އިންޑޮނޭޝިއާގައި ސްޓާލިންކް ލޯންޗުކޮށްފިއެވެ.
ސްޕޭސް އެކް މެދުވެރިކޮށް ދެމުން ގެންދާ އިންޓަނެޓްގެ ހިދުމަށް ސްޓާލިންކު އިންޑޮނޭޝިއާގައި ލޯންޗުކޮށްފައިވާ އިރު، އެ ހިދުމަތް ފުރަތަމަ ދީފައިވަނީ އެގައުމުގެ ސިއްހީ ދާއިރާ އަށް ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑޮނޭޝިއާގައި ސްޓާލިންކު ލޯންޗު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ލޯންޗު ކޮށްފައިވަނީ ސްޕޭސް އެކްސްގެ ފައުންޑާ އަދި އޯނަރު އެލަން މަސްކުގެ އިތުރުން އިންޑޮނޭޝިއާގެ ހެލްތް މިނިސްޓަރު މުޑީ ސަދިކިންއެވެ.
އެލަން މަސްކު ވަނީ އެ ހިދުމަތް ބޭނުންކޮށް އިންޑޮނޭޝިއާގެ ހުރިހާ ސަރަހައްދަކަށް ސްޓާލިންކްގެ އިންޓަނެޓް ލިބޭނެ ކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން އެގައުމުގެ ދުރު ހިސާބުތައް ގުޅުވާލައި ސިއްހީ ކަންކަމުގައި މުއާމަލާތު ކުރުމުގައި ފަސޭހަވާނެ ކަމަށް މަސްކު ވަނީ ފާހަގަކޮށްފައެވެ.
އިންޑޮނޭޝިއާ އަށް މަސްކު މިހާރު ކުރަމުންދާ ދަތުރުގައި އެގައުމުގައި ޓެސްލާގެ ފެކްޓަރީ އެއް ހެދުމުގެ މަޝްވަރާ ކުރާނެއެވެ.