ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ތުރުކީ 0-3 ޕޯޗުގަލް (ފުލްޓައިމް)

22 Jun 22:57

މެޗުގެ އުސްއަލިތައް

  • މެޗު ރަނގަޅަށް ފެށީ ޕޯޗުގަލްއިން، އެޓީމުން ދިޔައީ ފުރަތަމަ ކޮޅުގައިވެސް ހަމަލާތައް އުފައްދަމުން
  • ފެނާންޑޭޒްގެ ހަމަލާ ބްލޮކްވި އިރު، ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • އެޓީމުން ވަނީ ކުރީ ކޮޅުގައި ލީޑުވެސް ނަގައިފައި، ގޯލު ޖެހީ ބެނާޑޯ ސިލްވާ
  • އޭގެ އިރުކޮޅެއް ފަހުން، ތުރުކީގެ ސަމެތު އަކޭޑިން އަތުން ބައިކޮޅަށް ގޯލު ވަދެ، ޕޯޗުގަލް ލީޑު ފުޅާކުރި
  • އެ ގޯލު ވަނީ ބަޔިންދިރްއާއި އަކޭޑިންއަށް އޮޅުން އަރައިގެން ވަން ގޯލެއް
  • އޭގެ ފަހުން ތުރުކީގެ އާކްތޫރްކޮގްލޫ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި
  • ޕޯޗުގަލުން ވަނީ ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ތިންވަނަ ގޯލު ޖަހާފައި
  • ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒް
  • މެޗު ނިމެނިކޮށް ޕޯޗުގަލް ބެނާޑޯ ސިލްވާއަށް ދެ ފުރުސަތެއް ލިބުނު، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވޭ
22 Jun 22:53

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެން.

22 Jun 22:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

22 Jun 22:48

'90 - ޕޯޗުގަލަށް އިތުރު ފުރުސަތެއް. ރޮނާލްޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ، ތުރުކީ ޑިފެންޑަރު މެރީހް ޑެމިރާލް ވަނީ ބްލޮކްކޮށްފައި.

22 Jun 22:46

'87 - ޕޯޗުގަލަށް ފުރުސަތެއް. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ބެނާޑޯ ސިލްވާއަށް ލިބުމުގެ ކުރިން ތުރުކީގެ ކީޕަރު އަލްޓާއީ ބަޔިންދީރް ވަނީ ހޯދާފައި.

22 Jun 22:40

'82 - ޕޯޗުގަލުން ބަދަލެއް. ޕެޕޭގެ ބަދަލުގައި ކުޅެން ނުކުތީ އެންޓޯނިއޯ ސިލްވާ.

22 Jun 22:34

'75 - ތުރުކީން ބަދަލެއް. އަނިޔާއަކާ ގުޅިގެން އަކޭޑިންގެ ބަދަލުގައި ކުޅެން ނުކުތީ މެރީޙް ޑެމިރާލް.

22 Jun 22:31

'73 - ޕޯޗުގަލަށް ފުރުސަތެއް. ޕެޑްރޯ ނެޓޯ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ނެލްސަން ސެމޭޑޯއަށް ލިބުމުގެ ކުރިން ތުރުކީގެ ޑިފެންސުން ވަނީ ދިފާއުކޮށްފައި.

22 Jun 22:27

'69 - ތުރުކީން ބަދަލެއް. ޔޫނުސް އަކްގުންގެ ބަދަލުގައި ކުޅެން ނުކުތީ އަރްދާ ގުލާ.

22 Jun 22:26

'68 - ޕޯޗުގަލުން ބަދަލެއް. ކަންސެލޯގެ ބަދަލުގައި ކުޅެން ނުކުތީ ނެލްސަން ސަމޭޑޯ.

22 Jun 22:24

'66 - ޕޯޗުގަލަށް ފުރުސަތެއް. ބެނާޑޯ ސިލްވާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯގެ ބޮލުގައި ރަނގަޅަށް އެ ބޯޅަ ލައްވާލައިފައެއް ނުވޭ.

22 Jun 22:19

22 Jun 22:19

'58 - ތުރުކީން ދެ ބަދަލެއް. ކާން އައިހާން އާއި ކަރެމް އަކްތުރްކޮގްލޫގެ ބަދަލުގައި ކުޅެން ނުކުތީ ކެނާން ޔިލްދީޒް އަދި އިސްމާއިލް ޔުކްސެކް.

22 Jun 22:16

'55 - ޕޯޗުގަލުން އިތުރު ގޯލެއް ޖަހައި ތިން ގޯލުގެ ލީޑެއް ހޯދައިފި. ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒް. އެ ބޯޅަ ރޮނާލްޑޯއަށް ވެސް ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ފުރުސަތު އޮތް.

22 Jun 22:15

'53 - ތުރުކީގެ ހަމަލާއެއް. ޔޫނުސް އަކްގުން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޔޫސުފް ޔަޒީޗީ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ފަސޭހަކަމާއެކު މަތަކޮށްފައި.

22 Jun 22:11

ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޕޯޗުގަލުން އެޓޭކްގައި މަސައްކަތްތަކެއް ކުރި ނަމަވެސް، ތުރުކީގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވޭ.

22 Jun 22:04

ތުރުކީން ވެސް ނުކުތީ ބަދަލަކާއެކު. އޯކުން ކުކްޗޫގެ ބަދަލުގައި ކުޅެން ނުކުތީ ޔޫސުފް ޔަޒީޗީ.

22 Jun 22:03

ޕޯޗުގަލުން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. ރަފައެލް ލިއާއޯ އާއި ޕަލްހީނިއާގެ ބަދަލުގައި ކުޅެން ނުކުތީ ރުބެން ނެވޭސް އަދި ޕެޑްރޯ ނެޓޯ.

22 Jun 22:02

ދެވަނަ ހާފުގެ ކުޅުން ފެށީ ތުރުކީން.

22 Jun 21:48

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗު ރަނގަޅަށް ފެށީ ޕޯޗުގަލްއިން، އެޓީމުން ދިޔައީ ފުރަތަމަ ކޮޅުގައިވެސް ހަމަލާތައް އުފައްދަމުން
  • ފެނާންޑޭޒްގެ ހަމަލާ ބްލޮކްވި އިރު، ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • އެޓީމުން ވަނީ ކުރީ ކޮޅުގައި ލީޑުވެސް ނަގައިފައި، ގޯލު ޖެހީ ބެނާޑޯ ސިލްވާ
  • އޭގެ އިރުކޮޅެއް ފަހުން، ތުރުކީގެ ސަމެތު އަކޭޑިން އަތުން ބައިކޮޅަށް ގޯލު ވަދެ، ޕޯޗުގަލް ލީޑު ފުޅާކުރި
  • އެ ގޯލު ވަނީ ބަޔިންދިރްއާއި އަކޭޑިންއަށް އޮޅުން އަރައިގެން ވަން ގޯލެއް
  • އޭގެ ފަހުން ތުރުކީގެ އާކްތޫރްކޮގްލޫ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި
22 Jun 21:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެން.

22 Jun 21:47

'45 - ޔޫނުސް އަކްގުންއަށް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލްގެ ޖޮއާ ޕަލްހީނިއާއަށް ރީނދޫ ކާޑެއް.

22 Jun 21:46

ރެފްރީއަށް ޝަކުވާ ކުރުމުން ތުރުކީގެ މެހްމެތު ޒެކީ ޗެލިކްއަށް ވެސް ރީނދޫ ކާޑެއް.

22 Jun 21:43

'42 - ފައުލަކާ ގުޅިގެން ތުރުކީގެ އަކޭޑިންއަށް ރީނދޫ ކާޑެއް.

22 Jun 21:41

'41 - ތުރުކީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޯކުން ކުޗޫ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި.

22 Jun 21:40

'39 - ޑައިވް ކުރުމުން ރަފައެލް ލިއާއޯއަށް ރީނދޫ ކާޑެއް، ދެ ކާޑު ހަމަވުމުން ގްރޫޕުގެ ފަހު މެޗުގައި އޭނާއަށް ނުކުޅެވޭނެ.

22 Jun 21:37

'36 - ޕޯޗުގަލްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

22 Jun 21:33

'31 - ތުރުކީގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އޮރްކޫން ކުޗޫ ފޮނުވާލި ހަމަލާ، ރޮނާލްޑޯ ވަނީ ބްލޮކްކޮށްފައި.

22 Jun 21:32

'30 - ތުރުކީއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކަރެން އާކްތޫރްކޮގްލޫ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި.

22 Jun 21:31

'28 - ޕޯޗުގަލުން ލީޑު ފުޅާކޮށްފި. އެ ގޯލަކީ ތުރުކީގެ ސަމެތު އަކޭޑިން އަތުން ބައިކޮޅަށް ވަން ގޯލެއް. ތުރުކީގެ ކީޕަރު އަލްޓާއީ ބަޔިންދިރްއަށް އަކޭޑިން ޖެއްސި ބޯޅަ، އޭނާއަށް ނުލިބި، ގޯލުގެ ތެރެއަށް ވަނީ ވަދެފައި.

22 Jun 21:27

'25 - ނުރައްކާތެރި ފައުލަކާ ގުޅިގެން ތުރުކީގެ އަބްދުލްކެރީމް ބަރްޑަކްޗީއަށް ރީނދޫ ކާޑެއް.

22 Jun 21:25

'24 - ޕޯޗުގަލްގެ އިތުރު ހަމަލާއެއް. ލިއާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ ދިޔައީ ތުރުކީގެ ގޯލާ އަމާޒުނުވެ ބޭރަށް.

22 Jun 21:24

'21 - ޕޯޗުގަލުން ގޯލު ޖަހައި ލީޑު ހޯދައިފި. ރަފައެލް ލިއާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ.

22 Jun 21:21

22 Jun 21:16

'15 - ޕޯޗުގަލްގެ ހަމަލާއެއް. ރޮނާލްޑޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރަފައެލް ލިއާއޯ ފޮނުވާލި ބޯޅައިގައި ނުރައްކަލެއް ނެތް.

22 Jun 21:11

'8 - ޕޯޗުގަލްގެ ހަމަލާއެއް. ޖޮއާ ކަންސެލޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

22 Jun 21:09

'6 - ތުރުކީއަށް ހުސް ފުރުސަތެއް. މެހްމެތު ޒެކީ ޗެލިކް ނަގައިދިން ބޯޅަ، ޕޯޗުގަލް ގޯލު ކުރިމަތިން ކެރީމް އަކްޓޫކޮގްލޫގެ ފައިގައި ރަނގަޅަށް ބޯޅަ ލައްވާލައިފައެއް ނުވޭ.

22 Jun 21:04

'4 - ޕޯޗުގަލްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ތުރުކީގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

22 Jun 21:03

'2 - ޕޯޗުގަލަށް ފުރުސަތެއް. ބެނާޑޯ ސިލްވާ ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ތުރުކީ ކީޕަރު އަލްޓޭއީ ބަޔިންދީރްއާ ދިމާއަށް.

22 Jun 21:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޕޯޗުގަލުން.

22 Jun 20:52

ޕޯޗުގަލްގެ ފުރަތަމަ 11:

  • ޑިއޯގޯ ކޮސްޓާ - ގޯލްކީޕަރު
  • ޕެޕޭ
  • ނޫނޯ މެންޑޭޒް
  • ޖޮއާ ކަންސެލޯ
  • ރުބެން ޑިއާޒް
  • ވިޓީނިއާ
  • ޖޮއާ ޕަލްހީނިއާ
  • ބްރޫނޯ ފެނާންޑޭޒް
  • ބެނާޑޯ ސިލްވާ
  • ކްރިސްޓިއާނޯ ރޮނާލްޑޯ - ކެޕްޓަން
  • ރަފައެލް ލިއާއޯ
22 Jun 20:51

ތުރުކީގެ ފުރަތަމަ 11:

  • އަލްޓޭއީ ބަރިންދީރް - ގޯލްކީޕަރު
  • ސަމެޓް އަކޭދީން
  • ފެރްދީ ކަޑިއޮގްލޫ
  • އަބްދުލްކަރީމް ބަރްދަކްޗީ
  • މެހްމެތު ޒެކީ ސެލިކް
  • އޯކުން ކުޗޫ
  • ކާން އައިހާން
  • ކަރެމް އަކްތުރްކޮގްލޫ
  • ހަކާން ޗަލަނޯލޫ - ކެޕްޓަން
  • ޔޫނުސް އަކްގުން
  • ބަރިސް އަލްޕާ ޔިލްމާސް

ޔޫރޯ 2024 ގެ 23 ވަނަ މެޗުގައި ތުރުކީއާއި ޕޯޗުގަލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ތުރުކީއާއި ޕޯޗުގަލްވެސް މިރޭގެ މެޗަށް ނުކުންނާނީ މޮޅަކާއެކު ގަދަ 16 ޔަގީން ކުރުމަށް. ތުރުކީން ފުރަތަމަ ކުޅުނު މެޗުގައި ޖޯޖިއާ ކައިރިން 3-1 އިން މޮޅުވެފައިވާ އިރު، އެރޭގެ ތަރިއަކީ ރެއާލް މެޑްރިޑްގެ 19 އަހަރުގެ ތަރި އަރްދާ އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ. މެޗުގެ ދެވަނަ ގޯލަކީ އަރްދާ ޖަހައިދިން ހިތްގައިމުވެސް ގޯލެއް

ޕޯޗުގަލްއިން ފުރަތަމަ ކުޅުނު މެޗުގައި ޗެކު ރިޕަބްލިކް ބަލިކުރީ 2-1 ގެ ނަތީޖާއަކުން. އެ މެޗުގައި ފަހުވަގުތު އަރައި ޕޯޗުގަލް މޮޅުކޮށްދިން ގޯލު ޖެހީ ބަދަލަކަށް އެރި އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ކޮންސެއިސާއޯ.

އެރޭގެ މެޗަށް ރޮނާލްޑޯ ނުކުތީ އޭނާގެ ކެރިއަރުގެ ހަވަނަ ޔޫރޯ މުބާރާތަށް. 2004 ވަނަ އަހަރު ޔޫރޯއިން ފެށިގެން މިފަހަރުގެ ޔޫރޯއާ ހަމައަށް ހުރިހާ މުބާރާތެއްގައި ރޮނާލްޑޯ ކުޅެފައިވާ އިރު، އޭނާއަކީ އެ ޝަރަފު ހާސިލުކުރި ފުރަތަމަ ކުޅުންތެރިޔާވެސް މެ.

ރޮނާލްޑޯއަށް ފޯކަސް ބޮޑު، ޕްރެސްގައި މާޓިނޭޒް ރުޅިގަދަވި

  • ރޮނާލްޑޯ މިހާރު ހުރި ފިޓްނެސްއާއި ކުޅެމުން އަންނަ ލީގަށް ބަލައި، މިރޭ ތުރުކީއާ ދެކޮޅަށް ބެންޗް ކުރަން ޖެހޭކަމަށް ގަބޫލުކުރަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ކޯޗު މާޓިނޭޒް ވަނީ ރުޅިގަދަވެފައި.
  • މާޓިނޭޒް ބުނީ ދުނިޔޭގެ އެހެން އެއްވެސް ކުޅުންތެރިޔަކު މިހާތަނަށް ހަ ޔޫރޯގައި ކުޅެފައިވާ ނުވާ ކަމަށާއި، ރޮނާލްޑޯ ޓީމަށް ގެނެސްދެނީ ތަޖުރިބާ ކަމަށް.
  • ރޮނާލްޑޯއަކީ މެޗު ތެރޭގެ ހާލަތު އަމިއްލައަށް ދެނެގަންނާނެ ސްމާޓް ކުޅުންތެރިއެއް ކަމަށާއި، ތަޖުރިބާއާއެކު އޭނާ ގޯލު ޖެހުން އެއީ ޓީމަށް އެންމެ މުހިއްމު ކަންތައް ކަމަށްވެސް ބުނި.
ރޮނާލްޑޯގެ ފިޓްނަސްއާ މެދު ސުވާލު އުފެދޭނަމަ، މިދިޔަ 12 މަސް ދުވަހު އޭނާ ކުޅުނު މެޗުތަކާއި ކުޅުނު ވަގުތު ބަލައިލާ! ރޮނާލްޑޯ ގައުމީ ޓީމުގައި ހުރީ ހައްގުވެގެން. މިދިޔަ ސީޒަނުގައި 50 މެޗުން އޭނާ 51 ގޯލު ޖެހި. ރޮނާލްޑޯ އެހުރީ ހަތަރު ދުވަހުން އެއް ދުވަހު މެޗު ކުޅެވޭ ވަރަށް ފިޓްކޮށް.
މާޓިނޭޒް