ދުނިޔެ

ލަންކާއަށް ސްޓާލިންކުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އައުޒަމް

ސްރީ ލަންކާއަށް ސްޓާލިންކުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި އިންޓަނެޓް ދިނުމަށް މަގުފައިކުރުމުގެ ގޮތުން މަޝްހޫރު ބިލިއަނަރު އެލަން މަސްކު ފަށާފައިވާ ސްޓާލިންކްގެ ހިދުމަށް ލަންކާއަށް ދިނުމުގެ ގޮތުން އެ ގައުމުގެ އާންމުންނަށް މިހާރު ސްޓާލިންކް ޕްރީ އޯޑާ ކުރެވޭނެއެވެ. ޕްރީ އޯޑަރު ކުރަން ޑިޕޮސިޓެއްގެ ގޮތުގައި ދައްކަން ޖެހެނީ ނުވަ ޑޮލަރެވެ.

ލަންކާ އިން ދަނީ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބުމާއެކު އެ ގައުމަށް ސްޓާލިންކުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން އެންމެ ފުރަތަމަ ސްޓާލިންކުގެ ހިދުމަތް ލިބިފައިވަނީ ރާއްޖެއަށެވެ. ރާއްޖެ އިން ސްޓާލިންކަށް ހުއްދަ ދީފައިވަނީ 24 އޮގަސްޓް 2023 ގައެވެ.