ޔޫރޯ 2024

ޔޫރޯ 2024 ލައިވް: އިންގްލެންޑް 2-1 ސްލޮވޭކިއާ

30 Jun 23:42

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ކޮޅުގައި ދެ ޓީމުންވެސް ހަމަލާތައް އުފެއްދި
  • ސްލޮވާކިއާގެ ހެންކޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް
  • އޭގެ އިތުރުން އޭރިއާ ބޭރުން ހަރާސްލިން ފޮނުވާލި ހަމަލާ ވީ ބްލޮކް
  • އިންގްލެންޑްގެ ކޭންއަށް ރަނގަޅު ފުރުސަތެއް ލިބި، އޭނާ ބޮލުން ބޯޅަ ފޮނުވާލި ނަމަވެސް ހަމަލާ ވީ ބްލޮކް
  • ސްލޮވޭކިއާއަށް މެޗުގައި ލީޑު ނަގައިދިނީ އިވާން ޝްރާންޒް، އޭނާ ގޯލު ޖެހީ މޮޅު ޕާސްތަކަކަށްފަހު
  • އޭގެފަހުން އިންގްލެންޑްގެ މައިނޫގެ ދެ ހަމަލާއެއް ފެނުނު ނަމަވެސް، ކާމިޔާބެއް ނުވި
  • ދެވަނަ ހާފުގެ ކުރީކޮޅުގައި އިންގްލެންޑްގެ ނުރައްކާ ބޮޑު
  • ފިލް ފޮޑެން ވަނީ ސްލޮވާކިއާގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލާފައި، ނަމަވެސް އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި
  • އިންގްލެންޑް ކެޕްޓަން ހެރީ ކޭންގެ ހަމަލާއެއް ވަނީ ބްލޮކްވެފައި
  • އިންގްލެންޑްގެ ޑިފެންސްގެ ގޯހެއް ވެސް ފެނުނު، އޭގެ ފައިދާ ނަގައި ސްޓްރެލެކް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް
  • އިންގްލެންޑް ކެޕްޓަން ކޭންއަށް ފުރުސަތެއް ލިބުނު، އޭނާގެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް
  • އޭގެ މާގިނައިރުތަކެއް ނުވެ އިންގްލެންޑްގެ ރައިސްގެ ނުރައްކާތެރި ހަަމަލާއެއް ފެނުނު، އޭނާގެ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް
  • ދެވަނަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި އިންގްލެންޑުން ނަތީޖާ ހަމަހަމަކުރި، އެ ގޯލު ކާމިޔާބުކޮށްދިނީ ބެލިންހަމް
  • އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފުރަތަމަ މިނެޓުގައި އިންގްލެންޑަށް ލީޑު ހޯދައިދިނީ ކޭން
  • ސްލޮވާކިއާގެ ނުރައްކަލެއް ފެނުނު، ޕެކަރިކްގެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް
30 Jun 23:37

މެޗުގެ ކުޅުން ނިންމާލައިފި. 2-1 ގެ ނަތީޖާއަކުން ސްލޮވާކިއާ ބަލިކޮށް، އިންގްލެންޑް ކުއާޓާ ފައިނަލަށް.

30 Jun 23:36

'120 - އިންގްލެންޑްގެ ހަމަލާއެއް. ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން އިވާން ޓޯނީ ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

30 Jun 23:26

'111 - ސްލޮވާކިއާގެ ޓުޕްޓާގެ ހިލޭ ޖެހުން، އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

30 Jun 23:25

'109 - ސްލޮވާކިއާ އިން ބަދަލެއް. ޕީޓާ ޕެކަރިކްގެ ބަދަލުގައި ކުޅެން ނުކުތީ ލުބޮމިއާ ޓުޕްޓާ.

30 Jun 23:24

'108 - އެބެރެޗީ އެޒޭއަށް ކުރި ފައުލަކާ ގުޅިގެން ސްލޮވާކިއާގެ ޑެނިސް ވޮވްރޯއަށް ރީނދޫ ކާޑެއް.

30 Jun 23:21

އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ފަށައިފި.

30 Jun 23:21

އިންގްލެންޑުން ދެ ބަދަލެއް. ބެލިންހަމް އާއި ކޭންގެ ބަދަލުގައި ކުޅެން ނުކުތީ ކޮނޯ ގަލެގާ އަދި އެޒްރީ ކޮންސާ.

30 Jun 23:18

އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިންމާލައިފި. 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ އިންގްލެންޑް.

30 Jun 23:18

'105 - ސްލޮވާކިއާގެ ނުރައްކަލެއް. ލާޒްލޯ ބެނޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕީޓާ ޕެކަރިކް ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

30 Jun 23:09

30 Jun 23:03

'91 - އިންގްލެންޑުން ލީޑު ހޯދައިފި. އިވާން ޓޯނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން.

30 Jun 23:02

އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ފަށައިފި.

30 Jun 22:58

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން ދެން ކުޅޭނީ އިތުރު ވަގުތުގެ ދެ ހާފު.

30 Jun 22:56

'90+6 - އިންގްލެންޑުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. މާކް ގުއޭހީ ބޮލުން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި އޯވަހެޑް ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް.

30 Jun 22:55

'90+4 - އިންގްލެންޑުން ބަދަލެއް. ފިލް ފޮޑެންގެ ބަދަލުގައި ކުޅެން ނުކުތީ އިވާން ޓޯނީ.

30 Jun 22:53

'90+3 - ސްލޮވާކިއާ އިން ބަދަލެއް. ޝްރާންޒްގެ ބަދަލުގައި ކުޅެން ނުކުތީ ނޮބާޓް ޖިޔޮމްބާ.

30 Jun 22:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

30 Jun 22:44

'84 - އިންގްލެންޑްގެ ބަދަލެއް. ކޮބީ މައިނޫގެ ބަދަލުގައި ކުޅެން ނުކުތީ އެބެރެޗީ އެޒޭ.

30 Jun 22:42

'82 - ސްލޮވާކިއާ އިން ދެ ބަދަލެއް. ޑޫޑާ އާއި ކުޗްކާގެ ބަދަލުގައި ކުޅެން ނުކުތީ މަޓުސް ބެރޯ އަދި ލާޒްލޯ ބެނެސް.

30 Jun 22:41

'81 - އިންގްލެންޑްގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެކްލަން ރައިސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސްލޮވާކިއާ ގޯލުގެ އަރިމަތީ ދަނޑިއަށް. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ކޭން ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

30 Jun 22:38

'78 - އިންގްލެންޑުގެ ނުރައްކަލެއް. ފިލް ފޮޑެން ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން ހެރީ ކޭން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

30 Jun 22:37

'77 - ފިލް ފޮޑެންއަށް ކުރި ފައުލަކާ ގުޅިގެން ސްލޮވާކިއާގެ ޕީޓާ ޕެކަރިކްއަށް ރީނދޫ ކާޑެއް.

30 Jun 22:32

30 Jun 22:28

'68 - އިންގްލެންޑްގެ ހަމަލާއެއް. ކޯލް ޕާމާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ފިލް ފޮޑެން ބޮލުން ފޮނުވާލި ހަމަލާ، ސްލޮވާކިއާ ޑިފެންޑަރު ޑެނިސް ވަވްރޯ ވަނީ ބްލޮކްކޮށްފައި.

30 Jun 22:25

'65 - އިންގްލެންޑްގެ ބަދަލެއް. ޓްރިޕިއާގެ ބަދަލުގައި ކުޅެން ނުކުތީ ކޯލް ޕާމާ.

30 Jun 22:22

'61 - ސްލޮވާކިއާގެ ދެ ބަދަލެއް. ޑޭވިޑް ސްޓްރެލެކް އާއި ލޫކަސް ހަރާސްލިންގެ ބަދަލުގައި ކުޅެން ނުކުތީ ތޯމަސް ސުސްލޯވް އަދި ރޮބާޓް ބޮޒެނިކް.

30 Jun 22:21

'60 - އިންގްލެންޑް ފޯވަޑް ފިލް ފޮޑެން ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ވޯލްގައި ހުރި އޮންދްރޭ ޑޫޑާ ވަނީ ބްލޮކްކޮށްފައި.

30 Jun 22:19

'59 - ކޮބީ މައިނޫއަށް ސްލޮވާކިއާގެ ޔުރާއީ ކުޗްކާ ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން އިންގްލެންޑަށް ހިލޭ ޖެހުމެއް.

30 Jun 22:16

'55 - އިންގްލެންޑް ޑިފެންސްގެ ގޯހެއް. އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ކުރިއަށް ނުކުމެ ހުރުމާއެކު ސްލޮވާކިއާ ފޯވަޑް ޑޭވިޑް ސްޓްރެލެކް ދުރުން ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

30 Jun 22:12

'51 - އިންގްލެންޑްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ، ސްލޮވާކިއާ ޑިފެންޑަރު ޑެނިސް ވޮވްރޯ ވަނީ ބްލޮކްކޮށްފައި.

30 Jun 22:11

'49 - ކިއެރެން ޓްރިޕިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފިލް ފޮޑެން، ސްލޮވާކިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

30 Jun 22:05

ދެވަނަ ހާފުގެ ކުޅުން ފެށީ އިންގްލެންޑުން.

30 Jun 21:51

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ކޮޅުގައި ދެ ޓީމުންވެސް ހަމަލާތައް އުފެއްދި
  • ސްލޮވާކިއާގެ ހެންކޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް
  • އޭގެ އިތުރުން އޭރިއާ ބޭރުން ހަރާސްލިން ފޮނުވާލި ހަމަލާ ވީ ބްލޮކް
  • އިންގްލެންޑްގެ ކޭންއަށް ރަނގަޅު ފުރުސަތެއް ލިބި، އޭނާ ބޮލުން ބޯޅަ ފޮނުވާލި ނަމަވެސް ހަމަލާ ވީ ބްލޮކް
  • ސްލޮވޭކިއާއަށް މެޗުގައި ލީޑު ނަގައިދިނީ އިވާން ޝްރާންޒް، އޭނާ ގޯލު ޖެހީ މޮޅު ޕާސްތަކަކަށްފަހު
  • އޭގެފަހުން އިންގްލެންޑްގެ މައިނޫގެ ދެ ހަމަލާއެއް ފެނުނު ނަމަވެސް، ކާމިޔާބެއް ނުވި
30 Jun 21:49

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ކުރީގައި އޮވެގެން.

30 Jun 21:46

'45+1 - ފައުލަކާ ގުޅިގެން ސްލޮވާކިއާ ކެޕްޓަން މިލާން ސްކްރިނިއާއަށް ރީނދޫ ކާޑެއް.

30 Jun 21:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

30 Jun 21:44

30 Jun 21:36

'36 - ހުރަސްތައް ނަގައިގެން އިންގްލެންޑުން ނުރައްކާކުރުމަށް ދަނީ މަސައްކަތްކުރަމުން. ނަމަވެސް އަދި މާ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

30 Jun 21:27

'25 - ސްލޮވާކިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޑޭވިޑް ސްޓްރެލެކް ދިން ބޯޅައަކުން ސްލޮވާކިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޝްރާންޒް. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ބޯޅަ އަމާޒުކޮށްލީ އިންގްލެންޑް ގޯލުގެ ތިރީ ކަނަކަށް. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލު.

30 Jun 21:24

'23 - އިންގްލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ހެރީ ކޭން ބޮލުން ފޮނުވާލި ހަމަލާ، ސްލޮވާކިއާ ޑިފެންޑަރު ޑޭވިޑް ހެންކޯ ވަނީ ބްލޮކްކޮށްފައި.

30 Jun 21:22

30 Jun 21:17

'16 - ލޫކަސް ހަރާސްލިއަންއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑްގެ ޖޫޑް ބެލިންހަމްއަށް ރީނދޫ ކާޑެއް.

30 Jun 21:16

'12 - ސްލޮވާކިއާގެ ނުރައްކަލެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލޫކަސް ހަރާސްލިން ފޮނުވާލި ހަމަލާ، އިންގްލެންޑް ޑިފެންޑަރު މާކް ގުއޭހީ ވަނީ ބްލޮކްކޮށްފައި.

30 Jun 21:10

'9 - އިންގްލެންޑަށް ރަނގަޅު ފުރުސަތެއް. ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކިއެރެން ޓްރިޕިއާ ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

30 Jun 21:08

'8 - ސްލޮވާކިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލޫކަސް ހަރާސްލިން ފޮނުވާލި ހަމަލާ، އިންގްލެންޑް ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ބްލޮކްކޮށްފައި.

30 Jun 21:07

'7 - އޮންދްރޭ ޑޫޑާއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑްގެ ކޮބީ މައިނޫއަށް ރީނދޫ ކާޑެއް.

30 Jun 21:06

'5 - ސްލޮވާކިއާގެ ނުރައްކަލެއް. ލޫކަސް ހަރާސްލިން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑޭވިޑް ހެންކޯ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

30 Jun 21:04

'4 - ޑޭވިޑް ސްޓްރެލެޗްއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑް ޑިފެންޑަރު މާކް ގުއޭހީއަށް ރީނދޫ ކާޑެއް.

30 Jun 21:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްލޮވާކިއާ އިން.

30 Jun 20:42

މި މެޗަށް ވެސް ސްލޮވާކިއާ އިން ބޭނުންކުރަނީ ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރުމޭނިއާއާ ދެކޮޅަށް ނުކުތް ފުރަތަމަ 11.

30 Jun 20:38

މި މެޗަށް ވެސް އިންގްލެންޑްގެ މެދުތެރެއަށް ވަނީ ބަދަލެއް ގެނެސްފައި. ކޮނޯ ގަލެގާގެ ބަދަލުގައި މި މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދީފައިވަނީ ކޮބީ މައިނޫ. ގަލެގާގެ ކުރިން އެ މަގާމަށް ބޭނުންކުރަމުންދިޔައީ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް.

30 Jun 20:36

ސްލޮވާކިއާގެ ފުރަތަމަ 11:

  • މާޓިން ޑުބްރާވްކާ - ގޯލްކީޕަރު
  • ޑޭވިޑް ހެންކޯ
  • ޕީޓާ ޕެކަރިކް
  • ޑެނިސް ވަވްރޯ
  • މިލާން ސްކްރިނިއާ - ކެޕްޓަން
  • އޮންދްރޭ ޑޫޑާ
  • ޔުރާއީ ކުޗްކާ
  • ސްޓަނިސްލާވް ލޮބޮޓްކާ
  • ޑޭވިޑް ސްޓްރެލެކް
  • ލޫކަސް ހަރާސްލިން
  • އިވާން ޝްރާންޒް
30 Jun 20:35

އިންގްލެންޑްގެ ފުރަތަމަ 11:

  • ޖޯޑަން ޕިކްފޯޑް - ގޯލްކީޕަރު
  • ކިއެރެން ޓްރިޕިއާ
  • ޖޯން ސްޓޯންސް
  • މާކް ގުއޭހީ
  • ކައިލް ވޯކާ
  • ބުކަޔޯ ސަކާ
  • ފިލް ފޮޑެން
  • ޑެކްލަން ރައިސް
  • ޖޫޑް ބެލިންހަމް
  • ކޮބީ މައިނޫ
  • ހެރީ ކޭން - ކެޕްޓަން

ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގައި އިންގްލެންޑާއި ސްލޮވޭކިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

އިންގްލެންޑުން ގްރޫޕް ސީގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުން. އެއީ ފުރަތަމަ މެޗުން. ސާބިއާ ކައިރިން 1-0 އިން އިންގްލެންޑް މޮޅުވި ނަމަވެސް، އޭގެފަހުން ދެން ކުޅުނު ދެ މެޗުވެސް ވީ އެއްވަރު. އެއީ ޑެންމާކާ 1-1 އިން އެއްވަރުވި މެޗުގެ އިތުރުން 0-0 އިން ސްލޮވީނިއާ ކައިރިން ލިބުނު ޕޮއިންޓް.

ސްލޮވޭކިއާއިން ގަދަ 16 އަށް ދިޔައީ ގްރޫޕް ޑީގެ ތިންވަނަ ޓީމުގެ ގޮތުގައި. އެޓީމުން ގްރޫޕް ސްޓޭޖުގައި ތަފާތު ރޫހެއް ދެއްކި އިރު، މުޅި ގްރޫޕް ސްޓޭޖުގެ އެންމެ ބޮޑު ސަޕްރައިޒެއްގެ ގޮތުގައި އެޓީމުން ބެލްޖިއަމް ބަލިކުރި ކުރުން ފާހަގަކުރެވޭ. އޭގެފަހުން ސްލޮވޭކިއާއިން ޔުކްރެއިން އަތްދަށުވި ނަމަވެސް، ރުމޭނިއާއާ ފަހު މެޗު އެއްވަރުކޮށް، އެޓީމުން ވަނީ ގަދަ 16 ޔަގީންކޮށްފައި. މިއީ 2016 ވަނަ އަހަރު ފަހުން އެޓީމުން ޔޫރޯގެ ގަދަ 16 ގައި ކުޅޭ ފުރަތަމަ ފަހަރު.

ދެ ޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • އިންގްލެންޑާއި ސްލޮވޭކިއާ މީގެ ކުރިން ހަ މެޗެއްގައި ވާދަކުރި
  • އޭގެ ތެރެއިން އިންގްލެންޑް ވަނީ ފަސް މެޗުން މޮޅުވެފައި
  • އެއްވަރުވީ އެއް މެޗު، ސްލޮވޭކިއާއަށް މިހާތަނަށް އިންގްލެންޑް ބަލިކުރެވިފައެއް ނުވޭ
  • އެންމެފަހުން އިންގްލެންޑާ ސްލޮވޭކިއާ ކުރިމަތިލީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި، އެ މެޗުން އިންގްލެންޑް މޮޅުވީ 2-1 އިން
  • ޔޫރޯ 2016 ގައި ދެ ޓީމުން ކުޅުނު މެޗު ވީ ގޯލެއް ނުޖެހި އެއްވަރު