ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ސްލޮވާކިއާ 1-2 ޔުކްރެއިން (ފުލްޓައިމް)

21 Jun 19:59

މެޗުގެ އުސްއަލިތައް

  • މެޗު ނުރައްކާކޮށް ފެށީ ސްލޮވާކިއާއިން
  • ކުރީކޮޅުގައި ޝްރާންޒާއި ހަރާސްލިން ފޮނުވާލި ހަމަލާތައް މަތަކުރީ ޔުކްރެއިން ކީޕަރު ޓްރުބިން
  • ސްލޮވާކިއާއިން މެޗުގެ ލީޑު ނެގީ ޝްރާންޒް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން
  • ޔޫކްރޭންގެ ނުރައްކާ ޒިވްޗެންކޯއާއި މުޑްރީކްގެ ފަރާތުން ފެނުނު، ޒިވްޗެންކޯގެ ހަމަލާ އަމާޒުވީ ދަނޑިއަށް
  • ސްލޮވާކިއާގެ ހަރާސްލިން ފަހުން ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރު ޓްރުބިން
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ޔޫކްރޭނުން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރި
  • ޔޫކްރޭނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝަޕަރެންކޯ
  • އޭގެ ފަހުން ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެއް
  • ޔޫކްރޭންގެ މުޑްރީކަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބުނު، އޭނާގެ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް
  • މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ޔޫކްރޭނަށް ލީޑު ހޯދައިދިނީ ޔަރެމްޗުކް
  • އެ ގޯލަށްފަހު ސްލޮވާކިއާއަށް ތިން ފުރުސަތެއް ލިބިގެންދިޔަ
  • އެއީ ސްލޮވާކިއާގެ ކުޗްކާއަށް ލިބުނު ފުރުސަތަކާއި ވޮވްރޯއަށް ލިބުނު ދެ ފުރުސަތެއް، އެ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފިފައެއް ނުވޭ
21 Jun 19:54

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޔޫކްރޭން ކުރީގައި އޮވެގެން.

21 Jun 19:52

'90+2 - ސްލޮވާކިއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅަ، ޑެނިސް ވޮވްރޯގެ ފައިގައި ލައްވާލާ ގޮތް ވެފައެއް ނުވޭ.

21 Jun 19:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

21 Jun 19:50

'90 - ސްލޮވާކިއާއަށް އިތުރު ފުރުސަތެއް. ލާޒްލޯ ބެނެސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑެނިސް ވަވްރޯ ބޮލުން ފޮނުވާލި ހަމަލާ، ޔޫކްރޭންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 19:44

'84 - ފައުލަކާ ގުޅިގެން ޔޫކްރޭންގެ ރޯމަން ޔަރެމްޗުކްއަށް ރީނދޫ ކާޑެއް.

21 Jun 19:44

'82 - ސްލޮވާކިއާއަށް ފުރުސަތެއް. ތޯމަސް ސުސްލޯން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޔުރާއީ ކުޗްކާ ބޮލުން ފޮނުވާލި ހަމަލާ، ޔޫކްރޭންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 19:40

'80 - ޔޫކްރޭނުން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. މިކޯލާ ޝަޕަރެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޔޫކްރޭނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޯމަން ޔަރެމްޗުކް.

21 Jun 19:37

'77 - ޔޫކްރޭންގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ގިއޯގީ ސުޑަކޯވް ފޮނުވާލި ހަމަލާ، ސްލޮވާކިއާ ޑިފެންޑަރު ޑެނިސް ވަވްރޯ ވަނީ ބްލޮކްކޮށްފައި.

21 Jun 19:33

'74 - ޔޫކްރޭނަށް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ރޯމަން ޔަރެމްޗުކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން މުޑްރީކް ފޮނުވާލި ހަމަލާ އަމާޒުވީ ސްލޮވާކިއާ ގޯލުގެ އަރިމަތީ ދަނޑިއަށް.

21 Jun 19:27

'68 - ސްލޮވާކިއާ އިން ވެސް ދެ ބަދަލެއް. ހަންޗްކޯ އާއި ހަރާސްލިންގެ ބަދަލުގައި ކުޅެން ނުކުތީ ތޯމަސް ސުސްލޯވް އަދި އެޑަމް އޮބާޓް.

21 Jun 19:26

'66 - ޔޫކްރޭނުން ދެ ބަދަލެއް. ކެޕްޓަން ޔާމަލެންކޯ އާއި ޑޮވްބީކްގެ ބަދަލުގައި ކުޅެން ނުކުތީ ރޯމަން ޔަރެމްޗުކް އަދި އޮލެކްސެންޑާ ޒުބްކޯވް.

21 Jun 19:22

21 Jun 19:20

'60 - ސްލޮވާކިއާގެ ދެ ބަދަލެއް. އޮންދްރޭ ޑޫޑާ އާއި ރޮބާޓް ބޮޒެނިކްގެ ބަދަލުގައި ކުޅެން ނުކުތީ ލާޒްލޯ ބެނޭސް އަދި ޑޭވިޑް ސްޓްރެލެޗް.

21 Jun 19:18

'59 - ޔޫކްރޭންގެ ހަމަލާއެއް. ޝަޕަރެންކޯއަށް ލިބުނު ބޯޅައިން އޭނާ ދުރުން ފޮނުވާލި ހަމަލާގައި ނުރައްކަލެއް ނެތް، ސްލޮވާކިއާ ކީޕަރު ޑުބްރާވްކާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދާފައި.

21 Jun 19:13

'54 - ޔޫކްރޭނުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ކައުންޓާ އެޓޭކެއްގައި އޮލެކްސެންޑާ ޒިންޗެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޔޫކްރޭނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިކޯލާ ޝަޕަރެންކޯ.

21 Jun 19:10

'51 - މުޑްރީކް ނަގައިދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ޑޮބްވީކްއަށް ބޭނުން ހިފޭ ގޮތެއް ނުވި.

21 Jun 19:03

ދެވަނަ ހާފުގެ ކުޅުން ފެށީ ޔޫކްރޭނުން.

21 Jun 18:55

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗު ނުރައްކާކޮށް ފެށީ ސްލޮވާކިއާއިން
  • ކުރީކޮޅުގައި ޝްރާންޒާއި ހަރާސްލިން ފޮނުވާލި ހަމަލާތައް މަތަކުރީ ޔުކްރެއިން ކީޕަރު ޓްރުބިން
  • ސްލޮވާކިއާއިން މެޗުގެ ލީޑު ނެގީ ޝްރާންޒް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން
  • ޔޫކްރޭންގެ ނުރައްކާ ޒިވްޗެންކޯއާއި މުޑްރީކްގެ ފަރާތުން ފެނުނު، ޒިވްޗެންކޯގެ ހަމަލާ އަމާޒުވީ ދަނޑިއަށް
  • ސްލޮވާކިއާގެ ހަރާސްލިން ފަހުން ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރު ޓްރުބިން
21 Jun 18:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ކުރީގައި އޮވެގެން.

21 Jun 18:46

'44 - ސްލޮވާކިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ހަރާސްލިން ފޮނުވާލި ބާރު ހަމަލާ، ޔޫކްރޭންގެ ކީޕަރު ޓްރުބިން ވަނީ މަތަކޮށްފައި.

21 Jun 18:45

'43 - ޔޫކްރޭންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރު އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އޮލެކްސެންޑާ ޒިވްޗެންކޯ ފޮނުވާލި ހަމަލާ، ސްލޮވާކިއާ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.

21 Jun 18:45

21 Jun 18:39

'35 - ޔޫކްރޭންގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން މުޑްރީކް ފޮނުވާލި ހަމަލާ، ސްލޮވާކިއާ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.

21 Jun 18:38

'34 - ޔޫކްރޭންގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން އޮލެކްސެންޑާ ޓިމްޝީކް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް. އޭގެ ކުރިން އާޓެމް ޑޮބްވީކް ދިން ބޯޅަ، ޕެނަލްޓީ އޭޭރިއާ ތެރެއިން ޔޫކްރޭން ކެޕްޓަން އަންދްރޭ ޔާމަލެންކޯއަށް ބޭނުން ހިފިފައެއް ނުވޭ.

21 Jun 18:31

'29 - ޔޫކްރޭންގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، މިކާލޯ މުޑްރީކް ފޮނުވާލި ބާރު ހަމަލާ ވެސް ސްލޮވާކިއާ ޑިފެންޑަރު ޕެކަރިކް ވަނީ ބްލޮކޮށްފައި.

21 Jun 18:31

'28 - ޔޫކްރޭނަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އާޓެމް ޑޮބްވީކް ފޮނުވާލި ހަމަލާ، ސްލޮވާކިއާ ޑިފެންޑަރު ޕީޓާ ޕެޓަރިކް ވަނީ ބްލޮކްކޮށްފައި.

21 Jun 18:22

'17 - ސްލޮވާކިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ލޫކަސް ހަރާސްލިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސްލޮވާކިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޝްރާންޒް. އޭނާއަކީ ބެލްޖިއަމް ކޮޅަށް ވެސް ގޯލު ޖެހި ކުޅުންތެރިޔާ.

21 Jun 18:19

'17 - ސްލޮވާކިއާއަށް ލިބުނު ހިލޭ ޖެހުމުން ހަންޗްކޯ ފޮނުވާލި ހަމަލާ، ޔޫކްރޭންގެ ކީޕަރު ޓްރުބިން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

21 Jun 18:18

'16 - ސްޓަނިސްލާވް ލޮބޮޓްކާއަށް ޔޫކްރޭންގެ ވޮލޮޑިމިއާ ބްރާޒްކޯ ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން ސްލޮވާކިއާއަށް ހިލޭ ޖެހުމެއް.

21 Jun 18:17

'13 - ޔޫކްރޭންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ވޮލޮޑިމިއާ ބްރާޒްކޯ ފޮނުވާލި ހަމަލާ އަމާޒުވީ ސްލޮވާކިއާގެ ކީޕަރު މާޓިން ޑުބްރާވްކާއާ ދިމާއަށް.

21 Jun 18:15

'12 - ސްލޮވާކިއާގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޮންދްރޭ ޑޫޑާ ފޮނުވާލި ހަމަލާ ދިޔައީ ޔޫކްރޭން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

21 Jun 18:15

'11 - ސްލޮވާކިއާއަށް އިތުރު ހުސް ފުރުސަތެއް. ޑޭވިޑް ހަންޗްކޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އިވާން ޝްރާންޒް ފޮނުވާލި ހަމަލާ ވެސް ޔޫކްރޭންގެ ކީޕަރު ޓްރުބިން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

21 Jun 18:12

'10 - ސްލޮވާކިއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލޫކަސް ހަރާސްލިން ފޮނުވާލި ބާރު ހަމަލާ، ޔޫކްރޭންގެ ކީޕަރު އަނަޓޮލީ ޓްރުބިން ވަނީ މަތަކޮށްފައި.

21 Jun 18:10

'8 - ދެ ޓީމުގެ ފަރާތުން ވެސް ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމުން ވެސް ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތަކެއް ނަގަމުންދިޔަ ނަމަވެސް، ނުރައްކާކުރެވޭ ގޮތެއް ނުވޭ.

21 Jun 18:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްލޮވާކިއާ އިން.

21 Jun 17:57

ޔޫކްރޭންގެ ފުރަތަމަ 11:

  • އެނަޓޮލީ ޓްރުބިން - ގޯލްކީޕަރު
  • މިކޯލާ މަޓްވިޔެންކޯ
  • އިލިއާ ޒަބާނީ
  • އޮލެކްސެންޑާ ޒިންޗެންކޯ
  • އޮލެކްސެންޑާ ޓިމްޝީކް
  • ވޮލޮޑީމިއާ ބްރަޒްކޯ
  • ގޮއޯގީ ސުޑަކޯވް
  • އަންދްރޯ ޔާމަލެންކޯ - ކެޕްޓަން
  • މިކޯލާ ޝަޕަރެންކޯ
  • މިކާލޯ މުޑްރީކް
  • އާޓެމް ޑޮވްބީކް
21 Jun 17:54

ސްލޮވާކިއާގެ ފުރަތަމަ 11:

  • މާޓިން ޑުބްރާވްކާ - ގޯލްކީޕަރު
  • ޑޭވިޑް ހަންޗްކޯ
  • މިލާން ސްކްރިނިއާ - ކެޕްޓަން
  • ޑެނިސް ވަވްރޯ
  • ޕީޓާ ޕެކަރިކް
  • އޮންދްރޭ ޑޫޑާ
  • ސްޓަނިސްލާވް ލޮބޮޓްކާ
  • ޔުރާއީ ކުޗްކާ
  • ރޮބާޓް ބޮޒެނިކް
  • ލޫކަސް ހަރާސްލިން
  • އިވާން ޝްރާންޒް

ޔޫރޯ 2024 ގެ 19 ވަނަ މެޗުގައި ސްލޮވޭކިއާއި ޔުކްރެއިން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިފަހަރު ޔުކްރެއިނުން ޔޫރޯ ފެށީ 3-0 އިން ރުމޭނިއާ އަތް ދަށުވެގެން. އެހެންކަމުން މިއަދުގެ މެޗަކީ ޔުކްރެއިނަށް މޮޅެއް ހޯދަން ޖެހޭ މެޗެއް. ނޫންނަމަ ގަދަ 16 ހޯދަން އުނދަގޫވާނެ. ސްލޮވާކިއާއިން މިފަހަރުގެ ޔޫރޯ ފެށީ އެންމެ ސަޕްރައިޒިން މޮޅާ އެކުގައި. ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ވަރުގަދަ ބެލްޖިއަމް 1-0 އިން ބަލިކޮށްފައި. ޗެކޮސްލޮވާކިއާއިން 1976 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި އިރު، އެގައުމުތަކުގެ ތެރޭގައި ސްލޮވާކިއާ ހިމެނުނު ނަމަވެސް، އެ ގައުމުން ސްލޮވާކިއާގެ ނަމުގައި ޔޫރޯއަށް ފުރަތަމަ ނުކުތީ 2016 ވަނަ އަހަރު. އެފަހަރު ގަދަ 16 އަށް ދިޔަ ނަމަވެސް 2020 ގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުން.

މެޗު ކުޅޭ ދަނޑު - ޑުސެލްޑޯރފް އެރީނާ

ފުރަތަމަ ބޮޑު ހަނގުރާމައާ ގުޅުން ހުރި މުހިއްމު އެހެން ސަރަޙައްދެއް ކަމުގައި ވާ ރައިންލޭންޑުގެ އުތުރުގައި އޮންނަ ޑުސެލްޑޯރފަކީ 650000 މީހުންގެ އާބާދީއެއް އޮންނަ ޝަހަރެއް. އެ ޝަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑު ކަމުގައި ވާ ޑުސެލްޑޯރފް އެރީނާ އަކީ ޔޫރޯ 2024 ގެ މެޗުތައް ކުޅޭނެ އެންމެ ކުޑަ އެއް ދަނޑު. މި ދަނޑުގައި ކުޅެފައި ވާ މުހިއްމު މެޗުތަކުގެ ތެރޭގައި 1988 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް ހިމެނޭ.

ކެޕޭސިޓީ: 47000