ޔޫރޯ 2024

ޔޫއެފާ ޔޫރޯ 2024 ލައިވް: ސްލޮވޭނިއާ 1-1 ސާބިއާ (ފުލްޓައިމް)

20 Jun 20:01

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް ހަމަލާތައް ގިނަ
  • ފުރަތަމަ ކޮޅުގައި ސްލޮވޭނިއާގެ ހަމަލާތައް ފާހަގަވި
  • މައިކާރާއި އެލްސްނިކްގެ ހަމަލާތައް ފާހަގަވި، އަދި ފަހުކޮޅުގައި ސެސްކޯއަށް ފުރުސަތެއް ލިބުނު
  • ފަހުކޮޅުގައި އެލްސްނިކް ފޮނުވާލި ހަމަލާ އަމާޒުވީ ސާބިއާ ގޯލުގެ އަރިމަތީ ދަނޑިއަށް
  • ސާބިއާގެ ހަމަލާތަކަށް ބަލާއިރު، މިޓްރޮވިޗަށް ހުސްކޮށް ލިބުނު ބޯޅައިގައި އޮބްލަކް ވަނީ މޮޅު ސޭވެއްކޮށްފައި
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ސާބިއާއަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ
  • އެންމެ ރަނގަޅު ފުރުސަތުތައް ލިބިގެންދިޔައީ މިޓްރޮވިޗްއަށް
  • ހާފުގެ ކުރީކޮޅުގައި މިޓްރޮވިޗް ފޮނުވާލި ހަމަލާއެއް ސްލޮވޭނިއާ ކީޕަރު ވަނީ މަތަކޮށްފައި
  • އޭގެ ފަހުން މިޓްރޮވިޗް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސްލޮވޭނިއާ ޑިފެންޑަރު ކަރްނިޗްނިކް
  • މިޓްރޮވިޗްގެ ހަމަލާތަކަށްފަހު ސްލޮވޭނިއާގެ ސެސްކޯގެ ނުރައްކާ ފެނުނު، ސާބިއާ ކީޕަރު ރައިކޮވިޗް ވަނީ އެ ހަމަލާ މަތަކޮށްފައި
  • ސްލޮވޭނިއާއަށް ލީޑު ހޯދައިދިނީ އެޓީމުގެ ފުލްބެކް ކަރްނިޗްނިކް
  • އޭގެ ފަހުން ސާބިއާއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ
  • ސާބިއާ ފޯވަޑް މިޓްރޮވިޗްގެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، މިލިންކޮވިޗް ސަވިޗްގެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • ސާބިއާ އިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި
  • ސާބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޔޮވިޗް
20 Jun 19:55

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

20 Jun 19:54

'90+6 - ސާބިއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. އިވާން އިލިޗް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސާބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލޫކާ ޔޮވިޗް.

20 Jun 19:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

20 Jun 19:47

'83 - ސާބިއާގެ ހަމަލާއެއް. އިވާން އިލިޗް ދިން ބޮޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލަޒާރް ސަމަރްޑްޒިޗް ފޮނުވާލި ހަމަލާ ދިޔައީ ސްލޮވޭނިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

20 Jun 19:37

'79 - ސްލޮވޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޒާން ކަރްނިޗްނިކް ފޮނުވާލި ހަމަލާ ދިޔައީ ސާބިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

20 Jun 19:34

'75 - ސާބިއާގެ އިތުރު ހަމަލާއެއް. ޓަޑިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސާގޭ މިލިންކޮވިޗް ސަވިޗް ބޮލުން ފޮނުވާލި ހަމަލާ، ސްލޮވޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Jun 19:33

20 Jun 19:30

'72 - ސާބިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މިޓްރޮވިޗް ފޮނުވާލި ހަމަލާ، ސްލޮވޭނިއާ ޑިފެންޑަރު ކަރްނިޗްނިކްގެ ފައިގައި ޖެހި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.

20 Jun 19:27

'69 - ސްލޮވޭނިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ސްލޮވޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް ޒާން ކަރްނިޗްނިކް. އޭނާ އެ ގޯލު ކާމިޔާބުކުރީ ޓިމީ އެލްސްނިކް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން.

20 Jun 19:17

20 Jun 19:17

'58 - ސްލޮވޭނިއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބެންޖަމިން ސެސްކޯ ފޮނުވާލި ހަމަލާ، ސާބިއާގެ ކީޕަރު ޕެޑްރާގް ރައިކޮވިޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

20 Jun 19:12

'54 - ޕީޓާ ސްޓަޔަނޮވިޗްއަށް ކުރި ފައުލަކާ ގުޅިގެން ސާބިއާގެ ސާސާ ލުކިޗްއަށް ރީނދޫ ކާޑެއް.

20 Jun 19:11

'50 - ސާބިއާއަށް އިތުރު ފުރުސަތެއް. ޓަޑިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މިޓްރޮވިޗް ބޮލުން ފޮނުވާލި ހަމަލާ، ސްލޮވޭނިއާ ޑިފެންޑަރު ޒާާން ކަރްނިޗްނިކް ވަނީ ބްލޮކްކޮށްފައި.

20 Jun 19:09

'49 - ސާބިއާގެ މިލަޓް ގަޗިނޮވިޗް، ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ނުރައްކާތެރި ހުރަސް، ސްލޮވޭނިއާ ޑިފެންޑަރު ޔަކާ ބިޔޯލްގެ ފައިގައި ޖެހި ބައިކޮޅަށް ނުވަނީ ކިރިޔާ.

20 Jun 19:06

'47 - ސްލޮވޭނިއާ ކެޕްޓަން އަދި ކީޕަރު ޔާން އޮބްލަކްގެ މޮޅު ސޭވްއެއް. ޑުސާން ޓަޑިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އެލެކްސެންޑާ މިޓްރޮވިޗް ފޮނުވާލި ހަމަލާ، އޮބްލަކް ވަނީ ކުރިއަށް ނުކުމެ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

20 Jun 19:04

ސާބިއާ އިން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ފިލިޕް މިއަޑެނޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ މިޔަޓް ގަޗިނޮވިޗް.

20 Jun 19:03

ދެވަނަ ހާފުގެ ކުޅުން ފެށީ ސާބިއާ އިން.

20 Jun 18:50

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް ހަމަލާތައް ގިނަ
  • ފުރަތަމަ ކޮޅުގައި ސްލޮވޭނިއާގެ ހަމަލާތައް ފާހަގަވި
  • މައިކާރާއި އެލްސްނިކްގެ ހަމަލާތައް ފާހަގަވި، އަދި ފަހުކޮޅުގައި ސެސްކޯއަށް ފުރުސަތެއް ލިބުނު
  • ފަހުކޮޅުގައި އެލްސްނިކް ފޮނުވާލި ހަމަލާ އަމާޒުވީ ސާބިއާ ގޯލުގެ އަރިމަތީ ދަނޑިއަށް
  • ސާބިއާގެ ހަމަލާތަކަށް ބަލާއިރު، މިޓްރޮވިޗަށް ހުސްކޮށް ލިބުނު ބޯޅައިގައި އޮބްލަކް ވަނީ މޮޅު ސޭވެއްކޮށްފައި
20 Jun 18:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

20 Jun 18:46

'43 - ސާބިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސާސާ ލުކިޗް ފޮނުވާލި ބާރު ހަމަލާ، ސްލޮވޭނިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

20 Jun 18:42

'42 - ސާބިއާއަށް ހުސް ފުރުސަތެއް. ވްލަހޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މިޓްރޮވިޗް ފޮނުވާލި ހަމަލާ، ސްލޮވޭނިއާގެ ކީޕަރު ޔާން އޮބްލަކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

20 Jun 18:41

20 Jun 18:39

'38 - ކައިރިކައިރީގައި ސްލޮވޭނިއާއަށް ހުސް ދެ ފުރުސަތު. ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޓިމީ އެލްސްނިކް ފޮނުވާލި ހަމަލާ އަމާޒުވީ ސާބިއާ ގޯލުގެ އަރިމަތީ ދަނޑިއަށް. އަދި ގޯލު ހުސްކޮށް އޮއްވައި ހުސްކޮށް ހުރެ ރީބައުންސް ބޯޅައިން ބެންޖަމިން ސެސްކޯ ފޮނުވާލި ހަމަލާ، ސާބިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Jun 18:33

'32 - ސާބިއާގެ ނުރައްކާ ކޯނަރެއް. ޑުސާން ޓަޑިޗް ނަގައިދިން ކޯނަރު ސްލޮވޭނިއާގެ ގޯލު ކުރިމައްޗަށް ހުރަސްވެގެންދިޔަ ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރި އެލެކްސެންޑާ މިޓްރޮވިޗްގެ ބޮލުގައި ބޯޅަ ލައްވާލާ ގޮތް ވެފައެއް ނުވޭ.

20 Jun 18:28

'27 - ސާބިއާގެ ނުރައްކަލެއް. އިވާން އިލިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑުސާން ވްލޮހޮވިޗް ބޮލުން ފޮނުވާލި ހަމަލާ، ސްލޮވޭނިއާގެ ކީޕަރު ޔާން އޮބްލަކް ވަނީ މަތަކޮށްފައި.

20 Jun 18:28

'25 - ފައުލަކާ ގުޅިގެން ސާބިއާގެ ފިލިޕް މިއަޑެނޮވިޗްއަށް ރީނދޫ ކާޑެއް.

20 Jun 18:25

'21 - ސްލޮވޭނިއާގެ އެޓޭކް ފެންނަނީ ނުރައްކާކޮށް. ޕެނަލްޓީ އޭރިއާ ތެރެއިން ޔޭން މިއަކާރް އާއި ޕެނަލްޓީ އޭރިއާ ބޭރުން ޓިމީ މެކްސް އެލްސްނިކް ފޮނުވާލި ހަމަލާ ވެސް ސާބިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

20 Jun 18:15

'13 - ސްލޮވޭނިއާއަށް އިތުރު ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މައިކާރަށް ބޯޅަ ލިބުމުގެ ކުރިން ސާބިއާގެ ކީޕަރު ރައިކޮވިޗް ވަނީ ހޯދާފައި.

20 Jun 18:14

'6 - ސްލޮވޭނިއާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޔާން މައިކާރް ފޮނުވާލި ހަމަލާ، ސާބިއާގެ ކީޕަރު ޕްރެޑްރާގް ރައިކޮވިޗް ވަނީ މަތަކޮށްފައި.

20 Jun 18:13

ސާބިއާގެ ފުރަތަމަ 11

  • ޕްރެޑްރަގް ރަޖްކޮވިޗް (ގޯލްކީޕަރު)
  • ސްޓްރަހިންޖާ ޕަވްލޮވިޗް
  • ނިކޮލާ މިލެންކޮވިޗް
  • މިލޯސް ވެލްކޮވިޗް
  • ފިލިޕް އެމްލަޑެނޮވިޗް
  • ސާސާ ލުކިޗް
  • އިވާން އިލިޗް
  • އަންދްރީހާ ޒިވްކޮވިޗް
  • ޑޫސާން ޓަޑިޗް/ ކެޕްޓަން
  • އެލެކްސެންޑްރާ މިޓްރޮވިޗް
  • ޑޫސާން ވްލަހޮވިޗް
20 Jun 18:11

ސްލޮވޭނިއާގެ ފުރަތަމަ 11

  • ޔާން އޮބްލަކް (ގޯލްކީޕަރު) / ކެޕްޓަން
  • ޒާން ކާނިސިނިކް
  • ވަންޖާ ޑްރްކޫސިޗް
  • ޖާކާ ބިޖޯލް
  • އެރިކް ޖަންޒޭ
  • ޕީޓާ ސްޓޮޖަނޮވިޗް
  • އެޑަމް ނެޒްޑާ ކެރިން
  • ޓިމީ އެލްސްނިކް
  • ޔާން ލަކާރް
  • އަންޑްރާޒް ސްޕޮރާރް
  • ބެންޖެމިން ސެސްކޯ
20 Jun 18:03

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2024 ގެ 16 ވަނަ މެޗުގައި ސްލޮވޭނިއާ އަދި ސާބިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ސާބިއާއިން ފުރަތަމަ ކުޅުނު މެޗުގައި އިންގްލެންޑް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުން. އެ މެޗުގައި ސާބިއާއިން ދަށްކޮށް ފެށި ނަމަވެސ،ް ފަހުކޮޅަށް ގޮސް އެޓީމުން ކުޅުން ރަނގަޅުކޮށް އިންގްލެންޑް ހާސްކޮށްލި. ބަލިވީ ގޯލެއް ނުޖެހު ފުރުސަތުތައް ބޭކާރުވުމުން. ސްލޮވޭނިއާއިން މިހާތަނަށް ޔޫރޯގައި މޮޅެއް ހޯދާފައި ނުވާ އިރު، މިފަހަރު ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ޑެންމާކާ 1-1 އިން އެއްވަރު ކޮށްފައި.

މެޗު ކުޅޭ ސްޓޭޑިއަމް - ފުޓްބޯލް އެރީނާ މިޔުނިކް

ފުޓްބޯލް އެރީނާ މިޔުނިކް، ނުވަތަ މަޝްހޫރު ނަމުން ވިއްޔާ އެލިއަންޒް އެރީނާ އަކީ ޔޫރަޕުގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކުލަބު ކަމުގައި ވާ ބަޔާން މިޔުނިކުގެ ރަސްމީ ދަނޑު. 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗާއި، ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލުގެ އެއް މެޗާއި، އަދިވެސް ތާރީޚީ އަދި މުހިއްމު އެތައް މެޗެއް އެ ދަނޑެއްގައި ކުޅެވުނު އެލިއަންޒް އެރީނާ 2005 ވަނަ އަހަރު ބިނާ ކުރީ، މިޔުނިކަށް ނިސްބަތް ވާ ބެޔާރން މިޔުނިކާއި 1860 މިޔުނިކް މި ދެ ކުލަބު ގުޅިގެން. ނަމަވެސް ފަހުން ބެޔާރން ވަނީ ދަނޑުގެ މިލްކުވެރިކަމުގެ ހުރިހައި ހިއްސާއެއް ގަނެ، ދަނޑު އަމިއްލަ ކޮށްފައި.

ކެޕޭސިޓީ: 66000