ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ބެލްޖިއަމް 2-0 ރުމޭނިއާ (ފުލްޓައިމް)

23 Jun 01:50

މެޗުގެ އުސްއަލިތައް

  • ބެލްޖިއަމުން މެޗުގެ ފުރަތަމަ ދެ މިނެޓު ތެރޭ ލީޑު ހޯދި
  • އެ ގޯލު ކާމިޔާބުކޮށްދިނީ ޓީލެމަންސް
  • އެ ގޯލަށްފަހު ވެސް ބެލްޖިއަމުން ދިޔައީ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުން
  • ހާއްސަކޮށް ބެލްޖިއަމްގެ އެޓޭކުގައި ހިމެނޭ ޑި ބްރޭނާ، ލުކާކޫ، ޑޯކޫ އަދި ލުކެބަކިއޯއަށް ގިނަ ފުރުސަތުތަކެއް ލިބުނު
  • އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވޭ، ގޯލަށް އަމާޒުކޮށް މާގިނަ ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ
  • ރުމޭނިއާ ޑިފެންޑަރު ބުރްކާއަށް ދެ ފުރުސަތެއް ލިބުނު، އެ ހަމަލާތައް ގޯލާ އަމާޒުވެފައެއް ނުވޭ
  • ދެވަނަ ހާފު ފެށިތާ ގިނަ އިރުތަކެއް ނުވަނީސް ރުމޭނިއާއަށް ދެ ފުރުސަތެއް ލިބުނު
  • ޑެނިސް މޭންގެ ހަމަލާ ބެލްޖިއަމް ކީޕަރު ކަސްޓީލްސް މަތަކުރި އިރު، މިހައިލާގެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • އޭގެ ފަހުން ކައިރިކައިރީގައި ބެލްޖިއަމް ކެޕްޓަން ޑި ބްރޭނާގެ ދެ ނުރައްކަލެއް ފެނުނު
  • ޑި ބްރޭނާގެ ފުރަތަމަ ހަމަލާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، ދެވަނަ ހަމަލާގެ ހުރަހަކަށްވީ ރުމޭނިއާގެ ކީޕަރު ނިޓާ
  • ބެލްޖިއަމް ފޯވަޑް ލުކާކޫ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް
  • އޭގެ ފަހުން ވެސް ލުކާކޫއަށް ފުރުސަތެއް ލިބުނު، އެ ހަމަލާގެ ހުރަހަކަށްވީ ރުމޭނިއާގެ ކީޕަރު ނިޓާ
  • ރުމޭނިއާއަށް ވެސް ހުސް ފުރުސަތެއް ލިބުނު، އެ ހަމަލާގެ ހުރަހަކަށްވީ ބެލްޖިއަމްގެ ކީޕަރު ކަސްޓީލްސް
  • ގިނަ ފުރުސަތުތަކަކަށްފަހު ބެލްޖިއަމުން ލީޑު ފުޅާކުރީ މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް
  • ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޑި ބްރޭނާ
  • މެޗު ނިމެނިކޮށް ބެލްޖިއަމްގެ ލުކާކޫއަށް ފުރުސަތެއް ލިބުނު، އޭނާގެ ހަމަލާގެ ހުރަހަކަށްވީ ރުމޭނިއާ ކީޕަރު ނިޓޫ
23 Jun 01:50

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެން.

23 Jun 01:46

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

23 Jun 01:46

'90 - ރުމޭނިއާގެ ބަދަލެއް. ރަޓިއޫގެ ބަދަލުގައި ކުޅެން ނުކުތީ ޑެއާން ސޮރެސްކޫ.

23 Jun 01:45

'89 - ބެލްޖިއަމަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ލުކާކޫ ފޮނުވާލި ބާރު ހަމަލާ، ރުމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ ވަނީ މަތަކޮށްފައި.

23 Jun 01:39

'82 - ބެލްޖިއަމްގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ޔެނިކް ކަރެސްކޯ ދިން ބޯޅަ ހިފައިގެން ލިއާންޑްރޯ ޓްރޮސާޑް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ލުކާކޫއަށް ދޭން ޖައްސާލި ބޯޅަ، އޭނާއަށް ލިބުމުގެ ކުރިން ރުމޭނިއާ ޑިފެންޑަރު އަންދްރޭ ބުރްކާ ވަނީ ދިފާއުކޮށްފައި.

23 Jun 01:37

'80 - ބެލްޖިއަމުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ފަހަތުން ބެލްޖިއަމް ކީޕަރު ކަސްޓީލްސް ފޮނުވާލި ބޯޅަ، ރުމޭނިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހޯދައި ގޯލަށް ފޮނުވާލީ ކެޕްޓަން ކެވިން ޑި ބްރޭނާ.

23 Jun 01:33

'76 - ބެލްޖިއަމްގެ އިތުރު ބަދަލެއް. އާތާ ތެއާގެ ބަދަލުގައި ކުޅެން ނުކުތީ ޒެނޯ ޑެބާސްޓް.

23 Jun 01:30

'72 - ބެލްޖިއަމުން ވެސް ދެ ބަދަލެއް. ޖެރެމީ ޑޯކޫ އާއި ޔޫރީ ޓީލެމަންސްގެ ބަދަލުގައި ކުޅެން ނުކުތީ ޔެނިކް ކަރަސްކޯ އަދި އޮރެލް މަންގާލާ.

23 Jun 01:29

'68 - ރުމޭނިއާގެ ދެ ބަދަލެއް. މިހައިލާ އާއި މަރިއަސް މެރިންގެ ބަދަލުގައި ކުޅެން ނުކުތީ އިއަނިސް ހަޖީ އަދި ޑޭރިއަސް އޮލާރޫ.

23 Jun 01:25

23 Jun 01:24

'68 - ރުމޭނިއާއަށް ހުސް ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޑެނިސް މޭން ފޮނުވާލި ހަމަލާ، ބެލްޖިއަމް ކީޕަރު ކަސްޓީލްސް ވަނީ މަތަކޮށްފައި.

23 Jun 01:23

'67 - އަނެއްކާވެސް ބެލްޖިއަމްގެ ހަމަލާއެއް. ޑޯކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑި ބްރޭނާ ފޮނުވާލި ހަމަލާ، ރުމޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

23 Jun 01:23

'66 - ބެލްޖިއަމަށް އިތުރު ފުރުސަތެއް. ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލުކާކޫ ފޮނުވާލި ހަމަލާ، ރުމޭނިއާގެ ކީޕަރު ނިޓާ ވަނީ މަތަކޮށްފައި.

23 Jun 01:21

'63 - ކެވިން ޑި ބްރޭނާ ދިން ރީތި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރުމޭނިއާގެ ގޯލުގެ ތިރީ ކަނަކަށް ލުކާކޫ ބޯޅަ އަމާޒުކޮށްލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.

23 Jun 01:19

'62 - ބެލްޖިއަމްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޑޯކޫ ފޮނުވާލި ހަމަލާ، ރުމޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

23 Jun 01:15

'58 - ބެލްޖިއަމްގެ އިތުރު ހަމަލާއެއް. ޑޯކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލުކާކޫ ފޮނުވާލި ހަމަލާ، ރުމޭނިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

23 Jun 01:14

'58 - ބެލްޖިއަމްގެ އިތުރު ނުރައްކަލެއް. ޑި ބްރޭނާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ޑޯކޫއަށް ލިބޭ ގޮތެއް ނުވި.

23 Jun 01:13

'56 - ބެލްޖިއަމުން ބަދަލެއް. ލުކެބަކިއޯގެ ބަދަލުގައި ކުޅެން ނުކުތީ ލިއާންޑްރޯ ޑޯކޫ.

23 Jun 01:12

'55 - ބެލްޖިއަމަށް އިތުރު ފުރުސަތެއް. ލުކާކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑި ބްރޭނާ މިފަހަރު ފޮނުވާލި ހަމަލާ، ރުމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ ވަނީ މަތަކޮށްފައި.

23 Jun 01:08

'52 - ބެލްޖިއަމްގެ ނުރައްކަލެއް. އާތާ ތެއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާ ދިޔައީ ރުމޭނިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

23 Jun 01:07

'51 - ޖެރެމީ ޑޯކޫ ނަގައިދިން ހުރަސް، ރުމޭނިއާގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ލުކާކޫއަށް ލިބޭ ގޮތެއް ނުވި.

23 Jun 01:05

'47 - ރުމޭނިއާގެ އިތުރު ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ވެލެންޓިން މިހައިލާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

23 Jun 01:04

'46 - ރުމޭނިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެނިސް މޭން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޮއެލް ކަސްޓީލްސް ވަނީ މަތަކޮށްފައި.

23 Jun 01:01

ދެވަނަ ހާފު ފެށީ ރުމޭނިއާ އިން.

23 Jun 00:52

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ބެލްޖިއަމުން މެޗުގެ ފުރަތަމަ ދެ މިނެޓު ތެރޭ ލީޑު ހޯދި
  • އެ ގޯލު ކާމިޔާބުކޮށްދިނީ ޓީލެމަންސް
  • އެ ގޯލަށްފަހު ވެސް ބެލްޖިއަމުން ދިޔައީ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުން
  • ހާއްސަކޮށް ބެލްޖިއަމްގެ އެޓޭކުގައި ހިމެނޭ ޑި ބްރޭނާ، ލުކާކޫ، ޑޯކޫ އަދި ލުކެބަކިއޯއަށް ގިނަ ފުރުސަތުތަކެއް ލިބުނު
  • އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވޭ، ގޯލަށް އަމާޒުކޮށް މާގިނަ ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ
  • ރުމޭނިއާ ޑިފެންޑަރު ބުރްކާއަށް ދެ ފުރުސަތެއް ލިބުނު، އެ ހަމަލާތައް ގޯލާ އަމާޒުވެފައެއް ނުވޭ
23 Jun 00:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެން.

23 Jun 00:46

'45 - ރުމޭނިއާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަންދްރޭ ބުރްކާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

23 Jun 00:44

'42 - ބެލްޖިއަމްގެ ހަމަލާއެއް. ޑޮޑީ ލުކެބަކިއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ރުމޭނިއާ ކީޕަރު ފްލޮރިން ނިޓާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދާފައި.

23 Jun 00:38

'36 - ރުމޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑެނިސް މޭން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޮއެން ކަސްޓީލްސް ވަނީ މަތަކޮށްފައި.

23 Jun 00:34

'33 - ބެލްޖިއަމްގެ އިތުރު ހަމަލާއެއް. ޓީލެމަންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑޮޑީ ލުކެބަކިއޯ ފޮނުވާލި ހަމަލާ، ރުމޭނިއާ ޑިފެންޑަރު އަންދްރޭ ބުރްކާ ވަނީ ބްލޮކްކޮށްފައި.

23 Jun 00:32

'31 - ބެލްޖިއަމްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ޖެރެމީ ޑޯކޫ ފޮނުވާލި ހަމަލާ، ރުމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ ވަނީ މަތަކޮށްފައި.

23 Jun 00:25

'23 - ބެލްޖިއަމްގެ ނުރައްކަލެއް. ލުކާކޫ ދިން ބޯޅައަކުން ޖެރެމީ ޑޯކޫ ނުރައްކާކުރުމުގެ ކުރިން ރުމޭނިއާގެ ޑިފެންޑަރުން ވަނީ އޭނާއަށް ހުރަސް އަޅާފައި.

23 Jun 00:22

'21 - ރުމޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ވެލެންޓިން މިހައިލާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

23 Jun 00:21

'19 - ބެލްޖިއަމްގެ އިތުރު ހަމަލާއެއް. ޖެރެމީ ޑޯކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޔޭން ވާޓޮންގެން ފޮނުވާލި ހަމަލާ، ރުމޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

23 Jun 00:20

'18 - އަނެއްކާވެސް ބެލްޖިއަމްގެ ނުރައްކަލެއް. ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑޮޑީ ލުކެބަކިއޯ ފޮނުވާލި ހަމަލާ، ރުމޭނިއާ ކީޕަރު ފްލޮރިން ނިޓާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

23 Jun 00:15

'14 - ބެލްޖިއަމްގެ އިތުރު ނުރައްކަލެއް. ޖެރެމީ ޑޯކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެނބުރިލާފައި ލުކާކޫ ފޮނުވާލި ހަމަލާ، ރުމޭނިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

23 Jun 00:12

'11 - ބެލްޖިއަމްގެ އިތުރު ހަމަލާއެއް. ޖެރެމީ ޑޯކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޓީލެމަންސް މިފަހަރު ފޮނުވާލި ހަމަލާ، ރުމޭނިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

23 Jun 00:11

23 Jun 00:09

'7 - ބެލްޖިއަމްގެ ނުރައްކަލެއް. އަމިއްލަ ހާފުގައި ހުރެ ވައުޓް ފާސް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ކެވިން ޑި ބްރޭނާ ނުރައްކާކުރުމުގެ ކުރިން ރުމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ ވަނީ ހޯދާފައި.

23 Jun 00:06

'4 - ރުމޭނިއާއަށް ރަނގަޅު ފުރުސަތެއް. މެރިއަސް މެރިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އަންދްރޭ ބާކާ ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޮއެން ކަސްޓީލްސް ވަނީ މަތަކޮށްފައި.

23 Jun 00:03

'2 - ބެލްޖިއަމުން ފުރަތަމަ ހަމަލާގައި ގޯލު ޖަހައި ލީޑު ހޯދައިފި. ރޮމެލޫ ލުކާކޫ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ރުމޭނިއާ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޔޫރީ ޓީލެމަންސް.

23 Jun 00:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބެލްޖިއަމުން.

22 Jun 23:54

ރުމޭނިއާގެ ފުރަތަމަ 11:

  • ފްލޮރިއަން ނިޓާ - ގޯލްކީޕަރު
  • ނިޗޫސޯ ބަންޗޫ
  • އަންދްރޭ ރަޓިއު
  • އަންދްރޭ ބުރްކާ
  • ރަޑޫ ޑްރަގުސިން
  • ވެލެންޓިން މިހައިލާ
  • ޑެނިސް މޭން
  • މެރިއަސް މެރިން
  • ނިކޮލާއީ ސްޓަންޗޫ - ކެޕްޓަން
  • ރަޒްވާން މެރިން
  • ޑެނިސް ޑްރާގުސް
22 Jun 23:51

ބެލްޖިއަމްގެ ފުރަތަމަ 11:

  • ކޮއެން ކަސްޓީލްސް - ގޯލްކީޕަރު
  • ޓިމޮތީ ކަސްޓަންޔޭ
  • ވައުޓް ފާސް
  • ޔޭން ވާޓޮންގެން
  • ޖެރެމީ ޑޯކޫ
  • އަމަޑޫ އޮނާނާ
  • އަރްތޫރް ތިއާޓޭ
  • ޔޫރީ ޓީލެމަންސް
  • ކެވިން ޑި ބްރޭނާ - ކެޕްޓަން
  • ރޮމެލޫ ލުކާކޫ
  • ޑޮޑީ ލުކެބަކިއޯ

ޔޫރޯ 2024 ގެ 24 ވަނަ މެޗުގައި ބެލްޖިއަމާއި ރުމޭނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ބެލްޖިއަމް މިރޭގެ މެޗަށް ނުކުންނާނީ ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން ބަލިވެފައި އޮވެގެން. އެ މެޗުގައި ބެލްޖިއަމްއިން ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލި އިރު، ބަލިވީ 1-0 ގެ ނަތީޖާއަކުން. ރުމޭނިއާ މުބާރާތް ފެށީ ފޯމުގައި. އެޓީމުން ޔުކްރެއިން ބަލިކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން. އެހެންކަމުން މިރޭގެ މެޗުން މޮޅުވެ، ރުމޭނިއާއަށް ގަދަ 16 ޔަގީންކުރެވޭނެ.

ބެލްޖިއަމް ޕްރެޝަރުގައި

ފަހަކަށް އައިސް ބެލްޖިއަމަށް ބޮޑެތި މުބާރާތްތަކުގައި އުނދަގޫތަކާ ދިމާވެފައިވޭ. 2022 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން އެޓީމު ކެޓި އިރު، އެންމެފަހުން ދެ ޔޫރޯގައިވެސް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށް. މިރޭ ބަލިވެއްޖެނަމަ، ބެލްޖިއަމް ކެޓުމުގެ ފުރުސަތު މިފަހަރުވެސް އޮތީ ބޮޑުކޮށް. ބެލްޖިއަމްގެ ރަން ޖީލަށް ނިމުން އަންނަ ވާހަކައަކީ ޔޫރޯ 2024 ފެށުމުގެ ކުރިންވެސް އެންމެ ބޮޑަށް ދެކެވެމުން އައި ވާހަކައެއް. އެޓީމުގައި ތިބި ސުޕަ ސްޓާރުންގެ އުމުރު މަތިވެ، ގައުމުގެ ފުޓުބޯޅަ ދަށަށް ދާ މަންޒަރު ފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައިވޭ. އެ ފާހަގަ ކުރި ކުރުމަށް އިތުރު ޕްރެޝަރަކަށްވީ ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން 1-0 އިން ބަލިވުމުން. މިރޭގެ މެޗުން މޮޅު ނުވެވިއްޖެނަމަ، އެއީ ބޮޑު ޕްރެޝަރަކަށް ވާނެ.