މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'85 - ފްރާންސަށް ފުރުސަތެއް. ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލިވިއާ ޖިރޫ ފޮނުވާލި ހަމަލާ، ޕޮލެންޑް ޑިފެންޑަރު ޔާން ބެޑްނަރެކް ވަނީ ބްލޮކްކޮށްފައި.
'82 - ޕޮލެންޑަށް ފުރުސަތެއް. ޒީލިންސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'81 - ފްރާންސުން ބަދަލެއް. ޗުއަމެނީގެ ބަދަލުގައި ކުޅެން ނުކުތީ ޔޫސުފް ފޮފާނާ.
'79 - ޕޮލެންޑުން ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފި. ލެވަންޑޯސްކީގެ ޕެނަލްޓީ އަމާޒުކޮށްލީ ފްރާންސް ގޯލުގެ ތިރީ ކަނަކަށް.
'77 - ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ، ފްރާންސް ކީޕަރު މައިގްނޮން މަތަކޮށްފި. ނަމަވެސް ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ކީޕަރު މައިގްނޮން ކުރިއަށް ނުކުމެ ހުރުމުން އަލުން ޕެނަލްޓީ ޖެހުމަށް ލެވަންޑޯސްކީއަށް ފުރުސަތު ދީފި.
'76 - ވީއޭއާރަށް ބެލުމަށްފަހު ރެފްރީ، ޕޮލެންޑަށް ޕެނަލްޓީއެއް ދީފި. އެ ޕެނަލްޓީ ދީފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ކެރޮލް ސްވިޑާސްކީއަށް ފްރާންސް ޑިފެންޑަރު ޑަޔޯ އުޕަމެކާނޯ ކުރި ފައުލަކާ ގުޅިގެން.
'74 - ފްރާންސަށް ހުސް ފުރުސަތެއް. ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުށްކޮށް ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ، އަމާޒުވީ ޕޮލެންޑް ކީޕަރު ސްކޮރުޕްސްކީއާ ދިމާއަށް.
'72 - ޕޮލެންޑުގެ ނުރައްކާތެރި ހަމަލާއެއް. ފްރާންސްގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'68 - ޕޮލެންޑުން ދެ ބަދަލެއް. ޝިމާންސްކީ އާއި ނިކޮލާ ޒަލޭވްސްކީގެ ބަދަލުގައި ކުޅެން ނުކުތީ ކެރޮލް ސްވިޑާސްކީ އަދި މިކަލް ސްކޮރާސް.
'61 - ފްރާންސްގެ ތިން ބަދަލެއް. ކަންޓޭ އާއި ރާބިއޯ އަދި ބާކޯލާގެ ބަދަލުގައި ކުޅެން ނުކުތީ އޮލިވިއާ ޖިރޫ އާއި އެންޓޮއިން ގްރީޒްމަން އަދި އެޑުއާޑޯ ކަމަވިންގާ.
'59 - ފްރާންސްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބާކޯލާ ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ކީޕަރު ސްކޮރުޕްސްކީ ވަނީ މަތަކޮށްފައި.
'56 - ފްރާންސުން ލީޑު ހޯދައިފި. ފްރާންސްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން އެމްބާޕޭ.
'55 - ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްބެލޭއަށް ޕޮލެންޑްގެ ކިވިއޯ ކުރި ފައުލަކާ ގުޅިގެން ފްރާންސަށް ޕެނަލްޓީއެއް.
'53 - ފައުލަކާ ގުޅިގެން ފްރާންސް ޑިފެންޑަރު ތެއޯ ހެނާންޑޭޒްއަށް ރީނދޫ ކާޑެއް.
'49 - ފްރާންސްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އެމްބާޕޭ ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'48 - ފްރާންސްގެ ހަމަލާއެއް. ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކަންޓޭ ފޮނުވާލި ހަމަލާ، ޕޮލެންޑުގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ ފްރާންސުން.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'45+2 - ބާކޯލާއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑްގެ ޕްރެޒެމްސްލޯ ފްރޭންކޯވްސްކީއަށް ރީނދޫ ކާޑެއް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'45 - ފްރާންސަށް އިތުރު ހުސް ފުރުސަތެއް. ބާކޯލާ ދިން ބޯޅައަކުން ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އެމްބާޕޭ ފޮނުވާލި އެ ހަމަލާ ވެސް ޕޮލެންޑް ކީޕަރު ސްކޮރުޕްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'43 - ޝިމާންސްކީއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސް މިޑްފީލްޑަރު އެޑްރިއެން ރާބިއޯއަށް ރީނދޫ ކާޑެއް.
'42 - ފްރާންސަށް ހުސް ފުރުސަތެއް. ރީތި ކުޅުމަކާއެކު ބްރޭޑްލީ ބާކޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ، ޕޮލެންޑް ކީޕަރު ސްކޮރުޕްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'38 - ފްރާންސްގެ ހަމަލާއެއް. ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އޯރެލިއެން ޗުއަމެނީ ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ސެބެސްޓިއަން ޝިމާންސްކީ ވަނީ ބްލޮކޮށްފައި.
'34 - ޕޮލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ޒީލިންސްކީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލު އަރިމަތީ ދަނޑިކައިރިން ބޭރަށް.
'28 - ވޯޓާ ބްރޭކަކަށް ކުޅުން ވަގުތުކޮޅަކަށް މެދުކަނޑާލައިފި.
'24 - ކިލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ޕޮލެންޑްގެ ނިކޯލާ ޒަލޭވްސްކީއަށް ރީނދޫ ކާޑެއް.
'19 - ފްރާންސަށް ހުސް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ ވެސް ޕޮލެންޑް ކީޕަރު ސްކޮރުޕްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'15 - ޕޮލެންޑަށް ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން ކެސްޕާ އުރްބާންސްކީ ފޮނުވާލި ހަމަލާ އަމާޒުވީ ފްރާންސްގެ ކީޕަރު މައިގްނަންއާ ދިމާއަށް.
'11 - ފްރާންސަށް ހުސް ފުރުސަތެއް. އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ތެއޯ ހެނާންޑޭޒް ފޮނުވާލި ހަމަލާ، ލޫކަސް ސްކޮރުޕްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'6 - ޕޮލެންޑުގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ބޭރުން ޕިއޮޓާ ޒީލިންސްކީ ފޮނުވާލި ހަމަލާ، ފްރާންސްގެ ކީޕަރު މައިކް މައިގްނަން ވަނީ މަތަކޮށްފައި.
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ފްރާންސުން ވަރުގަދަ އެޓޭކެއް ކުރަމުންދިޔަ ނަމަވެސް، ޕޮލެންޑުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޕޮލެންޑުން.
ޕޮލެންޑުން ވަނީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ފުރަތަމަ 11 ގައި ހިމަނާފައި، އަނިޔާއަކާ ގުޅިގެން ފުރަތަމަ ދެ މެޗުގައި އޭނާ ފުރަތަމަ 11 ގައި ހިމެނިފައެއް ނުވޭ. ފުރަތަމަ މެޗުގައި އޭނާ ބޭނުން ވެސް ކޮށްފައި ނުވާ އިރު، ދެވަނަ މެޗުގައި ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި. ޕޮލެންޑުގެ ދެވަނަ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ތަޖުރިބާކާރު ގޯލްކީޕަރު ވޮޖްސިއެޗް ޝެޒްނީގެ ބަދަލުގައި ލޫކަސް ސްކޮރިޕްސްކީއަށް ފުރަތަމަ 11 އިން ފުރުސަތު ދިނުން.
މިރޭގެ މެޗުގައި ދެ ޓީމުން ވެސް ބޮޑެތި ބަދަލުތަކެއް ފެނޭ، އެގޮތުން ފްރާންސުން ވަނީ ފުރަތަމަ މެޗުގައި ނޭފަތަށް އަނިޔާވެގެން ދެވަނަ މެޗުގައި ނުކުޅެވުނު ކެޕްޓަން އެމްބާޕޭ، ފުރަތަމަ 11 ގައި ހިމަނާފައި. އޭނާ ނުކުންނާނީ މާސްކެއް އަޅައިގެން. ނަމަވެސް ފްރާންސްގެ ފުރަތަމަ 11 އިން އެންޓޮއިން ގްރީޒްމަނަށް ފުރުސަތު ދީފައެއް ނުވޭ. އޭނާ ވަނީ ފުރަތަމަ ދެ މެޗުގައި މުހިންމު ދައުރެއް އަދާކޮށްފައި.
ޔޫރޯ 2024 ގައި ކުޅޭ 29 ވަނަ މެޗުގައި ފްރާންސާއި ޕޮލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ފްރާންސަށް ކޮލިފިކޭޝަން އޮތީ ޔަގީންވެފައި. އެއީ ރޭ އަލްބޭނިއާއަށް ސްޕެއިން ބަލިނުކުރެވުމުން، އެޓީމަށް ތިންވަނަ ޔަގީންވާނެތީ. އެހެން ނަމަވެސް ފްރާންސުން ބޭނުންވަނީ މިރޭގެ މެޗުން މޮޅުވާން. އެއީ ގްރޫޕްގެ އެއްވަނަ ހޯދުމަށް. އަނެއްކޮޅުން ނުކުންނަ ޕޮލެންޑް އޮތީ ކަޓާފައި. އެޓީމަށް އުންމީދެއް ނެތް.