ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ސްކޮޓްލޭންޑް 0-1 ހަންގޭރީ (ފުލްޓައިމް)

24 Jun 02:16

މެޗުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ސްކޮޓްލޭންޑުން ބޯޅަ ހިފަހައްޓައިގެން ކުޅުނު
  • އެހެން ނަމަވެސް ހަންގޭރީން އެޓީމަށް ހަމަލާ އުފައްދަން ފުރުސަތު ދީފައެއް ނުވޭ
  • މެޗުގެ ކުރީކޮޅުގައި ފެނުނީ އެންމެ ހަމަލާއެއް، އެއީ ދުރުން ބެންޑެގޫޒް ބޯލާ ފޮނުވާލި ބާރު ހަމަލެއް
  • އެ ބޯޅަ މަތަކުރީ ސްކޮޓްލޭންޑްގެ ގޯލްކީޕަރު އަންގުސް ގުން
  • އޭގެފަހުން ގޯލަށް އަމާޒުވި ހަމަލާއެއް ނުފެނޭ، ހަންގޭރީގެ ހަމަލާތައް ފެނުނު
  • ހިލޭ ޖެހުމެއްގައި، އޯބާން ބޮލުން ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައި
  • އޭގެފަހުން ސޮބޮސްލާއީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މަތިން
  • ދެވަނަ ހާފު ސްކޮޓްލޭންޑުން ރަނގަޅަށް ފަށައި، ޗޭ އެޑަމްސްގެ ހަމަލާއެއް ފެނުނު
  • އެހެން ނަމަވެސް އޭގެފަހުން އެޓީމަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވޭ
  • މެޗުގެ ދެވަނަ ހާފުގައި ހަންގޭރީގެ ވާގާއަށް ސީރިއަސް އަނިޔާއެއްވެ އެމަޖެންސީގައި ފަރުވާ ދޭން ޖެހުނު
  • އޭނާ ފަހުން ފޮތިގަނޑު ދަމާގައިގެން ނުފެންނަ ގޮތަށް ބޭލީ އަށިގަނޑުގައި
  • މެޗުގެ ފަހުކޮޅުގައި، ބަދަލުތަކާއެކު ހަންގޭރީން ނުރައްކާ ކުރި
  • ސޮބޮސްލާއީ އަރިމަތިން ފޮނުވާލި ހަމަލާ ގުން މަތަކުރި އިރު، އޭގެ ފަހުން ބަދަލަކަށް އެރި ސޮބޮތު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށް
  • މެޗުގެ ފަހު ސިކުންތުގައި ކައުންޓާ އެޓޭކެއްގައި ހަންގޭރީގެ ގޯލު ޖެހީ ކެވިން ސޮބޮތު
  • އެ ގޯލާއެކު ހަންގޭރީއަށް ގްރޫޕްގެ ތިންވަނަ ލިބުނީ ތިން ޕޮއިންޓާއެކު، ކުޑަ އުންމީދަށް ގަދަ 16 އަށް އެބައޮތް
  • ސްކޮޓްލޭންޑް ކެޓީ ތިން މެޗުން ޕޮއިންޓަކާއެކު
24 Jun 01:59

މެޗުގެ ކުޅުން ނިންމާލައިފި.

24 Jun 01:58

90+10 ' ހަންގޭރީން ގޯލު ޖަހައި ލީޑު ނަގައިފި. ކައުންޓާ އެޓޭކެއްގައި ގޯލު ޖެހީ ކެވިން ސޮބޮތު. އެ ގޯލާއެކު ގްރޫޕްގެ އެތުރުން ވަނީ ބަދަލުވެފައި. ސްކޮޓްލޭންޑް ކެޓުމާ ދިމާލަށް، ހަންގޭރީއަށް އުންމީދު.

24 Jun 01:55

90+8 ' ސްކޮޓްލޭންޑްގެ ހަމަލާއެއް. އަރިމަތިން ހޭންލީ ފޮނުވާލި ބާރު ހަމަލާ މަތަކުރީ ގްލާސީ.

24 Jun 01:49

'90+2 - ހަންގޭރީގެ ނުރައްކާތެރި ދެ ހަމަލާއެއް. ސޮބޮސްލާއީ އަރިމަތިން ފޮނުވާލި ހަމަލާ ގުން މަތަކުރި އިރު، އޭގެ ފަހުން ބަދަލަކަށް އެރި ސޮބޮތު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށް.

24 Jun 01:47

'90 - ހަންގޭރީގެ ހަމަލާއެއް. ޝޭފާ ފޮނުވާލި ހަމަލާ މަތަކުރީ ސްކޮޓްލޭންޑްގެ ކީޕަރު ގުން.

24 Jun 01:46

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 10 މިނެޓުގައި ކުޅުން ދައްކައިފި.

24 Jun 01:46

'88 - ސްކޮޓްލޭންޑުން ކެޕްޓަން ރޮބަޓްސަންގެ ބަދަލުގައި ލެވިސް މޯގަން ކުޅެން ނެރެފި.

24 Jun 01:45

'86 - ހަންގޭރީގެ ދެ ބަދަލެއް. ކާކޭޒްގެ ބަދަލުގައި ކުޅެން ނުކުތީ ސޮލްޓް ނާގީ. ބޯލާގެ ބަދަލުގައި ކުޅެން ނުކުތީ ކެވިން ސޮބޮތު.

24 Jun 01:43

24 Jun 01:41

'83 - ސްކޮޓްލޭންޑްގެ އިތުރު ދެ ބަދަލެއް. ރަލްޓްސޮންގެ ބަދަލުގައި ކެނީ މެކްލީން ކުޅެން ނުކުތް އިރު، ގިލްމޯގެ ބަދަލުގައި ނުކުތީ ރަޔަން ކްރިސްޓީ.

24 Jun 01:40

'83 - ސްކޮޓްލޭންޑަށް ފުރުސަތެއް. އޭރިއާ ތެރެއަށް ޝޭންކްލޭންޑް ބޯޅައާއެކު ވަދެ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް، ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ދިދަ ނަގާފައި.

24 Jun 01:37

'75 - ހަންގޭރީގެ ލާޒްލޯ ކްލެއިންޝެއިލާއަށް ރީނދޫ ކާޑު.

24 Jun 01:35

24 Jun 01:34

'76 - ސްކޮޓްލޭންޑްގެ ދެ ބަދަލެއް. ޗޭ އެޑަމްސްގެ ބަދަލުގައި ލޮރެންސް ޝޭންކްލޭންޑް ކުޅެން ނުކުތް އިރު، މެގިންގެ ބަދަލުގައި ނުކުތީ ސްޓުއާޓް އާމްސްޓްރޯންގް.

24 Jun 01:32

'74 - ހަންގޭރީގެ ދެ ބަދަލެއް. ވާގާގެ ބަދަލުގައި ކުޅެން ނުކުތީ މާޓިން އެޑަމް. ޑާޑާއީގެ ބަދަލުގައި ކުޅެން ނުކުތީ އަޓީލާ ޒަލާއީ.

24 Jun 01:31

ވާގާ ގުން ގައިގައި ޖެހި އޭނާ ހޭނެތު ކަމަށް ބެލެވޭ. މިހާރު ވަނީ އަށިގަނޑުގައި ބާލާފައި. ބޭލީ ވަށައިގެން ފޮތި ދަމައިގެން. އެއީ ފައުލެއްތޯ ބަލަން ވީއޭއާރް އިން ޗެކު ކުރި ނަމަވެސް، ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށް. އެހެންވެ ޕެނަލްޓީއެއް ނުދޭ.

24 Jun 01:29

'68 - ސީރިއަސް އަނިޔާއެއް. ސޮބޮސްލާއީ ނަގައިދިން ހިލޭ ޖެހުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ސްކޮޓްލޭންޑްގެ ކީޕަރު ގުން ގައިގައި ޖެހި ވާގާއަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައި. އޭނާއަށް ދިޔައީ އެމަޖެންސީގައި ފަރުވާ ދެމުން.

24 Jun 01:23

ހަންގޭރީން ވަނީ ބަދަލެއް ކޮށްފައި. ކަލުމް ސްޓައިލްސްގެ ބަދަލުގައި ކުޅެން ނުކުތީ އެޑަމް ނާގީ.

24 Jun 01:22

'64 - ހަންގޭރީގެ އިތުރު ހަމަލާއެއް. ކޯނަރެއްގައި ސޮބޮސްލާއި ނަގައިދިން ހުރަސް، ބޯލާ އޭރިއާ ތެރެއަށް ހުރަސް ކޮށްލުމުން މާޓޮން ޑާޑާއީ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.

24 Jun 01:14

'56 - ހަންގޭރީއަށް ފުރުސަތެއް. ސޮބޮސްލާއީ މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް، އަރިމައްޗަށް ދިން ބޯޅައިގައި ސަލާއީ ބޯޅަ ފޮނުވާލި. އެހެން ނަމަވެސް ސްކޮޓްލޭންޑް ދެ ޑިފެންޑަރުން ވަނީ އެ ބޯޅަ ބްލޮކް ކޮށްފައި.

24 Jun 01:10

'53 - ސްކޮޓްލޭންޑްގެ ފުރަތަމަ ހަމަލާ. އަރިމަތިިން ބޯޅަ ހިފައިގެން ކުރިއަށް ޖެހި، އޭރިއާ ބޭރުން ޗޭ އެޑަމްސް ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށް.

24 Jun 01:08

'50 - ސްކޮޓްލޭންޑްގެ މެކްޓޮމިނޭއަށް ރީނދޫ ކާޑު. އެއީ ގްރޫޕް ސްޓޭޖުގައި އޭނާއަށް ދެއްކި ދެވަނަ ރީނދޫ ކާޑު. އެޓީމު ގަދަ 16 އަށް ދިޔަ ނަމަވެސް އެ މެޗުގައި މެކްޓޮމިނޭއަށް ނުކުޅެވޭނެ.

24 Jun 01:07

'49 - ހަންގޭރީއަށް ފުރުސަތެއް. އޭރިއާ ތެރެއަށް ސޮބޮސްލާއީ ދިން ބޯޅަ، ރޮލާންޑް ސަލާއީ ކޮންޓްރޯލް ކޮށްފައި ތިރިތިރިން ފޮނުވާލި ނަމަވެސް މާ ބޮޑު ބާރެއް ނެތް. ކީޕަރު ގުންއަށް ފަސޭހަ ސޭވެއް.

24 Jun 01:02

ދެވަނަ ހާފުގެ ކުޅުން ފަށައިފި، ކިކްއޯފް ކުރީ ސްކޮޓްލޭންޑް.

24 Jun 00:52

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ސްކޮޓްލޭންޑުން ބޯޅަ ހިފަހައްޓައިގެން ކުޅުނު
  • އެހެން ނަމަވެސް ހަންގޭރީން އެޓީމަށް ހަމަލާ އުފައްދަން ފުރުސަތު ދީފައެއް ނުވޭ
  • މެޗުގެ ކުރީކޮޅުގައި ފެނުނީ އެންމެ ހަމަލާއެއް، އެއީ ދުރުން ބެންޑެގޫޒް ބޯލާ ފޮނުވާލި ބާރު ހަމަލެއް
  • އެ ބޯޅަ މަތަކުރީ ސްކޮޓްލޭންޑްގެ ގޯލްކީޕަރު އަންގުސް ގުން
  • އޭގެފަހުން ގޯލަށް އަމާޒުވި ހަމަލާއެއް ނުފެނޭ، ހަންގޭރީގެ ހަމަލާތައް ފެނުނު
  • ހިލޭ ޖެހުމެއްގައި، އޯބާން ބޮލުން ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައި
  • އޭގެފަހުން ސޮބޮސްލާއީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މަތިން
24 Jun 00:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި.

24 Jun 00:47

'45+1 - ހަންގޭރީގެ ހަަމަލާއެއް. ހާފުގެ މެދެއްހާ ހިސާބުން ކުރިއަށް ޖެހިލައި، ސޮބޮސްލާއީ ދުރުން ފޮނުވާލި ހަމަލާ ދިޔައީ މަތިން ބޭރަށް.

24 Jun 00:46

'90 - ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމަށް އެއް މިނެޓް ދައްކައިފި.

24 Jun 00:45

'44 - ހަންގޭރީގެ އަންދްރާސް ޝޭފާއަށް ރީނދޫ ކާޑު. އޭނާއަށް ކާޑު ދެއްކީ ޖެކް ހެންޑްރީ ފަހަޔަށް ކުރި ޓެކުލަކާ ގުޅިގެން.

24 Jun 00:44

24 Jun 00:42

'41 - ހަންގޭރީގެ ނުރައްކަލެއް. ސޮބޮސްލާއީ ނަގައިދިން ހިލޭ ޖެހުމަކަށް އަރައި، މުޅިން ހުސްކޮށް އޮވެ، އޯބާން ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައި. އެހެން ނަމަވެސް، އޭނާ އެ ބޯޅަ ގޯލަށް ވައްދާލި ނަމަވެސް އޮފްސައިޑް ވާނެ ކަމަށް ބެލެވޭ.

24 Jun 00:40

'38 - ސްކޮޓްލޭންޑްގެ ހަމަލާއެއް. އަރިމަތިން ޓޯނީ ރަސްލްޓަން ނަގައިދިން ހުރަސް އޭރިއާ ތެރޭގައި ހުރި ސްކޮޓް މެކްޓޮމިނޭއަށް ރަނގަޅަށް ބޭނުން ނުހިފިގެން ފަހަތަށް ދިން ބޯޅަ، އަރިމައްޗަށް ޖެހި މެގިން ފޮނުވާލި ނަމަވެސް މަޑުމަޑުން ދިޔައީ ކީޕަރު ގްލާސްކީ އަތަށް.

24 Jun 00:37

'35 - ހަންގޭރީގެ ހަމަލާއެއް. އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ސްކޮޓްލޭންޑް ޑިފެންސުން ސާފުކޮށްލުމުން އޭރިއާ ބޭރުގައި ހުރެ، ރޮލާންޑް ސަލާއީ ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ގޯލާ އަމާޒުނުވެ.

24 Jun 00:27

26' - ހަންގޭރީގެ ވިލީ އޯބާންއަށް ރީނދޫ ކާޑު. މިފަހަރު އޭނާވެސް ފައުލްކުރީ މެގިންއަށް.

24 Jun 00:25

'22 - ސްކޮޓްލޭންޑުން ހަމަލާއަކަށް ކުރި މަސައްކަތް ނާކާމިޔާބު. އަރިމަތިން ލިބުނު ހިލޭ ޖެހުން ރޮބަޓްސަން ރަނގަޅަށް ހުރަސް ކުރި ނަމަވެސް، ހަންގޭރީގެ ޑިފެންސުން ވަނީ އެންމެ ފުރަތަމަ ބޯޅަ ހޯދައި، ސާފުކޮށްލާފައި.

24 Jun 00:20

24 Jun 00:20

މެޗުގެ މިހާތަނަށް އައިރު ދެޓީމުގެ ފަރާތުންވެސް ފެންނަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅޭތަން. ހަމަލާތައް މަދު.

24 Jun 00:19

'18 - ކެލުން ސްޓައިލްސްއަށް ރީނދޫ ކާޑު. އޭނާ އަތުން ގެއްލުނު ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި މެގިން ފަޔަށް ކުރި ޓެކުލަށް ރެފްރީ ވަނީ ރީނދޫ ކާޑު ދައްކާފައި.

24 Jun 00:16

'15 - ހަންގޭރީން ފުރުސަތަކަށް ކުރި މަސައްކަތް ނާކާމިޔާބު. ސްކޮޓްލޭންޑްގެ ހާފު މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމުން، ސޮބޮސްލާއީ ނަގައިދިން ބޯޅަ ހަންގޭރީ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ކީޕަރު ގުން ވަނީ ކުރިއަށް ޖެހި ބޯޅަ ހިފާފައި.

24 Jun 00:09

'8 - ހަންގޭރީގެ ހަމަލާއެއް. ދުރުން ބެންޑެގޫޒް ބޯލާ ފޮނުވާލި ބާރު ހަމަލާ މަތަކުރީ ސްކޮޓްލޭންޑްގެ ގޯލްކީޕަރު އަންގުސް ގުން. އެއީ މެޗުގައި ފެނުނު ފުރަތަމަ ހަމަލާ.

24 Jun 00:07

ފުރަތަމަ ފަސް ވަރަކަށް މިނެޓުގައި ތެރޭގައި ގިނަ ވަގުތު ބޯޅަ ގެންގުޅެމުން ދަނީ ސްކޮޓްލޭންޑުން. އެހެން ނަމަވެެސް އެޓީމަށްވެސް އަދި ހަންގޭރީގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވޭ. ހަންގޭރީ ކުޅެމުންދަނީ ކެތްތެރިކަމާއެކު އަމިއްލަ ހާފުގައި މަޑުކޮށްގެން.

24 Jun 00:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ހަންގޭރީން.

23 Jun 23:57

މިރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި ސްކޮޓްލޭންޑްގެ ކިއެރަން ޓިއާނީ ހިމަނާފައެއް ނުވޭ. އޭނާއަށް އެންމެފަހުން މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ޔޫރޯގެ ބާކީ ބައިގައި ނުކުޅެވޭނެ ކަން ވަނީ ޔަގީންވެފައި. އެއީ ސްކޮޓްލޭންޑަށް ބޮޑު ގެއްލުމެއް.

23 Jun 23:51

ހަންގޭރީ ފުރަތަމަ 11

  • ޕީޓާ ގްލާސްކީ (ގޯލްކީޕަރު)
  • މާޓޮން ޑާޑާއީ
  • ވިލީ އޯބާން
  • އެންޑްރޭ ބޮޓްކާ
  • މިލޯސް ކާކެޒް
  • އަންދްރާސް ޝޭފާ
  • ކަލުމް ސްޓައިލްސް
  • ބެންޑެގޫޒް ބޯލާ
  • ޑޮމިނިކް ސޮބޮސްލާއީ/ ކެޕްޓަން
  • ރޮލާންޑް ސަލާއީ
  • ބާނަބާސް ވާގާ
23 Jun 23:48

ސްކޮޓްލޭންޑްގެ ފުރަތަމަ 11

  • އަންގުސް ގުން (ގޯލްކީޕަރު)
  • ޓޯނީ ރަސްލްޓަން
  • ޖެކް ހެންޑްރީ
  • ގްރޭންޓް ހޭންލީ
  • ސްކޮޓް މެކެނާ
  • އަންޑީ ރޮބަޓްސަން/ ކެޕްޓަން
  • ޖޯން މެގިން
  • ބިލީ ގިލްމޯ
  • ކެލުމް މެކްގްރެގޯ
  • ސްކޮޓް މެކްޓޮމިނޭ
  • ޗޭ އެޑަމްސް

ޔޫރޯ 2024 ގައި ކުޅޭ 26 ވަނަ މިނެޓުގައި ސްކޮޓްލޭންޑާއި ހަންގޭރީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ގްރޫޕް އޭގައި މިރޭ ފަހު ދެ މެޗުގެ ތެރެއިން އެއް މެޗު. މިރޭގެ މެޗަށް ނުކުންނަ އިރު، ހަންގޭރީ އޮތީ ޖަރުމަނާއި ސްވިޒަލޭންޑް އަތުންވެސް ބަލިވެފައި. އަނެއްކޮޅުން ސްކޮޓްލޭންޑް އޮތީ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ސްވިޒަލޭންޑް އަތުން ޕޮއިންޓެއް ހޯދާފައި.

ދެ ޓީމަށް އޮތް ފުރުސަތު

ސްކޮޓްލޭންޑް

ސްކޮޓްލޭންޑަށް ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ޔަގީންކުރަން، ސްވިޒަލޭންޑް ޖަރުމަނު ކައިރިން ބަލިވާން ޖެހޭ. އަދި އެ ފުރުސަތު ސްވިޒަލޭންޑަށް ލިބޭނީ ޓައި ބްރޭކާ ކަނޑައަޅާ ތަރުތީބަށް ބަލައިގެން. މިރޭ ހަންގޭރީ ކައިރިން ބަލިވެއްޖެނަމަ، ދެން ސްކޮޓްލޭންޑަކަށް ގަދަ 16 އަށް ނުލިބޭނެ.

ހަންގޭރީ

ހަންގޭރީއަށް މިހާރު އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި ހިމެނޭނެ ފުރުސަތެއް ނެތް. އެޓީމަށް ކިރިޔާވެސް ގަދަ 16 ގެ އުންމީދެއް އޮތީ މިރޭގެ މެޗުން މޮޅުވެގެން.