މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
'90+5 - ޖޯޖިއާއަށް ހުސް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ގިއޯގީ ޗަކްވެޓަޑްޒޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ސަބާ ލޮބްޒަނިޑްޒޭ ފޮނުވާލި ހަމަލާ، ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'88 - ޖޯޖިއާގެ އިތުރު ބަދަލެއް. ޖޯޖެސް މިކައުޓަޑްޒޭގެ ބަދަލުގައި ކުޅެން ނުކުތީ ގިއޯގީ ކުވިލިޓައިއާ.
'83 - ކައިކައިރީގައި ޖޯޖިއާއަށް ދެ ރީނދޫ ކާޑެއް. އެ ކާޑުތައް ދެއްކީ ގިއޯގީ ގުވެލެސިއާނީ އަދި އެންޒޯ މެކްވަބިޝްވިލީއަށް. މިހާރު ދެއްކި ރީނދޫ ކާޑުތަކުގެ އަދަދު ވަނީ 8 އަށް އަރާފައި. އެއީ ޗެކަށް ފަސް ކާޑު އަދި ޖޯޖިއާއަށް ތިން ކާޑު.
'83 - ޖޯޖިއާ އިން ވެސް ދެ ބަދަލެއް. ސޮލޮމޮން ކުވާކްވެލިއާ އާއި ކުވިޗާ ކުވަޓްސްކޭލިއާގެ ބަދަލުގައި ކުޅެން ނުކުތީ ގިއޯގީ ގުވެލެސިއާނީ އާއި ސަބާ ލޮބްޒަނިޑްޒޭ.
'82 - ޗެކްގެ އިތުރު ދެ ބަދަލެއް. ޑޭވިޑް ޔުރަސެކް އާއި ލޫކަސް ޕްރޮވޯޑްގެ ބަދަލުގައި ކުޅެން ނުކުތީ ޕީޓާ ސެވްޗިކް އަދި އެންޓޮނިން ބަރަކް.
'79 - އަނެއްކާވެސް ޗެކްގެ ނުރައްކަލެއް. ސޯފާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މަޓޭއީ ޔުރަސެކް ފޮނުވާލި ހަމަލާ، ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'77 - ޗެކަށް އިތުރު ފުރުސަތެއް. ރޮބިން ރަނެކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އޮންދްރޭ ލިންގާ ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު މަމަރްޑަޝްވިލީ ވަނީ މަތަކޮށްފައި.
'77 - ޗެކްގެ ނުރައްކަލެއް. ޑޭވިޑް ޔުރަސެކް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މޮއިމިއާ ޗީޓިލް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖޯޖިއާ ގޯލުގެ ހުރަސް ދަނޑިކައިރިން ބޭރަށް.
'68 - ޗެކުން ބަދަލެއް. ޝިކްގެ ބަދަލުގައި ކުޅެން ނުކުތީ މޮއިމިއާ ޗީޓިލް.
'66 - ޗެކްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މަޓޭއީ ޔުރަސެކް ފޮނުވާލި ބާރު ހަމަލާ، ޖޯޖިއާ ކީޕަރު މަމަރްޑަޝްވިލީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'65 - މި މެޗުގައި މިހާތަނަށް ވަނީ ފަސް ރީނދޫ ކާޑެއް ދައްކާފައި. އޭގެ ތެރެއިން ހަތަރު ކާޑެއް ދެއްކީ ޗެކްގެ ކުޅުންތެރިންނަށް. އަދި ޖޯޖިއާއަށް ދައްކާފައިވަނީ އެއް ކާޑު.
'61 - ޗެކަށް އިތުރު ފުރުސަތެއް. ސޯފާލް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ލަޑިސްލާވް ކްރެޗީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'59 - ޗެކުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކް. އޭނާއަށް ޕެނަލްޓީ އޭރިއާ ތެރެއިން އެ ބޯޅަ ލިބުނީ ލަޑިމިއާ ސޯފާލް ނަގައިދިން ކޯނަރަކުން އޮންދްރޭ ލިންގާ ފޮނުވާލި ހަމަލާ، ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު.
'56 - ޖޯޖިއާގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ޕެނަލްޓީ އޭރިއާ ތެރެއިން އޮންޒޯ މެކްވަބިޝްވިލީ ފޮނުވާލި ހަމަލާ ދިޔައީ ޗެކް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'55 - ޗެކްގެ ދެ ބަދަލެއް. ޗާނީ އާއި ލޮޒެކްގެ ބަދަލުގައި ކުޅެން ނުކުތީ މަޓޭއީ ޔުރަސެކް އަދި އޮންދްރޭ ލިންގާ.
'54 - ޗެކަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ވަސްލާވް ޗާނީ ފޮނުވާލި ހަމަލާ، ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ފައުލަކާ ގުޅިގެން ޗެކްގެ ތޯމަސް ހޯލްސްއަށް ރީނދޫ ކާޑެއް.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގައި ޗެކަށް ބޯޅަ ހިފަހައްޓައިގެން ކުޅުމަށް ވަނީ އުނދަގޫތަކަކާ ކުރިމަވެފައި. ޖޯޖިއާ އިން ޑިފެންސްކޮށް އެޓޭކުގައި ވެސް ދަނީ މަސައްކަތްކުރަމުން.
'48 - ޖޯޖިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ އަރިމަތިން މިކައުޓަޑްޒޭ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ސްޓަނެކް ވަނީ ފަސޭހަކަމާއެކު މަތަކޮށްފައި.
'47 - މިކައުޓަޑްޒޭއަށް ކުރި ފައުލަކާ ގުޅިގެން ޗެކްގެ ޑޭވިސް ޔުރަސެކްއަށް ރީނދޫ ކާޑެއް.
ދެވަނަ ހާފުގެ ކުޅުން ފެށީ ޗެކުން.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖޯޖިއާ ކުރީގައި އޮވެގެން.
'45+5 - ޗެކަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޝިކް ފޮނުވާލި ހަމަލާ، ޖޯޖިއާގެ ކީޕަރު މަމަރްޑަޝްވިލީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'45+4 - ޖޯޖިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޖޯޖިއާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯޖެސް މިކައުޓަޑްޒޭ.
'45+2 - ހިލޭ ޖެހުމުގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރި ޗެކްގެ ރޮބިން ރަނެކްގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރްއަށް ބެލުމަށްފަހު، ޖޯޖިއާއަށް ރެފްރީ ޕެނަލްޓީއެއް ދީފި.
'45 - ޖޯޖިއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހުސްކޮށް ހުރެ ކެޕްޓަން ގުރާމް ކާޝިއާ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ޔިންޑްރިޗް ސްޓަނެކް ވަނީ މަތަކޮށްފައި.
'39 - ޖޯޖެސް މިކައުޓަޑްޒޭއަށް ކުރި ފައުލަކާ ގުޅިގެން ޗެކްގެ ޕްރޮވޯޑްއަށް ރީނދޫ ކާޑެއް.
'36 - ސޯޗެކްއަށް ކުރި ފައުލަކާ ގުޅިގެން ޖޯޖިއާ ކެޕްޓަން ގުރާމް ކާޝިއާއަށް ރީނދޫ ކާޑެއް.
'29 - ޗެކްގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން އެޑަމް ލޮޒެކް ފޮނުވާލި ހަމަލާ އަމާޒުވީ ޖޯޖިއާ ކީޕަރު މަމަރްޑަޝްވިލީއާ ދިމާއަށް.
'23 - ޗެކްގެ އެޑަމް ލޮޒެކް، ޖޯޖިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލޮޒެކްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް.
'17 - ކުވިޗާ ކުވަރަޓްސްކޭލިއާއަށް ކުރި ފައުލަކާ ގުޅިގެން ޗެކްގެ ލަޑިމިއާ ކޯފާލްއަށް ރީނދޫ ކާޑެއް.
'13 - ޗެކްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލޫކަސް ޕްރޮވޯޑް ފޮނުވާލި ހަމަލާ، ޖޯޖިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.
'10 - ޖޯޖިއާ އިން ވެސް ލިބޭ ފުރުސަތުތަކުގައި އެޓޭކުގައި ނުރައްކާކުރުމަށް ދަނީ މަސައްކަތްކުރަމުން. ނަމަވެސް ޗެކްގެ ފިޒިކަލް ކުޅުމާ ގުޅިގެން ގޯލަށް ނުރައްކާކުރުމަށް ޖޯޖިއާ ފޯވަޑުންނަށް ދަނީ އުނދަގޫތަކަކާ ކުރިމަތިވަމުން.
'8 - ޗެކްގެ އެޓޭކް ނުރައްކާ. ޖޯޖިއާ ގޯލު ކުރިމައްޗަށް ޝިކް ހުރަސްކޮށްލި ބޯޅަ، ލިބޭ ހިސާބުގައި ޗެކްގެ ކުޅުންތެރިޔަކު ނެތް.
'4 - ޖޯޖިއާ ކީޕަރު މަމަރްޑަޝްވިލީގެ އިތުރު ސޭވްއެއް. ޑޭވިޑް ޔުރަސެކް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޗެކް ފޯވަޑް ޝިކް ބޮލުން ފޮނުވާލި ހަމަލާ ވެސް ކީޕަރު މަމަރްޑަޝްވިލީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'2 - ޖޯޖިއާ ކީޕަރު ގިއޯގީ މަމަރްޑަޝްވިލީގެ މުހިންމު ދެ ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެޑަމް ލޮޒެކް އަދި އޭގެ ފަހުން ޕެޓްރިކް ޝިކް ފޮނުވާލި ހަމަލާ ވެސް ކީޕަރު މަމަރްޑަޝްވިލީ ވަނީ މަތަކޮށްފައި.
މެޗުގެ ކުޅުން ފަށައިފި، ކިކްއޯފް ކުރީ ޖޯޖިއާ އިން.
ޔޫރޯ 2024 ގެ 22 ވަނަ މެޗުގައި ޖޯޖިއާއާއި ޗެކު ރިޕަބްލިކް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭ މެޗަށް ނުކުންނަ އިރު، ދެ ޓީމަށް ވެސް އޮތީ މޮޅުވާން މަޖުބޫރުވެފައި. މިރޭ ބަލިވެއްޖެނަމަ، ހަނި ފުރުސަތަކުން ނޫން ގޮތަކަށް ދެން ދެ ޓީމަށްވެސް ގަދަ 16 އަށް ދާން އުނދަގޫވާނެ. ޗެކުން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ޕޯޗުގަލް އަތްދަށުވީ 2-1 އިން. އަލަށް ބޮޑު މުބާރާތެއްގައި ވާދަކުރަމުންދާ ޖޯޖިއާއިން ފުރަތަމަ މެޗުގައި ތުރުކީ ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުން.
ޖޯޖިއާގެ ފުޓުބޯޅަ، ވަކި ގައުމެއްގެ ގޮތުގައި މިނިވަންވީ 1990 ވަނަ އަހަރު. އޭގެ ކުރިން އެއީ ސޯވިއެޓް ޔޫނިއަންގެ ބައެއް. އެގައުމުގެ ފުޓުބޯޅައަށް ޔޫއެފާ އަދި ފީފާގެ މެންބަރުކަން ލިބުނީ 1992 ވަނަ އަހަރު. އޭގެ ފަހުން ވޯލްޑް ކަޕާއި ޔޫރޯގެ ކޮލިފިކޭޝަންގެ މެޗުތަކުގައި ޖޯޖިއާއިން ދިޔައީ ވާދަކުރަމުން. އެހެންނަމަވެސް ރަނގަޅު ފުޓުބޯޅަ ޖީލެއް ބިނާކުރެވި ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވޭ. މިހާތަނަށް އެއްވެސް ބޮޑު މުބާރާތެއްގައި ޖޯޖިއާ ވާދަކޮށްފައެއްވެސް ނުވޭ. ވޯލްޑް ކަޕްގެ އިތުރުން ޔޫރޯގެ މުބާރާތެއްގައިވެސް މީގެ ކުރިން ޖޯޖިއާއިން ވާދަކޮށްފައެއް ނުވޭ. ޖޯޖިއާ ފުޓުބޯޅައަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބުނީ އެންމެފަހުން ބޭއްވި ޔޫރޯގެ ކޮލިފޭޝަންގައި. އެފަހަރު ޖޯޖިއާ ކޮލިފައިނުވެ ދިޔައީ ޕްލޭ އޮފްއިން ކަޓައިގެން. އަދި އޭގެފަހުން މިފަހަރު ޔޫރޯއަކީ ޖޯޖިއާގެ ފުޓުބޯޅަ ތާރީހުގައިވެސް ލިޔެލެވޭނެ އަލަތު ޔޫރޯ. ޔޫރަޕްގެ ރަނގަޅު ލީގުތަކުގައި ކުޅޭ ކުޅުންތެރިންނާއެކު ޖޯޖިއާއިން ނުކުންނާނީ ފެށުން ރަނގަޅުކުރާން.
ޗެކުސްލޮވޭކިއާގެ ބައިބައިވުމާއެކު ޗެކް ރިޕަބްލިކަށް ފުޓުބޯޅައިގެ އަމިއްލަވަންތަކަން ލިބުނީ 1994 ވަނަ އަހަރު. އެހިސާބުން ޗެކް ރިޕަބްލިކްގެ ނަން ޔޫރަޕް ފުޓުބޯޅައަށް ތައާރަފްވެ، 1996 ވަނަ އަހަރު ޔޫރޯގައި އެޓީމު ވާދަވެސް ކުރި. އެ ޔޫރޯ ކާމިޔާބުވެސް މެއެވެ. ބަލިވީ ފައިނަލުގައެވެ. އޭގެފަހުން ޗެކް ރިޕަބްލިކަށް ޔޫރޯއިން ފުރުސަތު ގެއްލިފައެއް ނުވޭ. އެންމެފަހުން ކޮވިޑުގެ ހާލަތުގައި ބޭއްވި ޔޫރޯގައިވެސް ޗެކް ރިޕަބްލިކް ފާހަގަކޮށްލެވުނީ އުނދަގޫ ޓީމެއްގެ ގޮތުގައި. މުބާރާތުގެ ކުއާޓާ ފައިނަލަށް ޗެކް ރިޕަބްލިކް ގޮސްފައިވާ އިރު، ކުއާޓާގައި ބަލިވީ ޑެންމާކް ކައިރިން. ޗެކުސްލޮވޭކިއާގެ ފުޓުބޯޅަ ތާރީހަށްފަހު، މިހާތަނަށް ހަތް ފަހަރު ޗެކް ރިޕަބްލިކުން ޔޫރޯގައި ކުޅެފައިވޭ. 2004 ވަނަ އަހަރު ސެމީން ކެޓި އިރު، 2012 ވަނަ އަހަރު ކުއާޓާއަށްވެސް ގޮސްފައިވޭ.
ޗެކް ރިޕަބްލިކް ޔޫރޯގައި ކާމިޔާބު ނަމަވެސް، އަމިއްލަ ވީ ފަހުން ވޯލްޑް ކަޕާ ބީރަށްޓެއްހި. ޗެކް ރިޕަބްލިކްގެ ނަމުގައި ވޯލްޑް ކަޕްގައި ކުޅުނީ 2006 ވަނަ އަހަރު އެކަނި.