ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ސްޕެއިން 4-1 ޖޯޖިއާ (ފުލްޓައިމް)

01 Jul 01:54

މެޗުގެ އުސްއަލިތައް

  • މެޗު ފެށުނީއްސުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ސްޕެއިނުން ދިޔައީ ފުލުފުލުގައި ނުރައްކާކުރަމުން
  • ސްޕެއިންގެ ގިނަ ހަމަލާތަކެއް ޖޯޖިއާގެ ކީޕަރު މަމާޑަޝްވިލީ މަތަކުރި
  • އެގޮތުން ޕެޑްރީ، ކާވަހާލް، ފަބިއަން ރުއިޒް، ކުކުރެއާ އަދި ނިކޯ ވިލިއަމްސްގެ ހަމަލާއެއް ވެސް ކީޕަރު މަމާޑަޝްވިލީ މަތަކުރި
  • ސްޕެއިނުން އެޓޭކުކުރަމުންދަނިކޮށް، ޖޯޖިއާ އިން ގޯލެއް ޖަހައި ލީޑު ހޯދި
  • އެ ގޯލަކީ ސްޕެއިން ޑިފެންޑަރު ލެ ނޯމަންޑް އަތުން ބައިކޮޅަށް ވަން ގޯލެއް
  • ކުޅުން އިތުރަށް ވަރުގަދަކޮށް ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސްޕެއިނުން ނަތީޖާ ހަމަހަމަކުރި
  • ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރޮޑްރީ
  • ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ކުޅުނީ ވަރަށް އެޓޭކިން ކުޅުން
  • ސްޕެއިނުން ކުރިއަށް ޖެހި ކުޅެމުންދަނިކޮށް، ދެވަނަ ހާފުގެ ކުރީކޮޅުގައި ޖޯޖިއާގެ ނުރައްކާތެރި ހަމަލާއެއް ފެނުނު
  • ސްޕެއިން ކީޕަރު އުނައި ސިމޮން ކުރިއަށް ނުކުމެ ހުރުމުން، ކުވިޗާ ކުވަރަޓްސްކޭލިއާ މެދު ރޮނގުން ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް
  • ސްޕެއިންގެ ޔަމާލްގެ ނުރައްކާތެރި ހިލޭ ޖެހުމެއް ފެނުނު، އެ ހަމަލާގެ ހުރަހަކަށްވީ ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ
  • އޭގެ މިނެޓެއް ނުވަނީސް، ސްޕެއިނުން ގޯލެއް ޖަހައި ލީޑު ހޯދި
  • ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒް
  • އެ ގޯލަށްފަހު ވެސް ސްޕެއިނުން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުން
  • އެގޮތުން އެންމެ ގިނަ ފުރުސަތުތައް ލިބިފައިވަނީ ސްޕެއިންގެ ޒުވާން ފޯވަޑް ޔަމާލްއަށް
  • ސްޕެއިންގެ ފަހު ދެ ގޯލު ފެނިގެންދިޔައީ ފަހު 15 މިނެޓުގެ ތެރޭގައި
  • ސްޕެއިނަށް އެ ގޯލުތައް ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސް އަދި ޑެނީ އޮލްމޯ
01 Jul 01:52

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން. ސްޕެއިން ކުއާޓާއަށް.

01 Jul 01:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

01 Jul 01:42

'83 - ސްޕެއިނުން އިތުރު ގޯލެއް ޖަހައި ތިން ގޯލުގެ ލީޑެއް ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޖިއާ ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނީ އޮލްމޯ.

01 Jul 01:40

'80 - ސްޕެއިނަށް އިތުރު ފުރުސަތެއް. ޑެނީ އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޔަމާލް ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ ވަނީ މަތަކޮށްފައި.

01 Jul 01:38

'79 - ޖޯޖިއާ އިން ބަދަލެއް. ޖޯގެސް މިކައުޓަޑްޒޭ އާއި ގިއޯގޯ ވެލެސިއާނީގެ ބަދަލުގައި ކުޅެން ނުކުތީ ނިކާ ކުވެކްވެސްކިރީ އަދި ބުޑޫ ޒިވްޒިވަޑްޒޭ.

01 Jul 01:36

'77 - ސްޕެއިނަށް ފުރުސަތެއް. ނިކޯ ވިލިއަމްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެނީ އޮލްމޯ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

01 Jul 01:34

'75 - ސްޕެއިނުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ކައުންޓާ އެޓޭކެއްގައި ފަބިއަން ރުއިޒް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސް.

01 Jul 01:29

'71 - ޑެނީ އޮލްމޯއަށް ކުރި ފައުލަކާ ގުޅިގެން ޖޯޖިއާގެ ޒުރިކޯ ޑަވިޓަޝްވިލީއަށް ރީނދޫ ކާޑެއް.

01 Jul 01:27

'68 - ޖޯޖިއާއަށް ފުރުސަތެއް. ކުވިޗާ ކުވަރަޓްސްކޭލިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ހިއޮރީ ޓިސިޓައިޝްވިލީ ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 01:25

'66 - ސްޕެއިނުން ދެ ބަދަލެއް. ކެޕްޓަން މޮރާޓާ އާއި ކުކުރެއާގެ ބަދަލުގައި ކުޅެން ނުކުތީ އަލެހަންޑްރޯ ގްރިމާލްޑޯ އަދި މިކެލް އޮޔާޒަބަލް.

01 Jul 01:23

'64 - ޖޯޖިއާ އިން ދެ ބަދަލެއް. ގިއޯގީ ޗަކްވެޓަޑްޒޭ އާއި ލޫކާ ލޮޗޮޝްވިލީގެ ބަދަލުގައި ކުޅެން ނުކުތީ ޒުރިކޯ ޑަވިޓަޝްވިލީ އަދި ހިއޮރީ ޓިސިޓައިޝްވިލީ.

01 Jul 01:22

'63 - ސްޕެއިނަށް ފުރުސަތެއް. ޖޯޖިއާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ތެރެއިން ޔަމާލް ފޮނުވާލި ހަމަލާ، ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 01:13

'55 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ، ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 01:13

'53 - ސްޕެއިންގެ ނުރައްކަލެއް. ޑެނީ އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޔަމާލް ފޮނުވާލި ހަމަލާ ދިޔައީ ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

01 Jul 01:12

'52 - ސްޕެއިނުން ބަދަލެއް. ޕެޑްރީގެ ބަދަލުގައި ކުޅެން ނުކުތީ ޑެނީ އޮލްމޯ.

01 Jul 01:11

'51 - ސްޕެއިނުން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. ލަމީން ޔަމާލް ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒް. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލު.

01 Jul 01:10

'51 - ސްޕެއިންގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ލަމީން ޔަމާލް ފޮނުވާލި ހިލޭ ޖެހުން، ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

01 Jul 01:08

'48 - ޖޯޖިއާގެ ނުރައްކާތެރި ހަމަލާއެއް. ސްޕެއިން ކީޕަރު އުނައި ސިމޮން ކުރިއަށް ނުކުމެ ހުރުމުން ކައުންޓާ އެޓޭކެއްގައި، ކުވިޗާ ކުވަރަޓްސްކޭލިއާ މެދު ރޮނގުން ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

01 Jul 01:04

'46 - ސްޕެއިންގެ ހަމަލާއެއް. އަލްވާރޯ މޮރާޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ، ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

01 Jul 01:03

ދެވަނަ ހާފުގެ ކުޅުން ފެށީ ޖޯޖިއާ އިން.

01 Jul 00:54

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗު ފެށުނީއްސުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ސްޕެއިނުން ދިޔައީ ފުލުފުލުގައި ނުރައްކާކުރަމުން
  • ސްޕެއިންގެ ގިނަ ހަމަލާތަކެއް ޖޯޖިއާގެ ކީޕަރު މަމާޑަޝްވިލީ މަތަކުރި
  • އެގޮތުން ޕެޑްރީ، ކާވަހާލް، ފަބިއަން ރުއިޒް، ކުކުރެއާ އަދި ނިކޯ ވިލިއަމްސްގެ ހަމަލާއެއް ވެސް ކީޕަރު މަމާޑަޝްވިލީ މަތަކުރި
  • ސްޕެއިނުން އެޓޭކުކުރަމުންދަނިކޮށް، ޖޯޖިއާ އިން ގޯލެއް ޖަހައި ލީޑު ހޯދި
  • އެ ގޯލަކީ ސްޕެއިން ޑިފެންޑަރު ލެ ނޯމަންޑް އަތުން ބައިކޮޅަށް ވަން ގޯލެއް
  • ކުޅުން އިތުރަށް ވަރުގަދަކޮށް ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސްޕެއިނުން ނަތީޖާ ހަމަހަމަކުރި
  • ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރޮޑްރީ
01 Jul 00:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

01 Jul 00:44

'44 - ލޫކާ ލޮޗޮޝްވިލީއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިން ކެޕްޓަން އަލްވާރޯ މޮރާޓާއަށް ރީނދޫ ކާޑެއް.

01 Jul 00:42

'41 - ޖޯޖިއާ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން އޮޓާ ކިޓެއިޝްވިލީގެ ބަދަލުގައި ކުޅެން ނުކުތީ ސެންޑްރޯ އަލްޓުނަޝްވިލީ.

01 Jul 00:40

'39 - ސްޕެއިނުން ނަތީޖާ ހަމަހަމަކޮށްފި. ނިކޯ ވިލިއަމްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރޮޑްރީ. އޭނާ ބޯޅަ އަމާޒުކޮށްލީ ޖޯޖިއާ ގޯލުގެ ތިރީ ކަނަކަށް.

01 Jul 00:36

'35 - ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މާކް ކުކުރެއާ ފޮނުވާލި ބާރު ހަމަލާ، ގޯލު ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ޖޯޖިއާގެ ކީޕަރު މަމާޑަޝްވިލީ ވަނީ މަތަކޮށްފައި.

01 Jul 00:34

'33 - ޖޯޖިއާ އިން ވަރުގަދަ ޑިފެންސެއް ކުރަމުންދާ އިރު، ކައުންޓާ އެޓޭކުތަކުގައި ސްޕެއިންގެ ގޯލަށް ނުރައްކާކުރުމަށް ދަނީ މަސައްކަތްކުރަމުން.

01 Jul 00:28

01 Jul 00:27

'26 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ރޮޑްރީ ފޮނުވާލި ބާރު ހަމަލާ، ޖޯޖިއާ ކެޕްޓަން ގުރަމް ކާޝިއާ ވަނީ ބްލޮކްކޮށްފައި.

01 Jul 00:24

'22 - ސްޕެއިންގެ ނުރައްކަލެއް. ރޮޑްރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ ވަނީ މަތަކޮށްފައި.

01 Jul 00:20

'17 - ޖޯޖިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. އެ ގޯލަކީ ސްޕެއިން ޑިފެންޑަރު ރޮބިން ލެ ނޯމަންޑް އަތުން ބައިކޮޅަށް ވަން ގޯލެއް. އޭނާ އަތުން އެ ގޯލު ބައިކޮޅަށް ވަދެފައިވަނީ ޖޯޖިއާގެ އޮޓާ ކަކަބަޑްޒޭ ނަގައިދިން ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި.

01 Jul 00:17

'16 - ސްޕެއިނަށް އިތުރު ފުރުސަތެއް. ލަމީން ޔަމާލް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އައިމެރިކް ލަޕޯޓް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

01 Jul 00:14

'13 - ޕެނަލްޓީ އޭރިއާ ތެރެއިން ނިކޯ ވިލިއަމްސް ފޮނުވާލި އިތުރު ހަމަލާއެއް ޖޯޖިއާގެ ޑިފެންސުން ބްލޮކްކޮށްފި.

01 Jul 00:12

'11 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ، ޖޯޖިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

01 Jul 00:11

'10 - ސްޕެއިނަށް ފުރުސަތެއް. ނިކޯ ވިލިއަމްސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑެނިއެލް ކާވަހާލް ބޮލުން ފޮނުވާލި ހަމަލާ ވެސް ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ ވަނީ މަތަކޮށްފައި.

01 Jul 00:07

'5 - ސްޕެއިނުން ކުޅެމުންދަނީ އެޓީމުގެ ރަސްމީ ކުޅުން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓީމުން ކުޅެނީ ވަރަށް އެޓޭކިން ކުޅުމެއް.

01 Jul 00:05

'4 - ސްޕެއިންގެ ނުރައްކަލެއް. ޑެނިއެލް ކާވަހާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕެޑްރީ ފޮނުވާލި ހަމަލާ، ޖޯޖިއާގެ ކީޕަރު ގިއޯގީ މަމާޑަޝްވިލީ ވަނީ މަތަކޮށްފައި.

30 Jun 23:59

މެޗުގެ ކުޅުން ފަށައިފި.

30 Jun 23:49

ޖޯޖިއާގެ ފުރަތަމަ 11:

  • ގިއޯގީ މަމާޑަޝްވިލީ - ގޯލްކީޕަރު
  • އޮޓާ ކަކަބަޑްޒޭ
  • ގިއޯގީ ވެލެސިއާނީ
  • ގުރާމް ކާޝިއާ - ކެޕްޓަން
  • ލަޝާ ޑުވާލީ
  • ލޫކާ ލޮޗޮޝްވިލީ
  • ގިއޯގީ ކޮޗޮރަޝްވިލީ
  • ގިއޯގީ ޗަކްވެޓަޑްޒޭ
  • އޮޓާ ކިޓެއިޝްވިލީ
  • ކުވިޗާ ކުވަރަޓްސްކޭލިއާ
  • ގޯޖެސް މިކައުޓަޑްޒޭ
30 Jun 23:47

ސްޕެއިންގެ ފުރަތަމަ 11:

  • އުނައި ސިމޮން - ގޯލްކީޕަރު
  • ޑެނިއެލް ކާވޭހަލް
  • ރޮބިން ލެ ނޯމަންޑް
  • މާކް ކުކުރެޔާ
  • އައިމެރިކް ލަޕޯޓް
  • ޕެޑްރީ
  • ފަބިއަން ރުއިޒް
  • ރޮޑްރީ
  • ލަމީން ޔަމާލް
  • ނިކޯ ވިލިއަމްސް
  • އަލްވާރޯ މޮރާޓާ - ކެޕްޓަން

ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގައި ސްޕެއިނާއި ޖޯޖިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ސްޕެއިނަކީ މިފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ފޯމު ރަނގަޅުކޮށް އޮތް ޓީމު. ސްޕެއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައި. އެއީ ކޮޅަށް ގޯލެއްވެސް ވަނަ ނުދީ. މަރުގެ ގްރޫޕްގެ ގޮތުގައި އޮތް ގްރޫޕް ބީގައި ސްޕެއިން ވަނީ އެންމެފަހުގެ ޗެމްޕިއަން އިޓަލީ އާއި ކްރޮއޭޝިއާގެ އިތުރުން އަލްބޭނިއާވެސް ބަލިކޮށްފައި.

އަނެއްކޮޅުން ނުކުންނަ ޖޯޖިއާ، އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ނުކުމެ ގަދަ 16 ޔަގީންކުރުމުން އެޓީމަށް ވަނީ ތައުރީފު ބަންޑުން ވެފައި. ޖޯޖިއާއިން ތާރީހީ ޔޫރޯ ދަތުރެއްގައި ކުރިއަށްދާ އިރު، އެޓީމުގެ ކާމިޔާބީއާ އެކު މުޅި ގައުމު ދަނީ މިހާރުވެސް އުފާފާޅު ކުރަމުން. ޖޯޖިއާ ގްރޫޕް އެފްގެ ތިންވަނަ ހޯދީ ޗެކު ރިޕަބްލިކާ އެއްވަރުކޮށް، އެންމެ ފަހު މެޗުގައި ޕޯޗުގަލް ބަލިކޮށްގެން. އެޓީމު ބަލިވީ ތުރުކީ ކައިރިން އެކަނި.

ދެ ޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ސްޕެއިނާއި ޖޯޖިއާ މީގެ ކުރިން ހަތް ފަހަރު ވާދަކުރި
  • އޭގެ ތެރެއިން ޖޯޖިއާ މޮޅުވީ އެންމެ ފަހަރަކު އެއީ 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި
  • ސްޕެއިން އަނެއް ހަ މެޗު ކާމިޔާބުކުރި
  • އެންމެފަހުން ކުޅުނު ދެމެޗަކީ ޔޫރޯ ކޮލިފިކޭޝަންގައި ކުޅުނު ދެމެޗު
  • ކޮލިފިކޭޝަން ދެމެޗުވެސް ކާމިޔާބުކުރީ ސްޕެއިން
  • އެއީ 7-1 ގެ ނަތީޖާއަކުން، އަދި 3-1 ގެ ނަތީޖާއަކުން