ދުނިޔެ

ޗައިނާއިން ޖައްވަށް ފޮނުވާލަން ތައްޔާރުވި ރޮކެޓެއް ޓެސްޓުކުރުމުގެ ތެރޭގައި ގޮވައިފި

މުހައްމަދު އައުޒަމް

ޗައިނާއިން ޖައްވަށް ފޮނުވާލަން ތައްޔާރުވި ރޮކެޓެއް ޓެސްޓުކުރުމުގެ ތެރޭގައި ގޮވައިފިއެވެ.

ޗައިނާގެ ސްޕޭސް ޕިއޮނާއިން އުފެއްދި އެރޮކެޓު ގޮވާފައިވަނީ އާދިއްތަ ދުވަހު އެގައުމުގެ މެދުތެރޭ ގޮންގްޔީ ގައި ހުންނަ ލޯންޗް ކުރާ ސްޓޭޝަނުގައި ދިމާވި އެކްސިޑެންޓަކުން ކަމަށް އޮފިޝަލުން ބުނެއެވެ.

''ޓިއަންލޮންގް-3'' ނަމުން ނަންދީފައިވާ އެރޮކެޓުގެ ފުރަތަމަ ޓެސްޓު ސްޓޭޖުގައި ވަނީ ލޯންޗިން ޕެޑުން ވަކިވެފައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ރޮކެޓު ލޯންޗިން ޕެޑުން ވަކިވުމާއެކު ވަނީ އެދިމާލުން ފަރުބަދަތަކުގެ މައްޗަށް ވެއްޓިފައި ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިހާތަނަށް ބެލި ބެލުމުން އެރޮކެޓުގައި ހުންނަ ކޮންޓްރޯލް ކޮމްޕިއުޓަރު އެވަގުތު ކުއްލިއަކަށް ނިވިފައިވާ ކަމަށާއި ކޮމާންޑް ދިން ނަމަވެސް އެވަގުތު މަސައްކަތް ނުކުރީ އެހެންވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި ޓިއަންލޮންގް-2 ވަނީ ކާމިޔާބު ކަމާއެކު ލޯންޗުކޮށް އެމިޝަން ކާމިޔާބުކޮށްފައެވެ.