ޓްރެފިކް ޕޮލިސް

މާދަމައިން ފެށިގެން ރަސްމީދުވަސްތަކުގެ ރަސްމީގަޑީގައި މަޖީދީމަގު ހުޅަނގުން އިރަށް ވަންވޭކުރަން ނިންމައިފި

އަލީ އިހްސާން

މާދަމައިން ފެށިގެން ރަސްމީދުވަސްތަކުގެ ރަސްމީގަޑީގައި މަޖީދީމަގު ހުޅަނގުން އިރަށް ވަންވޭކުރަން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ މުދާ އުފުލާ ގަޑިތަކާއި ސްކޫލުތައް ނިމޭގަޑިތައް ދިމާވެ، މަޖީދީމަގުގެ ޓެރެފިކް ބާރު ބޮޑުވާތީ، ކޮންމެ ރަސްމީދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން 14:00އާ ހަމައަށް މަޖީދީ މަގުގެ ހުޅަނގުން އިރަށް ހަތަރުފުރޮޅުލީ އުޅަނދުތަކަށް ވަންވޭ ކުރަން ހަމަޖައްސައިފައިވާ ކަމުގައެވެ. މާދަމައިން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޯދަމަސް ފެށިފަހުން ސްކޫލުތަކުގެ ގަޑިތަކަށް ގެނައި ބަދަލުގެ ސަބަބުން، އެގަޑިތައް މުދާ އުފުލާގަޑިތަކާދިމާވެ މަޖީދީމަގުގެ ޓްރެފިކް ބޮޑުވެ ގިނަ އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.