ދުނިޔެ

ހޫތީން، އދ. ގެ 11 މުވައްޒަފުން ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

ހޫތީ އިން، އދ. ގެ 11 މުވައްޒަފުން ހައްޔަރު ކޮށްފިއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ ހައްޔަރުގައި އދ. ގެ 11 މުވައްޒަފުން ތިބި ކަމަށް އދ. އިން ޔަގީން ކޮށްފައިވާ އިރު، އެ މީހުން ދޫކޮށްލުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފައެވެ.

އެ 11 މުވައްޒަފުން ހައްޔަރުކޮށްފައި ވަނީ އެކި ފަހަރު މަތިން ޔަމަނުގެ އެކި ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ކަމަށް އދ. އިން ބުނެއެވެ.

އދ. ގެ ތަރުޖަމާނު ސްޓެފިން ޑުޖަރިކް ވަނީ އެމީހުން ދޫކޮށްލުމަށް ބާރު އެޅުމުގެ ގޮތުން އެކި ފަރާތްތައް މެދުވެރިކޮށް އެކި މަރުހަލާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލް އާންމާ ދެކޮޅަށް ތެދުވެ، ޔަމަނުގެ ހޫތީން އަންނަނީ އިޒްރޭލަށާއި އިޒްރޭލަށް ވާގިވެރިވާ ފަރާތްތަކަށް އެކި ގޮތްގޮތުން ހަމަލާ ދެމުންނެވެ.