މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'89 - ސާބިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސާގޭ މިލިންކޮވިޗް ސަވިޗް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'86 - އިންގްލެންޑުން ބަދަލެއް. ބެލިންހަމްގެ ބަދަލުގައި ކުޅެން ނުކުތީ ކޮބީ މައިނޫ.
'83 - ސާބިއާގެ އިތުރު ހަމަލާއެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ވެއިކޯ ބިރްމަންސެވިޗް ފޮނުވާލި ހަމަލާ، ގޯލު ކުރިމަތީ ހުރި އިންގްލެންޑް ކެޕްޓަން ކޭން ވަނީ ދިފާއުކޮށްފައި.
'82 - ސާބިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ވްލަހޮވިޗް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައި.
'77 - އިންގްލެންޑަށް ހުސް ފުރުސަތެއް. ޖެރޮޑް ބޮވެން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އިންގްލެންޑް ކެޕްޓަން ހެރީ ކޭން ބޮލުން ފޮނުވާލި ހަމަލާ، ސާބިއާގެ ކީޕަރު ޕްރެޑްރާގް ރައިކޮވިޗް ވަނީ މަތަކޮށްފައި. ކީޕަރު ރައިކޮވިޗްގެ އަތުގައި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.
'76 - އިންގްލެންޑުގެ އިތުރު ބަދަލެއް. ސަކާގެ ބަދަލުގައި ކުޅެން ނުކުތީ ޖެރޮޑް ބޮވެން.
'74 - ސާބިއާ އިން ބަދަލެއް. ޒިވްކޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ ވެއިކޯ ބިރްމަންސެވިޗް.
'69 - އިންގްލެންޑްގެ ބަދަލެއް. އާނޯލްޑްގެ ބަދަލުގައި ކުޅެން ނުކުތީ ކޮނޯ ގަލެގާ.
'61 - ސާބިއާގެ ދެ ބަދަލެއް. މިޓްރޮވިޗް އާއި ސަސާ ލުކިޗްގެ ބަދަލުގައި ކުޅެން ނުކުތީ އެޓީމުގެ ރަސްމީ ކެޕްޓަން ޑުސާން ޓަޑިޗް އާއި ލޫކާ ޖޮވިޗް.
'59 - ސާބިއާގެ ނުރައްކަލެއް. ފިލިޕް މިލަޑެނޮވިޗް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މިޓްރޮވިޗްއަށް ލިބުމުގެ ކުރިން އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހޯދާފައި.
'57 - ޕެނަލްޓީ އޭރިއާ ތެރެއިން ބެލިންހަމްއަށް ލިބުނު ބޯޅަ ނުރައްކާވުމުގެ ކުރިން ސާބިއާގެ އިވާން އިލިޗް ހޯދައިފި.
'56 - އިންގްލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އާނޯލްޑް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސާބިއާގެ ކީޕަރު ޕްރެޑްރާގް ރައިކޮވިޗްއާ ދިމާއަށް.
'52 - ސާބިއާގެ ނުރައްކަލެއް. އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ވްލޮހޮވިޗް ހުރަސްކޮށްލި ބޯޅަ، ގޯލު ކުރިމަތީގައި ހުރި ފިލިޕް މިލަޑެނިވިޗްގެ ފައިގައި ލައްވާލާ ގޮތް ވެފައެއް ނުވޭ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ފެނިގެންދިޔައީ އިންގްލެންޑަށް ބޯޅަ ހިފަހައްޓައިގެން ކުޅުމަށް އުނދަގޫތަކަކާ ކުރިމަތިލާ ތަން. ސާބިއާ އިން ވަނީ އެޓޭކުގައި ނުރައްކާކުރުމަށް މަސައްކަތްކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ ސާބިއާ އިން.
ސާބިއާ އިން ދެވަނަ ހާފަށް ނުކުންނަނީ ބަދަލަކާއެކު. ގުޑޭލްގެ ބަދަލުގައި ކުޅެން ނުކުންނަނީ އިވާން އިލިޗް.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'43 - އަނިޔާއަކާ ގުޅިގެން ފިލިޕް ކޮސްޓިޗްގެ ބަދަލުގައި ފިލިޕް މިލަޑެނޮވިޗް ކުޅެން އަރުވައިފި.
'39 - ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ސާބިއާގެ ނަމެންޔާ ގުޑޭލްއަށް ރީނދޫ ކާޑެއް.
ގޯލަށްފަހު އިންގްލެންޑަށް ގޯލު ޖަހާނެ ފުރުސަތެއް އަދި ނުލިބޭ. ސާބިއާ އިން ވެސް ބޯޅަ ލިބުމާއެކު އެޓޭކުގައި ނުރައްކާކުރުމަށް ދަނީ މަސައްކަތްކުރަމުން. ހާއްސަކޮށް އެޓީމުގެ ނުރައްކާތެރި ދެ ފޯވަޑުން، ޑުސާން ވްލަހޮވިޗް އާއި އެލެކްސެންޑާ މިޓްރޮވިޗްގެ ބޭނުން ހިފުމަށް ދަނީ މަސައްކަތްކުރަމުން.
'25 - ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކައިލް ވޯކާ ދިން ބޯޅަ އިންގްލެންޑްގެ އިތުރު ކުޅުންތެރިޔަކަށް ލިބޭ ގޮތެއް ނުވި.
'20 - ސާބިއާއަށް ފުރުސަތެއް. އާނޯލްޑަށް ހެދުނު ގޯހަކުން އަންދްރިއާ ޒިވްކޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އެލެކްސެންޑާ މިޓްރޮވިޗް ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'18 - އިންގްލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ބޯޅަ ސާބިއާގެ ގޯލާ އަމާޒުވެފައެއް ވެސް ނުވޭ.
'13 - އިންގްލެންޑުން ގޯލުން ޖަހައި ލީޑު ހޯދައިފި. ބުކަޔޯ ސަކާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ޖޫޑް ބެލިންހަމް.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ. ސާބިއާ އިން ކުޅެމުންދަނީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ޑިފެންސަށް ވިސްނައިގެން. ސާބިއާއަށް އަދި ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
'5 - ކިއެރެން ޓްރިޕިއާ ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން އިންގްލެންޑްގެ ފިލް ފޮޑެން ފޮނުވާލި ހަމަލާގައި ނުރައްކަލެއް ނެތް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންގްލެންޑުން.
ޔޫއެފާ ޔޫރޯ 2024ގެ ހަތްވަނަ މެޗުގައި އިންގްލެންޑާއި ސާބިއާ ވާދަކުރާ ގްރޫޕް ސީގެ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ދެ ޓީމުންވެސް މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. އިންގްލެންޑަކީ މިދިޔަ ޔޫރޯ 2020ގެ ރަނަރަޕް ޓީމު. އެޓީމުން އެފަހަރު ފައިނަލުގައި ބަލިވީ އިޓަލީ ކައިރިން ޕެނަލްޓީ ޖަހައިގެން. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ތަށްޓަކަށް އިންގްލެންޑުން ކުރަމުން އަންނަ މަސައްކަތުގައި މިރޭގެ ފެށުން މުހިއްމު ވާނެ.
"ސާބިއާ އަހަރެމެންނަށް ފަސޭހަ ނުވާނެ. އިންޑިވިޖުއަލް ވަރަށް ހުނަރުވެރި ކުޅުންތެރިން ސާބިއާގައި އެބަ ތިބި. އަދި އެ ޓީމުގެ ރޫހުވެސް ވަރަށް ރަނގަޅުވާނެ. އަހަރެމެންނަށް އެނގޭ މި ފަހަރު އޯޕެނިން މެޗު އުނދަގޫވާނެކަން. ބުރަކޮށް މަސައްކަތް ކުރަންޖެހޭ،"
"އަހަރެމެންނަށް އެނގޭ މުބާރާތް ފަށަން މި ޖެހުނީވެސް ފެވަރިޓަކާ ދެކޮޅަށް ކަމަށް. އެއީ އިންގްލެންޑް. އެހެންވިޔަސް، އަހަރެމެން ވަރަށް ބޮޑަށް ތައްޔާރުވެއްޖައިން. އެއީ ޓެކްޓިކަލީ އަދި ފިޒިކަލީވެސް. އަހަރެމެންނަށް މިހާރު ރަނގަޅީ ވީހާވެސް އަވަހަކަށް މެޗު ފެށިއްޔާ. އަހަންނަށް އެނގޭ އިންގްލެންޑްގެ ޗެލެންޖާ ކުރިމަތިލާން އަހަރެންގެ ޓީމު ތައްޔާރުކަން،"