ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހިންގަން އުޅުނު ބަގާވާތެއް ހުއްޓުވައި އެކަމުގައި ބައިވެރިވި ފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ އާމީ އިން ބުނެފިއެވެ.
ކޮންގޯގެ ވެރިރަށް ކިންޝާސާގައި ބޭރު ހަނގުރާމަވެރިން ބޭނުންކޮށްގެން ހިންގަން އުޅުނު ބަގާވާތް ހުއްޓުވައި އާންމު ހާލަތަކަށް ގައުމު ގެނެވިފައިވާ ކަމަށް އެގައުމުގެ އާމީގެ ތަރުޖަމާނު ވަނީ ބުނެފައެވެ.
ހަމަލާދީ ކޮންގޯގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރި ފަރާތްތަކުން އާދީއްތަ ދުވަހު އެގައުމުގެ ރައީސް އާއި ކުރީގެ ޗީފް އޮފް ސްޓާފްގެ ގެއަށް ހަމަލާ ދީފައިވާ ކަމަށް ވެސް އާމީގެ ތަރުޖަމާނު ވަނީ ބުނެފައެވެ.
ހަމަލާތަކުގައި ސިފައިންގެ ދެ މީހަކު މަރުވެފައިވާ ކަމަށްވެސް އާމީ އިން ބުނެއެވެ.
ކޮންގޯގެ ސަރުކާރު ބަދަލު ކުރުމަށް ބަގާވާތް ކޮށްފައިވަނީ އެގައުމުގެ ކުރީގެ ސިޔާސީ ފަރާތްތައް ގުޅިގެން ހަދާފައިވާ ގުރޫޕަކުން ކަމަށް އޮފިޝަލުން ބުނެއެވެ.