ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ބެލްޖިއަމް 0-1 ސްލޮވޭކިއާ (ފުލްޓައިމް)

17 Jun 23:07

މެޗުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ބެލްޖިއަމަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި
  • އޭގެ އިރުކޮޅެއް ފަހުން ސްލޮވޭކިއާ ސަޕްރައިޒް ލީޑެއް ނެގި، ގޯލު ޖެހީ ޝަންރޭންޒް
  • އޭގެފަހުންވެސް ބެލްޖިއަމަށް ފުރުސަތު ލިބި ބޭކާރުވި، ލުކާކޫއާއި ޓްރޮސާޑަށްވެސް ގޯލާ ދިމާނުކުރެވުނު
  • ސްލޮވޭކިއާއިން ދެވަނަ ގޯލަކަށް ހަރެސްލިން ޖެހި ބޯޅަ މަތަކުރީ ކަސްޓީލްސް
  • ދެވަނަ ހާފުގައި ބެލްޖިއަމުން ފެނުނީ މުޅި ޓީމު ކުރިއަށް ޖެހި ވަރުގަދަ އެޓޭކެއް ކުރަމުންދިޔަ ތަން
  • ބެލްޖިއަމްގެ ލުކާކޫ ދެ ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އެއީ ގޯލުތަކެއް ނޫން ކަމަށް
  • ފުރަތަމަ ގޯލު އޮފްސައިޑެއް ކަމަށް ނިންމި އިރު، ދެވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން އޮޕެންޑާގެ އަތުގައި ބޯޅަ ޖެހުނު ކަމަށް
  • އޭގެ އިތުރުން ބެލްޖިއަމްގެ ބުކަޔޯކޯ އާއި ޑި ބްރޭނާ އަދި ޓްރޮސާޑަށް ވެސް ފުރުސަތުތަކެއް ލިބުނު
17 Jun 22:59

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ކުރީގައި އޮވެގެން.

17 Jun 22:54

'90+4 - ސްލޮވާކިއާގެ ބަދަލެއް. ޑޫޑާގެ ބަދަލުގައި ކުޅެން ނުކުތީ އެޑަމް އޯބާޓް.

17 Jun 22:53

'90+3 - ބެލްޖިއަމްގެ ހަމަލާއެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑި ބްރޭނާ ފޮނުވާލި ހަމަލާ، ސްލޮވާކިއާ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.

17 Jun 22:52

'90+2 - ލުކާކޫ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އޮޕެންޑާއަށް ލިބުމުގެ ކުރިން ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ އެ ބޯޅަ ހޯދައިފި.

17 Jun 22:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި.

17 Jun 22:48

'88 - ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ ބެލްޖިއަމްގެ ގޯލެއް ނޫން ކަމަށް. ރެފްރީ އެ ނިންމުން ނިންމާފައިވަނީ ބޯޅަ ހޯދުމުގެ ތެރޭގައި އޮޕެންޑާގެ އަތުގައި ބޯޅަ ޖެހިފައިވުމުން.

17 Jun 22:48

'87 - ބެލްޖިއަމުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. އިކޯމާ ލޮއިސް އޮޕެންޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލުކާކޫ.

17 Jun 22:45

'85 - ހެންކޯއަށް ކުރި ފައުލަކާ ގުޅިގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިނެޓެއް ކުރިން ކުޅެން ނުކުތް ބެލްޖިއަމްގެ ޑޯޑީ ލުކެބާކިއޯއަށް ރީނދޫ ކާޑެއް.

17 Jun 22:44

'84 - ބެލްޖިއަމްގެ ދެ ބަދަލެއް. ޑޯކޫ އާއި ކަރަސްކޯގެ ބަދަލުގައި ކުޅެން ނުކުތީ ޑޯޑީ ލުކެބާކިއޯ އަދި އިކޯމާ ލޮއިސް އޮޕެންޑާ.

17 Jun 22:41

'81 - ސްލޮވާކިއާގެ ބަދަލެއް. ސްލޮވާކިއާއަށް ގޯލު ޖަހައިދިން ޝްރާންޒްގެ ބަދަލުގައި ކުޅެން ނުކުތީ ޑޭވިޑް ޑުރިސް.

17 Jun 22:40

'80 - ބެލްޖިއަމްގެ ހަމަލާއެއް. ޑި ބްރޭނާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޮނާނާ ބޮލުން ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

17 Jun 22:39
17 Jun 22:35

'76 - ސުސްލޯވްއަށް ކުރި ފައުލަކާ ގުޅިގެން ބެލްޖިއަމްގެ ޓީލެމަންސްއަށް ރީނދޫ ކާޑެއް.

17 Jun 22:34

'74 - ބެލްޖިއަމްގެ ބަދަލެއް. ޓްރޮސާޑްގެ ބަދަލުގައި ކުޅެން ނުކުތީ ޔޫރޯ ޓީލެމެންސް.

17 Jun 22:30

'70 - ސްލޮވާކިއާ އިން ދެ ބަދަލެއް. ބޮޒެނިކް އާއި ހަރާސްލިންގެ ބަދަލުގައި ކުޅެން ނުކުތީ ތޯމަސް ސުސްލޯވް އަދި ޑޭވިޑް ސްޓެރެލެޗް.

17 Jun 22:23

'63 - ބެލްޖިއަމަށް ރަނުގެ ފުރުސަތެއް. ޑޯކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޔޮހާން ބަކަޔޯކޯ ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ސްލޮވާކިއާގެ ޑޭވިޑް ހެންކޯ ވަނީ ދިފާއުކޮށްފައި.

17 Jun 22:22

'62 - ބެލްޖިއަމަށް ހުސް ފުރުސަތެއް. ޑި ބްރޭނާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލުކާކޫ ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

17 Jun 22:21

'61 - ބެލްޖިއަމްގެ އެޓޭކު ވަރުގަދަ. ކޯނަރެއްގެ ތެރެއިން ކަރަސްކޯއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައި.

17 Jun 22:19

'59 - ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޓްރޮސާޑް ފޮނުވާލި ބާރު ހަމަލާ، ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

17 Jun 22:18

'58 - ބެލްޖިއަމްގެ ބަދަލެއް. އޮރެލް މަންގާލާގެ ބަދަލުގައި ކުޅެން ނުކުތީ ޔޮހާން ބަކަޔޯކޯ.

17 Jun 22:17

'57 - ކޯނަރެއްގެ ތެރެއިން އަމަޑޫ އޮނާނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލުކާކޫ، ސްލޮވާކިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފި. ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ ލުކާކޫ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް.

17 Jun 22:16

'55 - ބެލްޖިއަމަށް ހުސް ފުރުސަތެއް. ޓްރޮސާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލުކާކޫ ފޮނުވާލި ހަމަލާ، ސްލޮވާކިއާ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.

17 Jun 22:11

'52 - ސްލޮވާކިއާގެ އިތުރު ހަމަލާއެއް. ޑެނިސް ވަވްރޯ ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

17 Jun 22:07

'47 - ސްލޮވާކިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލޫކަސް ހަރަސްލިން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

17 Jun 22:05

މެޗުގެ ދެވަނަ ހާފު ފެށީ ބެލްޖިއަމުން.

17 Jun 21:52

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ބެލްޖިއަމަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި
  • އޭގެ އިރުކޮޅެއް ފަހުން ސްލޮވޭކިއާ ސަޕްރައިޒް ލީޑެއް ނެގި، ގޯލު ޖެހީ ޝަންރޭންޒް
  • އޭގެފަހުންވެސް ބެލްޖިއަމަށް ފުރުސަތު ލިބި ބޭކާރުވި، ލުކާކޫއާއި ޓްރޮސާޑަށްވެސް ގޯލާ ދިމާނުކުރެވުނު
  • ސްލޮވޭކިއާއިން ދެވަނަ ގޯލަކަށް ހަރެސްލިން ޖެހި ބޯޅަ މަތަކުރީ ކަސްޓީލްސް
17 Jun 21:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ކުރީގައި އޮވެގެން.

17 Jun 21:48

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

17 Jun 21:47

'43 - ބެލްޖިއަމަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ރަނގަޅަށް ކޮންޓްރޯލު ނުކުރެވިގެން ލުކާކޫއަށް އެ ބޯޅައިގައި ބޭނުން ހިފޭ ގޮތް ވެފައެއް ނުވޭ.

17 Jun 21:44

'39 - ސްލޮވޭކިއާގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއަށް ހުރަސްވެގެން އައި ބޯޅަ ވައިގެ ތެރޭގައި އޮއްވާ ހަރެސްލިން ފޮނުވާލި ވޮލީ މަތަކުރީ ބެލްޖިއަމްގެ ކީޕަރު ކަސްޓީލްސް. މޮޅު ސޭވެއް.

17 Jun 21:42

'36 - ބެލްޖިއަމްއަށް ފުރުސަތެއް. ޑި ބްރޭނާ ނެގި ބޯޅައިން އޮނާނާ ބޮލުން ޖެހި ނަމަވެސް ދިޔައީ ކީޕަރު އަތަށް.

17 Jun 21:35

'31 - ސްލޮވާކިއާގެ ހަމަލާއެއް. ލޫކަސް ހަރަސްލިން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ރޮބާޓް ބޮޒެނިކް ފޮނުވާލި ހަމަލާ އަމާޒުވީ ބެލްޖިއަމް ކީޕަރު ކޮއެން ކަސްޓީލްސްއާ ދިމާއަށް.

17 Jun 21:32

29 - މެޗުގެ ފުރަތަމަ ރީނދޫ ކާޑު ބެލްޖިއަމަށް. ބެލްޖިއަމްގެ އޮރެލް މަންގާލާއަށް ރީނދޫ ކާޑު ދެއްކީ ސްލޮވާކިއާގެ ލޫކަސް ހަރަސްލިންއަށް ކުރި ފައުލަކާ ގުޅިގެން.

17 Jun 21:26

17 Jun 21:23

'21 - ބެލްޖިއަމްއަށް ފުރުސަތެއް. ސްލޮވޭކިއާގެ ގޯލްކީޕަރު ޑުބްރުވާކާއަށް ހެދުނު ގޯހަކުން އޭރިއާ ބޭރުން ލެއާންޑްރޯ ޓްރޮސާޑަށް ލިބުނު ބޯޅަ އޭނާ ދުރުން ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ މަތިން ބޭރަށް.

17 Jun 21:20

17 Jun 21:18

'16 - ބެލްޖިއަމްގެ ހަމަލާއެއް. ޖެރެމީ ޑޮކޫ އަރިމަތިން ވަދެ ފޮނުވާލި ހަމަލާ ބްލޮކް ކުރީ ޑޭވިޑް ހެންކޯ.

17 Jun 21:15

'13 - ބެލްޖިއަމްއަށް ފުރުސަތެއް. ކެވިން ޑި ބްރޭނާ ނަގައިދިން ހުރަސް ނުރައްކާތެރިކޮށް ހުރަސްވެގެން ދިޔަ ނަމަވެސް އެއްވެސް ކުޅުންތެރިޔަކަށް ރަނގަޅަށް ބޯޅައިގައި ޖެއްސޭ ގޮތެއް ނުވި.

17 Jun 21:09

'7 - ސްލޮވޭކިއާއިން ގޯލު ޖަހައި ލީޑު ނަގައިިފި. ބެލްޖިއަމްގެ ފަހަތުން ހެދުނު ގޯހެއްގެ ބޭނުންހިފައި، ކުޗްކާ ޖެހި ބޯޅަ ބެލްޖިއަމް ކީޕަރު ކަސްޓީލްސް މަތަކުރި ނަމަވެސް، އަރިމައްޗަށް ދިޔަ ރީބައުންސް ބޯލައިގައި އިވާން ޝަންރޭންޒް ފޮނުވާލި ބޯޅަ ވަނީ ތިރިތިރީން ގޯލަށް ވައްދާލައިފައި.

17 Jun 21:05

'3 - ބެލްޖިއަމްއަށް ހުސް ފުރުސަތެއް. ޖެރެމީ ޑޮކޫ ތިން ކުޅުންތެރިން ނައްޓާލައިފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ، ކެވިން ޑި ބްރޭނާ ޖައްސާލުމުން ލިބުނީ ރޮމެލޫ ލުކާކޫއަށް. ލުކާކޫ ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު ޑިބްރުވާކާ ގައިގައި ޖެހިފައި.

17 Jun 21:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްލޮވޭކިއާ.

17 Jun 20:50

ސްލޮވޭކިއާގެ ފުރަތަމަ 11

  • މާޓިން ޑުބްރުވާކާ (ގޯލްކީޕަރު)
  • ޑޭވިޑް ހެންކޯ
  • މިލާން ސްކްރިނިއާ/ ކެޕްޓަން
  • ޑެނިސް ވަވްރޯ
  • ޕީޓާ ޕެކަރިކް
  • އޮންޑްރެޖް ޑޫޑާ
  • ސްޓޭންސްލާވް ލޮބޮޓްކާ
  • ޖުރާކް ކުޗްކާ
  • ލޫކަސް ހަރަސްލިން
  • ރޮބާޓް ބޮޒެނިކް
  • އިވާން ޝްރާންޒް
17 Jun 20:46

ބެލްޖިއަމްގެ ފުރަތަމަ 11

  • ކޮއެން ކަސްޓީލްސް (ގޯލްކީޕަރު)
  • ޓިމޮތީ ކަސްޓާނިއޭ
  • ވޯޓް ފައެސް
  • ޒެނޯ ޑެބާސްޓް
  • ޔަކިކް ކަރެސްކޯ
  • އަމަޑޫ އޮނާނާ
  • އޮރެލް މަންގާލާ
  • ލެއާންޑްރޯ ޓްރޮސާޑް
  • ކެވިން ޑި ބްރޭނާ/ ކެޕްޓަން
  • ޖެރެމީ ޑޮކޫ
  • ރޮމެލޫ ލުކާކޫ

ޔޫއެފާ ޔޫރޯ 2024 ގެ ނުވަވަނަ މެޗުގައި ބެލްޖިއަމާއި ސްލޮވޭކިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ދެގައުމުންވެސް މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. ބެލްޖިއަމަކީ މިރޭގެ މެޗަށް ފެވަރިޓުން. އެޓީމުން މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާތަކެއް ބޮޑެތި މުބާރާތްތަކުގައި ނެރުނު. އެހެން ނަމަވެސް އެ ރަން ޖީލަށް އަދި ތަށްޓެއް ލިބިފައެއް ނުވޭ. އެހެންކަމަށްވުމުން، މިފަހަރުގެ ޔޫރޯ ހޯދަންވެސް އެޓީމުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ބެލެވޭ.

ކޯޗުންނަށް ކަޅިއެއް

ފްރެންސެސްކޯ ކަލްޒޯނާ - ސްލޮވޭކިއާ

ފްރެންސެސްކޯ ކަލްޒޯނާ އަކީ މިވަގުތު ކޯޗިން ދެ ވަޒީފާއެއްގައި ހުރި ކޯޗެއް. އެއީ ސްލޮވާކިއާ ގައުމީ ޓީމާއި އިޓަލީގެ ކްލަބު ނަޕޯލީގެ ކޯޗުކަމުގައި. އިޓަލީއަށް އުފަން ކަލްޒޯނާގެ ކޯޗިން ކެރިއަރު އެކުގައި ބިނާކޮށްފައި ވަނީވެސް އިޓަލީން. 2008 ވަނަ އަހަރުން ފެށިގެން ކޯޗިން މަސައްކަތަށް ނުކުތް ކަލްޒޯނާ، 2022 އާ ހަމައަށް އެކިއެކި ކޯޗުންގެ އެސިސްޓެންޓް ކަމުގައި މަސައްކަތް ކުރި. އޭނާ ހެޑް ކޯޗަކަށް ފުރަތަމަ ނުކުތީވެސް 2022 ވަނަ އަހަރު ސްލޮވާކިއާއާ އެކުގައި. ނަޕޯލީ ކޯޗުކަން އޭނާއާ ހަވާލުކުރީ މިއަހަރު ފެބްރުއަރީ މަހު. އެއީ ސީޒަން ނިމެންދެން.

ޑޮމެނިކޯ ޓެޑެސްކޯ - ބެލްޖިއަމް

އިޓަލީއަށް އުފަން ޓެޑެސްކޯ ވަނީ ވަރަށް ޒުވާން އުމުރުގައި ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާވުމަށްފަހު ކޯޗިން ކެރިއަރު ފަށައިފައި. ކޯޗިން ކެރިއަރު 2017 އަހަރު ފަށައި، ޖަރުމަންގެ ޝާލްކޭއާއެކު އޭނާ ވަނީ ފުރަތަމަ ސީޒަނުގައި ވެސް ޖަރުމަން ބުންޑަސްލީގާގެ ދެވަނަ ހޯދައިފައި. އޭގެ ފަހުން އާރްބީ ލައިޕްޒިގާ ހަވާލުވެ، 2022 ވަނަ އަހަރު ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލާ ހަމައަށް ގެންގޮސްދީ، އެ ކްލަބަށް އެ އަހަރުގެ ޖަރުމަން ކަޕް ވެސް ކާމިޔާބުކޮށްދިން. ބެލްޖިއަމް ގައުމީ ޓީމާ ޓެޑެސްކޯ ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު.