑްސް އިން ތިން ގޯލުގެ ލީޑެއް ހޯދައިފި. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ކުރިއަށްޖެހި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން މަލެން.
'90+2 - ނެދަލެންޑްސްގެ ބަދަލެއް. ޑިޕާއީގެ ބަދަލުގައި ކުޅެން ނުކުތީ ޑޭލީ ބްލިންޑް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'88 - ރުމޭނިއާ އިން ބަދަލެއް. ކެޕްޓަން ނިކޮލާއީ ސްޓަންޗޫގެ ބަދަލުގައި ކުޅެން ނުކުތީ ޑޭރިއަސް އޮލަރޫ.
'84 - ނެދަލެންޑްސް އިން ބަދަލެއް. ގަކްޕޯގެ ބަދަލުގައި ކުޅެން ނުކުތީ ވޫޓް ވެގްހޯސްޓް.
'83 - ނެދަލެންޑްސް އިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ކޯޑީ ގަކްޕޯ ދިން ބޯޅައަކުން ގޯލު ކުރިމަތީ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑޮންޔެލް މަލެން.
'81 - ޝަކުވާތަކާ ގުޅިގެން ރުމޭނިއާ ކެޕްޓަން ނިކޮލާއީ ސްޓަންޗޫއަށް ރީނދޫ ކާޑެއް.
'78 - މެޗު ލަސްކުރަން މަސައްކަތްކުރުމުން ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސްއަށް ރީނދޫ ކާޑެއް.
'73 - ނެދަލެންޑްސްއަށް އިތުރު ފުރުސަތެއް. ގަކްޕޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޯއީ ވީމަން ފޮނުވާލި ހަމަލާ ދިޔައީ ރުމޭނިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'72 - ރުމޭނިއާ އިން ތިން ބަދަލެއް. ޔާނިސް ހަޖީ އާއި ޑެނިސް ޑްރާގުސް އަދި މާރިއަސް މަރިންގެ ބަދަލުގައި ކުޅެން ނުކުތީ ޑެނިސް އަލިބެކް އާއި ވެލެންޓިން މިހައިލާ އަދި އެލެންސެންޑްރޫ ސިސަލްޑައޫ.
'69 - ނެދަލެންޑްސް އިން ދެ ބަދަލެއް. ނޭތަން އަކޭ އާއި ޖާޑީ ޝޫޓެންގެ ބަދަލުގައި ކުޅެން ނުކުތީ ޖޯއީ ވީމަން އަދި މިކީ ވެން ޑެ ވެން.
'68 - ނެދަލެންޑްސްގެ ނުރައްކާތެރި ހިލޭ ޖެހުމެއް. މެމްފިސް ޑިޕާއީ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ރުމޭނިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'67 - ޒަވީ ސިމޮންސްއަށް ކުރި ފައުލަކާ ގުޅިގެން ރުމޭނިއާގެ މަރިއަސް މަރިންއަށް ރީނދޫ ކާޑެއް. ރުމޭނިއާ ކުއާޓާއަށް ގޮސްފި ނަމަ، ކާޑު ހަމަވުމުން އޭނާއަށް އެ މެޗު ގެއްލޭނެ.
'64 - ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ނެދަލެންޑްސް ފޯވަޑް ގަކްޕޯ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.
'62 - ނެދަލެންޑްސްގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ކުރިއަށް ޖެހި، ޕެނަލްޓީ އޭރިއާ ބޭރުން ކޯޑީ ގަކްޕޯ ފޮނުވާލި ހަމަލާ، ރުމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ ވަނީ މަތަކޮށްފައި.
'59 - އަނެއްކާވެސް ނެދަލެންޑްސްގެ ނުރައްކަލެއް. މެމްފިސް ޑިޕާއީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޯޑީ ގަކްޕޯ ފޮނުވަލި ހަމަލާ، ރުމޭނިއާ ކީޕަރު ފްލޮރިން ނިޓާ ވަނީ މަތަކޮށްފައި.
'58 - ނެދަލެންޑްސްއަށް އިތުރު ފުރުސަތެއް. މެމްފިސް ޑިޕާއީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާ އަމާޒުވީ ރުމޭނިއާ ގޯލުގެ އަރިމަތީ ދަނޑިއަށް.
'54 - ނެދަލެންޑްސްގެ އިތުރު ނުރައްކަލެއް. ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑޮންޔެލް މަލެން ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ ވެސް ރުމޭނިއާ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.
'50 - ނެދަލެންޑްސްގެ ނުރައްކަލެއް. ބޯޅަ ހިފައިގެން ކުރިއަށް ޖެހި، ޕެނަލްޓީ އޭރިއާ ބޭރުން ޓިޖާނީ ރައިންޑާސް ފޮނުވާލި ހަމަލާ، ރުމޭނިއާ ޑިފެންޑަރު ބޮގްޑަން ރަކޮވިޓަން ވަނީ ބްލޮކްކޮށްފައި.
ނެދަލެންޑްސް އިން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ސްޓިވަން ބާގްވައިންގެ ބަދަލުގައި ކުޅެން ނުކުތީ ޑޮންޔެލް މަލެން.
ދެވަނަ ހާފުގެ ކުޅުން ފެށީ ރުމޭނިއާ އިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.
'45+2 - ރުމޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެނިސް މޭން ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސް ކީޕަރު ބާޓް ވާބްރުގެންއާ ދިމާއަށް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'44 - ނެދަލެންޑްސްއަށް ހުސް ފުރުސަތެއް. ރުމޭނިއާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޒަވީ ސިމޮންސް ފޮނުވާލި ހަމަލާ ދިޔައީ ރުމޭނިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'38 - ރުމޭނިއާ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން ވަސީލް މޯގޮސްގެ ބަދަލުގައި ކުޅެން ނުކުތީ ބޮގްޑަން ރޮކޮވިޓަން.
'31 - ނެދަލެންޑްސްގެ ނުރައްކަލެއް. ޑެންޒެލް ޑަމްފްރީސް ދިން ބޯޅަ، މެމްފިސް ޑިޕާއީއަށް ލިބުމުގެ ކުރިން ގޯލު ކުރިމަތިން ރުމޭނިއާ ޑިފެންޑަރު ރާޑޫ ޑްރަގުސިން ވަނީ ދިފާއުކޮށްފައި.
'27 - ނެދަލެންޑްސްއަށް ހުސް ފުރުސަތެއް. މެމްފިސް ޑިޕާއީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްޓެފަން ވްރައި ބޮލުން ފޮނުވާލި ހަމަލާ، ރުމޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'26 - ނެދަލެންޑްސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޓިޖާނީ ރައިންޑާސް ފޮނުވާލި ހަމަލާ، ރުމޭނިއާ ޑިފެންޑަރު ރާޑޫ ޑްރަގުސިން ވަނީ ބްލޮކްކޮށްފައި.
'24 - ރުމޭނިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑެނިސް މޭން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'20 - ނެދަލެންޑްސް އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ. އޭނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ހަނި އޭންގަލުން. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލު.
'17 - ނެދަލެންޑްސްގެ ހަމަލާއެއް. މެމްފިސް ޑިޕާއީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ސްޓެފަން ވްރައި ބޮލުން ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައި.
'14 - ރުމޭނިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެނިސް މޭން ފޮނުވާލި ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'10 - ރުމޭނިއާ އިން ކުރިއަށް ޖެހި އެޓޭކުކުރުމަށް މަސައްކަތްކުރާ އިރު ނެދަލެންޑްސް ފެންނަނީ ވަރަށް ބޮޑަށް ޕްރެޝަރުގައި ކުޅޭ ތަން.
'6 - ނެދަލެންޑްސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޒަވީ ސިމޮންސް ފޮނުވާލި ހަމަލާ އަމާޒުވީ ރުމޭނިއާ ކީޕަރު ފްލޮރިން ނިޓާއާ ދިމާއަށް، އޭނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'2 - ރުމޭނިއާގެ ނުރައްކަލެއް. ރަޒްވާން މަރިން ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިއާ ތެރެއިން އިއަނިސް ހާޖީ ނުރައްކާކުރުމުގެ ކުރިން ނެދަލެންޑްސް ޑިފެންޑަރު ޔަނިސް ހަޖީ ވަނީ ދިފާއުކޮށްފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނެދަލެންޑްސް އިން.
ޔޫރޯ 2024 ގެ ގަދަ 16 ގައި ރުމޭނިއާއާއި ނެދަލޭންޑްސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ރުމޭނިއާއަކީ މިފަހަރުގެ ޔޫރޯގައި ގްރޫޕް އީގައި ވާދަކޮށް ތަފާތު ދެއްކި. އެޓީމުން ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައި. ރުމޭނިއާއިން ވަނީ ޔުކްރެއިން ބަލިކޮށް، ސްލޮވޭކިއާއާ އެއްވަރު ކޮށްފައި. އެޓީމުން ބަލިވީ ބެލްޖިއަމް އަތުން.
ނެދަލޭންޑްސްއަށް މިއީ މިހާތަނަށް ފުރިހަމަ ޔޫރޯއެއް ނޫން. އެޓީމަށް ގްރޫޕް ސްޓޭޖުގައި އުނދަގޫތަކާ ކުރިމަތިވި. ނެދަލޭންޑްސްއަށް ގްރޫޕްގެ ދެވަނަ ލިބުނީ ފަހު މެޗުގައި އޮސްޓްރިއާ ކައިރިން 3-2 އިން ބަލިވެގެން. ނެދަލޭންޑްސްއިން ފްރާންސާ އެއްވަރުކޮށް، ފުރަތަމަ މެޗުގައި 2-1 އިން ޕޮލެންޑް ބަލިކުރި.