ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ކްރޮއޭޝިއާ 1-1 އިޓަލީ (ފުލްޓައިމް)

25 Jun 02:19

މެޗުގެ އުސްއަލިތައް

  • މެޗު ވަރުގަދަކޮށް ފެށީ ކްރޮއޭޝިއާއިން، އެޓީމުން ފުރަތަމަ ކޮޅުގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނު
  • ކްރޮއޭޝިއާއިން ކުރީކޮޅުގައި އުފެއްދި ނުރައްކާތެރި ހަމަލާގައި، ސުސިޗް ފޮނުވާލި ބޯޅަ މަތަކުރީ ޑޮނަރޫމާ
  • އޭގެ ފަހުން އިޓަލީން ކުޅުން ރަނގަޅުކޮށް، މެޗަށް ރަނގަޅަށް ވަދެލި
  • އެޓީމުގެ އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ކޯނަރެއްގެ ތެރެއިން
  • ކޯނަރެއްގެ ތެރެއިން ޑިމާކޯ ނަގައިދިން ހުރަސް، ބަސްޓޯނީ ހުސްކޮށް އަރައި ބޮލުން ޖެހިނަމަވެސް ލިވަކޮވިޗް މަތަކުރި
  • އޭގެފަހުން ޕެލެގްރީނީ ފޮނުވާލި ހަމަލާވެސް މަތަކުރީ ލިވަކޮވިޗް
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ލިބުނު
  • ފްރަޓޭސީ އަތުގައި ޖެހުމުން ރެފްރީ ވަނީ ވީއޭއާރް ބަލައި ދިން ޕެނަލްޓީ މޮޑްރިޗް ފޮނުވާލި ނަމަވެސް ޑޮނަރޫމާ އެ ޕެނަލްޓީ މަތަކުރި
  • އެހެން ނަމަވެސް، އޭގެ މިނެޓެއް ފަހުން ކްރޮއޭޝިއާ ލީޑު ނެގި
  • އޭރިއާ ތެރެއިން ބުޑްމީރް ބޮލުން ޖެހި ބޯޅަ ޑޮނަރޫމާ މަތަކުރުމުން، ރީބައުންސްގައި ގޯލު ޖެހީ މޮޑްރިޗް
  • އެ ގޯލާއެކު ކްރޮއޭޝިއާ ފަހަތަށް ޖެހުމުން އިޓަލީ ނުރައްކާ ކުރި، އެޓީމުން އެޓޭކް ވަރުގަދަ ކޮށް ހަމަލާ އުފެއްދި
  • ޗިއޭސާގެ ދެ ހަމަލާއެއް ނާކާމިޔާބުވި އިރު، ބަސްޓޯނާ ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒެއް ނުވި
  • އިޓަލީން މެޗުގައި ގޯލު ޖެހީ ފަހު ސިކުންތު، އެ ގޯލު ޖެހީ މަޓިއާ ޒަކަގްނީ
  • އެ ގޯލާއެކު ގްރޫޕް ދެވަނައިގައި އިޓަލީ ވަނީ ގަދަ 16 ޔަގީންކޮށްފައި، ކްރޮއޭޝިއާއަށް މިހާރު އުންމީދެއް ނެތް
25 Jun 02:02

މެޗުގެ ކުޅުން ނިންމާލައިފި.

25 Jun 01:57

90+8 - އިޓަލީން ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފި. މެޗުގެ ފަހު މިނެޓުގައި އެޓީމަށް ގޯލު ޖަހައިދިނީ މަޓިއާ ޒަކަގްނީ. އިޓަލީއަށް މި ނަތީޖާގައި ގަދަ 16 ޔަގީންވާނެ.

25 Jun 01:55

90+5 - ކްރޮއޭޝިއާއިން ހަމަލާއަކަށް މަސައްކަތް ކޮށް ކާމިޔާބެއް ނުވި. އިވަނުސެކް އޭރިއާ ތެރެއަށް ނަގައިދޭން މަސައްކަތް ކުރި ބޯޅަ ހުއްޓުވީ ބަސްޓޯނީ.

25 Jun 01:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނެޓުގެ ކުޅުން ދައްކައިފި.

25 Jun 01:45

'87 - އިޓަލީއަށް ހުސް ފުރުސަތެއް. ޗިއޭސާ އަރިމަތިން ކަނޑާލި ބޯޅައަށް ސަމަކާ އެރި ނަމަވެސް ބޯޅަ ދިޔައީ ފައިގައި ލައްވާ ނުލައި.

25 Jun 01:43

'82 - އިޓަލީގެ ދެ ބަދަލެއް. ފޭބީ ޖޯޖީނިއާ އަދި ޑާމިއަން. ކުޅެން ނުކުތީ ނިކޮލޯ ފަގިއޯލީއާއި މަޓިއާ ޒަކަގްނީ.

25 Jun 01:40

'80 - ކްރޮއޭޝިއާގެ ގޯލު ޖެހި ލޫކާ މޮޑްރިޗްގެ ބަދަލުގައި ލޮވްރޯ މައެއާ ކުޅެން ނެރެފި.

25 Jun 01:37

'78 - ކްރޮއޭޝިއާގެ މަރިން ޕޮންގްރަސިޗްއަށް ރީނދޫ ކާޑެއް. އޭނާއަށް ކާޑު ދެއްކީ ރެޓެގީއަށް ކުރި ފައުލަކަށް.

25 Jun 01:34

މިރޭ ޖެހި ގޯލާއެކު މޮޑްރިޗް ވެފައި ވަނީ ޔޫރޯ މުބާރާތުގައި ގޯލު ޖެހި އެންމެ އުމުރުން ގިނަ ދުވަސްވީ ކުޅުންތެރިޔާއަށް. އޭނާގެ އުމުރަކީ 38 އަހަރާއި 289 ދުވަސް.

25 Jun 01:31

'72 - އިޓަލީގެ ހަމަލާއެއް. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ރަސްޕަޑޯރީ ފޮނުވާލި ނަމަވެސް އަމާޒުވީ ވޯލްއަށް.

25 Jun 01:28

'67 - އިޓަލީގެ ނުރައްކާ ބޮޑު. އޭރިއާ ތެރެއިން ދުއްވާލި ތުރޫ ބޯޅައެއް ޗިއޭސާއަށް ލިބުމުގެ ކުރިން މަތަކުރީ ލިވަކޮވިޗް. އިޓަލީން މިވަގުތު ދަނީ ގިނަ ބޯޅަތަކެއް ކްރޮއޭޝިއާ އޭރިއާ ތެރެއަށް ކުޅެމުން.

25 Jun 01:24

25 Jun 01:20

62' - އިޓަލީއަށް ހުސް ފުރުސަތެއް. ކޯނަރެއްގައި ބަސްޓޯނީއަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނު. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.

25 Jun 01:17

'57 - އިޓަލީގެ ބަދަލެއް. ފެޑެރީކޯ ޑިމާކޯގެ ބަދަލުގައި ކުޅެން ނުކުތީ ފެޑެރީކޯ ޗިއޭސާ.

25 Jun 01:15

'55- ކްރޮއޭޝިއާއިން ގޯލު ޖަހައި ލީޑު ނަގައިފި. އޭރިއާ ތެރެއިން ބުޑިމީރް ފޮނުވާލި ބާރު ހަމަލާ ޑޮނަރޫމާ މަތަކުރި ނަމަވެސް، މޮޑްރިޗް ވަނީ ރީބައުންސް ބޯޅަ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލާފައި.

25 Jun 01:13

'53- ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ލިބި، ނާކާމިޔާބު. އަންދްރޭޖް ކްރަމަރިޗް ޖެހި ބޯޅަ ބަދަލަކަށް ނުކުތް ފްރަޓޭސީ އަތުގައި ޖެހުމުން ރެފްރީ ވަނީ ވީއޭއާރް ބަލައި ޕެނަލްޓީއެއް ދީފައި. އެ ޕެނަލްޓީ މޮޑްރިޗް ޖެހި ނަމަވެސް، ޑޮނަރޫމާ ވަނީ މަތަކޮށްފައި.

25 Jun 01:11

'51 - ކްރޮއޭޝިއާއަށް ފުރުސަތެއް. އޭރިއާ ތެރެއަށް ބްރޮޒޮވިޗް ނަގައިދިން ހުރަސް، ބުޑްމީރަށް ރަނގަޅަށް ލިބޭ ގޮތެއް ނުވި.

25 Jun 01:05

ދެވަނަ ހާފަށް އިޓަލީއާއި ކްރޮއޭޝިއާއިންވެސް ވަނީ ބަދަލެއް ގެނެސްފައި. އިޓަލީގެ ލޮރެންޒޯ ޕެލެގްރީނީގެ ބަދަލުގައި ކުޅެން ނެރުނީ ޑާވިޑޭ ފްރެޓޭސީ. ކްރޮއޭޝިއާއިން މާރިއޯ ޕަސަލިޗްގެ ބަދަލުގައި ކުޅެން ނެރުނީ އަންޓޭ ބުޑިމީރް.

25 Jun 01:04

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިޓަލީން.

25 Jun 00:47

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗު ވަރުގަދަކޮށް ފެށީ ކްރޮއޭޝިއާއިން، އެޓީމުން ފުރަތަމަ ކޮޅުގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނު
  • ކްރޮއޭޝިއާއިން ކުރީކޮޅުގައި އުފެއްދި ނުރައްކާތެރި ހަމަލާގައި، ސުސިޗް ފޮނުވާލި ބޯޅަ މަތަކުރީ ޑޮނަރޫމާ
  • އޭގެ ފަހުން އިޓަލީން ކުޅުން ރަނގަޅުކޮށް، މެޗަށް ރަނގަޅަށް ވަދެލި
  • އެޓީމުގެ އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ކޯނަރެއްގެ ތެރެއިން
  • ކޯނަރެއްގެ ތެރެއިން ޑިމާކޯ ނަގައިދިން ހުރަސް، ބަސްޓޯނީ ހުސްކޮށް އަރައި ބޮލުން ޖެހިނަމަވެސް ލިވަކޮވިޗް މަތަކުރި
  • އޭގެފަހުން ޕެލެގްރީނީ ފޮނުވާލި ހަމަލާވެސް މަތަކުރީ ލިވަކޮވިޗް
25 Jun 00:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި.

25 Jun 00:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓްގެ ކުޅުން ދައްކައިފި.

25 Jun 00:37

'35 - އިޓަލީގެ ހަމަލާއެއް. އޭރިއާ ތެރެއަށް ރިކާޑޯ ކަލަފިއޯރީ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ލޮރެންޒޯ ޕެލެގްރީނީ ތިރިތިރިން ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ގޯލްކީޕަރު ލިވަކޮޗިޗް ވަނީ ހިފާފައި.

25 Jun 00:34

25 Jun 00:32

'30 - ކްރޮއޭޝިއާގެ ނުރައްކަލެއް. ކަނާތް ފަރާތު އަރިމަތިން ކުރިއަށް ޖެހި އޭރިއާ ތެރެއަށް މޮޑްރިޗް ނަގައިދިން ނުރައްކާތެރި ހުރަހަށް ހުރަސް އެޅީ އިޓަލީ ކީޕަރު ޑޮނަރޫމާ.

25 Jun 00:29

'27 - އިޓަލީގެ ނުރައްކާތެރި ދެ ހަމަލާއެއް. މަޓެއޯ ރެޓެގީއަށް ދުއްވާލި ބޯޅައަށް އޭނާ އަރައި، ފޮނުވާލި ހަމަލާ ކްރޮއޭޝިއާ ޑިފެންޑަރު ވަނީ މަތަކޮށްފައި. އެ ފުރުސަތުން ލިބުނު ކޯނަރުގައި އިޓަލީން އުފެއްދި ހަމަލާގައި، އަލެސާންޑްރޯ ބަސްޓޯނީއަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ، އޭރިއާ ތެރެއިން ބޮލުން ޖަހާ ގޯލަށް ފޮނުވާލުމުން މަތަކުރީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް.

25 Jun 00:26

25 Jun 00:23

'23- އަނެއްކާވެސް އިޓަލީއަށް ފުރުސަތެއް. އޭރިއާ ތެރޭގައި ހުރި ރެޓެގީއަށް ރަނގަޅު ބޯޅައެއް ލިބި، އޭނާ ހަމަލާ ފޮނުވާލި ނަމަވެސް ކްރޮއޭޝިއާގެ ޑިފެންސުން ވަނީ ހަމަލާއަށް ހުރަސް އަޅާފައި.

25 Jun 00:22

'21 - އިޓަލީގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއަށް އަރިމަތިން ހުރަސް ވެގެން އައި ބޯޅައަށް ރަނގަޅަށް އަރައި މަޓެއޯ ރެޓެގީ ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ޖޮސްކޯ ގްވާޑިއޯލް ބޮލުގައި ޖެހިފައި. އެ ބޯޅަ ދިޔައީ ގޯލާ ދިމާލަށް.

25 Jun 00:20

ފުރަތަމަ ކޮޅުގައި ކްރޮއޭޝިއާ ނުރައްކާ ބޮޑުކޮށް ފެނުނު ނަމަވެސް، މިހާރު ދެޓީމުގެ ފަރާތުންވެސް ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް. އިޓަލީންވެސް ދަނީ މަޑުމަޑުން މެޗު ތެރެއަށް ވަދެ، ހަމަލާ އުފައްދަން މަސައްކަތް ކުރަމުން.

25 Jun 00:12

'11- އިޓަލީގެ އެޓޭކެއް. އަރިމަތިން ފެޑެރީކޯ ޑިމާކޯ ނަގައިދިން ހުރަސް، ލޮރެންޒޯ ޕެލެގްރީނީ ބޮލުން ޖެހިނަމަވެސް، ދިޔައީ މާ ދުރުން ބޭރަށް.

25 Jun 00:11

މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދަނީ ކްރޮއޭޝިއާ. މިހާތަނަށް ކްރޮއޭޝިއާގެ ހަމަލާއެއް ފެނިގެން ގޮސްފައިވީ ނަމަވެސް، އިޓަލީއަށް އަދި ނުރައްކާ ކުރެވިފައެއް ނުވޭ.

25 Jun 00:08

'7- އިޓަލީގެ އެޓޭކް ނާކާމިޔާބު. ރަނގަޅު ކައުންޓާ އެޓޭކް ފުރުސަތެއްގައި އަރިމަތިން ބޯޅަ ހިފައިގެން ގޮސް، ޖިއޮވާނީ ޑި ލޮރެންޒޯ ނަގައިދިން ހުރަސް އިޓަލީ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ކްރޮއޭޝިއާގެ ފަހުން ސާފުކޮށް ބޭރުކޮށްލައިފި.

25 Jun 00:06

'5 - ކްރޮއޭޝިއާގެ ނުރައްކާތެރި ހަމާލާއެއް. ލޫކާ ސުސިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ، އިޓަލީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

25 Jun 00:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކްރޮއޭޝިއާއިން.

24 Jun 23:53

އިޓަލީގެ ފުރަތަމަ 11

  • ޖިއާންލުއީޖީ ޑޮނަރޫމާ (ގޯލްކީޕަރު)/ ކެޕްޓަން
  • މަޓެއޯ ޑާމިއަން
  • ރިކާޑޯ ކަލަފިއޯރީ
  • އަލެސާންޑްރޯ ބަސްޓޯނީ
  • ޖިއޮވާނީ ޑި ލޮރެންޒޯ
  • ޖޯޖީނިއޯ
  • ނިކޮލޮ ބަރޭލާ
  • ލޮރެންޒޯ ޕެލެގްރީނީ
  • ޖިއަކޯމޯ ރަސްޕަޑޯރީ
  • ފެޑެރީކޯ ޑިމާކޯ
  • މަޓެއޯ ރެޓެގޫ
24 Jun 23:52

ކްރޮއޭޝިއާގެ ފުރަތަމަ 11

  • ޑޮމިނިކް ލިވަކޮވިޗް (ގޯލްކީޕަރު)
  • ޖޯސިޕް ސްޓަނިސިޗް
  • ޖޯސިޕް ސުޓާލޯ
  • މަރިން ޕޮންގްރަސިޗް
  • ޖޮސްކޯ ގްވާޑިއޯލް
  • ލޫކާ މޮޑްރިޗް (ކެޕްޓަން)
  • މާސެލޯ ބްރޮޒޮވިޗް
  • މަޓެއޯ ކޮވަސިޗް
  • ލޫކާ ސުސިޗް
  • އަންދްރޭޖް ކްރަމަރިޗް
  • މާރިއޯ ޕަސަލިޗް

ޔޫރޯ 2024 ގައި ކުޅޭ 28 ވަނަ މިނެޓުގައި ކްރޮއޭޝިއާއާއި އިޓަލީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނަ އިރު، ކްރޮއޭޝިއާއަށް އޮތީ ހަނި ފުރުސަތެއް. އެއީ މިރޭގެ މެޗުން މޮޅުވެގެން އެކަނި ލިބެން އޮތް ފުރުސަތެއް. އެންމެފަހުގެ ޗެމްޕިއަން އިޓަލީން ޔޫރޯ 2024 ގައި ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމަކާ އެކު 2-1 އިން އަލްބޭނިއާ ބަލިކުރި ނަމަވެސް، ދެން ޖެހުނު މެޗުގައި ސްޕެއިން ކައިރީ 1-0 އިން ވީ ބަލި. ކްރޮއޭޝިއާ ފުރަތަމަ މެޗުގައި ސްޕެއިން ކައިރިން 3-0 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި އަލްބޭނިއާއާ އެއްވަރުވީ 2-2 އިން.

ކޯޗުންގެ ބަސް

ލޫސިއާނޯ ސްޕަލެޓީ - އިޓަލީ

"އަސްލު އަލްބޭނިއާ މެޗަށްފަހު ބަދަލެއް ގެންނަން ޖެހޭ ޓީމަށް. އެހެންވިޔަސް، އަލްބޭނިއާ ކައިރީ ރަނގަޅަށް ކުޅުނީމަ އަހަންނަށް ވިސްނުނީ ސްޕެއިނާ ދެކޮޅަށް ނުކުންނަން ބަދަލެއް ގެނެސްފިނަމަ، މޮޔަ ކަމެއް ކުރެވިދާނެޔޭ. އެކަމަކު އެއީ ގޯހެއް. އަހަންނަށް ހެދުނު މޮޔަ އެއްޗެއް. އެމެޗަށް ޓީމުގެ 11 އަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ،"

"އަހަރެމެން ސްޕެއިން މެޗު އެނަލައިޒް ކޮށްފިން. އަހަރެމެން އެ މެޗާ ގުޅޭ ގޮތުން ވާހަކަވެސް ދައްކައިފިން. އަދި ފަހަތަށް ފިޔަވަޅެއް އަޅައި، އެ މެޗުގައި ގޯސްކޮށް ހުރި ތަންތަން ރަނގަޅު ކޮށްގެން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ. ދެން އެ މަންޒަރެއް އިޓަލީ ޓީމަކުން ނުފެންނާނެ،"

ލަޓްކޯ ޑަލިޗް - ކްރޮއޭޝިއާ

"މިއީ ތާރީހުގައި ލިޔެވޭނެ މެޗެއް. އަހަރެމެން މި މެޗަށް ތައްޔާރު. އަހަރެން އުންމީދު ކުރަނީ މޮޅުވާނެ ކަމަށް. އަހަރެމެން ބޯޅަ ގެންގުޅެ ރަނގަޅަށް ކުޅެމުން މިދަނީ އަދިވެސް. އެހެންވިޔަސް އަހަރެމެންނަށް ބޯޅައާ އެކު ހަމަޖެހިލަން އުނދަގޫވޭ. އެ ހާސްކަމުގެ ސަބަބުން ގޭމަށް އަސަރުތަކެއް ކުރޭ. އަހަރެމެން އެބަ ޖެހޭ ބޯޅަ ގެންގުޅޭ އިރު އެހާ އަވަސްކޮށް ނުގެއްލޭނެ ގޮތެއް ހޯދަން. އަހަރެމެންނަށް އިޓަލީ އެނގޭ. އަހަރެމެން އިޓަލީ ބަލިކޮށް ތިން ޕޮއިންޓް ނުހޯދައިފިނަމަ، ދެން ޖެހޭނީ ގެޔަށް ދާން،"