މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
'90+5 - އަލްބޭނިއާ އިން ނަތީޖާ ހަމަހަމަކޮށްފި. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އަލްބޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްލައުސް ޔަސޫލާ. އޭނާ އަތުން ވަނީ ބައިކޮޅަށް ވެސް ގޯލެއް ވަދެފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'90 - އަލްބޭނިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން އަރްބާ ހޮޖާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.
'88 - ކްރޮއޭޝިއާގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި ހަމަލާ ދިޔައީ އަލްބޭނިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'80 - ކްރޮއޭޝިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން އަންޓޭ ބުޑިމިއާ ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ ވަނީ މަތަކޮށްފައި.
'76 - ކްރޮއޭޝިއާ އިން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. އެ ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ލޫކާ ސުސިޗް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އަލްބޭނިއާގެ ކްލައުސް ޔަސޫލާ އަތުން ބައިކޮޅަށް ވަން ގޯލެއް.
'74 - ކްރޮއޭޝިއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. އަންޓޭ ބުޑިމިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަންދްރޭ ކްރަމަރިޗް.
'72 - އަލްބޭނިއާގެ ބަދަލެއް. ލަޗީގެ ބަދަލުގައި ކުޅެން ނުކުތީ ކްލައުސް ޖަސޫލާ.
'69 - ކްރޮއޭޝިއާގެ ބަދަލެއް. ޕެޓްކޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ އަންޓޭ ބުޑިމިއާ.
'69 - ކްރޮއޭޝިއާގެ ނުރައްކަލެއް. ޕެރިސިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މާރިއޯ ޕަސަލިޗް ބޮލުން ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'67 - އަލްބޭނިއާގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނެދީމް ބައިރާމީ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'63 - އަލްބޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓިއަން އަސްލާނީ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.
'57 - ކްރޮއޭޝިއާއަށް އިތުރުން ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޔުރަނޮވިޗް ބޮލުން ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'53 - ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މަޓިއޯ ކޮވަސިޗް ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ ވަނީ މަތަކޮށްފައި.
'51 - ކްރޮއޭޝިއާއަށް އިތުރު ފުރުސަތެއް. އިވާން ޕެރިސިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މާރިއޯ ޕަސަލިޗް ބޮލުން ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'50 - ކްރޮއޭޝިއާއަށް ހުސް ފުރުސަތެއް. ބްރޫނޯ ޕެޓްކޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލޫކާ ސުސިޗް ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ ވަނީ މަތަކޮށްފައި.
ކްރޮއޭޝިއާ އިން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. މާސެލޯ ބްރޮޒޮވިޗް އާއި ލޮވްރޯ މަޔާގެ ބަދަލުގައި ކުޅެން ނުކުތީ މާރިއޯ ޕަސަލިޗް އަދި ލޫކާ ސުސިޗް.
މެޗުގެ ދެވަނަ ހާފު ފެށީ ކްރޮއޭޝިއާ އިން.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލްބޭނިއާ ކުރީގައި އޮވެގެން.
'45+1 - އަލްބޭނިއާގެ ނުރައްކަލެއް. ކްރިސްޓިއަން އަސްލާނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޔާސިރް އަސާނީ ބޮލުން ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.
'32 - އަލްބޭނިއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކްރިސްޓިއަން އަސްލާނީ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'29 - އަލްބޭނިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އެލްސެއިދް ހިސާއީ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'26 - ކްރޮއޭޝިއާގެ ނުރައްކަލެއް. ލޮވްރޯ މަޔާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބްރޫނޯ ޕެޓްކޮވިޗް ބޮލުން ފޮނުވާލި ހަމަލާ އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'20 - ކްރޮއޭޝިއާގެ ހަމަލާއެއް. މަޓިއޯ ކޮވަސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މާސެލޯ ބްރޮޒޮވިޗް ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'15 - އަލްބޭނިއާގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ނެދީމް ބައިރާމީއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
އެ ގޯލުގެ ކުރިން ވެސް އަލްބޭނިއާގެ ކުޅުން ރަނގަޅު. އެޓޭކުގައި މަސައްކަތްކޮށް، އަލްބޭނިއާ އިން ދިޔައީ ކްރޮއޭޝިއާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކުރަމުން.
'11 - އަލްބޭނިއާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޔާސިރް އަސާނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އަލްބޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގާޒިމް ލަޗީ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އަލްބޭނިއާ އިން.
ޔޫއެފާ ޔޫރޯ 2024 ގެ ތޭރަވަނަ މެޗުގައި ޕޯޗުގަލްއާއި ޗެކު ރިޕަބްލިކް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ކްރޮއޭޝިއާއިން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި ސްޕެއިން ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުން. އެ ބައްޔާއެކު މިއަދުގެ މެޗުން މޮޅުވާން އޮތީ ކޮންމެހެންވެސް މަޖުބޫރުވެފައި. އަނެއްކޮޅުން ނުކުންނަ އަލްބޭނިއާވެސް އޮތީ ފުރަތަމަ މެޗުން ބަލިވެފައި. އެއީ އެންމެފަހުގެ ޗެމްޕިއަން އިޓަލީ ކައިރިން 2-1 އިން.
ހެމްބަރގަކީ ޔޫރަޕުގެ ޝަހަރުތަކުގެ ތެރެއިން، ޤައުމުތަކުގެ ވެރިރަށްތައް ފިޔަވައި، ތިންވަނައަށް އެންމެ ބޮޑު ޝަހަރު. ރީތިކަމަށް މަޝްހޫރު، ފަތުރުވެރީންގެ ގާތުގައި ވަރަށް މަގުބޫލު މަންޒިލެއް. އެ ޝަހަރަށް ނިސްބަތް ވާ ހެމްބާރގަރ އެސްވީގެ ރަސްމީ ދަނޑު ކަމުގައި ވާ ފޯލްކްސްޕާރކްސްޓާޑިއޯން ހެމްބަރގަކީ 2010 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލް މެޗާއި، 2006 ގެ ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ އެއް މެޗު ފަދަ މުހިއްމު މެޗުތައް ކުޅެވިފައި ވާ ދަނޑެއް. 1953 ގައި ބިނާ ކުރެވުނު މި ދަނޑު 2000 ވަނަ އަހަރު މަރާމާތު ކޮށް ޒަމާނީ ކުރެވިފައިވޭ.
ކެޕޭސިޓީ: 49000