ދުނިޔެ

ކުޑަ ފްލައިޓެއް ވެއްޓި ނާސާގެ އެސްޓްރޮނޯޓެއް މަރުވެއްޖެ

މުހައްމަދު އައުޒަމް

ކުޑަ ފްލައިޓެއް ވެއްޓި ނާސާގެ އެސްޓްރޮނޯޓެއް މަރުވެއްޖެއެވެ.

ނާސާގެ އެޕޯލޯ 8ގެ މިޝަންގައި 1968 ވަނަ އަހަރު ހަނދުގެ ސަތަހައިގައި ދަތުރު ކުރި ޓީމުގައި ހިމެނޭ ވިލިއަން އެންޑާސް މަރުވެފައިވަނީ އޭނާ ދުއްވި ކުޑަ ފްލައިޓު މޫދަށް ވެއްޓިގެންނެވެ.

އުމުރުން 91 އަހަރުގެ ވިލިއަމް ދުއްވި ފްލައިޓު ވެއްޓިފައި ވަނީ ހުކުރު ދުވަހު އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގެ ސަން ޖުއާން އައިލެންޑްސް ކައިރިއަށް ކަމަށް އޮފިޝަލުން ބުނެއެވެ.

1933 ވަނަ އަހަރު އުފަންވި ވިލިއަމް އަކީ އެމެރިކާގެ ނޭވަލް އެކަޑެމީ އިން ޓްރެއިންވެ އެމެރިކާގެ އެއާ ފޯސްގައި ހަރަކާތްތެރިވެފައިވާ ކުޅަދާނަ ޕައިލެޓެކެވެ.

ނާސާގެ އެސްޓްރޮނޯޓެއްގެ ގޮތުގައި ވިލިއަމް ވަނީ 1964 ވަނަ އަހަރު ޕައިލެޓެއްގެ ގޮތުގައި ޖެމިނީ 11 މިޝަން ގައި ބައިވެރިވެފައެވެ. އަދި 1969 ވަނަ އަހަރު އެޕޯލޯ 11 މިޝަން ގައިވެސް ވިލިއަމް ވަނީ ބައިވެރިވެފައެވެ.

ވިލިއަމްގެ އެންމެ ފާހަގަ ކޮށްލެވޭ މިޝަން އަކީ އޭނާ ޕައިލެޓެއްގެ ގޮތުގައި ހަރަކާތްތެރިވި އެޕޯލޯ 8 ގެ މިޝަން އެވެ. އެމިޝަން ގައި ހަނދުވަށައި ދަތުރުކޮށް އޭނާ ވަނީ ކުރިން ނުފެންނަ ގިނަ މަންޒަރުތަކެއް ދުނިޔެއަށް ދައްކާލައިފައެވެ.