މެޗުގެ ކުޅުން ނިންމާލައިފި. މިއީ ރުމޭނިއާއަށް ބޮޑު ކާމިޔާބީއެއް. އެޓީމުން ގަދަ 16 ޔަގީންކުރީ ގްރޫޕްގެ އެއްވަނައާއެކު. އަދި މިއީ އެޓީމުން 2000 ވަނަ އަހަރަށްފަހު ގަދަ 16 ދިޔަ ފުރަތަމަ ފަހަރު.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓްގެ ކުޅުން ދައްކައިފި.
'86 - ރުމޭނިއާގެ ބަދަލެއް. ރަޒްވާންގެ ބަދަލުގައި ކުޅެން ނުކުތީ އެޑްރިއަން ރުސް.
' 82 - ސްލޮވޭކިއާއިން ހަމަލާއެއް. ސުސްލޯވް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ކުޅުންތެރިޔަކަށް ނުލިބި ދިޔައީ ބޭކާރުވެގެން.
'70 - ސްލޮވޭކިއާގެ ދެ ބަދަލެއް. ޑޭވިޑް ސްޓެރެލެކާއި ލޫކާސް ހަރާސްލިންގެ ބަދަލުގައި ކުޅެން ނުކުތީ ރޮބާޓް ބޮޒެނިކާއި ތޯމަސް ސުސްލޯވް.
'67 - ރުމޭނިއާގެ ދެ ބަދަލެއް. ޑެނިސް ޑްރާގުންއާއި އިއަނިސް ހާގީގެ ބަދަލިގައި ކުޅެން ނުކުތީ ޖޯޖޭ ޕުސްކަސް އަދި ޑެނިސް މޭން.
މިވަގުތު ފްރޭންކްސްފާޓަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން އެބަދޭ. މިހާރު މެޗު ކުޅެމުންދާ ފްރޭންކްފާޓް ދަނޑުގެ ވިނަގަނޑުގެ މައްސަލަތައް މުބާރާތުގެ ތެރެއިން ވަނީ ބޮޑުވެފައި. ޔޫއެފާއިން ބުނީ އެ ދަނޑުގެ ވިނަގަނޑު ރަނގަޅުކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށް.
'65 - ސްލޮވޭކިއާގެ އިތުރު ނުރައްކަލެއް. އަރިމަތިން އޭރިއާ ތެރެއަށް ވަދެ ހަރާސްލިން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށް.
' 64 - ރުމޭނިއާ ކީޕަރު ނީޓާގެ މޮޅު ސޭވެއް. އޭރިއާ ތެރެއަށް ވަދެ ސްޓްރެލެކް ފޮނުވާލި ބާރު ހަމަލާ، ތިރިތިރިން ގޯލަށް އަމާޒުވާން ދަނިކޮށް، ރީޓާ މަތަކުރީ ފަޔުން.
'61 - ފުލުފުލުގައި ޔުކްރެއިންގެ ދެ ހަމަލާއެއް. މަރިން ފޮނުވާލި ބޯޅަ ޑުބްރާވްކާ ޕަންޗުކޮށްލުމުން، އެ އެޓޭކް ތެރެއިން އޭރިއާ ބޭރުން ޑްރަގޫސް ފޮނުވާލި ބާރު ހަމަލާ ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށް.
'58 - ރުމޭނިއާގެ ބަދަލެއް. ކޯމަންގެ ބަދަލުގައި ކުޅެން ނުކުތީ ޑޭއިއަސް ސޮރެސްކޫ.
'55 - ރުމޭނިއާގެ ކޯޗު އެޑްވާޑް މާރިއަސް ލޯޑަނެސްކޫއަށް ރެފްރީ ރީނދޫ ކާޑު ދައްކައިފި. އޭނާއަށް ކާޑު ދެއްކީ ރެފްރީއަށް ޝަކުވާ ކުރުމުން.
'52 - ސްލޮވޭކިއާގެ ނުރައްކާތެރި ހަމަލާއެއް. ހަރާސްލިން އަރިމަތިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ މަތަކުރީ ރުމޭނިއާގެ ގޯލްކީޕަރު ފްލޯރިން ނީޓާ.
ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރުމޭނިއާ.
ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ނަތީޖާއަކީ 1-1 .
'45+3 - ނިކޫސާ ބާކޯއަށް ރީނދޫ ކާޑު. ރުމޭނިއާއިން ދެން ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން މިނެޓްގެ ކުޅުން ދައްކައިފި.
'37 - ޕެނަލްޓީގައި ރުމޭނިއާއަށް އެއްވަރު ކޮށްދިނީ ރަޒްވާން މަރިން.
'34 - ރުމޭނިއާއަށް ޕެނަލްޓީއެއް. ޑޭވިޑް ހެންކޯ ހާގީއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ޕެނަލްޓީ ދިނީ މިނެޓެއްހާއިރު ވީއޭރް ބެލުމަށްފަހު. ރެފްރީ ވީއޭއާރް ބެލީ އޭރިއާ ބޭރުން ފައުލް ކުރިކަމަށް ފުރަތަމަ ނިންމިފައި އޮތުމުން. ފަހުން އެ ނިންމުން ވަނީ ބަދަލުކޮށްފައި.
'33 - ރުމޭނިއާގެ ހަމަލާއެއް. އޭރިއާ ބޭރުން އަންދްރޭއާ ރާޓިއު ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ކީޕަރު ޑުބްރާވްކާ އަތަށް.
'24 - ސްލޮވޭކިއާ ގޯލު ޖަހައި ލީޑު ނަގައިފި. ޖޫރާޖް ކުކްކާ މަތިމަތިން އޭރިއާ ތެރެއަށް ނަގައިގެން ހުރަސް، ބޮލުން ގޯލަށް ވައްދާލައި ސްލޮވޭކިއާއަށް ލީޑު ނަގައިދިނީ އޮންޑްރޭޖް ޑޫޑާ.
'22 - ސްލޮވޭކިއާއަށް ފުރުސަތެއް. ހަރަސްލިން ނަގައިދިން ހިލޭ ޖެހުން ފެނުނީ ނުރައްކާތެރިކޮށް. ގޯލު ކުރިމައްޗަށް ހުރަސްވެގެން ދިޔަ ބޯޅައިގައި އެއްވެސް ކުޅުންތެރިއެއްގެ ފައި ނުޖެހި، ބޭރަށް ދިޔައީ ގޯލުގެ ދަނޑި ކައިރިން.
'13 - ޔުކްރޭންގެ ހަމަލާއެއް. މާރިއަސް މަރިން ދުރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ މަތިން ބޭރަށް.
'11 - ޔުކްރެއިނަށް ހުސް ފުރުސަތެއް. ރާޓިއު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ މަތަކުރީ ސްލޮވޭކިއާގެ ކީޕަރު މާޓިން ޑުބްރާވްކާ، އެ ބޯޅައިގައި ރީބައުންސް ހަމަލާ އިއާނިސް ހާގީ ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވާގޮތެއް ނުވި.
'9 - ސްލޮވޭކިއާއަށް ފުރުސަތެއް. ހަރަސްލިންގެ ކޯނަރު އޭރިއާ ތެރެއަށް ހުރަސްވެގެން ދިޔުމުން، ޑޭވިޑް ހެންކޯ ޖެހޭތޯ ބެލި ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށް.
މެޗުގެ ފުރަތަމަ ފަސް ވަރަކަށް މިނެޓުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ރަނގަޅު ހަމަލާއަކަށް މަސައްކަތް ކުރާތަން ފެންނަނީ ކެތްތެރިކަމާއެކުގައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްލޮވޭކިއާ.
ޔޫރޯ 2024 ގައި ކުޅޭ 33 ވަނަ މެޗުގައި ސްލޮވާކިއާއާއި ރުމޭނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނަ އިރު، ސްލޮވާކިއާއަށް އޮތީ ބަލިނުވުން. އެޓީމަށް ބަލިނުވެ، ޕޮއިންޓަކާއެކުވެސް ގަދަ 16 ޔަގީން ކުރެވިދާނެ. އެޓީމަށް މޮޅަކާއެކު ގްރޫޕް އެއްވަނައަށް ޖެހިލުމަށްވެސް ފުރުސަތު އެބައޮތް. އަނެއްކޮޅުން ނުކުންނަ ރުމޭނިއާއަށްވެސް ގަދަ 16 ޔަގީންކުރަން ފުރުސަތު ބޮޑު، ރުމޭނިއާއަށްވެސް ބޭނުންވަނީ ޕޮއިންޓެއް. ރުމޭނިއާ ކަޓާނެ ހާލަތަކީ މިރޭގެ މެޗުން ބަލިވެ، ޔުކްރެއިން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ.
"ކުޅުންތެރިންނަށް އޮތް ޗެލެންޖަކީ ގަދަ 16 އިން ޖާގަ ހޯދައި، ތާރީހުގައި ލިޔެލުން. އަހަރެމެންގެ އަމާޒަކީ ޖާގަ ކަށަވަރު ކުރުން. ގްރޫޕުގެ އެއްވަނަ ހޯދަންވެސް ބޭނުން. އެކަމަކު އެންމެ މުހިންމު ކަމަކީ ގަދަ 16ގެ ޖާގައެއް ހޯދުން. ޓީމުގައި އައިޑެންޓިޓީއެއް އެބަ އޮތް. އަދި ޓީމުގައި ހިތްވަރު ހުރިކަންވެސް މިހާރު ސަޕޯޓަރުންނަށް އެނގޭނެ،"
"އަހަރެމެން ކުޅުމުގެ އަމިއްލަ ސްޓައިލެއް އެބަ ގެންގުޅެން. އަހަރެން ބޭނުމެއް ނޫން އެ ކުޅުމުގެ ސްޓައިލް ބަދަލުކުރާކަށް. އަހަރެމެން ނުކުންނާނީ އެ ކުޅުމާއެކު ރުމޭނިއާ ބަލިކޮށްގެން ގަދަ 16ގެ ޖާގައެއް ކަށަވަރުކުރަން. ވަކި ކުޅުންތެރިއެއް ފާހަގަނުވި ނަމަވެސް، ޓީމެއްގެ ގޮތުގައި ރުމޭނިއާ އަކީ ވަރަށް ނުރައްކާ ޓީމެއް. އެއީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ހިތްވަރާއެކު މަސައްކަތްކުރާ ޓީމެއް.ޗރޫމޭނިއާގައި ރަނގަޅު ސްކޮޑެއް އެބައޮތް،"