ޔޫރޯ 2024

ޔޫރޯ 2024 ލައިވް: އަލްބޭނިއާ 0-1 ސްޕެއިން (ފުލްޓައިމް)

25 Jun 01:55

މެޗުގެ އުސްއަލިތައް

  • ސްޕެއިންގެ ފުރަތަމަ 11 އިން 10 ބަދަލެއް ފެނުނު، އިޓަލީ މެޗުގެ ފުރަތަމަ 11 އިން ފެނުނު ކުޅުންތެރިޔަކަށް ހަމައެކަނި ހިމެނުނީ ލަޕޯޓް
  • މެޗުގެ ކުރީކޮޅުގައި އަލްބޭނިއާ އިން ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތަކެއް ނަގައިގެން ނުރައްކާކުރުމަށް މަސައްކަތްކުރި
  • ސްޕެއިންގެ ފުރަތަމަ ހަމަލާއަކީ މެރީނޯގެ ހަމަލާއެއް، އެ ހަމަލާގެ ހުރަހަކަށްވީ އަލްބޭނިއާ ކީޕަރު ސްޓްރަކޯޝާ
  • އޭގެ މިނެޓެއް ފަހުން ސްޕެއިނުން ލީޑު ހޯދި، އެ ގޯލު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް
  • އޭގެ ފަހުން ވެސް އަލްބޭނިއާއަށް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވޭ ގޮތް ނުވެފައި
  • ސްޕެއިންގެ އޮލްމޯއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބުނު، އަލްބޭނިއާ ކެޕްޓަން ޖިމްޝިޓީ ވަނީ އެ ހަމަލާ ބްލޮކްކޮށްފައި
  • ފުރަތަަމަ ހާފު ނިމެނިކޮށް ސްޕެއިނަށް ދެ ފުރުސަތެއް އަދި އަލްބޭނިއާއަށް ވެސް ފުރުސަތެއް ލިބިގެންދިޔަ
  • ސްޕެއިންގެ ފެރާން ޓޮރޭސް އަދި މެރީނޯ ފޮނުވާލި ހަމަލާ ވެސް އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ
  • އަލްބޭނިއާގެ އަސްލާނީ ފޮނުވާލި ބާރު ހަމަލާ، ސްޕެއިންގެ ކީޕަރު ރާޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް ފެނުނު، ހޯސޭލޫ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް
  • އަލްބޭނިއާ އިން ކުޅުން ރަނގަޅުކޮށް ހުސް ފުރުސަތެއް ހޯދި
  • ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރޯޔާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ރާޔާ ވަނީ މަތަކޮށްފައި
  • އޭގެ ފަހުން އަލްބޭނިއާގެ އަސްލާނީއަށް ވެސް ފުރުސަތެއް ލިބުނު، އެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް
  • މެޗު ނިމެނިކޮށް ވެސް އަލްބޭނިއާއަށް ފުރުސަތެއް ލިބުނު، ބްރޯޔާގެ އެ ހަމަލާގެ ހުރަހަކަށްވީ ކީޕަރު ރާޔާ
25 Jun 01:54

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން. ސްޕެއިނުން ގްރޫޕު ސްޓޭޖު ނިންމާލީ ތިން މެޗުން ވެސް މޮޅުވެގެން. އަލްބޭނިއާއަށް މުބާރާތާ އަލްވަދާއު.

25 Jun 01:51

'90+2 - އަލްބޭނިއާއަށް ރަނގަޅު ފުރުސަތެއް. ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބްރޯޔާ ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު ރާޔާ ވަނީ މަތަކޮށްފައި.

25 Jun 01:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

25 Jun 01:49

'90 - ބްރޯޔާއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިންގެ ޑެނިއެލް ވިވިއަންއަށް ރީނދޫ ކާޑެއް.

25 Jun 01:48

'88 - ފާމިން ލޯޕޭޒަށް ކުރި ފައުލަކާ ގުޅިގެން އަލްބޭނިއާގެ މެދޮން ބެރީޝާއަށް ރީނދޫ ކާޑެއް.

25 Jun 01:45

'85 - ސްޕެއިނުން ބަދަލެއް. އޮލްމޯގެ ބަދަލުގައި ކުޅެން ނުކުތީ އަލެހަންޑްރޯ ބައޭނާ.

25 Jun 01:43

'84 - އަލްބޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އާބާ ހޮޖާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

25 Jun 01:41

'81 - އަލްބޭނިއާގެ ބަދަލެއް. ޔާސިރް އަސާނީގެ ބަދަލުގައި ކުޅެން ނުކުތީ އާނެސްޓް މުޗީ.

25 Jun 01:39

'80 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ ދިޔައީ އަލްބޭނިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

25 Jun 01:36

'77 - އަލްބޭނިއާގެ ނުރައްކަލެއް. ބްރޯޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓިއަން އަސްލާނީ ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

25 Jun 01:32

'71 - ސްޕެއިނުން ވެސް ދެ ބަދަލެއް. ހޯސޭލޫ އާއި ފެރާން ޓޮރޭސްގެ ބަދަލުގައި ކުޅެން ނުކުތީ އަލްވާރޯ މޮރާޓާ އަދި ލަމީން ޔަމާލް.

25 Jun 01:31

'70 - އަލްބޭނިއާ އިން ދެ ބަދަލެއް. ގާޒިމް ލަޗީ އާއި ނެދީމް ބައިރާމީގެ ބަދަލުގައި ކުޅެން ނުކުތީ އާބާ ހޮޖާ އަދި މެދޮން ބެރިޝާ.

25 Jun 01:25

'66 - ގަސްދުގައި ޑައިވް ކުރުމާ ގުޅިގެން އަލްބޭނިއާގެ ނެދީމް ބައިރާމީއަށް ރީނދޫ ކާޑެއް.

25 Jun 01:23

'64 - އަލްބޭނިއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އަރްމާންޑޯ ބްރޯޔާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ރާޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

25 Jun 01:20

61 - ސްޕެއިނުން ބަދަލެއް. އޮޔާޒަބާލްގެ ބަދަލުގައި ކުޅެން ނުކުތީ ފާމިން ލޯޕޭޒް.

25 Jun 01:17

'59 - އަލްބޭނިއާ އިން ބަދަލެއް. ރޭ މަނާއީގެ ބަދަލުގައި ކުޅެން ނުކުތީ އަރްމާންޑޯ ބްރޯޔާ.

25 Jun 01:10

'51 - އަލްބޭނިއާގެ އެސިސްޓަންޓް ކޯޗަކަށް ރީނދޫ ކާޑެއް.

25 Jun 01:09

'50 - އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ ކުރިއަށް ނުކުމެ ހުރުމާއެކު، ސްޕެއިންގެ އޮލްމޯ ދުރުން ފޮނުވާލި ހަމަލާ، ގޯލާ އަމާޒެއް ނުވި.

25 Jun 01:06

'47 - ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. ގްރިމާލްޑޯ ނަގައިދިން ހުރަހަކުން ހޮސޭލޫ ފޮނުވާލި ހަމަލާ ދިޔައީ އަލްބޭނިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

25 Jun 01:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ ސްޕެއިނުން.

25 Jun 01:01

ސްޕެއިނުން ދެވަނަ ހާފަށް ނުކުންނަނީ ބަދަލަކާއެކު. ލަޕޯޓްގެ ބަދަލުގައި ކުޅެން ނުކުންނަނީ ރޮބިން ލެ ނޯމަންޑް.

25 Jun 00:50

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ސްޕެއިންގެ ފުރަތަމަ 11 އިން 10 ބަދަލެއް ފެނުނު، އިޓަލީ މެޗުގެ ފުރަތަމަ 11 އިން ފެނުނު ކުޅުންތެރިޔަކަށް ހަމައެކަނި ހިމެނުނީ ލަޕޯޓް
  • މެޗުގެ ކުރީކޮޅުގައި އަލްބޭނިއާ އިން ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތަކެއް ނަގައިގެން ނުރައްކާކުރުމަށް މަސައްކަތްކުރި
  • ސްޕެއިންގެ ފުރަތަމަ ހަމަލާއަކީ މެރީނޯގެ ހަމަލާއެއް، އެ ހަމަލާގެ ހުރަހަކަށްވީ އަލްބޭނިއާ ކީޕަރު ސްޓްރަކޯޝާ
  • އޭގެ މިނެޓެއް ފަހުން ސްޕެއިނުން ލީޑު ހޯދި، އެ ގޯލު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް
  • އޭގެ ފަހުން ވެސް އަލްބޭނިއާއަށް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވޭ ގޮތް ނުވެފައި
  • ސްޕެއިންގެ އޮލްމޯއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބުނު، އަލްބޭނިއާ ކެޕްޓަން ޖިމްޝިޓީ ވަނީ އެ ހަމަލާ ބްލޮކްކޮށްފައި
  • ފުރަތަަމަ ހާފު ނިމެނިކޮށް ސްޕެއިނަށް ދެ ފުރުސަތެއް އަދި އަލްބޭނިއާއަށް ވެސް ފުރުސަތެއް ލިބިގެންދިޔަ
  • ސްޕެއިންގެ ފެރާން ޓޮރޭސް އަދި މެރީނޯ ފޮނުވާލި ހަމަލާ ވެސް އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ
  • އަލްބޭނިއާގެ އަސްލާނީ ފޮނުވާލި ބާރު ހަމަލާ، ސްޕެއިންގެ ކީޕަރު ރާޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި
25 Jun 00:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.

25 Jun 00:46

'45 - އަލްބޭނިއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓިއަން އަސްލާނީ ފޮނުވާލި ބާރު ހަމަލާ، ސްޕެއިންގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

25 Jun 00:45

'44 - އަނެއްކާވެސް ސްޕެއިނަށް ފުރުސަތެއް. ގްރިމާލްޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މިކެލް މެރީނޯ ފޮނުވާލި ހަމަލާ ވެސް އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

25 Jun 00:42

'40 - ސްޕެއިނަށް އިތުރު ފުރުސަތެއް. އަލެހަންޑްރޯ ގްރިމާލްޑޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފެރާން ޓޮރޭސް ބޮލުން ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

25 Jun 00:41
25 Jun 00:37

'36 - ސްޕެއިނަށް ފުރުސަތެއް. ހެސުސް ނަވާސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ކެޕްޓަން ބެރާތު ޖިމްޝިޓީ ވަނީ ބްލޮކޮށްފައި.

25 Jun 00:34

'33 - ހެސޫސް ނަވާސް ނަގައިދިން ހުރަހުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ހޯސޭލޫ ނުރައްކާކުރުމުގެ އަލްބޭނިއާގެ ޑިފެންސުން ދިފާއުކޮށްފި.

25 Jun 00:23
25 Jun 00:21

'21 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

25 Jun 00:15

'13 - ސްޕެއިނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޑެނީ އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް. އޭނާ ފޮނުވާލި ހަމަލާ، އަލްބޭނިއާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.

25 Jun 00:14

'12 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. ޖެސޫސް ނަވާސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މިކެލް މެރީނޯ ބޮލުން ފޮނުވާލި ހަމަލާ، އަލްބޭނިއާ ކީޕަރު ތޯމަސް ސްޓްރަަކޯޝާ ވަނީ މަތަކޮށްފައި.

25 Jun 00:07

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އަލްބޭނިއާ އިން ވަނީ ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތަކެއް ނަގައިގެން ނުރައްކާކުރުމަށް މަސައްކަތްކޮށްފައި، ނަމަވެސް އެއިން އެއްވެސް ހުރަހެއްގެ ބޭނުން ހިފިފައެއް ނުވޭ.

25 Jun 00:04

'2 - އަލްބޭނިއާގެ ހުރަހެއް. ނެދީމް ބައިރާމީ ނަގައިދިން ހުރަހުން، ރޭ މަނާއީ ނުރައްކާކުރުމުގެ ކުރިން ސްޕެއިންގެ ޑިފެންސުން ވަނީ ދިފާއުކޮށްފައި.

25 Jun 00:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އަލްބޭނިއާ އިން.

24 Jun 23:52

ގްރޫޕުގެ އެއްވަނަ ކަށަވަރުވެފައިވުމުން، މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ފެންނަނީ މުޅިން އާ ފުރަތަމަ 11 އެއް. އިޓަލީއާ ދެކޮޅަށް މެޗުގައި ފެނުނު އައިމެރިކް ލަޕޯޓް ފިޔަވައި، ދެން މުޅިން ވެސް ފެންނަނީ އެ މެޗުގައި ބެންޗުން ފެށި ކުޅުންތެރިން.

24 Jun 23:51

ސްޕެއިންގެ ފުރަތަމަ 11:

  • ޑޭވިޑް ރާޔާ - ގޯލްކީޕަރު
  • އައިމެރިކް ލަޕޯޓް
  • ޑެނިއެލް ވިވިއަން
  • ޖެސޫސް ނަވާސް - ކެޕްޓަން
  • އަލެހަންޑްރޯ ގްރިމަލްޑޯ
  • ފެރާން ޓޮރޭސް
  • މިކެލް މެރީނޯ
  • މާޓިން ޒުބިމެންޑީ
  • މިކެލް އޮޔާޒަބަލް
  • ޑެނީ އޮލްމޯ
  • ޖޯސޭލޫ
24 Jun 23:47

އަލްބޭނިއާގެ ފުރަތަމަ 11:

  • ތޯމަސް ސްޓްރަކޯޝާ - ގޯލްކީޕަރު
  • އާލިންޑް އަޔޭޓީ
  • ބެރާތު ޖިމްޝިޓީ - ކެޕްޓަން
  • މާރިއޯ މިޓާއީ
  • އިވާން ބަލީއޫ
  • ޔަލްބާ ރަމަދާނީ
  • ކްރިސްޓިއަން އަސްލާނީ
  • ނެދީމް ބައިރާމީ
  • ޔާސިރް އަސާނީ
  • ގާޒިމް ލަޗީ
  • ރޭ މަނާއީ

ޔޫރޯ 2024 ގައި ކުޅޭ 27 ވަނަ މިނެޓުގައި އަލްބޭނިއާއާއި ސްޕެއިން ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނަ އިރު، ސްޕެއިނަށް އޮތީ ގަދަ 16 ޔަގީންވެފައި. އެއީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި. ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުން. ދެން ކުޅުނު މެޗުގައި އިޓަލީ ބަލިކުރީ 1-0 ގެ ނަތީޖާއަކުން. އަލްބޭނިއާއިން ފުރަތަމަ މެޗުގައި 1-0 އިން އިޓަލީ އަތުން ބަލިވި ނަމަވެސް، ކްރޮއޭޝިއާއާ އެޓީމު ވަނީ 2-2 އިން އެއްވަރުކޮށްފައި. އެހެންވެ މިރޭ މޮޅުވެ، އުންމީދު ހޯދެން އެބައޮތް.

ކޯޗުން ބުނީ ކީކޭ؟

މިހާރު އޮތް ޓީމާ، 2008 ގައި އޮތް ރަން ޓީމާ އަޅައެއް ނުކިޔޭނެ: ސްޕެއިންގެ ކޯޗު

ސްޕެއިންގެ ރަނގަޅު ފޯމާއެކު އެޓީމުގެ ފެންވަރު މަތިކޮށް ގިނަ ވާހަކަތަކެއް ދައްކަމުން އަންނަ އިރު، ބައެއް މީހުން ސިފަކުރަނީ މިއީ 2008 ގައި ސްޕެއިންގައި އޮތް ސްކޮޑާ އެއްވަރު ސްކޮޑެއްގެ ގޮތުގައި.

"ކުރިން ބުނި ޓީމާ (2008 ގެ ޓީމް)އާ އަރައި ހަމަކުރަން އަދި ބައިވަރު ކަންތައްތަކެއް ކުރަން ޖެހޭ. އެއީ އެޓީމުން ޔޫރޯ ހޯދި،" ކޯޗު ޑެ ލަ ފުއެންޓޭ ޕްރި މެޗު ޕްރެސްގައި ބުނި.

"އަހަރެމެން (އެޓީމާ އަޅައިކިޔާވަރު ކުރަން) ހުރިހާ އޭރިއާއަކުން ކަންކަން ރަނގަޅުކުރަން ޖެހޭ. އެހެން ބުނީމަ ވެދާނެ މިއީ ނެގެޓިވް ވާހަކައެއް ބުނެވުނީ ކަމަށްވެސް. އެކަމަކު އެއީ ހަގީގަތް. އެއީ އަހަރެންގެ ގޯލު، އަބަދުވެސް ކަންކަން ރަނގަޅުކުރުން. މީގަ ރަނގަޅު ކަމަކަށް ބަލަންވީ ކަމަކީ މި ޓީމަށް ކަންކަން ރަނގަޅު ކުރަން ޖާގަ އޮތުން،" ޑެ ލަ ފުއެންޓޭ އިތުރަށް ބުނި.

ސްޕެއިނަކީ ވަކި "ޑީއެންއޭ"އެއްގެ ފުޓުބޯޅައެއް ކުޅޭ ޓީމެއް، ހާސްކަމެއް ނެތް: އަލްބޭނިއާގެ ކޯޗު

އަލްބޭނިއާގެ ތާރީހުގައިވެސް މިއީ ދެވަނަ ޔޫރޯ މުބާރާތް. އަލްބޭނިއާއަށް ގަދަ 16 ގެ އުންމީދެއް ދަމަހައްޓަން ސްޕެއިން ބަލިކުރުން ޖެހޭ. އެ ހާލަތުގައި ކްރޮއޭޝިއާވެސް މޮޅުވެއްޖެ ނަމަ، ދެން ޖެހޭނީ ޓައި ބްރޭކާގެ އުސޫލުތަކަށް ބަލަން. އަލްބޭނިއާއިން މޮޅުވެ، ކްރޮއޭޝިއާ ބަލިވާ ހާލަތުގައި ތިންވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދާން އަލްބޭނިއާއަށް ފުރުސަތު އެބައޮތް.

"އަލަށް ގަދަ 16 އަށް ދާން ފުރުސަތު އޮވެ، ސްޕެއިނާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ރަނގަޅު ކަމެއް. އަހަރެމެން ރަނގަޅަށް ގްރޫޕް ސްޓޭޖަށް ހޭނި، ކުރިއެރުންތަކެއް ހޯދަމުން އަންނަ މި ދަނޑިވަޅުގައި ކުޅެން މި ޖެހެނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމާ. އެންމެ ވަރުގަދަ ކުޅުންތެރިންވެސް ތިބި ޓީމާ،" އަލްބޭނިއާގެ ކޯޗު، ބްރެޒިލްގެ ސިލްވީނިއޯ ޕްރީ މެޗު ޕްރެސްގައި ބުނި.