ދުނިޔެ

ސައިޕްރަސްއަށް ހަމަލާ ދޭން ޖެހިދާނެ ކަމަށް ހިޒްބުﷲ އިން ބުނެފި

މުހައްމަދު އައުޒަމް

އިޒްރޭލަށް ވާގިވެރިވާ ކަމަށް ބުނެ ސައިޕްރަސް އަށް ހަމަލާ ދޭން ޖެހިދާނެ ކަމަށް އިންޒާރު ހިޒްބުﷲ އިން ބުނެފިއެވެ.

ޓީވީ މެދުވެރިކޯށް ދިން ހިތޯބެއްގައި ހިޒްބުﷲގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ ވަނީ މެޑިޓްރޭނިއަމް ކަނޑުގައިވާ ސައިޕްރަސް އިން ވެސް އިޒްރެލުން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވެފައިވާ ކަމަށް ބުނެފައެވެ.

ހަސަން ނަސްރުﷲ ވަނީ ހިޒްބުﷲގެ މިސައިލުތަކާއި ޑްރޯން ތަކުން އެއްވެސް ތަނެއް ސަލާމަތެއް ނުވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ހަސަން ނަސްރުﷲ ވަނީ ސައިޕްރަސް އިން އެގައުމުގެ އެއާޕޯޓުތަކާއި ބޭސްތައް އިޒްރޭލަށް ހުޅުވާލާފައިވާ ކަމަށާއި އެތައްތަނުން އެމީހުން ތަމްރީނު ވަމުން އަންނަ ކަމަށް ބުނެފައެވެ.

ހަސަން ނަސްރުﷲ ގެ ހިތޯބުގައި ވަނީ ލުބުނާނަށް ހަމަލާ ދިނުމަށް ސައިޕްރަސްގެ އެއާޕޯޓުތަކާއި ބޭސްތައް ބޭނުން ކުރާ ކަމަށްވެސް ތުހުމަތު ކޮށްފައެވެ. އެހެން ކަމުން މިހަނގުރާމައިގައި ސައިޕްރަސްވެސް ބައިވެރިވާ ކަމަށް ހަސަން ނަސްރުﷲ ވަނީ ތުހުމަތުކޮށްފައެވެ.

އިޒްރޭލާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައިގައި ހިޒްބުﷲ އިން ކާމިޔާބު އޮޕަރޭޝަން ތަކެއް ހިންގާފައިވެއެވެ. އެގޮތުން ހިޒްބުﷲގެ ޑްރޯން ތަކުން ވަނީ އިޒްރޭލުގެ ބޭސް އަކާއި ބަނދަރެއްގެ މަންޒަރު އާންމުކޮށްފައެވެ. އޮފިޝަލުން ވަނީ އެންޓި ޑްރޯން ނިޒާމު ހަރުކޮށްފައިވާ އެސަރަހައްދުތަކުން ހިޒްބުﷲ ގެ ޑްރޯންތައް ހަރަކާތްތެރިވުން އެއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.