ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ސްޕެއިން 1-0 އިޓަލީ (ފުލްޓައިމް)

1
21 Jun 02:00

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި މުޅި މެޗު ކޮންޓްރޯލްކޮށް ކުޅުނީ ސްޕެއިން
  • އިޓަލީއަށް ސްޕެއިން ގޯލަށް ނުރައްކަލެއްވެސް ކޮށްލެވިފައެއް ނުވޭ
  • ފުރަތަމަ މިނެޓުން ފެށިގެން ސްޕެއިން ނުރައްކާކުރަމުން ދިޔަ، ގިނަ ބޯޅަތައް ސަލާމަތްކޮށްދިނީ އިޓަލީ ކީޕަރު ޑޮނަރޫމާ
  • ޕެޑްރީ ބޮލުން ޖެހި ބޯޅައެއްގެ އިތުރުން މޮރާޓާގެ ހަމަލާ އަދި ފަބިއަން ރުއިޒްގެ ހަމަލާވެސް މަތަކުރީ ޑޮނަރޫމާ
  • އޭގެ އިތުރުން އިޓަލީގެ ޑިފެންސުންވެސް ހަމަލާތައް ބްލޮކް ކުރި
  • ރޮޑްރީ އަދި ޕެޑްރީގެ ހަމަލާތައް އިޓަލީ ޑިފެންސުން ބްލޮކް ކުރި
  • ދެވަނަ ހާފުގައި ވެސް ސްޕެއިނުން ދިޔައީ ވަރުގަދަ އެޓޭކިން ކުޅުމަކާއެކު އިޓަލީގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަމުން
  • ހާފުގެ ކުރީކޮޅުގައި ސްޕެއިނަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޕެޑްރީއަށް ލިބުނު ފުރުސަތެއް
  • ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޕެޑްރީ ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ
  • އޭގެ މާގިނައިރުތަކެއް ނުވަނީސް ޕެނަލްޓީ އޭރިއާ ބޭރުން ޕެޑްރީ ފޮނުވާލި ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ މަތަކޮށްފައި
  • ސްޕެއިނަށް ލީޑު ލިބިގެންދިޔައީ ކަލަފިއޮރީ އަތުން ބައިކޮޅަށް ވަން ގޯލުން
  • އެ ގޯލަށްފަހު ވެސް ސްޕެއިންގެ ނުރައްކާ ބޮޑު، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި
  • އެންމެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައީ ނިކޯ ވިލިއަމްސްގެ ފަރާތުން
  • ޕެނަލްޓީ އޭރިއާ ތެރެއިން ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ އަމާޒުވީ އިޓަލީ ގޯލުގެ ހުރަސް ދަނޑިއަށް
  • މެޗުގެ ބޮޑު ބައެއްގައި އުނދަގޫތަކެއް ކުރިމަތިވީ ނަމަވެސް، ފަހުކޮޅު އިޓަލީން އެޓޭކު ކުރުމަށް މަސައްކަތްކުރި
  • އިޓަލީން އެޓޭކުގައި ކުރި މަސައްކަތުން ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ
  • މެޗު ނިމެނިކޮށް ސްޕެއިންގެ އަޔޯޒޭ ޕެރޭޒަށް ދެ ފުރުސަތެއް ލިބިގެންދިޔަ، އެ ދެ ހަމަލާ ވެސް އިޓަލީގެ ކީޕަރު ޑޮނަރޫމާ މަތަކުރި
  • މޮޅާއެކު ސްޕެއިނުން ވަނީ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އިން ފުރުސަތު ހޯދާފައި
21 Jun 01:55

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން، ސްޕެއިން ގަދަ 16 އަށް.

21 Jun 01:52

'90+4 - ސްޕެއިންގެ ފަހު ބަދަލު. ފަބިއަން ރުއިޒްގެ ބަދަލުގައި ކުޅެން ނުކުތީ މިކެލް މެރީނޯ.

21 Jun 01:51

'90+2 - ސްޕެއިނަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ހުސްކޮށް ހުރެ އަޔޯޒޭ ޕެރޭޒް ފޮނުވާލި ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

21 Jun 01:50

'90+1 - ސްޕެއިންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަޔޯޒޭ ޕެރޭޒް ފޮނުވާލި ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ މަތަކޮށްފައި.

21 Jun 01:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

21 Jun 01:40

'82 - އިޓަލީގެ ފަހު ބަދަލު. ލޮރެންޒޯ ޕެލެގްރިނީގެ ބަދަލުގައި ކުޅެން ނުކުތީ ޖިއަކޯމޯ ރަސްޕަޑޯރީ.

21 Jun 01:36

'78 - ސްޕެއިނުން އިތުރު ދެ ބަދަލު. ނިކޯ ވިލިމްސް އާއި މޮރާޓާގެ ބަދަލުގައި ކުޅެން ނުކުތީ މިކެލް އޮޔާޒަބަލް އަދި އަޔޯޒޭ ޕެރޭޒް.

21 Jun 01:32

ލޮރެންޒޯ ޕެލެގްރިނީ ފޮނުވާލި ހިލޭ ޖެހުން ސްޕެއިންގެ ގޯލާ އަމާޒެއް ނުވި.

21 Jun 01:31

'73 - ސްޕެއިން ޑިފެންޑަރު ނޯމާންޑް ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން އިޓަލީއަށް ހިލޭ ޖެހުމެއް.

21 Jun 01:30

'71 - ސްޕެއިންގެ ދެ ބަދަލެއް. ޕެޑްރީ އާއި ޔަމާލްގެ ބަދަލުގައި ކުޅެން ނުކުތީ އަލެހަންޑްރޯ ބައޭނާ އަދި ފެރާން ޓޮރޭސް.

21 Jun 01:29

'70 - ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. ކުކުރެޔާ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ އަމާޒުވީ އިޓަލީ ގޯލުގެ ހުރަސް ދަނޑިއަށް.

21 Jun 01:28

21 Jun 01:27

'69 - މަޓިއާ ޒަކާނީއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިން ޑިފެންޑަރު ނޯމަންޑްއަށް ރީނދޫ ކާޑެއް.

21 Jun 01:25

'66 - އިޓަލީއަށް ފުރުސަތެއް. ސްޕެއިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކުރިއަށް ގޮސް، ބްރަޔަން ކްރިސްޓަންޓޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މަޓެއޯ ރަޓޭގާއަށް ލިބޭ ގޮތެއް ނުވި.

21 Jun 01:22

'64 - އިޓަލީގެ ދެ ބަދަލެއް. ކިއޭސާ އާއި ސްކަމާކާގެ ބަދަލުގައި ކުޅެން ނުކުތީ މެޓެއޯ ރެޓޭގީ އަދި މަޓިއާ ޒަކާނީ.

21 Jun 01:19

'60 - އަނެއްކާވެސް ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލަމީން ޔަމާލް ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 01:18

'59 - ސްޕެއިންގެ އިތުރު ނުރައްކަލެއް. ނިކޯ ވިލިމްސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރޮބިން ލެ ނޯމާންޑް ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން އިޓަލީގެ އަންދްރޭ ކެމްބިއާސޯ ވަނީ ދިފާއުކޮށްފައި.

21 Jun 01:16

'58 - ސްޕެއިންގެ ހަމަލާއެއް. ޕެޑްރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން އަލްވާރޯ މޮރާޓާ ފޮނުވާލި ބާރު ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ މަތަކޮށްފައި.

21 Jun 01:14

'55 - ސްޕެއިނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. އެ ގޯލަކީ ނިކޯ ވިލިއަމްސް ނަގައިދިން ހުރަހެއް ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި އިޓަލީ ޑިފެންޑަރު ރިކާޑޯ ކަލަފިއޮރީ އަތުން ބައިކޮޅަށް ވަން ގޯލެއް.

21 Jun 01:12

'53 - ސްޕެއިން މިޑްފީލްޑަރު ޕެޑްރީގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިޓަލީގެ ކީޕަރު ޑޮނަރޫމާއާ ދިމާއަށް.

21 Jun 01:11

'52 - ސްޕެއިނަށް ހުސް ފުރުސަތެއް. މާކް ކުކުރެޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޕެޑްރީ ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 01:10

'51 - އިޓަލީގެ ކައުންޓާ އެޓޭކެއް. ޖިއަންލޫކާ ސްކަމާކާ ބޯޅަ ހިފައިގެން ކުރިއަށް ގޮސް، ދިން ބޯޅަ ފެޑެރީކޯ ކިއޭސާއަށް ލިބުމުގެ ކުރިން ސްޕެއިންގެ ކީޕަރު އުނައި ސިމޮން ވަނީ ހޯދާފައި.

21 Jun 01:06

'46 - ރޮޑްރީއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީގެ ބްރަޔަން ކްރިސްޓަންޓޭއަށް ރީނދޫ ކާޑެއް.

21 Jun 01:05

އިޓަލީން ދެވަނަ ހާފަށް ކުޅެން ނުކުތީ ދެ ބަދަލަކާއެކު. ޖޯޖީނިއޯ އާއި ޑޭވިޑް ފްރަޓޭސީގެ ބަދަލުގައި ކުޅެން ނުކުތީ ބްރަޔަން ކްރިސްޓަންޓޭ އަދި އަންދްރޭ ކެމްބިއާސޯ.

21 Jun 01:03

ދެވަނަ ހާފުގެ ކުޅުން ފެށީ ސްޕެއިނުން.

21 Jun 00:50

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި މުޅި މެޗު ކޮންޓްރޯލްކޮށް ކުޅުނީ ސްޕެއިން
  • އިޓަލީއަށް ސްޕެއިން ގޯލަށް ނުރައްކަލެއްވެސް ކޮށްލެވިފައެއް ނުވޭ
  • ފުރަތަމަ މިނެޓުން ފެށިގެން ސްޕެއިން ނުރައްކާކުރަމުން ދިޔަ، ގިނަ ބޯޅަތައް ސަލާމަތްކޮށްދިނީ އިޓަލީ ކީޕަރު ޑޮނަރޫމާ
  • ޕެޑްރީ ބޮލުން ޖެހި ބޯޅައެއްގެ އިތުރުން މޮރާޓާގެ ހަމަލާ އަދި ފަބިއަން ރުއިޒްގެ ހަމަލާވެސް މަތަކުރީ ޑޮނަރޫމާ
  • އޭގެ އިތުރުން އިޓަލީގެ ޑިފެންސުންވެސް ހަމަލާތައް ބްލޮކް ކުރި
  • ރޮޑްރީ އަދި ޕެޑްރީގެ ހަމަލާތައް އިޓަލީ ޑިފެންސުން ބްލޮކް ކުރި
21 Jun 00:49

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

21 Jun 00:48

'45+2 - ރެފްރީއަށް ރައްދުކުރި ބަސްތަކަކާ ގުޅިގެން ސްޕެއިން މިޑްފީލްޑަރު ރޮޑްރީއަށް ރީނދޫ ކާޑެއް، މުބާރާތުގައި ދެ ކާޑު ހަމަވުމުން އޭނާއަށް ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ނުކުޅެވޭނެ.

21 Jun 00:47

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

21 Jun 00:46

'45 - އިޓަލީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފެޑެރީކޯ ކިއޭސާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 00:42

'41 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ފަބިއަން ރުއިޒް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިޓަލީގެ ކީޕަރު ޑޮނަރޫމާއާ ދިމާއަށް.

21 Jun 00:40

'38 - ސްޕެއިންގެ ނުރައްކާ އެޓޭކެއް. ރީތި ކުޅުމަކާއެކު ޕެޑްރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނިކޯ ވިލިއަމްސް ގޯލަށް ނުރައްކާކުރުމުގެ ކުރިން އިޓަލީ ޑިފެންޑަރު ބަސްޓޯނީ ވަނީ ދިފާއުކޮށްފައި.

21 Jun 00:30

'28 - ސްޕެއިންގެ އިތުރު ނުރައްކަލެއް. ޑެނީ ކާވަހާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ރޮޑްރީ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން އިޓަލީގެ އަލެސަންޑްރޯ ބަސްޓޯނީ ވަނީ ބްލޮކްކޮށްފައި.

21 Jun 00:28

'27 - އަނެއްކާވެސް ސްޕެއިންގެ ހަމަލާއެއް. ރޮޑްރީ ދުރުން ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 00:26

21 Jun 00:26

'25 - ސްޕެއިންގެ އިތުރު ނުރައްކަލެއް. ރޮޑްރީ ދިން ބޯޅައަކުން ފަބިއަން ރުއިޒް ދުރުން ފޮނުވާލި ބާރު ހަމަލާ ވެސް އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ މަތަކޮށްފައި.

21 Jun 00:25

'24 - ސްޕެއިނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ މަތަކޮށްފައި.

21 Jun 00:22

'20 - ފެޑެރީކޯ ޑިމާކޯ ކުރިއަށް ޖެހި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައެއް ޖައްސާލި ނަމަވެސް، އެ ބޯޅަ ލިބޭ ހިސާބުގައި އިޓަލީގެ ކުޅުންތެރިޔަކު ނެތް.

21 Jun 00:21

21 Jun 00:11

'10 - ސްޕެއިނަށް ހުސް ފުރުސަތެއް. ކެޕްޓަން އަލްވާރޯ މޮރާޓާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ނިކޯ ވިލިއަމްސް ބޮލުން ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

21 Jun 00:06

'3 - ސްޕެއިންގެ އިތުރު ނުރައްކަލެއް. އިޓަލީގެ އަލެސަންޑްރޯ ބަސްޓޯނީ އަދި ޖޯޖީނިއޯ ކައިރިން ނައްޓާލި ނަމަވެސް، ނިކޯ ވިލިއަމްސްއަށް ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ގޯލަށް ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފައި.

21 Jun 00:03

'2 - ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. ނިކޯ ވިލިއަމްސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕެޑްރީ ބޮލުން ފޮނުވާލި ހަމަލާ، އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ ވަނީ މަތަކޮށްފައި.

21 Jun 00:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިޓަލީން.

20 Jun 23:56

އިޓަލީގެ ފުރަތަމަ 11:

  • ޖިއަންލުއިޖީ ޑޮނަރޫމާ - ގޯލްކީޕަރު، ކެޕްޓަން
  • ޖިއޮވާނީ ޑި ލޮރެންޒޯ
  • ރިކާޑޯ ކަލަފިއޮރީ
  • ފެޑެރިކޯ ޑިމާކޯ
  • އެލެސަންޑްރޯ ބަސްޓޯނީ
  • ނިކޮލާ ބަރޭލާ
  • ލޮރެންޒޯ ޕެލެގްރިނީ
  • ޑޭވިޑް ފްރަޓޭސީ
  • ފެޑެރީކޯ ކިއޭސާ
  • ޖޯޖީނިއޯ
  • ޖިއަންލޫކާ ސަކަމާކާ
20 Jun 23:54

ސްޕެއިންގެ ފުރަތަމަ 11:

  • އުނައި ސިމޮން - ގޯލްކީޕަރު
  • ޑެނިއެލް ކާވަހާލް
  • މާކް ކުކުރެޔާ
  • އައިމެރިކް ލަޕޯޓް
  • ރޮބިން ލެ ނޯމަންޑް
  • ޕެޑްރީ
  • ފަބިއަން ރުއިޒް
  • ރޮޑްރީ
  • ލަމީން ޔަމާލް
  • ނިކޯ ވިލިއަމްސް
  • އަލްވާރޯ މޮރާޓާ - ކެޕްޓަން

ޔޫރޯ 2024 ގެ 18 ވަނަ މެޗުގައި ސްޕެއިނާއި އިޓަލީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ގްރޫޕް ބީގެ އެންމެ ފޯރިގަދަވާނެ މެޗު. މިދިޔަ އަހަރުގެ ޗެމްޕިއަން އިޓަލީން މިރޭ ނުކުންނަނީ މުބާރާތް ރެކޯޑު ތިން ފަހަރު ހޯދާފައިވާ ސްޕެއިނާ ދެކޮޅަށް. މެޗުން މޮޅުވެ، ގްރޫޕް އެއްވަނައިގެ ގޮތުގައި ގަދަ 16 އަށް ދާން ދެ ޓީމަށްވެސް ފުރުސަތު އެބައޮތް. ސްޕެއިނުން ފުރަތަމަ ކުޅުނު މެޗުގައި ކްރޮއޭޝިއާ ބަލިކުރީ 3-0 އިން. އިޓަލީން އަލްބޭނިއާ ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުން.

ކޯޗުންގެ ބަސް

ލުއިސް ޑެ ލަ ފުއެންޓޭ - ސްޕެއިން

"އިޓަލީއަކީ ހުރިހާ މުބާރާތެއްގައިވެސް ތަށްޓަށް ވާދަކުރާނެ ޓީމެއް. ސްޕެއިނާއި އިޓަލީން ވާދަކުރާ މެޗެއް ވެއްޖެއްޔާ އެއީ ކްލަސިކެއް. އެއީ އަބަދުވެސް ވާނީ ފައިނަލަކަށް. އެއީ ގްރޫޕް ސްޓޭޖު މެޗެއް ނަމަވެސް. އިޓަލީގައި މިހާރު ހުރީ މޮޅު ކޯޗެއް، މޮޅު އެތައް ކުޅުންތެރިންނެއް އެބަތިބި. އަދި ހާއްސަކޮށް އިޓަލީގެ ފުޓުބޯޅަ ސަގާފަތާ އެކު، އެގައުމަކީ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ގައުމު،"

ލޫސިއާނޯ ސްޕަލެޓީ - އިޓަލީ

"އަހަރެމެން ލަނީ ޖޯޖިއޯ އަރްމާނީ. ޖޯޖިއޯ އާމާނީ އެނގޭނެ ދުނިޔޭގެ އެންމެންނަށް. އަހަރެމެން އޭގެ ސޫޓުގައި އަައިސް، ކުޅެން އަރާފައި ބަލާނީ އެހާ ހިތްގައިމު ރީތިކޮށް ކުޅެވޭތޯ. އަހަރެމެންގެ ގޭމް، އަހަރެމެންގެ ސްޓައިލުގައި ކުޅެން ބޭނުންވަނީ. އަހަރެމެން މެޗަށް ނުކުންނާނީ އަރްމާނީ ސޫޓްހާ ރީތި ސްޓައިލެއްގެ ބޯޅައެއް ކުޅެން. އެހެންނަމަވެސް، ހަޑިވާން ޖެހިއްޖެ ހާލަތުގައި ހަޑިވެސް ވާނެ،"