ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ނެދަލޭންޑްސް 2-3 އޮސްޓްރިއާ (ފުލްޓައިމް)

25 Jun 23:16

މެޗުގެ އުސްއަލިތައް

  • މެޗު ރަނގަޅަށް ފަށައި، ފުރަތަމަ ހާފު ޑޮމިނޭޓް ކުރީވެސް އޮސްޓްރިއާއިން
  • އެޓީމުން އަވަސް ޕްރެސިންއެއްގައި ކުދި ޕާސްތައް ޖަހައިގެން އެޓޭކް ކުރި
  • އޮސްޓްރިއާއިން މެޗުގައި ކުރީކޮޅުގައި ލީޑު ނެގީ ނެދަލޭޑްސްގެ މަލެން އަތުން ވަން ބައިކ ގޯލަކުން
  • އެ ގޯލު މަލެން ފައިގައި ޖެހި ވަނީ ޕްރާސް ހުރަސްކުރި ބޯޅައަކުން
  • އޭގެފަހުން މަލެންއަށް ހުސް ފުރުސަތެއް ލިބި ނަގާލި، އެއީ ނެދަލޭންޑަސްއަށް ލިބުނު އެންމެ ހުސް ފުރުސަތު
  • ފަހުން އޮސްޓްރިއާއިން ކުރި ނުރައްކަލުގައި ސަބިޓްސްޒާ ފޮނުވާލި ބޯޅަ މަތަކުރީ ވާބްރުގެން
  • އަދި އާނޯޓޮވިޗަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވައެއް ނުލެވުނު
  • ނެދަލޭންޑްސްއިން ދެވަނަ ހާފު ފެށީ ރަނގަޅަށް، ގަކްޕޯގެ ގޯލުން އެޓީމު ނަތީޖާ އެއްވަރުވެސް ކުރި
  • އެހެން ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އޮސްޓްރިއާ ލީޑު ނެގި
  • އެ ގޯލު ޖެހީ ރޮމާނޯ ޝްމިޑް ބޮލުން
  • މެޗުގެ ފަހު ހާފުގައި ގޯލަކަށްފަހު ގޯލެއް ފެނިފެން ގޮސްފައިވާ އިރު، ނެދަލޭންޑްސް ދެވަނަ ފަހަރަށް އެއްވަރުކުރީ ޑިޕާއީގެ ގޯލުން
  • އޭގެފަހުންވެސް، މޮޅަށް ކުޅުނީ އޮސްޓްރިއާ، އެޓީމުން ލީޑު ނެގީ ސަބިޓްސްޒާ
  • ސަބިޓްސްޒާގެ އެ ހިތްގައިމު ގޯލުން އޮސްޓްރިއާ ނިންމާލީ ގްރޫޕް އެއްވަނައިގައި
25 Jun 22:56

މެޗުގެ ކުޅުން ނިންމާލައިފި.

25 Jun 22:54

'90+3 - މެންފިސް ޑިޕާއީން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ޑިފެންޑަރު ގައިގައި ޖެހިފައި. ނެދަލޭންޑްސްއިން ދަނީ ނުރައްކާކުރަން މަސައްކަތް ކުރަމުން.

25 Jun 22:51

'90+1 - އޮސްޓްރިއާގެ ބަދަލެއް. ދެވަނަ ގޯލު ޖެހި ޝްމިޑްގެ ބަދަލުގައި ކުޅެން ނުކުތީ އަންދްރޭއާސް ވީމަން.

25 Jun 22:49

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓްގެ ކުޅުން ދައްކައިފި.

25 Jun 22:45

'86 - ވެގޯސްޓަށް ލިބުނު ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި.

25 Jun 22:42

'82 - ބައުމްގާޓްނާ ފޮނުވާލި ހަމަލާއެއްގައި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައި.

25 Jun 22:39

'80 - އަނެއްކާވެސް އޮސްޓްރިއާއިން ލީޑު ނަގައިފި. އޭރިއާ ތެރެއަށް ވަދެ، ހަނިކަނުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައި ގޯލު ޖަހައިދިނީ މާސެލް ސަބިޓްސްޒާ.

25 Jun 22:36

'76 - ނެދަލޭންޑްސްއިން އަނެއްކާވެސް މެޗުގެ ނަތީޖާ އެއްވަރުކޮށްފި. ވެން ޑައިކް އޭރިއާ ތެރެއަށް ފޮނުވާލި ހިލޭ ޖެހުން ވައިތެރޭގައި ބޯޅަ އޮއްވާ ފޮނުވާލީ ޑިޕާއީ. ޑިޕާއީގެ އެ ގޯލު ސައްހަތޯ ބަލަން ވީއޭއާރް ބެލި. އެހެންނަމަވެސް ރެފްރީ ނިންމީ ގޯލެއް ކަމަށް.

25 Jun 22:30

'72 - ނެދަލޭންޑްސްގެ ބަދަލެއް. މަލެންގެ ބަދަލުގައި ނުކުތީ ވޯޓް ވެގޯސްޓް.

25 Jun 22:25

'66 - ނެދަލޭންޑްސްގެ ދެ ބަދަލެއް. ރެއިންޑާސްއާއި އަކޭގެ ބަދަލުގައި ކުޅެން ނުކުތީ ޖޯޖީނިއޯ ވައިނަލްޑަމްއާއި މިކީ ވެން ޑެ ވޭން.

25 Jun 22:20

'59 - އޮސްޓްރިއާއިން އަނެއްކާވެސް ލީޑު ނަގައިފި. ގްރިލިޓްޗް ނަގައިދިން ހުރަސް، ބޮލުން ގޯލަށް ވައްދާލީ ރޮމާނޯ ޝްމިޑް.

25 Jun 22:17

25 Jun 22:06

' 47 ނެދަލޭންޑްސްއިން ނަތީޖާ ހަމަހަމަ ކޮށްފި. އެ ގޯލަކީ ކޯޑީ ގަކްޕޯ، އޭރިއާ އަރިމަތިން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެން ޖެހި ގޯލެއް.

25 Jun 22:04

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނެދަލޭންޑްސްއިން.

25 Jun 21:51

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗު ރަނގަޅަށް ފަށައި، ފުރަތަމަ ހާފު ޑޮމިނޭޓް ކުރީވެސް އޮސްޓްރިއާއިން
  • އެޓީމުން އަވަސް ޕްރެސިންއެއްގައި ކުދި ޕާސްތައް ޖަހައިގެން އެޓޭކް ކުރި
  • އޮސްޓްރިއާއިން މެޗުގައި ކުރީކޮޅުގައި ލީޑު ނެގީ ނެދަލޭޑްސްގެ މަލެން އަތުން ވަން ބައިކ ގޯލަކުން
  • އެ ގޯލު މަލެން ފައިގައި ޖެހި ވަނީ ޕްރާސް ހުރަސްކުރި ބޯޅައަކުން
  • އޭގެފަހުން މަލެންއަށް ހުސް ފުރުސަތެއް ލިބި ނަގާލި، އެއީ ނެދަލޭންޑަސްއަށް ލިބުނު އެންމެ ހުސް ފުރުސަތު
  • ފަހުން އޮސްޓްރިއާއިން ކުރި ނުރައްކަލުގައި ސަބިޓްސްޒާ ފޮނުވާލި ބޯޅަ މަތަކުރީ ވާބްރުގެން
  • އަދި އާނޯޓޮވިޗަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވައެއް ނުލެވުނު
25 Jun 21:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި.

25 Jun 21:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ މިނެޓުގެ ކުޅުން ދައްކައިފި.

25 Jun 21:43

'41 - ނެދަލޭންޑްސްގެ އެޓޭކެއް. ކޯޑީ ގަކްޕޯ ކުރިއަށް ދެމިގަނެ ހުރަސްކުރި ބޯޅައިގައި މެންފިސް ޑިޕާއީ ޖެހި ބޯޅަ ދިފާއުކުރީ އޮސްޓްރިއާ ޑިފެންޑަރު. އެ ބޯޅައަށް މަސައްކަތް ކުރިއިރު ގަކްޕޯ އޮފްސައިޑުގައި އޮތް ކަމަށް ލައިސްމަން ފަހުން ވަނީ ދިދަ ނަގާފައި.

25 Jun 21:39

'38 - އޮސްޓްރިއާގެ ދެ ނުރައްކަލެއް. ދުރުން މާސެލް ސަބިޓްޒާ ފޮނުވާލި ހަމަލާ ކީޕަރު ވާބްރުގެން މަތަކުރި އިރު، އޭގެފަހުން އޭރިއާ ތެރެއަށް ހުރަސްވެގެން ދިޔަ ބޯޅައިގައި އާނަޓޮވިޗަށް، ރަނގަަޅަށް ބޯޅަ ފޮނުވާ ލެވޭ ގޮތެއް ނުވި.

25 Jun 21:37

25 Jun 21:35

'35 - ނެދަލޭންޑްސްއިން ބަދަލެއް. މިރޭގެ މެޗު ނެދަލޭންޑްސްއިން ފެށީ އެޓީމުގެ ޒުވާން ތަރީ ޒަވީ ސިމޮންސްއާ ނުލައި ނަމަވެސް، ޖޯއޭ ވީރްމާންގެ ބަދަލުގައި އޭނާ ވަނީ މިހާރު ކުޅެން ނުުކުމެފައި.

25 Jun 21:35

'34 - ނެދަލޭންޑްސްގެ ޕެޓްރިކް ވިމާއަށް ރީނދޫ ކާޑު. އޭނާއަށް ކާޑު ދެއްކީ ގީރްޓްރޫޑާއަށް ކުރި ފައުލަކަށް. އޭގެ އިރުކޮޅެއް ކުރިން އޮސްޓްރިއާގެ ސްޓެފަން ޕޮޝްއަށްވެސް ވަނީ ރީނދޫ ކާޑު ދައްކާފައި.

25 Jun 21:32

އޮސްޓްރިއާއިން މިހާތަނަށް އައިއިރު ރަނގަޅަށް ޕްރެސްކޮށްގެން ކުޅުނުތަން ފެނުނު. ބޮޑަށް ނުރައްކާކޮށް ފެންނަމުން ދަނީވެސް ރަލްފް ރަނަގްނިކް ކޯޗުކޮށްދެމުންދާ އޮސްޓްރިއާ. ރަންގްނިކަކީ ޕްރެސިން ފުޓުބޯޅައަށް ހާއްސަ ކޯޗެއް. އޭނާގެ ސްޓައިލުގައި އޮސްޓްރިއާ ކުޅެމުންދާތަން މިހާތަނަށް ފެނުނު.

25 Jun 21:27

'23 - ނެދަލޭންޑްސްއަށް ހުސް ފުރުސަތެއް. ރެއިންޑާސްގެ ހިތްގައިމު ޕާހަށް އޭރިއާ ތެރެއަށް ވަދެ، ވަރަށް ހުސްކޮށް އޮވެ މަލެން ފޮނުވާލި ހަމަލާ ދިޔައީ ތިރިތިރިން ދަނޑިކައިރިން ބޭރަށް.

25 Jun 21:17

25 Jun 21:16

'14 - ނެދަލޭންޑްސްގެ ހަމަލާއެއް. ޓިޖާނީ ރެއިންޑާސް ބޯޅަ ހިފައިގެން ކުރިއަށް ޖެހި، ކޯޑީ ގަކްޕޯއާ ދެކުޅުންތެރިން ރަނގަޅު ވަންޓޫއަކުން ތަނަވަސްކުރި ބޯޅައިގައި، ރެއިންޑާސްއަށް ގޯލާ އަމާޒެއް ނުކޮށްލެވުނު.

25 Jun 21:13

އޮސްޓްރީއާއިން މެޗުގައި އަވަސް ގޯލެއް ޖަހައި ލީޑު ނެގިނަމަވެސް، އޭގެފަހުން ބޮޑަށް ފެންނަނީ ނެދަލޭންޑްސްއިން ބޯޅަ ގެންގުޅެ، ކުޅެމުންދާތަން.

25 Jun 21:08

'6 - އޮސްޓްރިއާއިން ގޯލު ޖަހައި ލީޑު ނަގައިފި. އަރިމަތިން އެލެކްސެންޑާ ޕްރާސް ހުރަސްކުރި ބޯޅަ، ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ބައިކޮޅަށް ގޯލަށް ވަނީ ޑޮންޔެލް މަލެން ފައިގައި ޖެހިފައި.

25 Jun 21:06

'2 - އޮސްޓްރިއާއަށް ފުރުސަތެއް. ސްޓެފަން ޕޮޝް އަރައި ހުރަސްކުރި ބޯޅައަށް މާކޯ އާނަޓޮވިޗް އަށް ލިބޭ ގޮތެއް ނުވި.

25 Jun 21:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އޮސްޓްރިއާއިން.

25 Jun 20:53

އޮސްޓްރިއާގެ ފުރަތަމަ 11

  • ޕެޓްރިކް ޕެންޓްްޒް - ގޯލްކީޕަރު
  • މެކްސިމިލިއަން ވޫބާ
  • ސްޓެފަން ޕޮޝް
  • ފިލިޕް ލިއެންހާޓް
  • އެލެކްސެންޑާ ޕްރާސް
  • ފްލޯރިއަން ގްރިލިޓްޝް
  • މާސެލް ސަބިޓްޒާ
  • ރޮމާނޯ ޝްމިޑް
  • ޕެޓްރިކް ވިމާ
  • ނިކޮލަސް ސެއިވާލްޑް
  • މާކޯ އާނަޓޮވިޗް - ކެޕްޓަން
25 Jun 20:52

ނެދަލެންޑްސްގެ ފުރަތަމަ 11:

  • ބާޓް ވާބްރުގެން - ގޯލްކީޕަރު
  • ވާޖިލް ވެން ޑައިކް - ކެޕްޓަން
  • ސްޓެފަން ޑި ވްރައި
  • ނޭތަން އާކޭ
  • ލުޓްޝަރެލް ގީޓްރޫޑާ
  • ޓިޖާނީ ރެއިންޑާސް
  • ޖޯއީ ވާމަން
  • ޖާޑީ ޝޫޓެން
  • މެމްފިސް ޑިޕާއީ
  • ކޯޑީ ގަކްޕޯ
  • ޑޮންޔެލް މަލެން

ޔޫރޯ 2024 ގައި ކުޅޭ 30 ވަނަ މެޗުގައި ނެދަލޭންޑްސްއާއި އޮސްޓްރިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ނެދަލޭންޑްސްއަށް އޮތީ ގަދަ 16 ޔަގީންވެފައި. އެހެންނަމަވެސް މިރޭ ބަލިވެއްޖެނަމަ ތިންވަނައަށް ގޮސް އިތުރު އުނދަގޫ ހާލަތަކަށް ދިއުން އެކަށީގެންވޭ. އެހެންވީ އެޓީމުން އެއްވަނަ ހޯދަން މިރޭގެ މެޗުން މޮޅުވާން މަސައްކަތް ކުރާނެ. އަނެއްކޮޅުން އޮސްޓްރިއާއަށް އޮތީވެސް މޮޅުވުން. އެއްވަރުވެގެން އެޓީމަށް ފުރުސަތު އޮތް ނަމަވެސް، އެއީ ހަނި ފުރުސަތެއް. އެހެންކަމުން މިރޭގެ މެޗުން މޮޅުވެ، އެޓީމުން ގަދަ 16 އަށް ދާން މަސައްކަތް ކުރާނެ.