ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ތުރުކީ 3-1 ޖޯޖިއާ (ފުލްޓައިމް)

18 Jun 23:10

މެޗުގެ އުސްއަލިތައް

  • މެޗު ފެށިގެންދިޔައީ ތުރުކީގެ އެޓޭކިން ކުޅުމުން
  • ތުރުކީއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ
  • ތުުރުކީގެ އައިހާންގެ ހަމަލާއެއް އަރިމަތީ ދަނޑިއަށް އަމާޒުވި
  • ދެ ކޯނަރަކުން ވެސް ތުރުކީ ނުރައްކާކުރި، ނަމަވެސް ގޯލާ އަމާޒުވެފައެއް ނުވޭ
  • ރީތި ގޯލަކާއެކު ތުރުކީއަށް ލީޑު ހޯދައިދިނީ މުލްދޫރް
  • މާގިނައިރުތަކެއް ނުވަނީސް ތުރުކީގެ ޔިލްދީޒް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް
  • ތުރުކީން ލީޑު ހޯދިތާ ހަތް މިނެޓުގެ ތެރޭ ޖޯޖިއާ އިން ނަތީޖާ ހަމަހަމަކުރި، އެ ގޯލު ކާމިޔާބުކޮށްދިނީ މިކައުޓަޑްޒޭ
  • ޖޯޖިއާގެ މިކައުޓަޑްޒޭއަށް ލީޑު ހޯދުމަށް ވެސް ފުރުސަތެއް ލިބުނު، އޭނާގެ އެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • ދެވަނަ ހާފު ވެސް ތުރުކީން ފެށީ ހުސް ފުރުސަތަކާއެކު، ހުސްކޮށް ހުރެ މުލްދޫރް ފޮނުވާލި ހަމަލާގައި ބާރެއް ނެތް
  • އޭގެ ފަހުން ތުރުކީ ކެޕްޓަން ޗަލަނޯލޫގެ ހިލޭ ޖެހުން ވެސް ނުރައްކާ، ޖޯޖިއާ ކީޕަރު މަމަރްދަޝްވިލީ ވަނީ އެ ހަމަލާ މަތަކޮށްފައި
  • ޖޯޖިއާ އިން ވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި، ނަމަވެސް ތުރުކީގެ ކީޕަރު ގުނޮކްއަށް ނުރައްކާވެފައެއް ނުވޭ
  • ތުރުކީއަށް އަލުން ލީޑު ލިބިގެންދިޔައީ ގުލާގެ ރީތި ގޯލަކުން
  • އެ ގޯލަށްފަހު ޖޯޖިއާއަށް ހުސް ފުރުސަތެއް ލިބުނު، ޗަކްވެޓަޑްޒޭގެ ހަމަލާ އަމާޒުވީ ތުރުކީ ގޯލުގެ ހުރަސް ދަނޑިއަށް
  • ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖޯޖިއާއަށް ހުސް ދެ ފުރުސަތެއް ލިބުނު
  • ކޮޗޮރަޝްވިލީގެ ހަމަލާ ގޯލާ އަމާޒުނުވި އިރު، ޑަވިޓަޝްވިލީގެ ހަމަލާގެ ހުރަހަކަށްވީ ތުރުކީ ޑިފެންޑަރު އަކޭޑިން
  • ތުރުކީން ތިންވަނަ ގޯލު ޖެހީ ކީޕަރާއެކު ޖޯޖިއާގެ ހުރިހާ ކުޅުންތެރިއެއް ކުރިއަށް އަރާފައިވަނިކޮށް، އެ ގޯލު ކާމިޔާބުކޮށްދިނީ އަކްޓުރްކޮގްލޫ
18 Jun 22:58

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ތުރުކީ ކުރީގައި އޮވެގެން.

18 Jun 22:58

'90+7 - ތުރުކީން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. ކީޕަރު ހިމެނޭހެން ކޯނަރަށް ޖޯޖިއާގެ ހުރިހާ ކުޅުންތެރިން އަރާފައި ވަނިކޮށް ލިބުނު ބޯޅައެއް ހިފައިގެން ކުރިއަށް ގޮސް ހުސް ގޯލަށް ފޮނުވާލައިގެން ތުރުކީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެރެމް އަކްޓުރްކޮގްލޫ.

18 Jun 22:56

'90+6 - ޖޯޖިއާއަށް އިތުރު ފުރުސަތެއް. ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޒުރިކޯ ޑަވިޓަޝްވިލީ ފޮނުވާލި ހަމަލާ، ތުރުކީ ޑިފެންޑަރު ސަމެތު އަކޭޑިން ވަނީ ބްލޮކްކޮށްފައި.

18 Jun 22:54

'90+4 - ނަތީޖާ ހަމަހަމަކުރުމަށް ޖޯޖިއާއަށް ހުސް ފުރުސަތެއް. ކިވިޗާ ކުވަރަޓްސްކޭލިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ގިއޯގީ ކޮޗޮރަޝްވިލީ ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Jun 22:51

'90+1 - ތުރުކީގެ ބަދަލެއް. ޗަލަނޯލޫގެ ބަދަލުގައި ކުޅެން ނުކުތީ ސާލިހް އޯޒްޗޭން.

18 Jun 22:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

18 Jun 22:48

'86 - ތުރުކީގެ ނުރައްކަލެއް. މެހްމެތު ޒެކީ ސެލިކް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޔޫސުފް ޔަޒީކީ ބޮލުން ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު މަމަރްދަޝްވިލީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

18 Jun 22:46

'85 - ތުރުކީން ވެސް އިތުރު ދެ ބަދަލު. މުލްދޫރް އާއި ޔިލްދީޒްގެ ބަދަލުގައި ކުޅެން ނުކުތީ މެހްމެތު ޒެކީ ސެލިކް އަދި ކެރެމް އަކްޓުރްކޮގްލޫ.

18 Jun 22:44

'85 - ޖޯޖިއާގެ ބަދަލެއް. ސޮލޮމޮން ކިވެރްކްވެލިޔާގެ ބަދަލުގައި ކުޅެން ނުކުތީ ބުޑޫ ޒިވްޒިވަޑްޒޭ.

18 Jun 22:42

'79 - ތުރުކީގެ ދެ ބަދަލެއް. ގުލާ އާއި އައިހާންގެ ބަދަލުގައި ކުޅެން ނުކުތީ މެރީހް ޑެމިރާލް އަދި ޔޫސުފް ޔަޒިޗީ.

18 Jun 22:34

'74 - ޖޯޖިއާގެ ދެ ބަދަލެއް. ޗަކްވެޓަޑްޒޭ އާއި ސިޓައިޝްވިލީގެ ބަދަލުގައި ކުޅެން ނުކުތީ ލޫކާ ލޮޗޮޝްވިލީ އަދި ޒުރިކޯ ޑަވިޓަޝްވިލީ.

18 Jun 22:32

'70 - ޖޯޖިއާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގިއޯގީ ޗަކްވެޓަޑްޒޭ ފޮނުވާލި ހަމަލާ، އަމާޒުވީ ތުރުކީ ގޯލުގެ ހުރަސް ދަނޑިއަށް.

18 Jun 22:29

'69 - ތުރުކީއަށް އިތުރު ފުރުސަތެއް. ފެރްދީ ކަޑިއޮގްލޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮރްކުން ކުޗޫ ފޮނުވާލި ހަމަލާ ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ، އެ ބޯޅަ އޭނާގެ ފަޔަށް ރަނގަޅަށް އަރައިފައެއް ނުވޭ.

18 Jun 22:25

'65 - ތުރުކީން އިތުރު ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ތުރުކީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަރްދާ ގުލާ. އޭނާ ވަނީ ވަރަށް ރީތިކޮށް އެ ބޯޅަ، ޖޯޖިއާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލާފައި.

18 Jun 22:23

'63 - ޖޯޖިއާގެ ހަމަލާއެއް. ސިޓައިޝްވިލީ ދިން ބޯޅައަކުން ކިވިޗާ ކްވަރަޓްސްކޭލިއާ ފޮނުވާލި ހަމަލާ ދިޔައީ ތުރުކީގެ ގޯލާ އަމާޒު ނުވެ ބޭރަށް، އެ ބޯޅަަ އޭނާގެ ފަޔަށް ރަނގަޅަށް އަރައިފައެއް ނުވޭ.

18 Jun 22:17
18 Jun 22:16

'57 - ތުރުކީގެ ހިލޭ ޖެހުން ނުރައްކާ. ތުރުކީ ކެޕްޓަން ހަކާން ޗަލަނޯލޫ ފޮނުވާލި ބާރު ހިލޭ ޖެހުން، ޖޯޖިއާގެ ކީޕަރު މަމަރްދަޝްވިލީ ވަނީ މަތަކޮށްފައި.

18 Jun 22:15

'56 - ކާން އައިހާންއަށް ކުރި ފައުލަކާ ގުޅިގެން ޖޯޖިއާގެ ގިއޯގީ ކޮޗޮރަޝްވިލީއަށް ރީނދޫ ކާޑެއް، ތުރުކީއަށް ހިލޭ ޖެހުމެއް.

18 Jun 22:11

'52 - ޖޯޖިއާގެ ނުރައްކަލެއް. ކިވްޗާ ކަވަރަޓްސްކޭލިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މިކައުޓަޑްޒޭ ފޮނުވާލި ހަމަލާ، ތުރުކީގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

18 Jun 22:08

'49 - ޖޯޖިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހިއޮރްހީ ޝިޓައިޝްވިލީ ފޮނުވާލި ހަމަލާ އަމާޒުވީ ތުރުކީ ކީޕަރު ގުނޮކްއާ ދިމާއަށް.

18 Jun 22:06

'46 - ތުރުކީއަށް ހުސް ފުރުސަތެއް. ބަރިސް އަލްޕާ ޔިލްމާޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މެރްތު މުލްދޫރް ޖައްސާލި ބޯޅައިގައި ބާރެއް ނެތް، ޖޯޖިއާގެ ކީޕަރު މަމަރްދަޝްވިލީ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދާފައި.

18 Jun 22:03

ދެވަނަ ހާފުގެ ކުޅުން ފެށީ ތުރުކީން.

18 Jun 21:55

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗު ފެށިގެންދިޔައީ ތުރުކީގެ އެޓޭކިން ކުޅުމުން
  • ތުރުކީއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ
  • ތުުރުކީގެ އައިހާންގެ ހަމަލާއެއް އަރިމަތީ ދަނޑިއަށް އަމާޒުވި
  • ދެ ކޯނަރަކުން ވެސް ތުރުކީ ނުރައްކާކުރި، ނަމަވެސް ގޯލާ އަމާޒުވެފައެއް ނުވޭ
  • ރީތި ގޯލަކާއެކު ތުރުކީއަށް ލީޑު ހޯދައިދިނީ މުލްދޫރް
  • މާގިނައިރުތަކެއް ނުވަނީސް ތުރުކީގެ ޔިލްދީޒް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށް
  • ތުރުކީން ލީޑު ހޯދިތާ ހަތް މިނެޓުގެ ތެރޭ ޖޯޖިއާ އިން ނަތީޖާ ހަމަހަމަކުރި، އެ ގޯލު ކާމިޔާބުކޮށްދިނީ މިކައުޓަޑްޒޭ
  • ޖޯޖިއާގެ މިކައުޓަޑްޒޭއަށް ލީޑު ހޯދުމަށް ވެސް ފުރުސަތެއް ލިބުނު، އޭނާގެ އެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
18 Jun 21:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

18 Jun 21:47
18 Jun 21:37

'35 - ލީޑު ހޯދުމަށް ޖޯޖިއާއަށް ހުސް ފުރުސަތެއް. އޮޓާރް ކަކަބަޑްޒޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މިކައުޓަޑްޒޭ މިފަހަރު ފޮނުވާލި ހަމަލާ ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Jun 21:35

'33 - ޖޯޖިއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ގިއޯގީ ކަޗޮރަޝްވިލީ ދިން ބޯޅައަކުން ޖޯޖިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޯޖެސް މިކައުޓަޑްޒޭ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ގޯލަށް ބޯޅަ ފޮނުވާލީ ހަނި އޭންގަލަކުން.

18 Jun 21:30

'27 - ތުރުކީގެ ކެނާން ޔިލްދީޒް، ޖޯޖިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ޔިލްދީޒް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.

18 Jun 21:29

'25 - ތުރުކީގެ ރީތި ގޯލެއް. ތުރުކީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެރްތު މުލްދޫރް. ޖޯޖިއާގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވި ޕެނަލްޓީ އޭރިއާ ބޭރު ރޮނގުމަތިން ލިބުނު ބޯޅަ، މުލްދޫރް ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލާފައި.

18 Jun 21:23

'21 - ތުރުކީގެ އިތުރު ހަމަލާއެެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކެޕްޓަން ހަކާން ޗަލަނޯލޫ އެނބުރިލާފައި ފޮނުވާލި ހަމަލާ ދިޔައީ ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

18 Jun 21:16

'14 - ތުރުކީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ލިބުނު ބޯޅައަކުން ކެނާން ޔިލްދީޒް ފޮނުވާލި ހަމަލާ، ޖޯޖިއާގެ ކީޕަރު ގިއޯޖީ މަމަރްޑަޝްވިލީ ވަނީ މަތަކޮށްފައި.

18 Jun 21:15

'12 - ޖޯޖިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން އަންޒޯރް މެކްވަބިޝްވިލީ ފޮނުވާލި ހަމަލާ، ޑިފެންޑަރެއްގެ ގައިގައި ޖެހި ގޯލާ އަމާޒުވާން ދަނިކޮށް ތުރުކީގެ ކީޕަރު މެރްތު ގުނޮކް ވަނީ މަތަކޮށްފައި.

18 Jun 21:13

'11 - ތުރުކީގެ ނުރައްކާތެރި ހަމަލާއެއް. ޔެނާން ޔިލްދީޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކާން އައިހާން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑިއަށް.

18 Jun 21:12

'10 - ކޯނަރަކުން ތުރުކީގެ އިތުރު ނުރައްކަލެއް. އަރްދާ ގުލާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަބްދުލްކަރީމް ބަރްދާޗީ ފޮނުވާލި ހަމަލާ ވެސް ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވެ.

18 Jun 21:08

'6 - ތުރުކީގެ ހަމަލާއެއް. ކެޕްޓަން ހަކާން ޗަލަނޯލޫ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކާން އައިހާން ބޮލުން ފޮނުވާލި ހަމަލާ، ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވޭޭ.

18 Jun 21:05

'4 - ތުރުކީއަށް ފުރުސަތެއް. އަރިމަތިން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ތުރުކީގެ އޯކުން ކުޗޫގެ ބޮލުގައި ލައްވާލާ ގޮތް ވެފައެއް ނުވޭ.

18 Jun 21:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޖޯޖިއާ އިން.

18 Jun 21:00

ޖޯޖިއާގެ ފުރަތަމަ 11:

  • ގިއޯޖީ މަމަރްދާޝްވިލީ - ގޯލްކީޕަރު
  • ލަޝާ ޑުވާލީ
  • ސޮލޮމޮން ކިވޭކްވެލިޔާ
  • ގުރާމް ކަޝިއާ - ކެޕްޓަން
  • ގިއޯޖީ ޗަކްވެޓަޑްޒޭ
  • ގިއޯޖީ ކޮޗޮރަޝްވިލީ
  • އޮތާރް ކަކަބަޑްޒޭ
  • ހިއޮރްހީ ޝިޓައިޝްވިލީ
  • އަންޒޯރް މެކްވަބިޝްވިލީ
  • ކެވިޝާ ކުވަރަޓްޝްކޭލިއާ
  • ޖޯޖޯސް މިކައުޓަޑްޒޭ
18 Jun 20:56

ތުރުކީގެ ފުރަތަަމަ 11:

  • މެރްތު ގުނޮކް - ގޯލްކީޕަރު
  • ސަމެތު އެކޭޑިން
  • މެރުތު މުލްދޫރް
  • އަބްދުލްކެރީމް ބަރްޑާޗީ
  • ފެރްދީ ކަޑިއޮގްލޫ
  • އޯކުން ކުޗޫ
  • އަރްދާ ގުލާ
  • ހަކާން ޗަލަނޯލޫ - ކެޕްޓަން
  • ކެނާން ޔިލްދީޒް
  • ކާން އައިހާން
  • ބަރިސް އަލްޕާ ޔިލްމާޒް

ޔޫއެފާ ޔޫރޯ 2024 ގެ އެގާރަވަނަ މެޗުގައި ތުރުކީއާއި ޖޯޖިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ޖޯޖިއާގެ ތާރީހުގައި އެގައުމުން ކުޅޭ ފުރަތަމަ ބޮޑު މުބާރާތް. އެހެންކަމުން އެގައުމުގެ ތާރީހަށްވެސް މިއީ ބޮޑު މުބާރާތެއް. ހަބަރުތައް ބުނެފައިވާ ގޮތުގައި މިރޭ ޖޯޖިއާ މެޗު އެގައުމުގައި ބެލުމަށް، ރައްޔިތުން ސްޓޭޑިއަމްތަކަށް އެއްވާނެ. އަދި ޖަރުމަނަށްވެސް ގިނަ ސަޕޯޓަރުންތަކެއް ވަނީ ގޮސްފައި. އަނެއްކޮޅުން ތުރުކީއަކީ މީގެ ކުރިން ޔޫރޯގައި ކުޅުނު ނަމަވެސް، އެޓީމަށް ފަހުގެ ތާރީހެއްގައި ރަނގަޅު ކާމިޔާބީއެއް ހޯދިފައެއް ނެތް. ތުރުކީން ނުކުންނަނީ އެ ތާރީހު ބަދަލުކުރުން.

ކޯޗުންގެ ބަސް

ވިލީ ސަގްނޯލް - ޖޯޖިއާ

"ޕްލޭ އޮފްއަށް ފަހު އަހަރެމެންގެ ބައެއް ކުޅުންތެރިންނަށް އާންމު ދިރިއުޅުމުގައި ކުރާ ކަންކަން ކުރަންވެސް އުނދަގޫވި. އެއީ އުފަލުން. އޭރުގައި އުޅެމުންދިޔައީ ހުވަފެނީ ދުނިޔެއެއްގައި. އެހެންވިޔަސް، އެ ހުވަފެނުން ނުކުންނަން ޖެހިއްޖެ. އަހަރެމެން އަނެއްކާވެސް ފޯކަސް ކުރަން ޖެހިއްޖެ. އަހަރެން ޔޫރޯ ކޭމްޕް ފެށި ހިސާބުންވެސް ބުނަމުން މިދަނީ އެވާހަކަ. އެހެންވެ މިހާރު އެ ޑިސިޕްލިންނަށް ކުޅުންތެރިން ގެނެވިއްޖެ،"

ވިންސެންޒޯ މޮންޓޭލާ - ތުރުކީ

"ތިޔައީ ހަގީގަތެއް. އަހަރެމެން މިހާތަނަށް ޔޫރޯއެއްގައި ކުޅުނު ފުރަތަމަ މެޗަކުން މޮޅުވެފައެއް ނުވޭ. އެހެންވިޔަސް، އެކަމަށް ވަރަށް މަގުބޫލު އިނގިރޭސި ހަރުބަހެއް އޮންނާނެ. ކޮންމެ ކަމަކަށްވެސް ފުރަތަމަ ފަހަރެއްވޭ. އަހަރެމެން މިފަހަރު މިތިބީ ވަރުގަދަ ފެށުމަކުން ފެށޭ ވަރަށް ތައްޔާރުވެފައި. އޮގަނައިޒް ތުރުކީ ޓީމެއް ފެނިގެންދާނެ،"