މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'90+2 - އިންގްލެންޑަށް ހުސް ފުރުސަތެއް. ކޭން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޯލް ޕާމާ ފޮނުވާލި ހަމަލާ، ސްލޮވޭނިއާ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފައި.
'89 - އިންގްލެންޑުގެ ބަދަލެއް. ފޮޑެންގެ ބަދަލުގައި ކުޅެން ނުކުތީ އެންތަނީ ގޯޑަން.
'85 - ސްލޮވޭނިއާ އިން ދެ ބަދަލެއް. ޔާން ލަކާ އާއި އަންދްރާޒް ސްޕޮރާގެ ބަދަލުގައި ކުޅެން ނުކުތީ ޔޮން ގޮރެންކް ސްޓަންކޮވިޗް އަދި ޒާން ޗެލާ.
'84 - އިންގްލެންޑުގެ ބަދަލެއް. ޓްރިޕިއާގެ ބަދަލުގައި ކުޅެން ނުކުތީ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް.
'78 - ކޭން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ފޮޑެންއަށް ލިބުމުގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ސްލޮވޭނިއާގެ ޑިފެންސުން ދިފާއުކޮށްފި.
'77 - އިންގްލެންޑް ފޯވަޑް ފޮޑެންއަށް ރީނދޫ ކާޑެއް.
'76 - ސްލޮވޭނިއާގެ ބަދަލެއް. ޝެޝްކޯގެ ބަދަލުގައި ކުޅެން ނުކުތީ ޔޮސިޕް އިލިޗިޗް.
'75 - އިންގްލެންޑަށް ފުރުސަތެއް. ފޮޑެން ދިން ބޯޅައައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެކްލަން ރައިސް ފޮނުވާލި ހަމަލާ، ސްލޮވޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'72 - ކޭންއަށް ކުރި ފައުލަކާ ގުޅިގެން ސްލޮވޭނިއާ ޑިފެންޑަރު ޔަކާ ބިޔޯލްއަށް ރީނދޫ ކާޑެއް.
'70 - އިންގްލެންޑްގެ ބަދަލެއް. ސަކާގެ ބަދަލުގައި ކުޅެން ނުކުތީ ކޯލް ޕާމާ.
'68 - އަންދްރާޒް ސްޕޮރާއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑް ޑިފެންޑަރު މާކް ގުއޭއަށް ރީނދޫ ކާޑެއޭ.
'57 - އިންގްލެންޑަށް ފުރުސަތެއް. ފިލް ފޮޑެން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ސްލޮވޭނިއާގެ ބެންޖަމިން ޝެޝްކޯ ވަނީ ދިފާއުކޮށްފައި.
'54 - ކޭން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ޖޫޑް ބެލިންހަމްއަށް ކޮންޓްރޯލު ކުރެވޭ ގޮތެއް ނުވި، ސްލޮވޭނިއާގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އިންގްލެންޑުގައި އެޓޭކުގައި ވަރުގަދަ. ނަމަވެސް ސްލޮވޭނިއާގެ ވަރުގަދަ ޑިފެންސާ ގުޅިގެން ރަނގަޅު ފުރުސަތެއް އަދި ތަނަވަސްކުރެވިފައެއް ނުވޭ.
އިންގްލެންޑުން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ގަލެގާގެ ބަދަލުގައި ކުޅެން ނުކުތީ ކޮބީ މައިނޫ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ ސްލޮވޭނިއާ އިން.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'40 - އިންގްލެންޑްގެ ނުރައްކަލެއް. ކިއެރެން ޓްރިޕިއާ ނަގައިދިން ނުރައްކާތެރި ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ހެރީ ކޭންގެ ފައިގައި ލައްވާލައިފައެއް ނުވޭ.
މި މެޗުގެ ފުރަތަމަ 11 ގައި އިންގްލެންޑްގެ މެދުތެރެއިން ޓްރެންޓް އެލެކްސެންޑާ އާނޯލްޑްގެ ބަދަލުގައި ފެންނަނީ ކޮނޯ ގަލެގާ.
'35 - އިންގްލެންޑްގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ގޯލުގެ ކަނަކާ އަމާޒުކޮށް، ފިލް ފޮޑެން ފޮނުވާލި ހިލޭ ޖެހުން، ސްލޮވޭނިއާ ކީޕަރު ޔާން އޮބްލަކް ވަނީ މަތަކޮށްފައި.
'31 - އިންގްލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ އަމާޒުވީ ސްލޮވޭނިއާ ކެޕްޓަން އަދި ގޯލްކީޕަރު ޔާން އޮބްލަކްއާ ދިމާއަށް.
'29 - ސްޕޮރާ ދިން ބޯޅަ، ޝެޝްކޯއަށް ލިބުމުގެ ކުރިން އިންގްލެންޑް ކީޕަރު ޕިކްފޯޑް އެ ބޯޅަ ހޯދައިފި.
'22 - ސަކާއަށް ކުރި ފައުލަކާ ގުޅިގެން ސްލޮވޭނިއާގެ އެރިކް ޔަންޒާއަށް ރީނދޫ ކާޑެއް. ސްލޮވޭނިއާ ގަދަ 16 އަށް ދަތުރުކޮށްފި ނަމަ، އޭނާއަށް ނުކުޅެވޭނެ.
'20 - ފިލް ފޮޑެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އިންގްލެންޑް ފޯވަޑް ބުކަޔޯ ސަކާ، ސްލޮވޭނިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ފޮޑެން ހުރީ އޮފްސައިޑް މަގާމެއްގައި.
'17 - އިންގްލެންޑް ޑިފެންޑަރު ކިއެރަން ޓްރިޕިއާއަށް ރީނދޫ ކާޑެއް.
މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ވަނީ ގޯލަށް ނުރައްކާކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި.
'4 - މެޗުގެ ފުރަތަމަ ހަމަލާ ސްލޮވޭނިއާ އިން. ޕީޓާ ސްޓޮޔަނޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބެންޖަމިން ޝެޝްކޯ ބޮލުން ފޮނުވާލި ބޯޅަ، މާބޮޑު އުނދަގުލެއް ނެތި އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހޯދާފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންގްލެންޑުން.
ޔޫރޯ 2024 ގައި ކުޅޭ 31 ވަނަ މެޗުގައި އިންގްލެންޑާއި ސްލޮވީނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މެޗަށް ނުކުންނަ އިރު، އިންގްލެންޑް އޮތީ ފުރަތަމަ މެޗުގައި ސާބިއާ ކައިރިން މޮޅުވެ، ޑެންމާކާ އެއްވަރުކޮށްފައި. އެ ނަތީޖާތަކާއެކު އެޓީމަށް އޮތީ ގަދަ 16 ޔަގީންވެފައި. އެހެންނަމަވެސް އެއްވަނަ ހޯދަން އިންގްލެންޑަށް މޮޅެއް މުހިއްމު. ސްލޮވީނިއާއަށް އެއްވަރު ކޮށްގެންވެސް ގަދަ 16 އަށް ފުރުސަތެއް އެބައޮތް. ސްލޮވީނިއާއިން މިހާތަނަށް ކުޅުނު ދެ މެޗުން އެއްވަރުކޮށް، ދެ ޕޮއިންޓާއެކު އޮތުމުން، އެޓީމު މޮޅުވެއްޖެ ނަމަ، ގަދަ ދެ ޓީމުގައި ހިމެނުމަށް ފުރުަސަތު އެބައޮތް.