މުހައްމަދު އައުޒަމް
އޮޔާ ދަނިކޮށް ފެނުނު ފުޅިއެއް ބޮއިގެން ސްރީ ލަންކާގެ މަސްވެރީންތަކެއް މަރުވެއްޖެއެވެ.
ލަންކާގެ ނޭވީން ވަނީ އެ ގައުމުގެ މަސްވެރިންތަކަކަށް ހޮނިހިރު ދުވަހު ކަނޑުމަތިން ފެނުނު ފުޅިއެއް އެއީ ބަނގުރާ ކަމަށް ބަލައި އެ ބުއިމުގެ ސަބަބުން މަރުވި މަސްވެރީންގެ އަދަދު މިހާތަނަށް ތިނަކަށް އަރާފައިވާކަމަށް ބުނެފައެވެ.
ހަ މަސްވެރިން ދަތުރުކުރި އެ ބޯޓުން ދަތުރު ކުރި އަނެއް ތިން މީހުންގެ ހާލުވެސް ދެރަ ކަމަށް ނޭވީން ބުނެއެވެ.
ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީސް އެންޑް އެކުއާޓިކް ރިސޯސަސްގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ ''ޑެވޮން'' ނަމަކަށް ކިޔާ އެ ބޯޓުން ދަތުރު ކުރި މަސްވެރީންނަށް ފެނުނު ފުޅިތަކުން ފުޅިއެއް އެ މީހުން ބުއިީ ކަމަށާއި އެކަމުގެ ސަބަބުން އެ އެންމެން ބަލިވީ ކަމަށް ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އޮފިޝަލުން ވަނީ އެ މަސްވެރިން ބަލިވާން ފަށާފައިވަނީ ކަނޑުމަތީގައި ތިއްބައި ކަމަށާއި އެންމެ ފުރަތަމަ އެ މީހުންނަށް ރޭޑިއޯ މެދުވެރިކޮށް އަވަސް ފަރުވާ ދޭން މައުލޫމާތު ދީފައިވާނެ ކަމަށް ބުނެފައެވެ.
ލަންކާގެ އައްސޭރިފަށާއި 320 ނޯޓިކަލް މޭލު ދުރުގައި އޮތް އެ ބޯޓު ލަންކާއަށް ގެނައުމަށް އެހެން ބޯޓެއްގެ އެހީގައި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނޭވީން ބުނެއެވެ.