ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ސްވިޒަލޭންޑް 1-1 ޖަރުމަން (ފުލްޓައިމް)

24 Jun 01:55

މެޗުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ނުރައްކާކޮށް ފެނުނީ ޖަރުމަން
  • ކައި ހަވާޓްޒް ފޮނުވާލި ހަމަލާއެއް ސްވިޒަލެންޑް ކީޕަރު ސޮމާ މަތަކުރި
  • ކައި ހަވާޓްޒް ފޮނުވާލި ހަމަލާއެއް ސްވިޒަލެންޑް ޑިފެންޑަރު ރޮޑްރިގޭޒް ވެސް ބްލޮކްކުރި
  • އޭގެ ފަހުން ސްވިޒަލެންޑް ގޯލުގެ ތެރެއަށް އެންޑްރިޝް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އޭނާއަށް ބޯޅަ ލިބުމުގެ ކުރިން މުސިއާލާ ފައުލްކޮށްފައިވާ ކަމަށް
  • ޖަރުމަނުން ނުރައްކާކުރަމުން ދަނިކޮށް، ސްވިޒަލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދާފައި
  • ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑޭން އެންޑޯޔޭ
  • އޭގެ ފަހުން ވެސް އެންޑޯޔޭއަށް ފުރުސަތެއް ލިބުނު، އެ ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް
  • ފުރަތަމަ ހާފު ނިމެނިކޮށް ޖަރުމަނަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު
  • ޖަރުމަން ޑިފެންޑަރު ރުޑިއާ އަދި ފޯވަޑް ހަވާޓްޒް ފޮނުވާލި ހަމަލާ ވެސް ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު
  • މުސިއާލާގެ ހަމަލާ ސްވިޒަލެންޑް ކީޕަރު ސޮމާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ގުންޑޮގަން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • ޖަރުމަން ޑިފެންޑަރު ކިމިޗްއަށް ހުސް ފުރުސަތެއް ލިބުނު، އޭނާގެ ހަމަލާ ސްވިޒަލެންޑް ޑިފެންޑަރު އަކާންޖީ ވަނީ ހުޝިޔާރުކަމާއެކު ބްލޮކްކޮށްފައި
  • ސްވިޒަލެންޑް ކެޕްޓަން ޖަކާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔަ، އެ ހަމަލާގެ ހުރަހަކަށްވީ ޖަރުމަން ކީޕަރު ނޯޔާ
  • ދެވަނަ ހާފުގެ އިތުރު ވަގުތުގައި ޖަރުމަނުން ނަތީޖާ ހަމަހަމަކުރި، އެ ގޯލު ކާމިޔާބުކޮށްދިނީ ފުލްކްރުގް
24 Jun 01:53

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

24 Jun 01:51

'90+2 - ޖަރުމަނުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ޑޭވިޑް ރާމް ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނިކްލަސް ފުލްކްރުގް. މިއީ މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލު.

24 Jun 01:47

'88 - ސްވިޒަލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ރުބެން ވާގާސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ގްރެނިޓް ޖަކާ ފޮނުވާލި ބާރު ހަމަލާ، ޖަރުމަން ކީޕަރު މެނުއެލް ނޯޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

24 Jun 01:45
24 Jun 01:40

'82 - ޖަރުމަންގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ޓޯނީ ކްރޫސް ފޮނުވާލި ހިލޭ ޖެހުން، ސްވިޒަލެންޑް ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.

24 Jun 01:39

'81 - ޑޭވިޑް ރާމްއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑްގެ ސިލްވަން ވިޑްމާއަށް ރީނދޫ ކާޑެއް.

24 Jun 01:34

'76 - ޖަރުމަންގެ ދެ ބަދަލެއް. ވާޓްޒް އާއި މުސިއާލާގެ ބަދަލުގައި ކުޅެން ނުކުތީ ނިކްލަސް ފުލްކްރުގް އަދި ލެރޯއީ ސާނޭ.

24 Jun 01:30

'70 - ޖަރުމަނަށް ހުސް ފުރުސަތެއް. ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޖޯޝުއާ ކިމިޗް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ޑިފެންޑަރު މަނުއެލް އަކާންޖީ ވަނީ ހުޝިޔާރުކަމާއެކު ބްލޮކްކޮށްފައި.

24 Jun 01:29

'67 - ޖަރުމަނަށް ފުރުސަތެއް. ޑޭވިޑް ރާމް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކައި ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

24 Jun 01:27

'66 - މުސިއާލާއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑް ކެޕްޓަން ގްރެނިޓް ޖަކާއަށް ރީނދޫ ކާޑެއް.

24 Jun 01:27

'65 - ޖަރުމަނުން ބަދަލެއް. އެންޑްރިޝްގެ ބަދަލުގައި ކުޅެން ނުކުތީ މެކްސިމިލިއަން ބެއާ.

24 Jun 01:25

'65 - ސްވިޒަލެންޑުން ތިން ބަދަލެއް. ފަބިއަން ރީޑާ އާއި އެމްބޯލޯ އަދި އެންޑޯޔޭގެ ބަދަލުގައި ކުޅެން ނުކުތީ ރުބެން ވާގަސް އާއި ކުވަޑްވޯ ޑުއާ އަދި ޒެކީ އަމްދޫނީ.

24 Jun 01:23

'64 - ޖަރުމަނަށް ފުރުސަތެއް. ޓޯނީ ކްރޫސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކައި ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

24 Jun 01:21

'63 - ޖަރުމަންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑޭވިޑް ރާމް ފޮނުވާލި ބާރު ހަމަލާ ދިޔައީ ސްވިޒަލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

24 Jun 01:20

'61 - ޖަރުމަނުން ދެ ބަދަލެއް. ޖޮނަތަން ޓާ އާއި މެކްސިމިލިއަން މިޓެލްސްޓާޑްގެ ބަދަލުގައި ކުޅެން ނުކުތީ ޑޭވިޑް ރާމް އަދި ނިކޯ ޝްލޮޓާބެކް.

24 Jun 01:13

'55 - ޖަރުމަންގެ ހަމަލާއެއް. އެންޑްރިޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޓޯނީ ކްރޫސް ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެެއް ނުވޭ.

24 Jun 01:10

'50 - ޖަރުމަނަށް ރަނގަޅު ފުރުސަތެއް. ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖަމާލް މުސިއާލާ ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާ ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އިލްކާއީ ގުންޑޮގަން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

24 Jun 01:08

'47 - ބޯޅައާއެކު އެމްބޯލޯ، ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް، ޖަރުމަން ޑިފެންޑަރުންގެ ޕްރެޝަރާ ގުޅިގެން އެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވޭ.

24 Jun 01:03

ދެވަނަ ހާފުގެ ކުޅުން ފެށީ ސްވިޒަލެންޑުން.

24 Jun 00:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ނުރައްކާކޮށް ފެނުނީ ޖަރުމަން
  • ކައި ހަވާޓްޒް ފޮނުވާލި ހަމަލާއެއް ސްވިޒަލެންޑް ކީޕަރު ސޮމާ މަތަކުރި
  • ކައި ހަވާޓްޒް ފޮނުވާލި ހަމަލާއެއް ސްވިޒަލެންޑް ޑިފެންޑަރު ރޮޑްރިގޭޒް ވެސް ބްލޮކްކުރި
  • އޭގެ ފަހުން ސްވިޒަލެންޑް ގޯލުގެ ތެރެއަށް އެންޑްރިޝް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އޭނާއަށް ބޯޅަ ލިބުމުގެ ކުރިން މުސިއާލާ ފައުލްކޮށްފައިވާ ކަމަށް
  • ޖަރުމަނުން ނުރައްކާކުރަމުން ދަނިކޮށް، ސްވިޒަލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދާފައި
  • ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑޭން އެންޑޯޔޭ
  • އޭގެ ފަހުން ވެސް އެންޑޯޔޭއަށް ފުރުސަތެއް ލިބުނު، އެ ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް
  • ފުރަތަމަ ހާފު ނިމެނިކޮށް ޖަރުމަނަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު
  • ޖަރުމަން ޑިފެންޑަރު ރުޑިއާ އަދި ފޯވަޑް ހަވާޓްޒް ފޮނުވާލި ހަމަލާ ވެސް ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ
24 Jun 00:48

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްވިޒަލެންޑް ކުރީގައި އޮވެގެން.

24 Jun 00:48
24 Jun 00:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

24 Jun 00:42

'42 - ޖަރުމަނަށް އިތުރު ފުރުސަތެއް. ކައުންޓާ އެޓޭކެެއްގައި ޖަމާލް މުސިއާލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކައި ހަވާޓްޒް ފޮނުވާލި ހަމަލާ ވެސް ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

24 Jun 00:41

'41 - ޖަރުމަނަށް ފުރުސަތެއް. ޓޯނީ ކްރޫސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެންޓޯނިއޯ ރުޑިގާ ބޮލުން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

24 Jun 00:38

'38 - ބްރީލް އެމްބޯލޯއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަން ޑިފެންޑަރު ޖޮނަތަން ޓާއަށް ރީނދޫ ކާޑެއް، އޭނާއަށް ގަދަ 16 ގެ މެޗު ގެއްލޭނެ.

24 Jun 00:31

'30 - ސްވިޒަލެންޑަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހުސްކޮށް ހުރެ އެންޑޯޔޭ މިފަހަރު ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

24 Jun 00:29

'28 - ސްވިޒަލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ރެމޯ ފްރޮއިލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑޭން އެންޑޯޔޭ.

24 Jun 00:25

'25 - އެންޓޯނިއޯ ރުޑިގާއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑްގެ ޑޭން އެންޑޯޔޭއަށް ރީނދޫ ކާޑެއް.

24 Jun 00:21

'17 - ފްލޯރިއަން ވާޓްޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ރޮބާޓް އެންޑްރިޝް، ސްވިޒަލެންޑްގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އޭގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަން ފޯވަޑް ޖަމާލް މުސިއާލާ ފައުލްކޮށްފައިވާ ކަމަށް.

24 Jun 00:14

'12 - ޖަރުމަންގެ ނުރައްކަލެއް. މެކްސިމިލިއަން މިޓެލްސްޓާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކައި ހަވާޓްޒް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒް ވަނީ ބްލޮކްކޮށްފައި.

24 Jun 00:11
24 Jun 00:04

'3 - ޖަރުމަނަށް އިތުރު ފުރުސަތެއް. ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކައި ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާއާ ދިމާއަށް.

24 Jun 00:02

'2 - ޖަރުމަނަށް ފުރުސަތެއް. ޖަމާލް މުސިއާލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިލްކާއީ ގުންޑޮގަން ނުރައްކާކުރުމުގެ ކުރިން ސްވިޒަލެންޑްގެ ފަބިއަން ޝާ ދިފާއުކޮށްފި.

24 Jun 00:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޖަރުމަނުން.

23 Jun 23:48

ޖަރުމަންގެ ފުރަތަމަ 11:

  • މެނުއަލް ނޯޔާ - ގޯލްކީޕަރު
  • ޖޯޝިއާ ކިމިޗް
  • ޖޮނަތަން ޓާ
  • އެންޓޯނިއޯ ރުޑިގާ
  • މެކްސިމިލިއަން މެޓެލްސްޓާޑް
  • ފްލޯރިއަން ވާޓްޒް
  • ޖަމާލް މުސިއާލާ
  • ޓޯނީ ކްރޫސް
  • ރޮބާޓް އެންޑްރިޝް
  • އިލްކާއީ ގުންޑޮގަން - ކެޕްޓަން
  • ކައި ހަވާޓްޒް
23 Jun 23:45

ސްވިޒަލެންޑްގެ ފުރަތަމަ 11:

  • ޔޭން ސޮމާ - ގޯލްކީޕަރު
  • މެނުއެލް އަކާންޖީ
  • މިޝެލް އަބިޝާ
  • ފަބިއަން ޝާ
  • ރިކާޑޯ ރޮޑްރިގޭޒް
  • ސިލްވަން ވިޑްމާ
  • ޑާން އެންޑޯޔޭ
  • ގްރެނިޓް ޖަކާ - ކެޕްޓަން
  • ފަބިއަން ރީޑާ
  • ރެމޯ ފްރޮއިލާ
  • ބްރީލް އެމްބޯލޯ

ޔޫރޯ 2024 ގެ 25 ވަނަ މެޗުގައި ސްވިޒަލޭންޑާއި ޖަރުމަނު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ގްރޫޕް އޭގެ ފަހު ދެމެޗުގެ ތެރެއިން އެއް މެޗު. މިރޭގެ މެޗަށް ނުކުންނަ އިރު، ޖަރުމަނަށް މުހިއްމީ ގްރޫޕް އެއްވަނަ ހޯދުން. ސްވިޒަލޭންޑުން ޖަރުމަނު ކައިރީ ބަލިވެއްޖެނަމަ އެޓީމަށް ގަދަ 16 ގެއްލުން އެކަށީގެންވޭ.

ޖަރުމަނާއި ސްވިޒަލޭންޑަށް ގްރޫޕްގައި އޮތް ފުރުސަތު

ޖަރުމަނު

ޖަރުމަނު މިހާރުވެސް އޮތީ ގަދަ 16 އަށް ދަތުރު ކޮށްފައި. އެޓީމުން މިރޭ ސްވިޒަލޭންޑް ކައިރިން ޕޮއިންޓެއް ހޯދިޔަސް ގްރޫޕްގެ އެއްވަނަ ޔަގީންވާނެ.

ސްވިޒަލޭންޑް

ޖަރުމަނު ކައިރިން ބަލިނުވެ ހިފަހައްޓާލައިފިނަމަ، ސްވިޒަލޭންޑް ގަދަ 16 އަށް ދާނެ. ޖަރުމަނު ކައިރިން ސްވިޒަލޭންޑް ބަލިވި ނަމަވެސް، ސްކޮޓްލޭންޑަށް ހަންގޭރީ ބަލި ނުކުރެވިއްޖެ ނަމަވެސް ސްވިޒަލޭންޑަށް ގަދަ 16 އަށް ފުރުސަތު އޮންނާނެ. ސްވިޒަލޭންޑް ބަލިވެ، ސްކޮޓްލޭންޑް މޮޅުވެއްޖެ ނަމަ، ދެން ސްކޮޓްލޭންޑާ ސްވިޒަލޭންޑްގެ މެދުގައި ބަލާނީ ފައިދާ ގޯލުގެ ތަފާތަށާއި، ގޯލު ޖެހި އަދަދު، އަދި ޑިސިޕްލިނަރީ ޕޮއިންޓަށް. އޭގެފަހުން ގޮތެއް ނުނިންމޭ ނަމަ، ދެން ބަލާނީ ކޮލިފިކޭޝަން ރޭންކިންނަށް. ޖަރުމަނު ބަލިކޮށް، ސްވިޒަލޭންޑަށް ގްރޫޕްގެ އެއްވަނަ ހޯދޭނެ.