ޔޫރޯ 2024

ޔޫރޯ 2024 ލައިވް: އިޓަލީ 2-1 އަލްބޭނިއާ (ފުލްޓައިމް)

16 Jun 01:58

މެޗުގެ އުސްއަލިތައް

  • މިނެޓެއް ނުވަނީސް އަލްބާނިއާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދާފައި
  • އިޓަލީ ޑިފެންޑަރު ޑިމާކޯއަށް ހެދުނު ގޯހަކުން އަލްބޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބައިރާމީ، 23 ސިކުންތުގެ ތެރޭގައި ޖެހި އެ ގޯލަކީ ޔޫރޯގެ ތާރީހުގައި ޖެހި އެންމެ އަވަސް ގޯލު
  • އިޓަލީން ވަނީ އެޓޭކު ވަރުގަދަކޮށް މާގިނައިރުތަކެއް ނުވަނީސް ދެ ގޯލު ޖަހާފައި
  • އިޓަލީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަސްޓޯނީ، އަދި ލީޑު ހޯދައިދިނީ ބަރޭލާ
  • އޭގެ ފަހުން ވެސް އިޓަލީއަށް ހުސް ފުރުސަތުތަކެއް ލިބިގެންދިޔަ، އެގޮތުން ސްކަމާކާއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވޭ
  • ދެވަނަ ހާފުގެ ކުރީކޮޅުގައި އަލްބޭނިއާ އިން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކޮށް، ނުރައްކާކުރުމަށް މަސައްކަތްކުރި
  • އިޓަލީއަށް ދެވަނަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކިއޭސާއަށް، އެ ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް
  • އަލްބޭނިއާ އިން މެޗު ނިމެނިކޮށް އެޓޭކު ވަރުގަދަކުރި
  • މެޗުގެ އެންމެ ފަހު މިނެޓުގައި އަލްބޭނިއާގެ މަނާއީއަށް ހުސް ފުރުސަތެއް ލިބުނު
16 Jun 01:56

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން.

16 Jun 01:52

'90+2 - އިޓަލީގެ ބަދަލެއް. ބަރޭލާގެ ބަދަލުގައި ކުޅެން ނުކުތީ މިޝެލް ފޮލޮރުންޝޯ.

16 Jun 01:51

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

16 Jun 01:51

'90 - އަލްބޭނިއާއަށް ރަނގަޅު ފުރުސަތެއް. ރޭ މަނާއީއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ފޮނުވާލި ހަމަލާ ވަނީ އިޓަލީ ކީޕަރު ޑޮނަރޫމާގެ ގައިގައި ޖެހި ބޯޅަ ބޭރުވެފައި. ނަމަވެސް އަލްބޭނިއާއަށް ކޯނަރެއް ދީފައެއް ނުވޭ.

16 Jun 01:46

'87 - އަލްބޭނިއާގެ އިތުރު ބަދަލެއް. ބައިރާމީގެ ބަދަލުގައި ކުޅެން ނުކުތީ އާނެސްޓް މޫޗީ.

16 Jun 01:43

'83 - އިޓަލީގެ ދެ ބަދަލެއް. ޑިމާކާ އާއި ސްކަމާކާގެ ބަދަލުގައި ކުޅެން ނުކުތީ މަޓެއޯ ޑާމިއަން އަދި މަޓެއޯ ރަޓެގޫ.

16 Jun 01:40

'80 - އިޓަލީގެ ހަމަލާއެއް. ބޯޅަ ހިފައިގެން ކުރިއަށްޖެހި، ޕެނަލްޓީ އޭރިއާ ބޭރުން ޑިމާކޯ ފޮނުވާލި ބޯޅަ، އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ ވަނީ މާބޮޑު އުނދަގުލެއް ނެތި ހޯދާފައި.

16 Jun 01:38

'77 - އިޓަލީން ދެ ބަދަލެއް. ޕެލެގްރިނީ އާއި ކިއޭސާގެ ބަދަލުގައި ކުޅެން ނުކުތީ ބްރަޔަން ކްރިސްޓަންޓޭ އަދި އަންދްރޭ ކެމްބިއާސޯ.

16 Jun 01:35

'76 - އަލްބޭނިއާގެ ބަދަލެއް. ބްރޯހާގެ ބަދަލުގައި ކުޅެން ނުކުތީ ރޭ މަނާއީ.

16 Jun 01:34

'74 - ފްރަޓޭސީއަށް ކުރި ފައުލަކާ ގުޅިގެން އަލްބޭނިއާގެ ހޮޖާއަށް ރީނދޫ ކާޑެއް.

16 Jun 01:29
16 Jun 01:29

'69 - އަލްބޭނިއާގެ ދެ ބަދަލެއް. އަސާނީ އާއި ސެފެރީގެ ބަދަލުގައި ކުޅެން ނުކުތީ އާބާ ހޮޖާ އަދި ގާޒިމް ލަޗީ.

16 Jun 01:19

'60 - އިޓަލީއަށް ފުރުސަތެއް. ސްކަމާކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިއޭސާ ފޮނުވާލި ހަމަލާ ދިޔައީ އަލްބޭނިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

16 Jun 01:17

'56 - ޑިމާކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިޓަލީގެ ފްރަޓޭސީ ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ މަތަކޮށްފި. ނަމަވެސް ފްރަޓޭސީ ހުރީ ވެސް އޮފްސައިޑް މަގާމެއްގައި.

16 Jun 01:15

'54 - ފުރަތަމަ ހާފުގައި ޑިފެންސަށް ވިސްނައިގެން ގިނަ ވަގުތު ފަހަތަށް ފައިބައިގެން ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި އަލްބޭނިއާގެ ކުޅުން ތަފާތު. ބޯޅަ ލިބުމާއެކު އަލްބޭނިއާ އިން ދަނީ ބޯޅަ ހިފަހައްޓަން މަސައްކަތްކޮށް، އެޓޭކުކުރުމަށް ވެސް މަސައްކަތްކުރަމުން.

16 Jun 01:11

'51 - ބްރޯހާއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީގެ ކަލަފިއޮރީއަށް ރީނދޫ ކާޑެއް، ބްރޯހާއަށް ވެސް ވަނީ ރީނދޫ ކާޑެއް ދައްކާފައި.

16 Jun 01:05

ދެވަނަ ހާފުގެ ކުޅުން ފެށީ އިޓަލީން.

16 Jun 00:53

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މިނެޓެއް ނުވަނީސް އަލްބާނިއާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދާފައި
  • އިޓަލީ ޑިފެންޑަރު ޑިމާކޯއަށް ހެދުނު ގޯހަކުން އަލްބޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބައިރާމީ، 23 ސިކުންތުގެ ތެރޭގައި ޖެހި އެ ގޯލަކީ ޔޫރޯގެ ތާރީހުގައި ޖެހި އެންމެ އަވަސް ގޯލު
  • އިޓަލީން ވަނީ އެޓޭކު ވަރުގަދަކޮށް މާގިނައިރުތަކެއް ނުވަނީސް ދެ ގޯލު ޖަހާފައި
  • އިޓަލީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަސްޓޯނީ، އަދި ލީޑު ހޯދައިދިނީ ބަރޭލާ
  • އޭގެ ފަހުން ވެސް އިޓަލީއަށް ހުސް ފުރުސަތުތަކެއް ލިބިގެންދިޔަ، އެގޮތުން ސްކަމާކާއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވޭ
16 Jun 00:49

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން.

16 Jun 00:41

'40 - އިޓަލީއަށް އިތުރު ފުރުސަތެއް. ޕެލެގްރިނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސްކަމާކާ ފޮނުވާލި ހަމަލާ، އަލްބޭނިއާގެ ކީޕަރު ސްޓްރަކޯޝާ ވަނީ މަތަކޮށްފައި.

16 Jun 00:40
16 Jun 00:36

'33 - އިޓަލީއަށް ހުސް ފުރުސަތެއް. ޖިއަންލޫކާ ސްކަމާކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ހުސްކޮށް ހުރެ އަލްބޭނިއާ ކީޕަރު ތޯމަސް ސްޓްރަކޯޝާގެ ބޯމަތިން ޑޭވިޑް ފްރަޓޭސީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

16 Jun 00:30

'28 - އިޓަލީން އަދިވެސް ކުޅެމުންދަނީ ވަރަށް ކުރިއަށް ޖެހިގެން ބޯޅަ ހިފަހައްޓައިގެން. އަލްބޭނިއާ އިން ފަހަތަށް ޖެހިގެން ޑިފެންސްކުރަމުންދާ އިރު، ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް މަސައްކަތްކުރޭ.

16 Jun 00:25
16 Jun 00:22

'21 - ބްރޯހާއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީގެ ޕެލެގްރިނީއަށް ރީނދޫ ކާޑެއް.

16 Jun 00:17

'16 - އިޓަލީން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން އިޓަލީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނިކޮލާ ބަރޭލާ.

16 Jun 00:12

'11 - އިޓަލީން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ކޯނަރެއްގެ ތެރެއިން ލޮރެންޒޯ ޕެލެގްރިނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެސެންޑްރޯ ބަސްޓޯނީ.

16 Jun 00:10

އިޓަލީން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އަލްބޭނިއާގެ ޑިފެންސް ފެންނަނީ ވަރަށް ވަރުގަދަކޮށް. އެޓޭކުގައި ކުޅޭ ކުޅުންތެރިން ވެސް އަލްބޭނިއާގެ ޑިފެންސްގައި މަސައްކަތްކުރޭ.

16 Jun 00:09

'7 - އަލްބޭނިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން އަސާނީ ފޮނުވާލި ހަމަލާ، އިޓަލީގެ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

16 Jun 00:03

'1 - އަލްބޭނިއާ އިން ލީޑު ހޯދައިފި. އިޓަލީ ޑިފެންޑަރު ފެޑެރީކޯ ޑިމާކޯއަށް ހެދުނު ގޯހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އަލްބޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނެދީމް ބައިރާމީ. ހުސްކޮށް ހުރެ އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި. ފުރަތަމަ 23 ސިކުންތުގެ ތެރޭގައި ޖެހި މި ގޯލަކީ ޔޫރޯގެ ތާރީހުގައި ޖެހި އެންމެ އަވަސް ގޯލު.

16 Jun 00:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އަލްބޭނިއާ އިން.

15 Jun 23:56

އަލްބޭނިއާގެ ފުރަތަމަ 11:

  • ތޯމަސް ސްޓްރަކޯޝާ - ގޯލްކީޕަރު
  • މާރިއޯ މިޓައީ
  • އެލްސެއިދް ހީސައީ
  • އާލިންޑް އެހޭޓީ
  • ބެރާޓް ޖިމިޝިޓީ - ކެޕްޓަން
  • ނެދީމް ބައިރާމީ
  • ޔަލްބާ ރަމަދާނީ
  • ކްރިސްޓިއަން އަސްލާނީ
  • ޓޯލަންޓް ސެފެރީ
  • އަރްމާންޑޯ ބްރޯހާ
  • ޖާސިރް އަސާނީ
15 Jun 23:51

އިޓަލީގެ ފުރަތަމަ 11:

  • ޖިއާންލުއިޖީ ޑޮނަރޫމާ - ގޯލްކީޕަރު، ކެޕްޓަން
  • އެލެސެންޑްރޯ ބަސްޓޯނީ
  • ފެޑެރީކޯ ޑިމާކޯ
  • ޖިއޮވާނީ ޑި ލޮރެންޒޯ
  • ރިކާޑޯ ކަލަފިއޮރީ
  • ޖޯޖީނިއޯ
  • ފެޑެރީކޯ ކިއޭސާ
  • ނިކޮލާ ބަރޭލާ
  • ޑޭވިޑް ފްރަޓޭސީ
  • ލޮރެންޒޯ ޕެލެގްރިނީ
  • ޖިއާންލޫކާ ސްކަމާކާ

ޔޫއެފާ ޔޫރޯ 2024ގެ ހަތަރުވަނަ މެޗުގައި އިޓަލީއާއި އަލްބޭނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ އެންމެފަހުގެ ޗެމްޕިއަން އިޓަލީން މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. އެންމެފަހުން ފަހަރު އިޓަލީން ތަށި ހޯދީ ފައިނަލުގައި އިންގްލެންޑް ބަލިކޮށްފައި. އަނެއްކޮޅުން ނުކުންނަ އަލްބޭނިއާއަކީ ޔޫރޯއަށް އެހާ ފަރިތަ ޓީމެއް ނޫން. ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަލްބޭނިއާ ފުރަތަމަ ޔޫރަޕުގެ އެންމެ މަތީ ފަންތިއަށް ފެނިލީވެސް 2016 ވަނަ އަހަރު. ޔޫރޯ 2016 އަށް ކޮލިފައިވެ، އަލްބޭނިއާ އިން ގްރޫޕު ސްޓޭޖު ނިންމާލީ ތިންވަނައިގައި. މިއީ އޭގެފަހުން ކުޅޭ ފުރަތަމަ ޔޫރޯ.

އިޓަލީން މިދިޔަ ޔޫރޯ ކާމިޔާބުކުރުމުގެ ހަނދާންތައް

  • އިޓަލީން 2021 ވަނަ އަހަރު ބޭއްވި ޔޫރޯ 2020 ގައި ހޯދީ އެޓީމުގެ ދެވަނަ ތަށި
  • އެންމެފަހުން އިޓަލީން ޔޫރޯ ކާމިޔާބުކުރީވެސް ވޯލްޑް ކަޕެއްގެ ފުރުސަތު ގެއްލިފައި އޮވެގެން
  • މިފަހަރުވެސް އިޓަލީ ޔޫރޯއަށް ނުކުންނަނީ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައި އޮވެގެން
  • އިޓަލީގެ ކީޕަރު ޑޮނަރޫމާ މިދިޔަ ޔޫރޯގައި ވިދާލި
  • އޭނާ ވަނީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި
  • ފައިނަލުގައި ޕެނަލްޓީ ޖެހިއިރުވެސް މޮޅަށް ކުޅުނީ ޑޮނަރޫމާ