ޔޫރޯ 2024

ޔޫރޯ 2024 ލައިވް: ޕޮލެންޑް 1-2 ނެދަލޭންޑްސް (ފުލްޓައިމް)

16 Jun 19:53

މެޗުގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފު ފެނުނީ ދާދި ހަމަހަމަކޮށް
  • ފުރަތަމަ ކޮޅުގައި ނެދަލޭންޑްސްގެ ހަމަލާތަކެއް ފެނުނު
  • ނަމަވެސް ލީޑު ނެގީ ޕޮލެންޑުން، އެއީ ބުކްސާ ބޮލުން ޖެހި ގޯލަކުން
  • އޭގެ އިރުކޮޅެއް ފަހުން ނެދަލޭންޑްސް އެއްވަރުކުރި، އެ ގޯލު ޖެހީ ގަކްޕޯ
  • ފަހުން ނެދަލޭންޑްސް ނުރައްކާކުރި ނަމަވެސް އިތުރު ގޯލެއް ނުފެނޭ
  • ދެވަނަ ހާފުގައި ވެސް ދާދީ ހަމަހަމަކޮށް ފެނުނު ނަމަވެސް، ކުރީކޮޅުގައި ގިނަ ހުސް ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ނެދަލެންޑްސް އިން
  • ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސްއަށް ހުސް ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، ޒަވީ ސިމޮންސްއަށް ވެސް ހުސް ފުރުސަތެއް ލިބިގެންދިޔަ
  • ޕޮލެންޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔަކުބް ކިވިއޯ އާއި ނިކޮލާ ޒަލެވްސްކީއަށް
  • ނެދަލެންޑްސް އިން ވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ލީޑު ހޯދާފައި، އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވެގްހޯސްޓް
  • މާ ގިނައިރުތަކެއް ނުވަނީސް ޕޮލެންޑަށް އަލުން ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތެއް ލިބުނު، ސްވިޑާސްކީ ފޮނުވާލި އެ ހަމަލާ ނެދަލެންޑްސް ކީޕަރު ވާބްރުގެން ވަނީ މަތަކޮށްފައި
16 Jun 19:52

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.

16 Jun 19:51
16 Jun 19:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

16 Jun 19:48

'89 - ޕޮލެންޑުގެ ނުރައްކާތެރި ހަމަލާއެއް. ޔަކުބް ޕޮޓްރޮވްސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެރޮލް ސްވިޑާސްކީ ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު ވާބްރުގެން ވަނީ މަތަކޮށްފައި.

16 Jun 19:46

'87 - ނެދަލެންޑްސް އިން ވެސް ބަދަލެއް. އަކޭގެ ބަދަލުގައި ކުޅެން ނުކުތީ މިކީ ވެން ޑެ ވެން.

16 Jun 19:45

'86 - ޕޮލެންޑުން ބަދަލެއް. ބާޓޯޒް ސަލަމޮންގެ ބަދަލުގައި ކުޅެން ނުކުތީ ބާޓޯޒް ބެރެޒީންސްކީ.

16 Jun 19:43

'83 - ނެދަލެންޑްސް އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވެގްހޯސްޓް. އޭނާގެ ހަމަލާ އަމާޒުކޮށްލާފައިވަނީ ޕޮލެންޑް ގޯލުގެ ތިރީ ކަނަކަށް.

16 Jun 19:38

'81 - ނެދަލެންޑްސް އިން ދެ ބަދަލެއް. ޑިޕާއީ އާއި ގަކްޕޯގެ ބަދަލުގައި ކުޅެން ނުކުތީ ވޫޓް ވެގްހޯސްޓް އަދި ޖެރެމީ ފްރިމްޕޮންގް.

16 Jun 19:35

'77 - ޕޮލެންޑުން ބަދަލެއް. ޒީލިންސްކީގެ ބަދަލުގައި ކުޅެން ނުކުތީ ޔަކުބް ޕިއޮޓްރޮވްސްކީ.

16 Jun 19:31

'73 - ނެދަލެންޑްސްއަށް ރަނގަޅު ފުރުސަތެއް. ޑިޕާއީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްޓެފަން ޑި ވްރައި ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

16 Jun 19:27

'70 - ނެދަލެންޑްސްއަށް އިތުރު ފުރުސަތެއް. ޑިޕާއީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑަމްފްރީސް ފޮނުވާލި ހަމަލާ، ޕޮލެންޑް ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައި.

16 Jun 19:22

'65 - ނެދަލެންޑްސްއަށް ރަނގަޅު ފުރުސަތެއް. ޑޮންޔެލް މަލެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެންޒެލް ޑަމްފްރީސް ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

16 Jun 19:19

'62 - ނެދަލެންޑްސްގެ ދެ ބަދަލެއް. ޒަވީ ސިމޮންސް އާއި ވާމަންގެ ބަދަލުގައި ކުޅެން ނުކުތީ ޖޯޖީނިއޯ ވައިނަލްޑަމް އަދި ޑޮންޔެލް މަލެން.

16 Jun 19:19

'61 - ޕޮލެންޑުގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޒަލެވްސްކީ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 19:17

'59 - ޕޮލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ނިކޮލާ ޒަލެވްސްކީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޔަކުބް ކިވިއޯ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ވާބްރުގެން ވަނީ މަތަކޮށްފައި. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ޕޮލެންޑް ކެޕްޓަން ޒީލިންސްކީ ފޮނުވާލި ހަމަލާގައި ނުރައްކަލެއް ނެތް.

16 Jun 19:13

'55 - ޕޮލެންޑުން އިތުރު ދެ ބަދަލު. ކެސްޕާ އުރްބަންސްކީ އާއި ޓެރާސް ރޯމަންޒުކްގެ ބަދަލުގައި ކުޅެން ނުކުތީ ބާޓޯޒް ސްލިޒް އަދި ކެރޯލް ސްވިޑާސްކީ.

16 Jun 19:11

'54 - ނެދަލެންޑްސްއަށް ރަނގަޅު ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ގަކްޕޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޒަވީ ސިމޮންސް ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 19:08

'49 - ނެދަލެންޑްސްގެ ހަމަލާއެއް. ވާމަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑިޕާއީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 19:05

'46 - ޕޮލެންޑުގެ ބަދަލެއް. ޒީމާންސްކީގެ ބަދަލުގައި ކުޅެން ނުކުތީ ޔަކުބް މޮޑާ.

16 Jun 19:03

ދެވަނަ ހާފުގެ ކުޅުން ފެށީ ނެދަލެންޑްސް އިން.

16 Jun 18:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފު ފެނުނީ ދާދި ހަމަހަމަކޮށް
  • ފުރަތަމަ ކޮޅުގައި ނެދަލޭންޑްސްގެ ހަމަލާތަކެއް ފެނުނު
  • ނަމަވެސް ލީޑު ނެގީ ޕޮލެންޑުން، އެއީ ބުކްސާ ބޮލުން ޖެހި ގޯލަކުން
  • އޭގެ އިރުކޮޅެއް ފަހުން ނެދަލޭންޑްސް އެއްވަރުކުރި، އެ ގޯލު ޖެހީ ގަކްޕޯ
  • ފަހުން ނެދަލޭންޑްސް ނުރައްކާކުރި ނަމަވެސް އިތުރު ގޯލެއް ނުފެނޭ
16 Jun 18:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

16 Jun 18:47

'45+1 - ލީޑު ހޯދުމަށް ނެދަލެންޑްސްއަށް ރަނގަޅު ފުރުސަތެއް. އަކޭ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑިޕާއީ ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

16 Jun 18:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

16 Jun 18:42

'42 - ނެދަލެންޑްސްގެ ނުރައްކާތެރި ހަމަލާއެއް. ނޭތަން އަކޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޯޑީ ގަކްޕޯ ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

16 Jun 18:33

'31 - ޕޮލެންޑުގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޔަކުބް ކިވިއޯ ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރުގެން ވަނީ މަތަކޮށްފައި.

16 Jun 18:31

'29 - ނެދަލެންޑްސް އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގަކްޕޯ. އޭނާ ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޕޮލެންޑުގެ ޑިފެންޑަރު ބާޓޯޒް ސަލަމޮންގެ ފައިގައި ޖެހިފައި.

16 Jun 18:29

'28 - ނެދަލެންޑްސްގެ ހަމަލާއެއް. ޕޮލެންޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ގަކްޕޯ ފޮނުވާލި ހަމަލާ ވެސް ޕޮލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 18:27
16 Jun 18:25

'23 - ނެދަލެންޑްސްއަށް އިތުރު ފުރުސަތެއް. ޒަވީ ސިމޮންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 18:22

'20 - ނެދަލެންޑްސްއަށް ރަނގަޅު ފުރުސަތެއް. ޖޯއީ ވާމަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާ ޕޮލެންޑުގެ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައި.

16 Jun 18:17

'16 - ޕޮލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕިއޮޓާ ޒީލިންސްކީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޕޮލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޑަމް ބުކްސާ.

16 Jun 18:14

'14 - ނެދަލެންޑްސްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޒަވީ ސިމޮންސް ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

16 Jun 18:11

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭ ނެދަލެންޑްސްގެ އެޓޭކް ފެންނަނީ ވަރަށް ނުރައްކާކޮށް. ހާއްސަކޮށް ކޯޑީ ގަކްޕޯގެ ނުރައްކާ ފާހަގަކޮށްލެވޭ. ޕޮލެންޑްގެ ޑިފެންސް ފެންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭ ތަން.

16 Jun 18:10

'10 - ނެދަލެންޑްސްއަށް ހުސް ފުރުސަތެއް. ޖާޑީ ޝޫޓެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޓިޖާނީ ރެއިންޑާސް ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

16 Jun 18:06

'6 - ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަސް، ޕޮލެންޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސްގެ ގަކްޕޯއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި.

16 Jun 18:05

'3 - މެމްފިސް ޑިޕާއީ ދިން ބޯޅަ، ޕޮލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސް ފޯވަޑް ގަކްޕޯއަށް ރަނގަޅަށް ކޮންޓްރޯލެއް ނުކުރެވުނު.

16 Jun 18:02

'2 - މެޗުގެ ފުރަތަމަ ހަމަލާ ނެދަލެންޑްސް އިން. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކޯޑީ ގަކްޕޯ ފޮނުވާލި ހަމަލާ، ޕޮލެންޑުގެ ތަޖުރިބާކާރު ކީޕަރު ވޮޖްސިއެޗް ޝެޒްނީ ވަނީ މަތަކޮށްފައި.

16 Jun 18:01

މެޗުުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޕޮލެންޑުން.

16 Jun 17:51

ނެދަލެންޑްސްގެ ފުރަތަމަ 11:

  • ބާޓް ވާބްރުގެން - ގޯލްކީޕަރު
  • ސްޓެފަން ޑެ ވްރައި
  • ނޭތަން އާކޭ
  • ޑެންޒެލް ޑަމްފްރީސް
  • ވާޖިލް ވެން ޑައިކް - ކެޕްޓަން
  • ޓިޖާނީ ރެއިންޑާސް
  • ޖޯއީ ވޭމަން
  • ޖާޑީ ޝޫޓެން
  • ކޯޑީ ގަކްޕޯ
  • މެމްފިސް ޑިޕާއީ
  • ޒަވީ ސިމޮންސް
16 Jun 17:47

ޕޮލެންޑުގެ ފުރަތަމަ 11:

  • ވޮޖްސިއެޗް ސެޒްނީ - ގޯލްކީޕަރު
  • ޕްރްޒެމިސްލާވް ފްރެންކޯވްސްކީ
  • ޔޭން ބެޑްނަރެކް
  • ޔަކުބް ކިވިއޯ
  • ނިކޮލާ ޒަލެވްސްކީ
  • ބާޓޯޒް ސަލަމޮން
  • ޕިއޮޓާ ޒިއެލިންސްކީ - ކެޕްޓަން
  • ޓަރާސް ރޯމަންޒުކް
  • ކެސްޕޭ އުރްބާންސްކީ
  • ސެބަސްޓިއަން ޒިމާންސްކީ
  • އެޑަމް ބުކްސާ

ޔޫއެފާ ޔޫރޯ 2024ގެ ފަސްވަނަ މެޗުގައި ޕޮލެންޑާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ވަރުގަދަ ނެދަލޭންޑްސްއިން މިފަހަރު ޔޫރޯއަށް ނުކުންނަނީ ތާރީހުގައި ދެވަނަ ޔޫރޯ ތަށްޓެއްގެ މަސައްކަތުގައި. މިރޭގެ މެޗަކީ ނެދަލޭންޑްސްއާއި ޕޮލެންޑުންވެސް މިފަހަރު ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. މެޗުގެ ކުރިން ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް މެޗު އޮންނަ ހޭމްބާގް ސްޓޭޑިއަމްގައި ތަމްރީނުކުރަން ފުރުސަތު ޔޫއެފާއިން ދީފައެއް ނުވޭ. އެއީ ދަނޑުގެ ވިނަގަނޑު ބަދަލުކޮށްފައި އޮތުމުން.

ލެވަންޑޯސްކީ ނުލައި ޕޮލެންޑަށް ޗެލެންޖެއް

މިއަދު މެޗުގައި އަނިޔާގެ ސަބަބުން ލެވަންޑޯސްކީއަށް ނުކުޅެވޭނެ. ލަވަންޑޯސްކީއަކީ ޕޮލެންޑްގެ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ. ދުނިޔޭގެ ފުޓުބޯޅައިގެވެސް ލެޖެންޑެއް. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދާފައިވަނީވެސް ލެވަންޑޯސްކީ. އެހެންކަމުން އަދިވެސް ލެވަޑޯސްކީއަކީ ޕޮލެންޑްގެ އެންމެ މުހިއްމު ކުޅުންތެރިޔާ. ގައުމީ ޖާޒީގައި ރެކޯޑު އަދަދަކަށް މެޗު ކުޅެ، ރެކޯޑު އަދަދަކަށް ގޯލު ޖަހާފައިވާ ލެވަންޑޯސްކީއަށް ކުރިއަށް އޮތް ޔޫރޯއަކީ ކެރިއަރުގައި ގައުމީ ޓީމާއެކު ކުޅޭނެ ފަހު މުބާރާތަށްވެސް ވުން ގާތް.

ނެދަލޭންޑްސް ތަށްޓަށް ވާދަކުރާނެ: ކޫމަން

"އަހަރެންގެ ނަޒަރުގައި މި ފަހަރުގެ ޔޫރޯއަށް އެހާ ބޮޑު، ހާއްސަ ފެވަރިޓެއް ނެތް. ވެދާނެ ފްރާންސަކީ ފެވަރިޓުން ކަމަށްވެސް. އެއީ ދެން ބޮޑެތި މުބާރާތްތައް ކާމިޔާބުކުރުމުގެ ތަޖުރިބާއަށް ބަލާފައި. އެހެން ނަމަވެސް މި އޮތީ ވަރަށް އޯޕަން ފުރުސަތެއް. ތަފާތު ގޮތްތަކަށް ކުޅޭ ގައުމުތައް. އެ ފުރުސަތުގެ ތެރެއިން ނެދަލޭންޑްސް އަކީ ތަށްޓަށް ވާދަކުރާނެ ޓީމެއް"