ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ސްލޮވޭނިއާ 1-1 ޑެންމާކު (ފުލްޓައިމް)

16 Jun 22:54

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޑެންމާކުން ފެނުނީ ވަރަށް އެޓޭކިން ކުޅުމެއް
  • ސްލޮވޭނިއާ އިން ފެނުނީ ޑިފެންސިވް ކުޅުމެއް
  • ޑެންމާކުގެ އެންމެ ބޮޑު ތަފާތަކަށްވީ އެޓީމުގެ ތަރި އެރިކްސަން
  • ޑެންމާކަށް ލީޑު ހޯދައިދިނީ ވެސް އެރިކްސަން
  • އެރިކްސަނަށް އިތުރު ގޯލެއް ޖެހުމަށް ވެސް ހުސް ފުރުސަތެއް ލިބުނު، ނަމަވެސް ގޯލާ އަމާޒުވެފައެއް ނުވޭ
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް ޑެންމާކުން ފެނުނީ އެޓޭކިން ކުޅުމެއް، ސްލޮވޭނިއާ އިން ވަރުގަދަ ޑިފެންސް ކުރި
  • އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޑެންމާކުގެ ހޮއިލުންޑަށް، ނަމަވެސް ސްލޮވޭނިއާ ކީޕަރު އޮބްލަކް ވަނީ އެ ހަމަލާ މަތަކޮށްފައި
  • މެޗު ނިމެނިކޮށް ސްލޮވޭނިއާގެ އެޓޭކް ވަރުގަދަކުރި
  • ސްލޮވޭނިއާގެ ޝެޝްކޯ ފޮނުވާލި ހަމަލާއެއް ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި
  • އޭގެ މާގިނައިރުތަކެއް ނުވަނީސް ދުރުން ފޮނުވާލި ހަމަލާއަކުން ޔަންޒާ ވަނީ ސްލޮވޭނިއާއަށް ނަތީޖާ ހަމަހަމަކޮށްދީފައި
16 Jun 22:52

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

16 Jun 22:51

'90+4 - ސްލޮވޭނިއާގެ ދެ ބަދަލެއް. ސްޕޮރާރް އާއި ޝެޝްކޯގެ ބަދަލުގައި ކުޅެން ނުކުތީ ޑޭވިޑް ބްރެކާލޯ އަދި ޔާސްމިން ކުރްޓިޗް.

16 Jun 22:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

16 Jun 22:47

'89 - ޑެންމާކުން އިތުރު ބަދަލެއް. ހިޖޫލްމަންޑްގެ ބަދަލުގައި ކުޅެން ނުކުތީ ތޯމަސް ޑެލޭނީ.

16 Jun 22:42

'84 - އެރިކްސަނަށް ކުރި ފައުލަކާ ގުޅިގެން ސްލޮވޭނިއާގެ ޒޭން ސެލާއަށް ރީނދޫ ކާޑެއް.

16 Jun 22:41

'83 - ޑެންމާކުން ތިން ބަދަލެއް. ހޮއިލުންޑާއި ވިންޑް އަދި ހޮއިބިއާގެ ބަދަލުގައި ކުޅެން ނުކުތީ ޔޫސުފް ޕޮލްސަން އާއި ކެސްޕާ ޑޮލްބާގް އަދި ކްރިސްޓިއަން ނޯގާޑް.

16 Jun 22:38

'81 - ސްލޮވޭނިއާގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސްޕޮރާރް ފޮނުވާލި ބާރު ހަމަލާ، ޑެންމާކްގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.

16 Jun 22:37

'79 - ޑެންމާކްގެ ބަދަލެއް. ވިކްޓާ ކްރިސްޓިއާންސެންގެ ބަދަލުގައި ކުޅެން ނުކުތީ ޔޯކިމް މައޭލީ.

16 Jun 22:36

'77 - ސްލޮވޭނިއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ސްލޮވޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެރިކް ޔަންޒާ. އޭނާގެ ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޑެންމާކުގެ މޯޓެން ހިޖޫލްމަންޑްގެ ގައިގައި ޖެހިފައި.

16 Jun 22:34

'76 - ސްލޮވޭނިއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބެންޖަމިން ޝެޝްކޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިއަށް.

16 Jun 22:33

'75 - ސްލޮވޭނިއާއަށް ރަނގަޅު ފުރުސަތެއް. ހިލޭ ޖެހުމެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން އަންޑްރޭޒް ސްޕޮރާރް ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 22:28

'71 - ޑެންމާކުގެ ހަމަލާއެއް. އެރިކްސަން ނަގައިދިން ކޯނަރަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޖޮނަސް ވިންޑް ބޮލުން ފޮނުވާލި ހަމަލާ، ސްލޮވޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 22:25

'68 - ސްލޮވޭނިއާގެ ބަދަލެއް. ސްޓޮޔަނޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ ބެންޖަމިން ވާބިޗް.

16 Jun 22:24

'67 - ސްލޮވޭނިއާއަށް ރަނގަޅު ފުރުސަތެއް. އަންޑްރާޒް ސްޕޮރާރް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެޑަމް ޖެޒްޑާ ޗެރިން ބޮލުން ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 22:23

'64 - ޑެންމާކްގެ ނުރައްކާތެރި ހަމަލާއެއް. ވިކްޓާ ކްރިޓަންސެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަސްމުސް ހޮއިލުންޑް ފޮނުވާލި ހަމަލާ، ސްލޮވޭނިއާ ކީޕަރު ޔާން އޮބްލަކް ވަނީ މަތަކޮށްފައި.

16 Jun 22:19

ދެވަނަ ހާފު ވެސް ޑެންމާކުން އެޓޭކިން ކުޅުމެއްގައި ފަށާފައިވާ އިރު، ސްލޮވޭނިއާ އިން ފެންނަނީ ޑިފެންސިވް ކުޅުން.

16 Jun 22:10

'53 - ހޮއިބިއާއަށް ކުރި ފައުލަކާ ގުޅިގެން ސްލޮވޭނިއާގެ ޕީޓާ ސްޓޮޔަނޮވިޗްއަށް ރީނދޫ ކާޑެއް.

16 Jun 22:08

'49 - ފައުލަކާ ގުޅިގެން ޑެންމާކްގެ މޯޓެން ހިޖޫންލަމަންޑަށް ރީނދޫ ކާޑެއް.

16 Jun 22:02

ދެވަނަ ހާފުގެ ކުޅުން ފެށީ ޑެންމާކުން.

16 Jun 21:51

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޑެންމާކުން ފެނުނީ ވަރަށް އެޓޭކިން ކުޅުމެއް
  • ސްލޮވޭނިއާ އިން ފެނުނީ ޑިފެންސިވް ކުޅުމެއް
  • ޑެންމާކުގެ އެންމެ ބޮޑު ތަފާތަކަށްވީ އެޓީމުގެ ތަރި އެރިކްސަން
  • ޑެންމާކަށް ލީޑު ހޯދައިދިނީ ވެސް އެރިކްސަން
  • އެރިކްސަނަށް އިތުރު ގޯލެއް ޖެހުމަށް ވެސް ހުސް ފުރުސަތެއް ލިބުނު، ނަމަވެސް ގޯލާ އަމާޒުވެފައެއް ނުވޭ
16 Jun 21:46

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޑެންމާކް ކުރީގައި އޮވެގެން.

16 Jun 21:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

16 Jun 21:43

'43 - ޑެންމާކަށް އިތުރު ފުރުސަތެއް. ވިންޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އެރިކްސަން ފޮނުވާލި ހަމަލާ، ސްލޮވޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 21:39

'40 - ޑެންމާކަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އެރިކްސަން ފޮނުވާލި ހަމަލާ، ސްލޮވޭނިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.

16 Jun 21:32
16 Jun 21:31

'29 - ރަނގަޅު ފުރުސަތެއް ނަމަވެސް، ސްލޮވޭނިއާއަށް ނުރައްކަލެއް ނުކުރެވުނު. ސްލޮވޭނިއާގެ ފަހަތުން ދިން ބޯޅަ، ހުސްކޮށް ހުރި ސްލޮވޭނިއާ ފޯވަޑް އަންޑްރާޒް ސްޕޮރާރްއަށް ވަނީ ރަނގަޅަށް ކޮންޓްރޯލު ނުކުރެވިފައި.

16 Jun 21:29

'28 - ޑެންމާކްގެ ނުރައްކާތެރި ބޯޅައެއް. ޕެނަލްޓީ އޭރިއާ ބޭރު އަރިމަތިން އެރިކްސަން ފޮނުވާލި ބާރު ބޯޅަ، ސްލޮވޭނިއާގެ ޔާން އެމްލަކާރް ގައިގައި ޖެހި ދިޔައީ ސްލޮވޭނިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

16 Jun 21:24

ޑެންމާކުގެ ގޯލާއެކު ސްލޮވޭނިއާ އިން މިހާރު ދަނީ ކުރިއަށް ޖެހި، ޑެންމާކުގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން. މެޗުގެ ކުރީކޮޅު އެޓީމުގެ ފަރާތުން ފެނުނީ ޑިފެންސިވް ކުޅުމެއް.

16 Jun 21:18

'17 - ޑެންމާކުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޖޮނަސް ވިންޑް ދިން ރީތި ބޯޅައަކުން ޑެންމާކަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން. އޭނާ ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ފަސޭހަކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައި.

16 Jun 21:17

'16 - ސްލޮވޭނިއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބެންޖަމިން ޝެސްކޯ ފޮނުވާލި ހަމަލާ ދިޔައީ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

16 Jun 21:12

'11 - ކްރިސްޓިއަން އެރިކްސަން ނަގައިދިން ހިލޭ ޖެހުމުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަންދްރޭސް ކްރިސްޓެންސެން ބޮލުން ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ސްލޮވޭނިއާގެ ހުރަސް ދަނޑިމަތިން ބޭރަށް.

16 Jun 21:06

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނުނީ ޑެންމާކް. ނަމަވެސް ސްލޮވޭނިއާގެ ޑިފެންސް ވަރުގަދަކަމުން ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

16 Jun 21:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްލޮވޭނިއާ އިން.

16 Jun 20:55

ޑެންމާކުގެ ފުރަތަމަ 11:

  • ކެސްޕާ ޝްމައިކަލް - ގޯލްކީޕަރު، ކެޕްޓަން
  • އެލެކްސެންޑާ ބާ
  • ޔެނިކް ވެސްޓަގާޑް
  • ޔޯކިމް އެންޑަސެން
  • އެންދްރޭސް ކްރިސްޓެންސެން
  • ވިކްޓާ ކްރިޓިއަންސެން
  • މޯޓެން ހޮޖޫލްމަންޑް
  • ޕިއެރޭ އެމީލް ހޮއިބިއާ
  • ކްރިސްޓިއަން އެރިކްސަން
  • ޖޮނަސް ވިންޑް
  • ރަސްމުސް ހޮއިލުންޑް
16 Jun 20:52

ސްލޮވޭނިއާގެ ފުރަތަމަ 11:

  • ޔާން އޮބްލަކް - ގޯލްކީޕަރު، ކެޕްޓަން
  • ވަންޔާ ޑަރްކުސިޗް
  • ޒޭން ކަރްނިޗްނިކް
  • އެރިކް ޖަންޒާ
  • ޔަކާ ބިޔޯލް
  • ޓިމީ އެލްސްނިކް
  • ޕީޓާ ސްޓޮޔަނިވިޗް
  • ޔާން އެމްލަކާރް
  • އެޑަމް ޖެންޒްޑާ ސެރިން
  • އެންޑްރާޒް ސްޕޮރާރް
  • ބެންޖަމިން ޝެސްކޯ

ޔޫއެފާ ޔޫރޯ 2024ގެ ހަވަނަ މެޗުގައި ސްލޮވޭނިއާއާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ޑެންމާކުން އެންމެފަހުން 2020 ވަނަ އަހަރު ބޭއްވި ޔޫރޯގެ ސެމީ ފައިނަލްގައި ކުޅެފައިވޭ. އެއީ ފަހަކަށް އައިސް އެޓީމުން ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބީ. އޭގެ ކުރިން ޑެންމާކު ވަނީ ޗެމްޕިއަންކަންވެސް ހޯދާފައި. ޔޫރޯ 1992 ގައި ވަރުގަދަ ޓީމުތައް ކަޓުވާލި ޑެންމާކުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގިނަ ބަޔަކު ހައިރާން ކޮށްލާފައި.

ސްލޮވޭނިއާއިން މީގެ ކުރިން ވާދަކުރި ޔޫރޯގެ ހަމައެކަނި މުބާރާތަކީ 2000 ވަނަ އަހަރު ބެލްޖިއަމާއި ނެދަލެންޑްސްގައި ބޭއްވި ޔޫރޯ. ގްރޫޕު ސްޓޭޖުގައި އެފަހަރު ސްޕެއިން އަތުން ސްލޮވޭނިއާ ބަލިވި އިރު، ޔޫގޮސްލާވިއާ އަދި ނޯވޭ އަތުން ވަނީ އެއްވަރުވެފައި. އެހެންކަމުން މިއީ 24 އަހަރަށްފަހު އެޓީމުން ކުޅޭ ފުރަތަމަ ޔޫރޯ.

ސްޓާ ޕްލޭޔަރުން

ރަސްމުސް ހޮއިލުންޑް

އުމުރު: 21 އަހަރު
ކްލަބު: މެންޗެސްޓާ ޔުނައިޓެޑް

ކްރިސްޓިއަން އެރިކްސަން ފަދަ ތަރިންތަކެއް ޑެންމާކުގައި ހިމެނުނު ނަމަވެސް، ޓީމުގައި މިފަހަރު އެންމެ ވިދުންގަދަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ޒުވާން ފޯވަޑް ހޮއިލުންޑް. އިޓަލީގެ އެޓަލާންޓާއަށް ކުޅުމަށްފަހު މެންޗެސްޓާ ޔުނައިޓެޑާ ހޮއިލުންޑް ގުޅުނީ މިދިޔަ ސީޒަނުގައި. ޑެންމާކްގެ ގައުމީ ޓީމަށް ހޮއިލުންޑް ފުރަތަމަ މެޗެއް ކުޅުނީ 2022 ވަނަ އަހަރު. އޭނާ ވަނީ ޑެންމާކުގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކެއް ހަދައިފައި. ގައުމީ ސީނިއާ ޓީމަށް ހޮއިލުންޑްގެ ފުރަތަމަ ގޯލުތަކެއް ފެނުނީ ވެސް ފިންލެންޑާ ދެކޮޅަށް ޔޫރޯ ކޮލިފައިންގައި ކުޅުނު އެ މެޗުގައި.

ޔާން އޮބްލަކް

އުމުރު: 31 އަހަރު
ކްލަބު: އެތުލެޓިކޯ މެޑްރިޑް

ޔާން އޮބްލަކަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ގުނާލެވޭ ކީޕަރެއް. ބެންފީކާގެ ވެސް ގޯލު ބެލެހެއްޓި އޮބްލަކް 2014 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެ، އެ ކްލަބާއެކު ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2021 ވަނަ އަހަރުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރުން. އޭގެ ކުރިން އެތުލެޓިކޯއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ވެސް އޭނާ ކުޅުނު. ސްލޮވީނިއާގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އޮބްލަކް، ސީނިއާ ޓީމުން ފުރަތަމަ ފެނުނީ 2012 ވަނަ އަހަރު. ސްލޮވޭނިއާއަށް 60 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އޮބްލަކްއަކީ މިހާރު ޓީމުގެ ކެޕްޓަން.