ދުނިޔެ

އިންޑިއާގައި ހޫނުގަދަވުމުގެ ސަބަބުން ތިން ދުވަސްތެރޭ 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގައި ހޫނުގަދަވުމުގެ ސަބަބުން ތިން ދުވަސްތެރޭ 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ހޫނުގަދަ ވުމުގެ ސަބަބުން އިންޑިއާގެ އެކި ސިޓީތަކުން ތިން ދުވަސް ތެރޭ 50 އަށްވުރެނލ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެތެރޭގައި 33 މީހުންނަކީ އިންޑިއާގެ އުތުރުން އޮންނަ އުއްތަރަ ޕްރަދޭޝް އިން މަރުވި މީހުން ކަމަށް އޮފިޝަލުން ބުނެއެެވެ.

ހޫނު ވުމުގެ ސަބަބުން އިންޑިއާގެ އޮޑިޝާ ސްޓޭޓުން ވެސް 20 މީހުން މަރުވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ ވޭތުވެދިޔަ ތިން ދުވަސްތެރޭ މަރުވި މީހުންގެ ތެރޭގައި އެގައުމުގައި ކުރިޔަށްދާ އިންތިހާބުގައި ހަރަކާތްތެރިވާ މީހުންނާއި ސެކިއުރިޓީގައި ހަރަކާތްތެރިވާ މީހުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އިންޑިއާގައި މާޗު އެކަކުން ފެށިގެން މެއި މަހުގެ ނިޔަލަށް 56 މީހުން ހޫނުވެ ސްޓްރޯކް ޖެހިގެން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި 24849 މީހުންނަށް ފަރުވާ ދީފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.