މިއަހަރު 645 ހައްޖާޖީން މަރުވެފައިވާ ކަމަށް ސައުދީގެ އޮފިޝަލުން ބުނެފިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަން މައްކާ އަށް ޖަމާވެފައިވާ އިރު، ސައުދީން ވަނީ ހައްޖު ދުވަސްވަރު އެގައުމުގެ ފިނިހޫނުމިން ބޮޑުތަކުން މަތިވާނެ ކަމަށް ބުނެފައެވެ.
ހޫނުވުމުގެ ސަބަބުން 2700 އަށްވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެ ފަރުވާ ދީފައިވާ އިރު، މަރުވި މީހުންގެ އަދަދު 645 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މަރުވި މީހުންގެ ތެރޭގައި ހޫނުވުމުގެ ސަބަބުން ސިއްހީ އެކި މައްސަލަ ތަކުގައި މަރުވި މީހުން ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.
މަރުވި މީހުންގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ 68 މީހުން ހިމެނޭ އިރު، އޭގެތެރެއިން ގިނައީ އުމުރުން ދުވަސްވީ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ މަރުވި މީހުންގެ ތެރެއިން 323 މީހުންނަކީ މިސްރަށް ނިސްބަތް ވާ މީހުން ކަމަށާއި 60 މީހުން ޖޯޑަން އަށް ނިސްބަތްވާ ކަން ފާހަގަކޮށްފައެވެ.