މުހައްމަދު އައުޒަމް
ގޫގުލް އިން މެލޭޝިއާގައި ދެ ބިލިއަން ޑޮލަރުގެ ޑާޓާ ސެންޓަރަކާއި ކްލައުޑް ހިދުމަތަށް އިންވެސްޓު ކުރަން ނިންމައިފިއެވެ.
ދެކުނު އޭޝިޔާގައި ގޫގުލްގެ ހިދުމަތް ފުޅާކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމުގައި މެލޭޝިއާގައި ފުރަތަމަ ފަހަރަށް ގޫގުލްގެ ޑާޓާ ސެންޓަރު ގާއިމް ކުރާ އިރު، ގޫގުލް ކްލައުޑްގެ މި ސަރަހައްދަށް ނިސްބަތްވާ ހަބެއްގެ ގޮތުގައި މެލޭޝިއާ ހިމެނުމަށް ގޫގުލް އިން ވަނީ ނިންމައިފައެވެ.
މެލޭޝިއާ ސަރުކާރުން ވަނީ ގޫގުލް އިން އެ ނިންމުމަށް މަރުހަބާ ކިޔައިފައެވެ. އަދި އެ އިންވެސްޓްމަންޓުގެ ސަބަބުން އެގައުމު ޑިޖިޓަލް ރޮނގުން ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ގޫގުލް އިން ވަނީ ޑާޓާ ސެންޓަރަކާއި ކްލައުޑް ހިދުމަތް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ މެދުތެރޭ ސެލަންގޯ ސްޓޭޓްގައި ހުންނަ އެލްމިނާ ބިޒްނަސް ޕާކުގައި ކަމަށް ބުނެފައެވެ.