ނިއުޒިލެންޑުގައި ދޫނި ފަތެއް 28،000 ޑޮލަރަށް ނީލަމުގައި ވިއްކާލައިފިއެވެ.
ނިއުޒިލެންޑުގައި ނެތިފައިވާ ދޫނި ތަކުގެ ތެރޭގައި ހިމެނޭ ދޫންޏެއްގެ ފިޔަ ނީލަމުގައި ވިއްކާލާފައި ވަނީ ޖުމްލަ 28،417 އެމެރިކާ ޑޮލަރަށެވެ. މިއީ މިހާތަނަށް ދުނިޔޭގައި ދޫނި ފަތެއް އެންމެ އަގުބޮޑުކޮށް ވިއްކާލި ނީލަން ކަމަށްވުމުން ދުނިޔޭގެ ރެކޯޑު ފޮތަށް ވެސް ވަނީ އަރައިފައެވެ.
ނިއުޒިލެންޑުގެ ''ދަ ހުއިއާ'' ނަމަކަށް ކިޔާ އެދޫންޏަކީ، 1907 ވަނަ އަހަރު ނެތި ގޮސްފައިވާ ކަމަށް ނިންމާފައިވާ ދޫންޏެކެވެ.
ނިއުޒިލެންޑުގެ ވެބްސް އޮކްޝަން ހައުސް އިން އެ ފަތް ވިކޭނެ ކަމަށް ފުރަތަމަ ލަފާކޮށްފައި ވަނީ 3000 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް އުއްމީދު ނުކުރާހާ ބޮޑު އަގެއްގައި އެފަތް ވިކިފައިވާ ކަމަށް ވެބްސް އޮކްޝަން ހައުސް އިން ފާހަގަކޮށްފައި ވެއެވެ.
އެ ނީލަމުގައި ބައިވެރިވުމުގެ ކުރިން ކޮންމެ ބައިވެރިޔަކުވެސް ނިއު ޒިލެންޑުގެ ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީ އިން ހާއްސަ ހުއްދައެއް ނަގައި ހުށަހަޅަން ޖެހެއެވެ.