މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން؛
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'90 - ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް މިޑްފީލްޑަރު ކަންޓޭ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ވޫޓް ވެގްހޯސްޓް ދިފާއުކޮށްފި.
'89 - ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފްރާންސް މިޑްފީލްޑަރު ރާބިއޯ، ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ލިބޭ ހިސާބުގައި ފްރާންސްގެ އިތުރު ކުޅުންތެރިޔަކު ނެތް.
'86 - ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫ ބޮލުން ޖައްސާލި ބޯޅަ، ގްރީޒްމަނަށް ލިބުމުގެ ކުރިން ނެދަލެންޑްސްގެ ޖޯއީ ވާމަން ދިފާއުކޮށްފި.
'79 - ނެދަލެންޑްސް އިން އިތުރު ބަދަލެއް. ޑިޕާއީގެ ބަދަލުގައި ކުޅެން ނުކުތީ ވޫޓް ވެގްހޯސްޓް.
'75 - ފްރާންސުން ދެ ބަދަލެއް. ޑެމްބެލޭ އާއި ތުރާމްގެ ބަދަލުގައި ކުޅެން ނުކުތީ އޮލިވިއާ ޖިރޫ އަދި ކިންގްސްލީ ކޮމާން.
'73 - ނެދަލެންޑްސްގެ ތިން ބަދަލެއް. ފްރިމްޕޮންގް އާއި ޝޫޓެން އަދި ޒަވީ ސިމޮންސްގެ ބަދަލުގައި ކުޅެން ނުކުތީ ލުޓްޝަރެލް ގީޓްރޫޑާ އާއި ޖޯޖީނިއޯ ވައިނަލްޑަމް އަދި ޖޯއީ ވާމަން.
ޒަވީ ސިމޮންސްއަށް އެ ބޯޅަ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާއެއް ފްރާންސްގެ ކީޕަރު މެއިގްނަން މަތަކުރުމާއެކު.
'70 - ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ނެދަލެންޑްސްގެ ޒަވީ ސިމޮންސް، ފްރާންސްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފި. ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ ގޯލު ކުރިމަތީގައި ހުރި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް އޮފްސައިޑް މަގާމެއްގައި ހުރެ ހަރަކާތް ކުރި ކަމަށް.
'68 - ފްރާންސަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްބެލޭ ފޮނުވާލި ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'65 - ފްރާންސަށް ހުސް ފުރުސަތެއް. އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރުގެން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'63 - ފްރާންސަށް ފުރުސަތެއް. ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޯރެލިއެން ޗުއަމެނީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'60 - ފްރާންސްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މާކަސް ތުރާމް ފޮނުވާލި ބާރު ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'57 - ފްރާންސަށް ފުރުސަތެއް. ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު ރަބިއޯ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'55 - ނެދަލެންޑްސް ފޯވަޑް ޑިޕާއީ ފޮނުވާލި ހިލޭ ޖެހުން، ފްރާންސްގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'54 - ޒަވީ ސިމޮންސްއަށް ފްރާންސްގެ ޑެމްބެލޭ ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން ނެދަލެންޑްސްއަށް ހިލޭ ޖެހުމެއް.
'52 - ފްރާންސްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އެންގޯލޯ ކަންޓޭ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'50 - ފްރާންސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.
މެޗުގެ ދެވަނަ ހާފު ފެށީ ފްރާންސުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.
'43 - ފްރާންސްގެ ހަމަލާއެއް. އެޑްރިއެން ރާބިއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގްރީޒްމަން ބޮލުން ފޮނުވާލި ބޯޅަ، ނެދަލެންޑްސްގެ ކީޕަރު ވާބްރުގެން ވަނީ ފަސޭހަކަމާއެކު ހޯދާފައި.
'41 - ގްރީޒްމަން ފޮނުވާލި ހިލޭ ޖެހުން، ނެދަލެންޑްސްގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'39 - އޮސްމާން ޑެމްބެލޭއަށް ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކް ކުރި ފައުލަކާ ގުޅިގެން ފްރާންސަށް ނުރައްކާ ހިސާބަކުން ހިލޭ ޖެހުމެއް.
'36 - ނެދަލެންޑްސްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޒަވީ ސިމޮންސް ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ފްރާންސްގެ ކީޕަރު މައިގްނަން ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'35 - ނެދަލެންޑްސްގެ ހަމަލާއެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފްރިމްޕޮންގް ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާ ވަނީ ބްލޮކޮށްފައި.
'31 - ގްރީޒްމަނަށް ކުރި ފައުލަކާ ގުޅިގެން ނެދަލްނޑްސްގެ ޖާޑީ ޝޫޓެންއަށް ރީނދޫ ކާޑެއް.
'28 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މާކަސް ތުރާމް ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'26 - ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ކޯޑީ ގަކްޕޯ ދިން ބޯޅަ، ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ނެދަލެންޑްސް ފޯވަޑް މެމްފިސް ޑިޕާއީއަށް ލިބޭގޮތެއް ނުވި.
'16 - ނެދަލެންޑްސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ކޯޑީ ގަކްޕޯ ފޮނުވާލި ހަމަލާ، ފްރާންސް ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ފްރާންސްގެ ކީޕަރު މައިގްނަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'14 - ފްރާންސަށް އިތުރު ހުސް ފުރުސަތެއް. އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގްރީޒްމަން މިފަހަރު ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'13 - ފްރާންސަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެޑްރިއެން ރާބިއޯ ހުސްކޮށް ހުރި ނަމަވެސް، އޭނާ ބޯޅަ ޖައްސާލީ އެންޓޮއިން ގްރީޒްމަންއަށް. ޕެނަލްޓީ އޭރިއާ ތެރެއިން ގްރީޒްމަންއަށް ރަނގަޅަށް ބޯޅައިގައި ލައްވާލާ ގޮތް ވެފައެއް ނުވޭ.
'8 - ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ޑިފެންސްގެ ޕްރެޝަރާ ގުޅިގެން، ޒަވީ ސިމޮންސް ދިން ބޯޅައިން ނެދަލެންޑްސްގެ މެމްފިސް ޑިޕާއީއަށް ގޯލަށް ނުރައްކާކުރެވޭ ގޮތެއް ނުވި.
'4 - ފްރާންސްގެ ނުރައްކަލެއް. އެޑްރިއެން ރާބިއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރުގެން ވަނީ މަތަކޮށްފައި.
'2 - ނެދަލެންޑްސްގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޖެރެމީ ފްރިމްޕޮންގް ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިކް މައިގްނޮން ވަނީ މަތަކޮށްފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނެދަލެންޑްސް އިން.
ފުރަތަމަ މެޗުގައި ނޭފަތް ބިންދައިގެން ދިޔަ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ، މި މެޗުގެ ފުރަތަމަ 11 ގައި ނުހިމެނޭ.
ޔޫރޯ 2024 ގެ 21 ވަނަ މެޗުގައި ނެދަލޭންޑްސްއާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ފްރާންސާއި ނެދަލޭންޑްސްއިންވެސް މިރޭގެ މެޗަށް ނުކުންނަނީ ފުރަތަމަ މެޗުތަކުން މޮޅުވެފައި އޮވެގެން. ފްރާންސުން ފުރަތަމަ މެޗުގައި އެންމެ ރަނގަޅު ފޯމެއްގައި ނުކުޅުނު ނަމަވެސް، އޮސްޓްރިއާ އަތުން މޮޅުވީ 1-0 ގެ ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސް ނުކުންނަނީ ފުރަތަމަ މެޗުގައި ޕޮލެންޑް ކައިރިން 2-1 ގެ ނަތީޖާއަކުން.