މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން. ބެލްޖިއަމް ގަދަ 16 އަށް، ޔޫކްރެއިނަށް މުބާރާތުގެ ނިމުން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'90 - ބެލްޖިިއަމުން ބަދަލެއް. ލުކާކޫގެ ބަދަލުގައި ކުޅެން ނުކުތީ އިކޯމާ ލޮއިސް އޮޕެންޑާ.
'88 - ޔޫކްރެއިންގެ ނުރައްކަލެއް. ލަޑިސްލާވް ވަނާޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މަލިނޮވްސްކޯ ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމް ޑިފެންޑަރު ޓިމޮތީ ކަސްޓަންޔޭ ވަނީ ބްލޮކޮށްފައި.
'87 - ބެލްޖިއަމަށް ރަނގަޅު ފުރުސަތެއް. ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޔޯހާން ބަކަޔޯކޯ ފޮނުވާލި ހަމަލާ، ޔޫކްރެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'83 - ޔޫކްރެއިންގެ އިތުރު ނުރައްކަލެއް. ރުސްލާން މަލިނޮވްސްކީ ނަގައިދިން ކޯނަރު ގޯލަށް ވަންނަން ދަނިކޮށް، ބެލްޖިއަމް ކީޕަރު ކަސްޓީލްސް ވަނީ ދިފާއުކޮށްފައި.
'81 - ޔޫކްރެއިނުން ބަދަލެއް. އޮލެކްސެންޑާ ސްވަޓޮކްގެ ބަދަލުގައި ކުޅެން ނުކުތީ އަންދްރޭ ޔަމަލެންކޯ.
'79 - ޔޫކްރެއިންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އާޓެމް ޑޮބްވީކް ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'77 - ބެލްޖިއަމްގެ ބަދަލެއް. ޑޯކޫގެ ބަދަލުގައި ކުޅެން ނުކުތީ ޔޯހާން ބަކަޔޯކޯ.
'73 - ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް. ލުކާކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ޔަނެކް ކަރަސްކޯ ފޮނުވާލި ބާރު ހަމަލާ، ޔޫކްރެއިންގެ ކީޕަރު ޓްރުބިން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'70 - ޔޫކްރެއިންގެ ތިން ބަދަލެއް. ޔަރެމްޗުކް އާއި ވޮލޮޑީމީރް ބްރަޒްކޯ އަދި މީކޯލާ ޝަޕަރެންކޯގެ ބަދަލުގައި ކުޅެން ނުކުތީ ޓެރާސް ސްޓެޕަނެންކޯ އާއި ރުސްލާން މަލިނޮވްސްކީ އަދި ލަޑީސްލާވް ވަނާޓް.
'69 - އަމަދޫ އޮނާނާއަށް ކުރި ފައުލަކާ ގުޅިގެން ޔޫކްރެއިންގެ އާޓެމް ޑޮބްވީކްއަށް ރީނދޫ ކާޑެއް.
'65 - ބެލްޖިއަމްގެ ހަމަލާއެއް. ޑި ބްރޭނާ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ލުކާކޫ ފޮނުވާލި ހަމަލާ، ޔޫކްރެއިންގެ ކީޕަރު ޓްރުބިން ވަނީ މަތަކޮށްފައި.
'62 - ބެލްޖިއަމުން ދެ ބަދަލެއް. ޓްރޮސާޑާއި ޓީލެމަންސްގެ ބަދަލުގައި ކުޅެން ނުކުތީ ޔަނިކް ކަރަސްކޯ އަދި އޮރެލް މަންގަލާ.
'59 - ޔޫކްރެއިންގެ ބަދަލެއް. އަނިޔާއަކާ ގުޅިގެން ވިޓަލީ މީކޮލެންކޯގެ ބަދަލުގައި ކުޅެން ނުކުތީ އޮލެކްސެންޑާ ޒިންޗެންކޯ.
'58 - ބެލްޖިއަމްގެ ނުރައްކަލެއް. ޖެރެމީ ޑޯކޫ ހުރަސްކޮށްލި ބޯޅަ، ގޯލު ކުރިމަތީގައި ހުރި ލުކާކޫގެ ފައިގައި ލައްވާލާ ގޮތެއް ނުވި.
'52 - ޕެނަލްޓީ އޭރިއާ ބޭރުން ބެލްޖިއަމް މިޑްފީލްޑަރު ޔޫރީ ޓީލެމަންސް ފޮނުވާލި ހަމަލާ، ޔޫކްރެއިންގެ ޑިފެންސުން ބްލޮކްކޮށްފި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ ޔޫކްރެއިނުން.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'45 - ބެލްޖިއަމްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑި ބްރޭނާ ފޮނުވާލި ހަމަލާ، ޔޫކްރެއިން ކީޕަރު ޓްރުބިން ވަނީ މަތަކޮށްފައި.
'43 - ޔަރެމްޗުކްއަށް ކުރި ފައުލަކާ ގުޅިގެން ބެލްޖިއަމް ޑިފެންޑަރު ވޫޓް ފާސްއަށް ރީނދޫ ކާޑެއް.
'42 - ޔޫކްރެއިނަށް ރަނގަޅު ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ޔަރެމްޗުކް ހުރަސްކޮށްލި ބޯޅަ، ގޯލު ކުރިމަތީގައި ހުރި އާޓެމް ޑޮވްބީކްގެ ފައިގައި ލައްވާލައިފައެއް ނުވޭ. އެ ބޯޅަ، ހުރަސްކުރުމުގެ ބަދަލުގައި ގޯލަށް ފޮނުވާލުމުގެ ފުރުސަތު ވެސް ޔަރެމްޗުކްއަށް ލިބުނު.
'33 - ބެލްޖިއަމްގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ކެޕްޓަން ކެވިން ޑި ބްރޭނާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ޔޫކްރެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'24 - ޔޫކްރެއިނުން މަސައްކަތްކުރަމުންދަނީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް.
'20 - ޔޫކްރެއިންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ރޯމަން ޔަރެމްޗުކް ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމް ކީޕަރު ކޮއެލް ކަސްޓީލްސް ވަނީ މަތަކޮށްފައި.
'19 - ބެލްޖިއަމްގެ އެޓޭކު ވަރުގަދަކޮށް ފެންނަމުންދިޔަ ނަމަވެސް، ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރެފައެއް ނުވޭ.
'7 - ބެލްޖިއަމަށް ހުސް ފުރުސަތެއް. ކެވިން ޑި ބްރޭނާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ، ޔޫކްރެއިންގެ ކީޕަރު އަނަޓޮލީ ޓްރުބިން ވަނީ މަތަކޮށްފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބެލްޖިއަމުން.
ޔޫރޯ 2024 ގައި ކުޅޭ 34 ވަނަ މެޗުގައި ޔުކްރެއިނާއި ބެލްޖިއަމް ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ބެލްޖިއަމް މިރޭ ޕޮއިންޓެއް ހޯދައިގެންވެސް، ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ގަދަ 16 ޔަގީން ކުރެވޭނެ. އެއާއެކު ބެލްޖިއަމް ކެޓުމުގެ ފުރުސަތުވެސް އެބައޮތް. އެއީ މިރޭގެ މެޗުން ބަލިވެ، ރޮމޭނިއާ ކުޅޭ މެޗުން އެޓީމު ޕޮއިންޓެއް ހޯދައިފިނަމަ. ޔުކްރެއިނަށް ތިން ޕޮއިންޓާއެކު ގްރޫޕްގެ ގަދަ ދެޓީމުގެ ތެރޭގައި ހިމެނުމަށް ފުރުސަތު އެބައޮތް. އަދި އެއްވަރުވެގެން ޔުކްރެއިނަށް ގަދަ 16 ލިބެން އޮތީ އަނެއް މެޗު އެއްވަރު ނުވެއްޖެ ހާލަތެއްގައި.
"ބޭނުންވަނީ ގްރޫޕު ސްޓޭޖު ފަހަނައަޅައި ގޮސް، ރަޝިއާ އިން ދެމުންގެންދާ އަނިޔާތަކުން ޔޫކްރެއިންގެ ރައްޔިތުންނަށް ލިބޭ ހިތާމަތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ގެނެސްދޭން. އެކަން ވެގެންދާނީ 'ފެއަރީޓޭލް' އަކަށް. އަހަރެމެން ބޭނުންވަނީ އެތައް ދުވަހަކަށްފަހު އެފަދަ އިހުސާސެއް ގެނެސްދޭން. އެއީ އަހަރެމެން ހަނގުރާމައިގެ ތެރޭގައި ދިރިއުޅޭތާ މިހާރު މިވީ ގާތްގަނޑަކަށް 900 ދުވަސް. ޔޫކްރެއިނަށް ކޮންމެ މެޗެއް، ކޮންމެ އިވެންޓަކީވެސް މާނަ އެކުލެވޭ ކަންކަން. އެއީ ކުރީގެ ހަނދާންތައް އާވެގެންދާނެ ކަމެއް،"
"ފަހަތުގައި މަޑުކޮށްގެން މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ބޭނުމެއް ނުވޭ. "އަހަރެމެން ނުކުންނާނީ މެޗުން މޮޅުވާން. އަހަރެމެންނަށް އެ ހިސާބު ޖަހައިގެން ތިބެވޭކަށް ނޯންނާނެ، އަހަރެމެން ބޭނުންވަނީ މޮޅެއް ހޯދަން. މެޗުގެ ފަހު ހަތް މިނެޓުގައި ވަކި ގޮތަކަށް ނަތީޖާ ބާއްވަން ބޭނުންވެދާނެ، އެކަމަކު އަހަރެމެން ފުރަތަމަ މި ނުކުންނަނީ ތިން ޕޮއިންޓް ހޯދަން. އެއް ވަގުތެއްގައި ކުޅޭ ރުމޭނިއާ އާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުގެ ނަތީޖާއަށްވެސް ވަކި ހިސާބަކުން ބަލަމުންދާނަން. ނަމަވެސް އަމާޒު ބަހައްޓާނީ ޔޫކްރެއިންއާ ދެކޮޅަށް ނުކުންނަ މެޗަށް"