ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ޗެކު ރިބަޕްލިކް 1-2 ތުރުކީ (ފުލްޓައިމް)

27 Jun 02:12

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެއް، ގިނަ ކާޑުތަކެއްވެސް ފެނިގެން ދިޔަ
  • ޕްރޮވޯޑް ދުރުން ފޮނުވާލި ހަމަލާ ތުރުކީ ކީޕަރު މާޓް ގުނޯކް ވަނީ މަތަކޮށްފައި
  • އޭގެފަހުން ތުރުކީން ނުރައްކާކޮށް، ގޫލާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑިމަތިން ބޭރަށް
  • މެޗުގެ އޮއެވަރު ބަދަލުވީ ޗެކުގެ ބަރަކަށް ރަތް ކާޑު ދެއްކުމުން، އެއީ ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ކާޑެއް
  • އޭގެފަހުން ތުރުކީގެ ދެ ހަމަލާއެއް ނުރައްކާވި، ޔިލްޑީޒްއާއި ގޫލާގެ ހަމަލާތައްވީ ބްލޮކް
  • ހާފު ނިމެންދަނިކޮށް ޗެކުގެ ކައުންޓާއެއް ނުރައްކާވި، ޖުރާސިކް އަރައި ފޮނުވާލި ހަމަލާ މަތަކުރީ ގުނޯކް
  • ދެވަނަ ހާފު ފެށިތަނާ ތުރުކީ ލީޑު ނެގި، އެ ގޯލު ޖެހީ ހަކާން ޗަލަނޮގްލޫ
  • ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ޗެކު ޓީމުން އެ ގޯލާއެކުވެސް ހިތްވަރުކުރި، އަދި ސޯޗެކްގެ ގޯލުން އެއްވަރުވެސް ކުރި
  • އޭގެފަހުން ތުރުކީ ބެލީ ވަރަށް ބޮޑަށް ޑިސިޕްލިން ހިފަހައްޓަން ވިސްނިތަން
  • މެޗުގެ ފަހު ކޮޅުގައި ކާޑުތައް ގިނަ، ފައުލްތައްވެސް ގިނަ، ޗެކުގެ ބެންޗުގައި ތިބި ކުޅުންތެރިންނަށްވެސް ކާޑު ދެއްކި
  • ތުރުކީން ފަހު ގޯލު ޖެހީ، މެޗު ނިމިނިމި އޮއްވާ، އެ ގޯލު ޖެހީ ސެންކް ޓޮސުން
  • މެޗު ނިންމާލާފައި ހިނގި ހަމަނުޖެހުމުގައި ޗެކުގެ ތޯމަސް ޗޯރީއަށް ރަތް ކާޑު ދެއްކި
27 Jun 01:59

މެޗު ނިންމާލައިފި. ނިންމާލި ފަހުން ކޮންމެވަރެއްގެ ހަމަނުޖެހުމެއް ހިނގި. އެ ހަމަ ނުޖެހުންތަކުގެ ތެރޭގައި ޗެކުގެ ތޯމަސް ޗޯރީއަށް ރަތް ކާޑު ދެއްކި.

27 Jun 01:54

90+3' - ތުރުކީން އިތުރު ގޯލެއް ޖަހައި ލީޑު ނަގައިފި. އެ ގޯލު ޖެހީ ބަދަލަކަށް އެރި ސެންކް ޓޮސުންނެވެ. އޭނާ އޭރިއާ ތެރެއަށް ވަދެ ބޯޅަ ވައްދާލީ ސީދާ ގޯލުގެ ކަނަށް.

27 Jun 01:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

27 Jun 01:49

'90 - އަނެއްކާވެސް ކާޑެއް. ޗެކުގެ ކްރެސެޗަށް ކާޑު ދެއްކީ އޭނާ ބަރޯސްއަށް ކުރި ފައުލަކަށް.

27 Jun 01:49

'88 - ތުރުކީގެ ބަދަލެއް. ގޯލު ޖެހި ޗަލަނޮގްލޫގެ ބަދަލުގައި ކުޅެން އެރީ އޮރްކުން ކޮކްސޫ.

27 Jun 01:49

87' ތުރުކީގެ ހަމަލާއެއް. އޮކޭ ޔޮކުސްލޫ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.

27 Jun 01:45

'85 - ތުރުކީގެ ސަމެޓް އަކޭޑިންއަށްވެސް ރީނދޫ ކާޑު. އޭނާއަށް ކާޑު ދެއްކީ ފައުލަކަށް.

27 Jun 01:45

'85 - ބެންޗުގައި ތިބި ޗެކުގެ ދެ ކުޅުންތެރިންނަށް ކާޑު ދައްކައިފި. ރެފްރީއަށް ޝަކުވާ ކުރުމުން ކާޑު ދެއްކީ ލޫކަސް ސާވާއި ވިޓޭޒްސްލާވް ޖަރޯސްއަށް.

27 Jun 01:42

'81 - ޗެކުގެ ދެ ބަދަލެއް. ޑޭވިޑް ޖުރަސެކާއި ޕްރޮވޯޑްގެ ބަދަލުގައި ކުޅެން ނުކުތީ އޮންޑްރެޖް ލިންގާއާއި މަޓޭޖް ޖުރަސެކް. ތުރުކީން އިރުކޮޅެއް ކުރިން ދެ ބަދަލެއް ކުރި. ގޫލާއާއި ޔިލްޑީޒް ފޭބި އިރު، ކުޅެން ނުކުތީ ކަރޭމް އަކްތުރްކޮގްލޫއާއި ސެންކް ޓޮސުން.

27 Jun 01:38

'78 - ޗެކުން ހަމަލާއެއް އުފައްދަން ކުރިއަށް ޖެހި ދަނީ މަސައްކަތް ކުރަމުން. ޖުރަސިޗްގެ ދެ ބޯޅައެއްވެސް ތުރުކީ ޑިފެންސުން ވަނީ ސާފު ކޮށްލާފައި. މިވަގުތު ކުރިއަށް ޖެހި ކުޅެމުންދަނީ ޗެކުން.

27 Jun 01:29

ސޯޗެކް ގޯލު ޖެހީ، އޭރިއާ ތެރެއަށް ދިޔަ ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ތުރުކީ ކީޕަރު ގުނޯކް އަތުން ބޯޅަ ވެއްޓުމުން ރީބައުންސްގައި. ކީޕަރަށް ޗެކުގެ ޗޯރީ ފައުލް ކުރިތޯ ވީއޭއާރް އެހީގައި ބެލި.

27 Jun 01:27

'66 - ޗެކުން ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފި. ގޯލު ޖެހީ ތޯމަސް ސޯޗެކް.

27 Jun 01:26

'65 - ތުރުކީގެ ނުރައްކަލެއް. ހުރަސް ވެގެން ދިޔަ ބޯޅައިގައި ގޫލާ އަށް ރަނގަޅަށް ބޯޅައިގައި ލައްވާލާ ގޮތެއް ނުވި.

27 Jun 01:14

ގޯލު ވަނުމުގެ ކުރިން ތުރުކީ ކުޅުންތެރިޔާ ޖެހި ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގައި ކީޕަރު ޖިންޑްރިޗް ސްޓަނެކް އަނިޔާވެ، އޭނާގެ ބަދަލުގައި މަޓޭޖް ކޮވާރް ވަނީ ކުޅެން ނެރެފައި.

27 Jun 01:11

'51 - ތުރުކީން ގޯލު ޖަހައި ލީޑު ނަގައިފި. އެ ގޯލު ޖެހީ ހަކާން ޗަލަނޮގްލޫ. އޭރިއާ ތެރެއިން ލިބުނު ބޯޅު ބާރަށް ފޮނުވާލާ އޭނާ ގޯލަށް ވައްދާލީ ހިތްގައިމުކޮށް.

27 Jun 01:06

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

27 Jun 00:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެއް، ގިނަ ކާޑުތަކެއްވެސް ފެނިގެން ދިޔަ
  • ޕްރޮވޯޑް ދުރުން ފޮނުވާލި ހަމަލާ ތުރުކީ ކީޕަރު މާޓް ގުނޯކް ވަނީ މަތަކޮށްފައި
  • އޭގެފަހުން ތުރުކީން ނުރައްކާކޮށް، ގޫލާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑިމަތިން ބޭރަށް
  • މެޗުގެ އޮއެވަރު ބަދަލުވީ ޗެކުގެ ބަރަކަށް ރަތް ކާޑު ދެއްކުމުން، އެއީ ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ކާޑެއް
  • އޭގެފަހުން ތުރުކީގެ ދެ ހަމަލާއެއް ނުރައްކާވި، ޔިލްޑީޒްއާއި ގޫލާގެ ހަމަލާތައްވީ ބްލޮކް
  • ހާފު ނިމެންދަނިކޮށް ޗެކުގެ ކައުންޓާއެއް ނުރައްކާވި، ޖުރާސިކް އަރައި ފޮނުވާލި ހަމަލާ މަތަކުރީ ގުނޯކް
27 Jun 00:49

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި.

27 Jun 00:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

27 Jun 00:46

'45 - ޗެކުން ކައުންޓާގައި ނުރައްކާ ކޮށްފި. ފަހަތުން އަވަަސް ޕާސްތަކެއް ޖަހައި ތަނަވަސްކުރި ފުރުސަތުގައި އޭރިއާ ތެރެއަށް ދުއްވާލި ބޯޅައަށް އަރައި މުޅިން ހުސްކޮށް އޮވެ، ޖުރަސެކް ފޮނުވާލި ބޯޅައަށް އަރައި ގުނޯކް ވަނީ ރަނގަޅު ސޭވެއް ކޮށްފައި.

27 Jun 00:43

'43 - ތުރުކީގެ ދުރު ހަމަލާއެއް. ދުރުން ހަކާން ޗަލަނޮގްލޫ ފޮނުވާލި ބޯޅަ މާ ބޮޑަށް މިސްރާބު ކަސިޔާރުވެ، ދިޔައީ މަތިން ބޭރަށް.

27 Jun 00:38

'37 - ކެނާން ޔިލްޑީޒްއަށްވެސް ރީނދޫ ކާޑު. އޭނާއަށް ކާޑު ދެއްކީ ޗެކު އޭރިއާ ތެރެއިން ކުރި ފައުލަކަށް.

27 Jun 00:35

'34 - މެޗު ފެންނަނީ ފިޒިކަލް މެޗެއްގެ ގޮތުގައި. ތުރުކީ ކުޅުންތެރިޔަކު ކުރި ފައުލަކަށް ކާޑު ނުދެއްކުމުން ބެންޗުގައި އިނދެ ޝަކުވާ ކުރުމުން ޕެޓްރިކް ޝިކަށް ރީނދޫ ކާޑު ދައްކައިފި. ޝިކް މިރޭ ނުފެށީ އަނިޔާގައި ހުރުމުން. އޭނާ ވަނީ ޗެކުން އެންމެފަހުން ކުޅުނު މެޗުގައިވެސް ގޯލު ޖަހައިފަ.

27 Jun 00:31

'31 - ތުރުކީގެ ސާލިހް އޮޒްކާނަށް ރީނދޫ ކާޑު ދައްކައިފި.

27 Jun 00:29

'27 - ތުރުކީގެ ދެ ހަމަލާއެއް. ކެނާން ޔިލްޑީޒް އަރިމަތިން ފޮނުވާލި ހަމަލާގެ އިތުރުން އޭރިއާ ތެރެއިން ގޫލާ ފޮނުވާލި ހަމަލާއަށްވެސް ޗެކުގެ ޑިފެންސުން ވަނީ ބްލޮކް އަޅާފައި.

27 Jun 00:22

'21 - ޗެކުގެ އެންޓޮނިން ބަރަކަށް ރަތް ކާޑު. ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑު ދެއްކުމުން ޗެކަށް ވަނީ ހާސްކަމާ ކުރިމަތިވެފައި.

27 Jun 00:20

27 Jun 00:16

'13 - ޗެކުގެ ހަމަލާއެއް. ޖުރާސެކް ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ކީޕަރު ގުނޯކް އަތަށް.

27 Jun 00:13

'13 - ތުރުކީގެ ހަމަލާއެއް. ހާފުގެ މެދެއްހާ ހިސާބުން ކުރިއަށް ޖެހި އޭރިއާ ބޭރުން ޒުވާން ތަރި ގޫލާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ހުރަސްދަނޑު މަތިން ބޭރަށް.

27 Jun 00:07

'2 - ޗެކުގެ ނުރައްކާތެރި ހަމަލާއެއް. ލޫކާސް ޕްރޮވޯޑް ދުރުން ފޮނުވާލި ހަމަލާ ތުރުކީ ކީޕަރު މާޓް ގުނޯކް ވަނީ މަތަކޮށްފައި.

27 Jun 00:03

މެޗުގެ ކުޅުން ފަށައިފި، ކިކްއޯފް ކުރީ ޗެކް ރިޕަބްލިކް.

27 Jun 00:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ތުރުކީ.

27 Jun 00:00

ތުރުކީގެ ފުރަތަމަ 11

  • މާޓް ގުނޯކް
  • ފެރްދީ ކަޑިއޮގްލޫ
  • މެރިހް ޑެމިރެލް
  • ސަމެޓް އަކޭޑިން
  • މާޓް މުލްދޫރް
  • ސާލިހް އޮޒްކާން
  • އިސްމައިލް ޔުކްސެކް
  • އާދާ ގޫލާ
  • ހަކާން ޗަނަނޮގްލޫ
  • ކެނާން ޔެލްޑީޒް
  • ބަރިސް ޔިލްމާސް
26 Jun 23:59

ޗެކު ރިޕަބްލިކްގެ ފުރަތަމަ 11

  • ޖިންޑްރިޗް ސްޓަނެކް
  • ތޯމަސް ހޯލްސް
  • ރޮބިން ހްރަނަކް
  • ލަޑިސްލޭވް ކްރޭސީ
  • ވްލްޑިމީރް ކޫފަލް
  • ތޯމަސް ސޯޗެކް
  • ލޫކާސް ޕްރޮވޯޑް
  • ޑޭވިޑް ޖުރާސެކް
  • އެންޓޮނިން ބަރާކް
  • އެޑަމް ލޮޒެކް
  • މޮޖްމީރް ޗައިޓިލް

ޔޫރޯ 2024 ގައި ކުޅޭ 35 ވަނަ މެޗުގައި ޗެކު ރިބަޕްލިކާއި ތުރުކީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ޗެކް ރިޕަބްލިކަށް މިރޭ މޮޅުވެގެން ގަދަ 16 އަށް ދެވެން އެބައޮތް. އެހެން ނަމަވެސް، އެޓީމަށް އެ ނޫން ގޮތަކަށް ގަދަ 16 އަށް ދެވޭކަށް ނެތް. އެއީ ތިން ޕޮއިންޓާއެކު ނޫން ގޮތަކަށް ތިންވަނައިގައި ނިންމާލިޔަސް އެޓީމަށް ގަދަ 16 އަށް ފުރުސަތު ނެތީމަ. ތުރުކީއަށްވެސް މިރޭގެ މެޗުން މޮޅުވެ، ގަދަ 16 އަށް ފުރުސަތު އެބައޮތް. ތުރުކީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޖޯޖިއާ ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުން. އެހެން ނަމަވެސް، އެޓީމު ވަނީ އެންމެފަހުން ޕޯޗުގަލް ކައިރިން 3-0 އިން ބަލިވެފައި.

ތުރުކީއަށް މީޑިއާ ޕްރެޝަރު

  • ޔޫރޯ 2024 ގެ ގްރޫޕް އެފްގައި ތުރުކީން ކުޅޭ ފަހު މެޗުގައި މިރޭ ޗެކު ރިޕަބްލިކާ ދެކޮޅަށް ނުކުންނަ އިރު، ޓީމު އޮތީ ބައިބައިވެފައި ކަމަށާއި، ކޯޗު ވިންސެންޒޯ މޮންޓޭލާ އަތުން ޑްރެސިން ރޫމްގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނޭ
  • މީޑިއައިން ބުނީ ތުރުކީގެ އުންމީދީ ތަރި، ރެއާލް މެޑްރިޑްގެ އަރްދާ ގޫލާއާއި ކޯޗު މޮންޓޭލާ މައްސަލަ ގޯސްކަމަށް
  • މީޑިއާއިން ބުނީ ޕޯޗުގަލް މެޗުގެ ފުރަތަމަ 11 އަށް ނުނެރުނީ އެހެންވެ ކަމަށް
  • އެ ހުރިހާ ތުހުމަތަކާއެކު ޕްރީ މެޗު ޕްރެސްގައި މޮންޓޭލާ ބުނީ "ގައުމަށް ލޯބިކުރާނަމަ، ގައުމީ ޓީމަށް ހިތްވަރު" ދިނުމަށް
  • މޮންޓޭލާ އިތުރަށް ބުނީ ގޫލާ ޕޯޗުގަލް މެޗަށް ނުނުކުތީ "ގްރޮއިން" އަނިޔާއެއްގެ ސަބަބުން ކަަމަށާއި، ތަމްރީނުތަކުގައި ނުރުހުންވެގެން އުޅުނު ކަމަށް ބުނެ ދައްކަނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް