ސްރީ ލަންކާގެ ޖަލުތަކުގައި ތިބި ޕާކިސްތާންގެ 43 ގައިދީން ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.
ޕާކިސްތާނާއި ލަންކާ އިން ވަނީ ދެ ގައުމުގެ އިސްފަރާތްތަކުގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ގައިދީން ޕާކިސްތާނަށް ފޮނުވުމުގެ ތައްޔާރީތައް ވާން ފަށައިފައެވެ.
އެގޮތުން ލަންކާގެ ޖަލުތަކުގައި ތިބި ޕާކިސްތާންގެ 43 ގައިދީން ގައުމަށް ފޮނުވާލަން ނިންމީ މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުގައި ހުންނަ ލަންކާގެ އެމްބަސީއާއި ޕާކިސްތާންގެ އިންޓީރިއާ މިނިސްޓްރީއާ ދެމެދު ބޭއްވި މަޝްވަރާތަކަށްފަހުއެވެ.
އެ މަޝްވަރާގައި ދެ ގައުމު ގުޅިގެން ކުށްވެރިން ހޯދުމުގެ ކަންކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ދެ ގައުމު ގުޅިގެން އަމަލުކުރާނެ ގޮތްތަކާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.