އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އެއާޕޯޓުގެ ފުރާޅުން ބައެއް ވެއްޓި މީހަކު މަރުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ވެއްޓިފައިވަނީ ދިއްލީ އެއާޕޯޓުގެ ޓާމިނަލް އެކެއްގެ ފުރާޅެވެ. އެ ހާދިސާގައި އަށް މީހަކަށް އަނިޔާވި އިރު، އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ކާރުތަކަކަށްވެސް ގެއްލުން ލިބުނެވެ.
ދިއްލީ އެއާޕޯޓުގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އެ ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފުރާޅަށް ބަރުވެގެން ކަމަށް ބެލެވެއެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ހާދިސާ އަށްފަހު ޓާމިނަލް ބަންދުކޮށް، އެ ޓާމިނަލުން ފުރަން ހަމަޖެހިފައިވާ ފަސިންޖަރުން ވަނީ ޓާމިނަލް ދޭއް އަދި އެހެން އެއާޕޯޓުތަކަށް ޑައިވާޓް ކޮށްފައެވެ.
އިންޑިއާގެ އޭވިއޭޝަން މިނިސްޓަރީން ވަނީ އެ ހާދިސާގައި މަރުވި މީހާގެ އާއިލާއަށް ދެ މިލިއަން ރުޕީސް އަދި އަނިޔާވި ކޮންމެ މީހަކަށް 300،000 ރުޕީސް ދިނުމަށް ނިންމައިފައެވެ.